އާދާރު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.
01 ޑިސެމްބަރ 2020 - 07:35
ބޮލީވުގެ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އައުމަކީ އާ ކަމެއް ނޫނެވެ. މިކަމެއް ހިނގާތާ މިހާރު އެތައް އަހަރެއްޖެ އެވެެ. އެކަމަކު މިހާރު ރާއްޖެ އަށް އަންނަ ތަރިން އާދަޔާހިލާފަށް ގިނަ އެވެ. އެއާ އެކު އިންޑިއާގައި މިކަމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ އެބަ ދެކެވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓަކީ އިންޑިއާ އެވެ. މީގެ ތެރޭގައި މަޝްހޫރު އެތަައް ތަރިންނެއް ހިމެނެ އެވެ. މި ފަހަކަށް އައިސް ރާއްޖެ އަންނަނީ ހަމައެކަނި އިންޑިއާގެ ބޮލީވުޑްގެ ތަރިން އެކަނި ނޫން ކަމެވެ. ހިންދީ ނޫން ބަސްތަކުން ފިލްމު ހަދާ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންގެ މެދުގައި ވެސް ރާއްޖެ މިހާރު ވަަރަށް މަގުބޫލުވެ.
މުޅި ދުނިޔެ ކޮވިޑް-19 ގެ މި ދަތި އުނދަގޫ ހާލަތުގެ ތެރޭގައި އޮއްވައި ވެސް ރާއްޖެ އަށް ލިބޭ އުފާވެރި ކަމަކީ މި ތަނުގެ ރީތިކަމުން ހިތް އުފާކުރަން އަންނަ މަޝްހޫރު މީސްމީހުން ގިނަ ކަމެވެ. ވަކިން ހާއްސަކޮށް މިހާރު އިންޑިއާގެ ތަރިންނެވެ.
އިންޑިއާގެ މީޑިއާގައި މިހާރު ދައްކާ އެންމެ ހައިރާން ކުރުވަނިވި އެއް ވާހަކައަކީ މިއެވެ؛ ބޮލީވުޑްގެ ތަރިން މާ ގިނައިން މިހާރު ރާއްޖެ އަންނަނީ ހިލޭ ޗުއްޓީ ދަތުރުތައް ދޭތީ އެވެ. ނުވަތަ އެ މީހުންގެ ދަތުރުގެ ހަރަދުން ބޮޑު ބައެއް އުނިކޮށް ދޭތީ އެވެ. ޝަރުތަކީ ރާއްޖޭގައި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރާ އިރު ފޮޓޯތަކާއި ވީޑިއޯ ނަގައި އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމެވެ. ރާއްޖެ އިޝްތިތާރުކޮށް ދިނުމެވެ.
India ge filmee tharin Raajje annaathee faadu kiyanee https://t.co/T46HA55cXo
— Adhushan (@Adhushan1) November 25, 2020
އިންޑިއާގެ ފިލްމީ ތަރިންނަކީ އެތައް މިލިއަން ބަޔަކު އިންސްޓަގްރާމުންނާއި ޓްވިޓާ އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން ފޮލޯކުރާ ބައެކެވެ. އެހެންވެ އެ އެއްޗެހީގައި އެ މީހުން ޕޯސްޓްކުރާ ރާއްޖޭގެ މަންޒަރުތަކުން ރާއްޖެ ވަރަށް ބޮޑަށް ޕްރޮމޯޓްވާނެ އެވެ. ތަރިން އާންމުކުރާ ފޮޓޯތަކާއި ވީޑިިއޯތަކަށް ކޮށްފައި ހުންނަ ކޮމެންޓްތަކުން ވެސް އެކަން އެނގެ އެވެ.
ބޮލީވުޑްގެ ތަރިންނާ އެކު ރާއްޖެ "ބަރާވަމުން" އަންނާތީ އިންޑިއާގެ ބައެއް މީޑިއާތަކާއި މަޝްހޫރު ބައެއް ނޫސްވެރިންނާއި ސީދާ ފިލްމީ ދާއިރާގެ މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުން ލޮކްޑައުން އަށް ފަހު ރާއްޖެ އަށް ބޮލީވުޑްގެ ތަރިން އައުމުގެ އަސްލު މައިގަނޑު ސިއްރަކީ ތަރިންނާ އެކު ރާއްޖޭގެ ރިސޯޓްތަކުން ހަދާ ޑީލްތަކެވެ. ނުވަތަ ޖުމްލަކޮށް މުޅި ޓޫރިޒަމް އިންޑަސްޓްރީ ހަދަމުން އަންނަ ޑީލްތަކެވެ.
— Adhushan (@Adhushan1) November 30, 2020
މި ޑީލްތަކުތަކުގެ ތެރޭގައި ހިލޭ ދަތުރުތައް ދިނުމާއި އެ މީހުންގެ ދަތުރުގެ ހަރަދު ބޮޑުބައެއް އުނިކޮށް ދިނުމާއި ގިނަ ހިދުމަތްތައް ހިލޭ ރިސޯޓްތަކުން ލިބޭނެ ގޮތްގޮތް ހަދައި ދިނުން ހިމެނެ އެވެ. މީގެ މައިގަނޑު ޝަރުތަކީ ރާއްޖެ ޕްރޮމޯޓްކޮށް ދިނުމެވެ.
