މުނިފޫހިފިލުވުން / ބޮލީވުޑް ފިލްމު

ފިލްމެއްގެ މަންޒަރެއްގެ މައްސަލާގައި އަނިލް މާފަށް އެދިއްޖެ

މި މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ އަނިލް ކަޕޫރްގެ ފިލްމު "އޭކާ ވާސަސް އޭކޭ" ގެ މަންޒަރެއްގެ މައްސަލަ ބޮޑުވުމުން އަނިލް އާއި ފިލްމުގެ ޓީމުން މާފަށް އެދިއްޖެ އެވެ.

އަނިލް އާއި އިރެކްޓަރު އަނޫރާގް ކޭޝަޕް ލީޑް ރޯލް ކުޅެފައިވާ ޑައިރެކްޓަރު ވިކްރަމަދިތިޔާގެ ފިލްމުގެ މަންޒަރެއްގެ މައްސަލަ ހޫނުވީ އަނިލް އިންޑިއާގެ ވައިގެ އަސްކަރިއްޔާ (އައިއޭއެފް) ގެ ޔުނިފޯމެއްގައި ހުރެގެން ބޭއަދަބީ ބަސްތަކެއް ކިޔައި މާރާމާރީ ހިންގާ މަންޒަރު ހިމަނާފައިވާތީ އެވެ.

މިކަމާ ކަންބޮޑުވެގެން އައިއޭއެފުން ކުރި ޓްވީޓެއްގައި ބުނީ އެ މަންޒަރުން ވައިގެ އަސްކަރިއްޔާ އަށް ހުތުރުވާ ކަމަށާއި އެތަނުގެ ޔުނިފޯމް އަޅައިގެން ހުރެ ދައްކުވައި ދެނީ އެފަދަ ގަދަރުވެރި ޔުނިފޯމެއްގައި ހުންނާނެ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަމަލުތަކެއް ނޫން ކަމަށެވެ. އެހެންވެ އެންމެ މަސްލަހަތު ހުރި ގޮތަކީ އެ މަންޒަރު ފިލްމުން އުނިކުރުން ކަމަށް ބުނެފައިވެ އެވެ.

"އޭކޭ ވާސަސް އޭކޭ" އަކީ ފިލްމީ ތަރިއެއް (އަނިލް) ގެ ދަރިޔަކު ޑައިރެކްޓަރަކު (އަނޫރާގް) ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ ބްލެކް ކޮމެޑީ ތުރިލާއެކެވެ. މީގައި ހިމެނި މަންޒަރެއްގެ މައްސަލާގައި އައިއޭއެފުން ކަންބޮޑުވުން ފާޅުކުރުމުން ނެޓްފްލިކްސް އިންޑިއާ އިން ކުރި ޓްވީޓެއްގައި ބުނީ އެފަދަ މަންޒަރެއް ފިލްމުގައި ހިމެނީ އެއްގޮތަކަށް ވެސް ވައިގެ ސިފައިންނަށް އިހުތިރާމު ކުޑަކޮށްލުމުގެ ގޮތުން ނޫން ކަމަށާއި އަބަދު ވެސް އެ މުއައްސަސާގެ އަގުވަޒަން ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން އަނިލް ވެސް މާފަށް އެދި ބުނީ އައިއޭއެފުން ކަންބޮޑުވުން ފާޅުކުރި މަންޒަރަކީ ފިލްމުގެ ވާހަކައިގެ ތެރެއިން އަންނަ ވަރަށް މުހިއްމު މަންޒަރަކަށްވެފައި، ބޭނުންވީ އަސްލާ އެއްގޮތަށް މަންޒަރު ގެނެސްދޭން ކަމަށެވެ. އެހެންވެ އެއީ އެއްވެސް ހާލެއްގައި އައިއޭއެފްގެ ޔުނިފޯމްގެ ހުރުމަތްކަނޑާލުމުގެ ނިޔަތުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށް ބުންޏެވެ.

