ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވިޔަދީގެން ނުވާނެކަމަށް.---ފޮޓޯ: މަޖިލިސް
25 ނޮވެމްބަރ 2020 - 10:19
ކޮވިޑް-19ގެ ސަބަބުން ހާލުބޮޑުވާ މީހުންނަށް ދޭންޖެހޭ ފަރުވާ އަށް ތައްޔާރުވުމުގެ ގޮތުން ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގި ގޮތަށް، އެ ބަލީގެ ވެކްސިން ގެނައުމުގެ ކަންކަން ވިޔަ ނުދިނުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.
ގައްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަަރު އަހުމަދު ޒާހިރު، އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލެއްގެ ޖަވާބު މަޖިލީހަށް އިއްވެވުމުގެ ކުުރިން ނަޝީދު ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު މިއަދު ވަޑައިގެންނެވި ނަމަ ވެކްސިންގެ ސުވާލު ކޮށްލެވުނީސް ކަމަށެވެ. ނަމަވެސް ޒާހިރު އެދިވަޑައިގެންފައި އޮތީ މިނިސްޓަރު ނަސީމުގެ ޖަވާބެއް ލިޔުމުން ހޯއްދަވަން ކަމަށް ވާތީ ޖަވާބު ފޮނުއްވާފައި އޮތީ ލިޔުމުންނެވެ.
ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކަށް ވީ ގޮތް ވެކްސިނަށް ވެއްޖެ ނަމަ އެކަން ވާނީ ވަރަށް ހައްސާސް މައްސަލައަކަށް ކަމަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.
އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާއި އެ ވެންޓިލޭޓަރުތައް އަދިވެސް ނުލިބި އޮތް އޮތުމަށެެވެ.
"ވެކްސިންގެ ކަންތައް، ވެންޓިލޭޓަރަށް ވީ ގޮތަށް ވެ ނުދިއުމަށް މިހާރުއްސުރެ އަޅުގަނޑުމެން އެ ކަމަށް ސަމާލުވެ ތިބެންޖެހޭ. އަދިވެސް ވެންޓިލޭޓަރެއް ރާއްޖެ އަށް މިކަމާ ގުޅޭ ގޮތުން ގެނެވިފައި އޮތީކީ ނޫން. އެގޮތަށް ވެކްސިން އަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް އެކަން ވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ބެލީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެންނެވެ. ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލަގަނޑުގެ ތެރޭގަ އެވެ. އެމްޑީީގެ އިސް މެމްބަރު ނަސީމަށް ހެލްތު މިނިސްޓަރުކަން ދެއްވީ އަމީން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައި
26 November 2020
މި ސަރުކާރުގައި ހުރިހާ ކަމެއްވެސް ދަނީ ބިލާހަކަށް ވެގެން. ހަމަ ނަނާ ހުވަފެންދުށީމޭ ލަވައަށް މިވަނީ ހުރިހާ ކަމެއް !
ައަފުރާސިޔާބު
25 November 2020
ތިޔަ ބުނާ ވެންޓިލޭޓަރު ހަމަޔަށް ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ތަނުގެ މަތިފަޑީގައި ފައިވިއްދާލާފައިތިބީ އަދިވެސް މިނިސްޓަރު ހައްދާލައިގެން ބައި އެޅޭގޮތަށް ކަންކުރާ މީހުން. އެކިއެކި އެކައުންޓްތަކަށް ފައިސާ ޓްރާންފަރ ހަދައިގެން އެތަންތަނުން ބައި އަޅާ މީހުން. މެޑިކަލް ސާމާނު އެތެރެކުރާ ޕްރައިވެޓް ކުންފުނި ތަކުގެ ޕޭރޯލް (މުސާރަ) ދޭމީހުންނާއި އާއިލާގެމީހުންނަށް ހިއްސާ ލިބިފައިވާ މީހުން. ކޮވިޑް އަކީ އެބައިމީހުންނަށް ލެއްވި ރަޙްމަތެއް.
4މީ
25 November 2020
މިހާރުމާބިރުބޮޑު
ހޯގުލާ
25 November 2020
ތެދެއް، ވެކްސިން އިންވެސް ބައި އަޅާ ދީފަ ބަހައްޓާ. ވެންޓިލޭޓަރުތައް ނުލިބެނީސް ހެލްތު މިނިސްޓަރު ނެރެލާ ގޭ ބަދިގެއިން މީހަކު ގެންގޮސް ބެހެއްޓީ އޭގެއިންވެސް ބައި އަޅަން. މިހާރު ވެންޓިލޭޓަރު ވާހަކަ ދައްކާ މީހެއްވެސް ނެތް. އެ ނުލިބިގެން ސުރުހީއެއް އަޅާލަ ދޭނެ މީހެއްވެސް ނެތް.
