ނަޝީދާއި ޝިފާޒް އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ދެ ބޭފުޅުންގެ ދައުރު ހަމަވެފައިވާ ކަމަށް ވިދާޅުވެ ހައްލު ހޯދަން އަލްހާން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި.
03 ނޮވެމްބަރ 2016 - 10:57
އިދިކޮޅު އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގެ ދައުރު ހަމަވެފައިވާ ކަމަށް ބުނެ އިންތިހާބު ބާއްވަން އެ ޕާޓީގެ މައްޗަށް އަމުރުކޮށްދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ދައުރު ހަމަވެފައިވާ ކަމަށް ކޯޓަށް މައްސަލަ ވެއްދީ، އެމްޑީޕީން ވަކިކޮށްފައިވާ އަލްހާން ފަހުމީ އެވެ. އޭނާ ހުށަހެޅުއްވި މައްސަލަ ކޯޓުން ވަނީ ބަލައިގެންފަ އެވެ.
އަލްހާން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ މެއި 1، 2011 ގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އަދި ނައިބު ރައީސް ކަމަށް އޭނާ އިންތިހާބު ކުރި ކަމަށެވެ. ޕާޓީގެ ރައީސް ކަމަށް ނަޝީދު އަދި ނައިބު ރައީސް ކަމަށް ޝިފާޒް އައްޔަންކުރީ، އެ ދައުރު، ހަމަވުމުގެ ކުރިން އޭނާ އާއި އިބްރާހިމް ދީދީ އެޕްރީލް، 30، 2012 ގައި ވަކިކުރުމަށް ފަހު ކަމަށް އަލްހާން ވިދާޅުވި އެވެ.
އެހެންވެ ފަސް އަހަރުގެ ދައުރު ހަމަވެ، ނަޝީދާއި ޝިފާޒްގެ މަގާމުގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށް އަލްހާން ހުށަހެޅި މައްސަލާގައިވެ އެވެ.
އެމްޑީޕީ އިސްލާހުކުރުމާ ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ޕްރެސް ކޮންފަރެންސްގައި މޫސަ އާއި އަލްހާން އަދި ސުޖާއު ބައިވެރިވެވަޑައިގަންނަވަނީ. --ސޯޝަލްމީޑިއާ ފޮޓޯ: ޗެނަލް13
އެމްޑީޕީގެ އެތެރޭގެ މައްސަލައެއް ކޯޓަށް ވެއްދިއިރު، ވެރިކަން ކުރާ ޕީޕީއެމް އެތެރޭގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމުން، ޕާޓީ ހިންގަންވީ ގޮތް ކޯޓު އަމުރުގައި އޮތީ ބަޔާންކޮށްދީފަ އެވެ. އެ އަމުރުގައިވާ ގޮތަށް ޕީޕީއެމްގެ ރައީސްގެ ހުރިހާ ޒިންމާތަކެއް އެ ޕާޓީގެ މުސްތަޝާރާ ވަނީ ހަވާލުކޮށްފަ އެވެ.
އަލްހާން ކޯޓަށް މި ވަޑައިގަތީ، އެމްޑީޕީ ޑިމޮކްރަސީ އާއި ޕާޓީ އުފެއްދި މަގްސަދާ ހިލާފަށް ހިންގަމުންދާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވުމަށް ފަހު އެވެ.
މޫސަ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބު ބާއްވަން އިލެކްޝަންގައި އެދިވަޑައިގަތުމަށް ފަހު، އެކަން ނުވެއްޖެ ނަމަ ކޯޓަށް ވެސް މައްސަލަ ވައްދައިގެން ޕާޓީ އަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަޝީދު ޕާޓީ ހިސޯރުކޮށްގެން އުޅުއްވާ ކަމަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވެފައި ވަނީ އެކަން ނިމުމަކަށް ގެންނަވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އަލްހާނާއި މޫސަ އަށް ރައްދު ދީ އެމްޑީޕީން ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ އެޖެންޑާއަކީ އެމްޑީޕީ ހަލާކުކޮށްލުން ކަމަށެވެ. އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވީ އާއްމު މެމްބަރުންގެ ތާއީދު އޮތް ބޭފުޅުން ކަމަށާއި ޕާޓީ ހިންގަނީ ވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
03 November 2016
