އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު: އޭނާ 11 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
07 ޑިސެމްބަރ 2020 - 13:55
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ 32 ދައުވާއެއް ދައުލަތުން ކުރި އެވެ. ޒިޔަތާއި ދައުލަތާ އެކު ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން ޒިޔަތު ކުރިން ވަނީ އެ ހުރިހާ ދައުވާތަކަށް އެއްބަސްވެފަ އެވެ. އެ ދައުވާތަކުގައި، ޒިިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހެނދުނުން ފެށިގެން ދަނީ ކޮންމެ ދައުވާއެއްގެ ހުކުމް ވަކިވަކިން އިއްވަމުންނެވެ. މިހާތަނަށް 12 ދައުވާއެއްގެ އަދަބެއްގެ ގޮތުން 11 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޒިޔަތުުގެ މައްޗަށް ވަނީ އިއްވައިފަ އެވެ. ދެން ބާކީ ހުރި ދައުވާތަކުގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގެ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދާނީ ދަށްވަމުންނެވެ.
އެގޮތަށް އަދަބުގެ މިންވަރު ދަށްވަމުން ގޮސް، 12 ވަނަ ދައުވާގެ އަދަބެއްގެ ގޮތުން ޒިޔަތަށް އިއްވީ އެއް ދުވަހުގެ ޖަލު ހުކުމެކެވެ. އެއް ދުވަހުގެ ޖަލު ހުކުމަކަށް ވުރެ ކުޑަ އަދަބެއް ނޯންނާތީ ބާކީ އޮޮތް 20 ދައުވާގައި ޒިޔަތުގެ މައްޗަށް އެއްވެސް އަދަބެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
ޒިޔަތުގެ މައްޗަށް މީގެ ކުރިން ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށެއް 2016 ވަނަ އަހަރު ސާބިތުވުމުން އަށް އަހަރުގެ ޖަލު ހުކުމެއް އޭނާ މިހާރު ގެންދަވަނީ ތަންފީޒު ކުރަމުންނެވެ.
ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވެސް ކުރިން ވަނީ ދައުވާތަކަށް އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީދުބެ
08 December 2020
އެހެންވީމަ މިހާރު ތަންފީޒުކުރި ހުކުމް ކަނޑާފަ ބާކީ ކިތައް އަހަރުބާ ޖަލުގަ؟ ދެން އޭގެ ތެރެއިން މާފު ދެވެނީ ކިތައް އަހަރު ފަހުން؟ ކޮބާ މި ފައިސާތައް ވަގަށް ނެގުމުން އިންޑައިރެކްޓުކޮށް ލިބިނު ގެއްލުންތައް؟ އެތަކެއް ކުޑަކުދިންނަށާ ބަލި މީހުންނަށް އޭގެން އަސަރު ކުރާނެބާ؟ ސަރުކާރުން ރައްޔިތުންނަށް ދޭން އޮތް ހިދުމަތްތަކަށް އަސަރު ކުރިބާ؟
އެދުރުބޭ
08 December 2020
އަވަހައް ޖަލުގެ އިމާމުކަންދީފަ މިނިވަންކޮށްލަ
ރީނދޫ
08 December 2020
ކަސައުޓީ އިންސާފު
އަލިހަންދުރޯ
08 December 2020
ދެން ތިހެދި އެއްބަސްވުމުން ހޯދި އެންމެންތައް ކޮބާ؟ 18 ވަނަ އަދި 19 ވަނަ މަޖިލީހުގައިވެސް ތިބިކަމަށް ކިޔާއަޑު އިވެނީ. ދެން އެމީހުން ހިފާ ހައްޔަރުކުރަނީ ކޮންއިރަކުން؟
ދަގަނޑު އަޒީ
08 December 2020
ނުކުރާކަ މަކަށް މިހާބޮޑު ހުކު މެއް އައީ މަ ބުއްދި ގަބޫލުކުރަން ދަތި..
ކުލްސުމް
07 December 2020
ދެން އެނިމުނީނު! އެފްބީއަޑީގެ ވައްކަމުގެ ބޮޑުން ގެ ދަރިން އަދި ކުރީގެ އަނބިން ވަޒީރުކަމުގަ! ޔޫކޭގެ ދިރިއުޅުން! އަދީބު ގޭގެ އަންހެނުން ނަށް ގިޓާރ ކުޅެދެނީ!
ބިލް ކުލިންޓަން
07 December 2020
މީ ފާނޑިޔާރތުގެ އިސްލާހުރީމާ ވާގޮތް. ރޫހާނީ އިސްތިއުފާ.
މޫސަ123
07 December 2020
ވަރަށް ސަޅި ބާކީއޮތް ވިހިދައުވާ އަށް އެއްވެސް ހުކުމެއް ނާންނާނެ މާނައަކީ ޚިޔާނާތްވި ފައިސާގެ އެއްވެސް މިންވަރެއް ދައްކާކަށްވެސް ނުޖެހޭނެ މިއީތޯ ރަތްޔިތުން ގެފައިސާއަށް ޚިޔާނާތްވާ މީހުނާ ދޭތެރޭ އަމަލުކުރުމަށް ރަތްޔިތުން ބޭނުންވާގޮތަކީ ؟ މިއީ އަޅުގަޑުމެން ވޯޓުދީގެން ހޮވާ އިއްޒަތް ޔެރިމެންބަރުން ރަތްޔިތުނަށްޓަކައި ދީނައްޓަކައި ގައުމަށްޓަކައި ހަދާ ގާނޫނު .
ފޭސް ޕާމް
08 December 2020
ޢެއީ އެއް ނޫން އޭގެ މާނައަކީ.. އެ ފައިސާ ދައްކަން ޖެހޭނެ އަދަބު ކަނޑަނޭޅުނަސް
ނެގުނުކަތީބު
07 December 2020
މީ އެބުނާ ވަގު ބިފަންނަ ގޮތަކޫ؟
ނިކަމެތިރައްޔިތުމީހާ
07 December 2020
ތިޔަ ހުކުމް ތަކުން ތިޔަ ދެވެނީ ދެންތިބި މީހުންނަށް ވެސް އިތުރު ހިއްވަރެއް. ކޮންމެ ސަރުކާރެއްގެ ވެސް ވެރިން ވީހާވެސް ބޮޑަށް ވައްކަން ކުރަން އިތުރު ހިއްވަރެއް.