މިކަން މާ ބޮޑު ކަމަކަށް ހަދައިގެން އުޅުނަސް މިއީ ޑެސްޓިނޭޝަންތައް ޕްރޮމޯޓްކުރުމުގައި ކުރާ ކަމެކެވެ.
Dhuniyeyge leading destination award furathama faharah raajje ah https://t.co/mXnX1htxN8
— Adhushan (@Adhushan1) November 30, 2020
ފަހަރުގައި އިންޑިއާގެ މީޑިއާތަކާއި ބައެއް ނޫސްވެރިންގެ ކަންބޮޑުވުމުގެ އަސްލަކީ ކޮވިޑް-19 ގެ ހާލަތު އަދިވެސް އެ ގައުމުގައި ރަނގަޅު ނުވެ އޮއްވައި މަޝްހޫރު ތަރިން ރާއްޖެ އައިސް އުފާކުރުން ކަމަށް ވެދާނެ އެވެ. އެކަމާ ހިތްހަނުޖެހެނީ އެވެ. ބައެއް މީޑިއާތަކުން ސީދާ އެ މޭރުމުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އާންމުންގެ ހާލަތަށް ބެލުމެއް ނެތި، މަޝްހޫރު މީސްމީހުން ތަންތަނަށް ދަތުރުކޮށް މަޖާ ނަގަނީ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
01 December 2020
ދުވަހަކުވެސް ފާޑުކިޔާ މީހުންގެ ދުލަކުން ނެއެރޭނެ. ކަޕީލް ޝަރުމާ ޝޯގަވެސް ރާއްޖޭގެ ވާހަކަ ދައްކާ. ދެންމެ ގެނައި ސާރާ ޢަލީ ޚާން ހިމެނޭ އެޕިސޯޑު ގަވެސް ރާއްޖޭގެ ވާހަކަ ކަޕީލް ޝަރުމާ ދެއްކި. އެމީހުން ހިތްހަމަޖެހޭތީ އަންނަނީ. ބައެއް ނޫސްވެރިން ގެ ގޮތް. އަހަރުމެން މަރުހަބާ ކިޔަން. ހުރިހާ ގައުމުތަކަށް.
ދަނގެތި
01 December 2020
ބަރާވަމުންގޮސް ބަރަހަނާވެ ނިމެނީ ..
ސަސޖ
01 December 2020
އިންޑިއާ މީހުންނަށްވެސް އެނގެންވާނެ ވެރިން، ތަރިން އުޅޭނީ އުފަލުގަކަން އަހަރުމެންކަން ގުލާނު ކުރަން ޖެހޭނީ
ކަނޑު ކެޔޮޅު
01 December 2020
އަދި ދުނިޔެ ޤަބޫލް ކުރާ މަޝްހުރު ސެލިބްރޭޓުން ރާއްޖެ ގައި ނުތިބޭތީ ހިންދީ ފިލްމުސްޓާރުން މެދުވެރި ކޮށް ރާއްޖެ އުސްތިހާރު ކުރަނީ ކަމަށް ވެސް މާނަ ކުރެވެއެވެ.
ޕެރިސް ހިލްޓް
01 December 2020
ޢިންޑީއާ މީހުން ނަކީ ވަރަށް ފޮނި ބައެކެވެ. މިހާރު އެކުރަނީ ވެސް ދިވެހި ޓޫރިޒަމަށް މަލާމާތެކެވެ.އެކިޔަނީ އިންޑީއާގެ ސެލިބްރޭޓުން ރާއްޖެ އަށް ޗުއްޓީގައި ދަނީ ރާއްޖެ އިސްތިހާރު ކޮށް ދޭށޭ..ހިލޭ ޗުއްޓީ ނުދޭނަމަ ނުވެސް ދާނެއޭ ރާއްޖެއަކީ ކީއްކުރަން ދާ ތަނެއްހޭ.އިންޑިއާ ފިލްމުސްޓާރުންގެ ފެންވަރަކީ ހަވާއީ / ޕެރިސް// އިގިރޭސި ވިލާތް އެމެރިކާ/ ފަދަ ޤައުމު ތަށް ކަމަށެވެ.
ޟބކހކބކ
01 December 2020
ރާއްޖެއަށް ކުރިއެރުމެއްލިބެންޏާ އިންޑިއާ ހަސަދަވެރިވާނެ. ސަބަބަކީ އެގައުމަކީ މުސްލިމުންނާދެކޮޅު ބަޔަކަށްވާތީ. އަމިއްލައަތުންހަދާ ބުދުތަކަށްއަޅުކަންކުރާ މޮޔައިންތަކެއް
މޯޑޯ ނަރަންޑްރޯ
01 December 2020
މިއީ " ދުނިޔެ މަތީ ސުވަރުގެ އޭ" ކިޔާފައި އިންޑިއާ މީހުން ރާއްޖެ އަށް ގިނަވާތީ ވަރަށް ބިރުގަނެއެވެ. ޚާއްސަ ކޮށް " ރެސިޑެންޓް ވިސާ ވިއްކާ ޤާނޫނު" ފާސްކުރި ފަހުން ނެވެ.