ޚަބަރު / އެކްސިޑެންޓް

"އެކްސިޑެންޓް ވީ ނަޒޫއާ މީހަކު ފޮށޭތީ ފަހަތަށް ބަލައިލުމުން"

އެކްސިޑެންޓުގައި މަރުވި ނަޒްރާ

ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި އައިޝަތު ނަޒްރާ (ނަޒޫ) އިން ސައިކަލް އެކްސިޑެންޓް މީހަކު ފޮށުމުން ފަހަތަށް ބަލައިލި ވަގުތު ކަމަށް، ލޯބިވެރިޔާ މިއަދު ބުނެފި އެވެ.

ދެ އަހަރު އެކުގައި ހޭދަކުރި ލޯބިވެރިޔާ އާޒިފް އަބްދުލް ހަކީމް، ނަޒްރާގެ ހިތާމަވެރި މަރަށް ފަހު ވާހަކަ ދައްކަމުން ބުނީ، މިދިއަ ހުކުރު ވިލޭރޭ ދަރުމަވަންތަ ހޮސްޕިޓަލްގެ ހަމަ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓްވީ "ބާރަށް ދުއްވާފައި ދަނިކޮށް ނޫން" ކަމަށެވެ.

"ބާރަކަށް ނޫން ދިޔައީ ވެސް. އެކަމަކު ދަނިކޮށް އެތަނުގައި ހުރި މީހަކު ނަޒޫއާ ފޮށުނީމަ އަހަރެން ފަހަތަށް ބަލަން ހަދައިގެން ދަރުމަވަންތަ ހޮސްޕިޓަލް ހަމަ ކުރިމަތިން ޕޭމަންޓުގައި ޖެހި ކަހާލީ،" އާޒިފް ކިޔައިދިނެވެ.

އެކަމަކު ފުލުހުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލް ކޮންޓްރޯލް ނުވެ، ދުވާ ޓްރެކް މައްޗަށް އެރުމުން"ނެވެ.

ޅ. ހިންނަވަރަށް އުފަން ނަޒޫ، 24، ވިލިމާލޭގައި ހުރެފައި އެ ރޭ 10 ޖަހާކަންހާއިރު މާލެ އައީ ވެސް، އާޒިފް ބުނާ ގޮތުން، ދެ މީހުން އެކުގައި ސައިކަލް ދުއްވާލާށެވެ. ވިލިމާލެ ފެރީ ޓާމިނަލުން ނައްޓާލައިގެން މާ ދުރަށް ނުދެވެނީސް، އެކްސިޑެންޓް ވީ، ފަހަތަށް ބަލައިލި ވަގުތު، ސައިކަލް ކަހާލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސައިކަލް ވެއްޓުމާ އެކު އޭނާ ތެދުވެ ބަލައިލި އިރު ނަޒްރާ އޮތީ، މަގުގެ މޫދާވީ ކޮޅުގައި ކަސްރަތަށް ހަދާފައި އޮތް ޓްރެކްމަތީގަ އެވެ. އޭރު ނޭފަތުންނާއި ކަންފަތުން ލޭ އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެތަނުން ނަޒޫ ނަގަން އެހީވި، ދަރުމަވަންތަ ހޮސްޕިޓަލްގެ ޕޮލިސް ޕޯސްޓްގައި އިން އަންހެން ފުލުހަކު،" އާޒިފް ބުންޏެވެ.

"ބިންމަތިން ނެގި އިރަށް ގުޅަގުޅަޔަށް ހޮޑަށް ލޭ އައި. އޭރު ވެސް ހޭހުރި."

ނަޒޫގެ ސިއްހީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި ގާތް މީހަކު ބުނީ ސިކުނޑިއަށް ލިބުނު ގެއްލުން ބޮޑުކަމާ އެކު އައިޖީއެމްއެޗުގައި ފަރުވާދެވެން ނެތުމުން އޭޑީކޭއަށް ގެންދިޔައީ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ކުރުމުން ވެސް ހާލު ރަނގަޅުނުވި ކަމަށް، އޭނާ ބުންޏެވެ.