މާންޑް
25 November 2020
ނަސީމް ކަންކަން ނިއްމާތަން ވަރަށްކާރިން ދުށިން. އެއްގޮތަކައްވެސް ގަވާއިދަކަށް ނުބަލާ ހިތައްއެރިބަޔަކު ލައްވާކަންކުރާނީ. ބިލްލިބޭނީ ފަހުން.
ވަހީދު
25 November 2020
ކޮމެންޓް ތަށްވކިޔާލުމުން ރާއްޖޭގެ ރައްޔިތުންގެ ސިކުނޑި ތަޢައްޔަރު ވެފަ ހުރިވަރު ހާމަވޭ.
އިލާ
25 November 2020
ހެލޯ މަޖިލިސް... ޕާޓީގެ ބާރުގަދަ އަދި މަޖިލިސް ރައީސްގެ ހިތްޕުޅާވާ ގާތް މިނިސްޓަރެއްވީމަ ޖަވާބު ހޯދަން މިޖެހެނީވެސް ލިޔުމުން ދެއްތޯ!!؟ ބަޔަސްޑް ޑިމޮކްރަސީ...
Mantej Mann
25 November 2020
މިހާރު ތިއުޅޭ ނާޑުން އުޅޭނެ ކޮއްމެވެސް ބަޔަކަށް ރިޝްވަތް ދީގެން ތީގެ ތެރެޔަށް ވަންނަން
މުސްތަފާބެ
25 November 2020
އަމީން ހުރީމަ ވައްކަމެއް ނުކުރެވޭތީ ކެރަފާ އާއިލާ މުނި ކާފައެއް ގެނައީ. އެ ބޭބެ ލޯ ބޯ ކޮށިކަމުން މިހާރު ނޭނގޭނެ އެތައް މިލިއަން ރފ ގެ މެޑިކަލް ކޮރަޕްޝަން ދެ ލޯ ކުރިމަތިން ހިންގިއަސް. ހުރިހާ ޑީލެއް މެންބަރު އަފީފުފަދަ ނަޝީދުގެ ގާތް މީހުންނަށް
ައަފުރާސިޔާބު
25 November 2020
އަމީނު ކުރި ވައްކަންތައް ފަޅާ އަރައިފިއްޔާ އިތުރު 2 މިނިސްޓަރުންނާއި ނާޑާއި މެޑްޓެކްގެ ޕާޓްނަރުން ކުޅުނު ރޯލްވެސް އެނގިދާނެތީ އެކަން ނުކުރަން އެތިބީ. މިކުންފުނިތައް ގުޅިފައިވަނީ ހެލްތުގެ މުހިންމު ސިވިލް މުވައްޒަފުންނާއި މަޖިލީހުގެ ބައެއް މެންބަރުންނާ. އެއްކޮޅާއި އިދިކޮޅު ވިޔަސް މެންބަރުންނާ.
މުސްތަފާބެ
25 November 2020
ކަލޭގެ ޝައްކު ބައްޔާވެސް ގުޅިފައި އޮތީ
ބޮކިފުރާޅު މުޙައްމަދު
25 November 2020
ވެންޓިލޭޓަރަށް ވީ ގޮތް ވެކްސިނަށް ވިޔަދީގެން ނުވާނެ. ނަސީމްބެ އަމީނަށް ވިޔަދީގެންނުވާނެ. މަނިކުފާނުން މަންޑޭލާއިން މުގާބޭއަށްވިޔަދީގެންވެސްނުވާނެ. މިގައުމު މިނިވަންކަމަކުން އިންޑިޔާގެ އަޅުވެތިކަމަށް ދިޔަދީގެންވެސްނުވާނެ.
ސުޕާރީ
25 November 2020
ކިހިނެއް ނަސީމު ބޭނުންވިޔަސް އަމީންއަށް ވާނީ؟ އެ ހިންގުންތެރިކަމާ މުރާލިކަމާ އެ ވިޝަން އެއީ ހާހަކުން އެކަކަށްވެސް އަރާ ހަމަ ނުކުރެވޭ ކަންކަން.
އިންޑިޔާަ
25 November 2020
އަދި ހަމަ އެގޮތަށް ނަޝީދު އެކޮޅު ކޮޅުން ނެއްޓެވިއަސް އޭނާ މަންޑޭލާއަކަށް ނުވާނެ. އެއީ ޑިމޮކްރަސީ ތާކިހާ އަޅައިގެން ހުރި ހުދުމުހްތާރު މޯދީއެއް
އަންޑާޕޫލްމާ
25 November 2020
މުރާލިކަމުން އެކާލީ ވެންޓިލޭޓަރުތައް. ވަަރަށް މުރާލިވެހިތްވަރުހުރެގެން ވެންޓިލޭޓަރުކެވޭނީ.
1828
26 November 2020
އިތުރަކަށް ނަޝީދު ދެން މުގާބޭއަކަށް ނުވާނެ.