ދިވެހި ދައުލަތް މިވަގުތު އޮތް ހާލަތަށް ބަލާފައި އަދި މިހާރު މިއޮތް ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖެއަށް ޑިމޮކްރެޓިކް ހަމަ ގެނެސް ރާއްޖޭގައި ''ރައްޔިތުންގެ ވެރިކަމެއް'' ޤާއިމް ކުރުމުގެ މަގުތައް ކޮށަން އެދޭ ފަރާތް ތަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ޕާޓީ ތައް މިސަރުކާރަށް ދޫކޮށްލުން. . . . ދައުލަތުގެ 3 ބާރު އެކުވެ ވެރިކަމުގައި ހުރިމީހާ ބޭނުން ގޮތަކަށް އަނެއް 2 ބާރު ހެލިފެލިވާން ފަށައިފިނަމަ ދައުލަތުގެ މައްޗަށް ''ރައްޔިތުންގެ ބާރެއްނެތް'' ކަމަށް ޤާނޫނީ ނަޒަރަކުން ބަލާނަމަ ނިންމިދާނެ. . . އެހެން ކަމުން ''މިދައުލަތް ސަލާމަތް ކުރުމަށް'' އެދޭ އެންމެން އެއް ކުޑައެއްގެ ދަށަށް އައުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ ޖުމްހޫރީ ޕާޓީ އާއި މައުމޫނު އަބުދުލް ޤައްޔޫމް އުފެއްދެވި ޕާޓީ ގައި ހިމެނޭ އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުން އެންމެން Maldives United Opposition އަކީ އެމީހުން ތަމްސީލު ކުރައްވާ ފަރާތް ކަމުގައި ކަޑައަޅަން ވެއްޖެ. . . މިކަމުން ސަލާމަތް ވެއްޖެއުމަށް ދާންދެން ''ރާއްޖޭގައި ސިޔާސީ ޕާޓީ އަކަށް ހަރަކާތް ތެރިނުވެވޭނެ'' ކަން އިގޭއިރު ''ނަމެއްގައި'' ސިޔާސީ ޕާޓީ ތައް އޮތުމަށް ވުރެން ''މިވަގުތަށް'' އެންމެ ރަނގަޅު ގޮތަކީ މިއީ ކަމުގައި ވެދާނެ. . . . Maldives United Opposition އަކީ އަވައްޓެރި އިންޑިޔާ އާއި ސްރީލަންކާ އިޤިރޭސިވިލާތާއި ޔޯރަޕް އިއްތިހާދު އަދި އެމަރިކާ އިން ޤަބޫލު ކޮށްފައިވާ ޖަމާއަތަކަށް ވާއިރު މިޖަމާއަތް ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރުން ޤަބޫލު ނުކުރިޔަސް މައްސަލައެއްނެތް.
އުދުހޭ
03 November 2016
އެމްޑީޕީގައި މުޝްތަރާއެއް ނެތީމާ ދެން އެޕާޓީ ހަވާލުކުރާނީ މުޝްތަޝާރަކު ހުރި ޕާޓީއެއް ހޯދާފަ އެ މުޝްތަޝާރަކާ ކަމަށް ބެލެވެނީ!
ޙެހެ
03 November 2016
މިވެސް އަމިއްލަ އެދުމުން ފުރިފަ ހުރި މީހެއް ، ...
ރަމީޒު އަޙުމަދު/މ.މުލި
03 November 2016
އެމް ޑީ ޕީ ވަރަށްއަވަހަށް ޔާމީނާއި ކޯޓުން ޙަވާލުކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ލައިލާ
03 November 2016
އަންނި ލާނެ ގަމީހެއް ޗޫޒް ކުރަންވެސް ކޯޓަށް ދާންވީނު !
އިބްރިން ފުތާ
03 November 2016
ތީގަ އެންމެ ހެއްވާ ތަންކޮޅަކީ ދަލުބޭރުންޖެހިގެން އުޅޭމީހުން ތިޔަކަމުގަ އިސްނަގައިގެންއުޅޭތީ. މަވެސް މިފަހަރު އެމްޑީޕީގެ ސިޓީ ކައުންސިލަރެއް ކަމަށް އިންތިޚާބްވި ކަމަށް ކަޑައަޅައިދިނުމަށްއެދި ކޯޓަށް މައްސަލައެއް ހުށަހަޅަން އެބަވިސްނަން. އެކަމަކު ވޯޓެއްގަ ބައިވެރިވާހިތެއްނެތް.
ޔާމީން
03 November 2016
އެމް.ޑީ..ޕީ ވެސް ކޯޓުން ހަވާޅުކުރާން ޖެހޭނީ ޔާމީން އާ؟
އަޙްމަދު
03 November 2016
މީނާ ދެން އިންތިޚާބީ މަޤާމަކަށް ނުހޮވޭނެ.
މާކު
03 November 2016
އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގެ ހަމަޖަސާނީ ކޯޓަކުންނޫނޭ ،އެމްޑީޕީގެ މެންބަރުން އޯކޭ..
މިރައީސް
03 November 2016
ރިޗްބޯއިސް އައް ތިޔަ ހީވަނީ އަދި ރަނގަޅަކައްނޫން އެމްޑީޕީޔައް ލިބެންހުރި ނިޔުމަތެއް ގައިބުގަ ހުރި އެކައްޗެއްވެސް ނޭނގޭނެ މިހާރުވެސް އުތުރުކޮރެޔާގެ ސަގާފަތް ދޫކޮއްލާފަ ދެންބަލާލީމަ ފެންނާނެ އެމްޑީޕީގެ ސައިޒު ނަމަވެސް ހުރިހާ މިނިވަން މުއައްސަސާ ތަކާ ކޯޓާ މަޖިލީހާ އެއްބާރަކައް ވީމަ ތިކަހަލަ ގަދަބަސް ބުނެގެން ސަލާމަތް ވެވިދާނެ އެކަމަކުވެސް ތިޔަކުދިންނާ ހަމަޔައްވެސް ގާނޫނު އަރާހަމަކުރާނެ އެދުވަހުން މިކޮމަންޓް ހަނދާންވާނެ