"އެހެން އޮއްވާ ރޭގައި ހަރަކާތް ވެސް ކުރި. ދެން ޑޮކްޓަރުން ބުނި ސަލާމަތްވާނެ ކަމުގެ އުންމީދު އެބަ އޮތޭ. އިތުރު ތިން ދުވަސް ވަންދެން އަދި ބާއްވާނީއޭ ވެންޓިލޭޓަރުގައި. އެހެން ހުއްޓާ މިއަދު ފަތިހު ކުއްލިއަކަށް ހިތް ހުއްޓުނީ،" އާއިލާގެ އެ މީހާ ކިޔައިދިނެވެ.

ނަޒްރާގެ ޖަނާޒާ، އާސަހަރާގައި އާއިލާއާއި އެކުވެރިން--- ފޮޓޯ: މިހާރު

މަޑުމައިތިރި ހިތް ހެޔޮ ކުއްޖެއް

އެއްބަނޑު އެއްބަފާ ހަ ބެއިންގެ ތެރެއިން މާލޭގައި ދިރިއުޅެމުން އައީ ނަޒުރާ އެކަންޏެވެ.

ނަޒްރާ އަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދަމުން އައި ނެށުންތެރިއެކެވެ. ފާއިތުވި ދެ އަހަރު އޭނާ އުޅުނީ "ޓައިގާ ލިލީސް" ޑާންސް ގްރޫޕްގަ އެވެ. އެ ގްރޫޕްގެ މެމްބަރަކު ބުނީ އެއީ މިހާތަނަށް އޭނާއާ ބައްދަލުވި "އެންމެ ހިތް ހެޔޮ، ތެދުވެރި ކުއްޖާ" ކަމަށެވެ.

ނަޒްރާ އުއްމީދުކުރީ އަމިއްލަ ފައިމައްޗަށް ތެދުވެ ރަނގަޅު ދިރިއުޅުމެއް ހޯދަން ކަމަށް ވެސް، އޭނާ ބުންޏެވެ.

ރަށުގައި އޯލެވެލް ނިންމުމަށް ފަހު ނަޒްރާ މާލެ ބަދަލުވީ 2018 ގަ އެވެ.

ނަޒްރާގެ ގާތް އެކުވެރިޔަކު، ނަން ނުޖަހަން އެދި، ބުނީ އެއީ "މީހުންނަށް ވަރަށް އަޅާލައި ކުއްޖެއް" ކަމަށެވެ.

"ދުވަހަކު ވެސް މީހަކަށް ދެރައެއް ނޭދޭނެ،" ރަހުމަތްތެރިޔާ ބުންޏެވެ.

79 ކޮމެންޓް, 423 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 90%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީމްބެ

01 December 2020

މިކަލޭގެ މި ހިތާމަވެރި އެކްސިޑެންޓްއިން ރެކެން ދައްކާވާހަކަ ބަލާބަލަ. ސީސީޓީވީ ފުޓޭޖުން އެބަފެނޭ މީނަ ސައިކަލް ދުއްވި ސްޕީޑް. ފުލުހުންނަށް ވެސް އެކަން އޮތީ ސާބިތުވެފައި. ރެކެން އުޅޭނެ ކަމެއްނެތް ދެން މިހާރަކު.ލައިސަންވެސް އެބައޮތޭ ބުނަންވީނު.

The name is already taken The name is available. Register?

ތައްޚާން ބޭ

01 December 2020

ދުއްވިލެއް މަޑުކަމުންތާ ނަޒޫ މަގުގެ އަނެއް ފަރާތުގައި އޮތީ. އެހެން ނޫނަސް މިޒަމާނުގައި ތިގޮތަށް ފޮށޭ ބަޔަކު ނޫޅޭ

The name is already taken The name is available. Register?

ގުދުގުދާ ބެއްޔާ

30 November 2020

ކޮބާހޭ ލައިސަންސް! ކޮބާހޭ ލައިސަންސް! ކޮބާހޭ ލައިސަންސް!

The name is already taken The name is available. Register?

ނާއިލް

30 November 2020

މިކަހަލަ ޚަބަރެއް ފެނުނަސް ދީނީ ޢިލްމުވެރިން ކިޔައިފާނެ، އޭނާ ޓިކްޓޮކް ކުޅޭތީ ވީގޮތެކޭ??