"އަހަރެން އައިއޭއެފްގެ ޔުނިފޯމްގައި ހުރި މަންޒަރަކީ ފިލްމުގައި އަހަރެން އައިއޭއެފްގެ އޮފިސަރެއްގެ ރޯލު ކުޅޭ އެކްޓަރެއްގެ ގޮތުގައި ދައްކާތީ. އަދި ހަމަނުޖެހުން ހިންގާ މަންޒަރަކީ އޭނާގެ ދަރިފުޅު ކިޑްނެޕްކުރިކަން އެނގުމުން އެކަމަށް ރިއަކްޓްކުރާ ގޮތަށް ދައްކުވައިދޭ މަންޒަރެއް،" އަނިލް އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުންޏެވެ. "އެހެންވީމާ އައިއޭއެފްގެ ޔުނިފޯމުގެ ކުޑައިމީސް ކުރުމުގެ އެއްވެސް ނިޔަތެއް ނެތް."

ނަމަވެސް އައިއޭއެފަށް މައްސަލައަކަށްވި މަންޒަރު "އޭކޭ ވާސަސް އޭކޭ" އިން އުނިކުރިކަން ފިލްމުގެ ޓީމުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. މި ފިލްމަކީ މި މަހުގެ 24 ގައި ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

"އޭކޭ ވާސަސް އޭކޭ" ގައި އަނިލްގެ ދެ ދަރިން ކަމަށްވާ ސޯނަމް ކަޕޫރާއި ހާޝްވަރުދަން ކަޕޫރްގެ ހާއްސަ ފެނިލުންތަކެއް ވެސް ހިމެނޭނެ އެވެ.

މި ފިލްމާ ގުޅޭ މައްސަލައެއް ފެންމަތިވި އިރު، މިދިޔަ މަހުގެ ތެރޭގައި އިންޑިއާގެ އިން ވަނީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާ ފަދަ ޕްލެޓްފޯމްތައް އެ ގައުމުގައި ރެގިއުލޭޓްކުރަން ނިންމައިފަ އެވެ. ސަބަބަކީ އެފަދަ ޕްލެޓްފޯމްތަކުން މި ފަހުން ގެނެސްދޭ އިންޑިއާގެ އުފެއްދުންތަކުގައި އެ ގައުމަށް ހުތުރުވާ ގޮތަށް އަދި ހަގީގަތް އޮޅޭ ގޮތަށް ފިލްމުތަކާއި ވެބް ސީރީޒްތައް ގެނެސްދޭކަމުގެ ޝަކުވާތައް ބޮޑުވުމެވެ.

އެގޮތުން ޑިޖިޓަލް ޕްލެޓްފޯމްތައް ރެގިއުލޭޓްކުރަން ނިންމުމުގެ ކުރިން އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ ދާދި ފަހުން އަސްކަރިއްޔާ އާއި އަސްކަރިއްޔާ އަށް ނިސްބަތްވާ މީސްމީހުންނާ ބެހޭ އުފެއްދުންތައް ހަދާ ނަމަ އެފަދަ އެއްޗެހި އާންމުކުރުމުގެ ކުރިން މިނިސްޓްރީގެ އެޕްރޫލްވަން ހޯދަން ޖެހޭނެ ކަމަށް ބުނެ ސާކިއުލެއް ވެސް ނެރެފަ އެވެ.

މިކަމާ ގުޅިގެން ފިލްމީ ދާއިރާގެ ބައެއް މީހުން ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި މިއީ ހިޔާލުފާޅުރުމުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭކޭސީޖީ

11 December 2020

ކޮންމެ ޔުނީފޯމެއްގަވެސް ވިޔާނުދާ ކަންތައް ކުރާ މީހުން އުޅޭ. ފިލްމުތަކުގައި އެއޮއް ދައްކަނީ ކޮރްޕްޓް ޕޮލިސް/ ސިފައިން / ޖަޖުން / ވަކީލުން / ޑޮކްޓަރުން / ނަރުހުން / ޓީޗަރުން/ ސިޔާސީ ވެރިން . މިނުވޭ މައްސަލައަކަށް . އޭގެތެރޭން ގިނަބަޔަކު ޔުނީފޯމުގަ ފެންނަނީވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454