The name is already taken The name is available. Register?

ހުތް އާދަނު

01 December 2020

ފިތުނަ ފެތުރުން ހުއްޓާލާ

The name is already taken The name is available. Register?

އިބްރާހިމް6684

30 November 2020

ހެލްމެޓް އަޅައިގެން ދުއްވަން ފެނޭ، އެއީ އެންމެ ރައްކާތެރިގޮތް

The name is already taken The name is available. Register?

ކުޅަނދު

30 November 2020

ފައިން ދޮންވެލި ނުހިކޭ މީހުންނަށް ތާރު އެޅި މަގަކަށް އެރުނީމާ ހައްޓަކު ހެއެއް ނުހުރޭ!

The name is already taken The name is available. Register?

ރަޓަމީހާ

30 November 2020

މި ފަސްގަނޑުމަތީ ބާރައް ސައިކަލު ދުއްވި މީހަކު ނޫޅޭނެ. މަހުވައި

The name is already taken The name is available. Register?

ހަސަނު1

30 November 2020

ދުއްވިލެއް މަޑުކަމުން ނަޒޫ ވިއްސައިގެން ދިޔައީ.!!!... ލައިސަންސް ނުނަގާ ތަށުތެރޭ ހޭބަލިވެގެން ދުއްވާފަ ގޯހެއް ހިނގީމައި މިބުނަނީ ތިމަންނަ ލޯބިކޮށް މަޑުން ދުއްވާފަ ދަނިކޮށް މީހަކު ފޮށުނީމައި ފަހަތް ބަލާލިވަގުތު ނަޒޫ 10 ވަރަކަށް ފޫޓަށް ވިއްސައިގެން ދިޔައީއޭ.. ގޯސްވީ އިވުނު އަޑަކާއި ދުވާ ޓްރެކް އެތާއޮތީމައި. ތިމަންނާގެ ކުށެއްގެ ނެތް އެހެން ނޫންތޯ؟ މީނާ ދުވަހަކުވެސް އިންޖީނުލީ އެއްޗެއް ދުއްވުމުގެ ހުއްދަ ސަރުކާރުން ދީގެން ނުވާނެ.

The name is already taken The name is available. Register?

ވަޒީރެއާލާ

30 November 2020

ހުއްދަ ދީގެނެއްނޫން އެދުއްވީކީވެސް. ހުއްދަ ދުވަހަކު ނުދިނަސް ދުއްވަންބޭނުންމީހާދުއްވާނެ. 25އަހަރު ޖަލުގައި ބާއްވަންވީ. އެއީ އޭނާގެ އަމަލަކުން މީހަކު މަރުވީމާ.

The name is already taken The name is available. Register?

ގެދާނޯމޮސް

30 November 2020

ރީތިކަން ދެއްކުމަށް ނެރެގެން މަގުކަށް އުޅުނީމާ ބަލާމީހުން ކުށްވެރި ނުކޮށްބަލަ: ރީތި އެއްޗިއްސަށް އެންމެންވެސް ހިތްކިޔާނެއެވެ. ދެންފޮށުނު މީހާހޯދަން ވީ ބަދަލުހިފަން ތޯއެވެ. ފޮށުނީ ކަމަށް ހީވިޔަސް އޭނަގެ ފޭނެއް އޭނަޔަށް ގޮވާލިޔަސް ތިވަރުގެ ކުށަކަށް ހަދަންވާނެ ހެއްޔެވެ.

The name is already taken The name is available. Register?

ރީނާ

30 November 2020

ކުށެއް ކުރެވުނީމަ އެކަމާ ހިތާމަކޮށް ދެރަވުގެ ބަދަލުގަ ބޮލުން ނައްޓާލަން ދިމާކޮށްފަ މީނަ މިހުރީ. އެމަންޖެ ސައިކަލް ފަހަތަށް ލައިގެން ސައިކަލް އަތުން ދަމާފަ ނޫނަތް ދިޔައީ. ކަލޭމެންނަކަށް ނޭނގޭނެ ބާރަށް ދުއްވާކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454