"އަސްލު" ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
04 ނޮވެމްބަރ 2016 - 22:50
ޕީއޭ ކިޔާ ބަޔަކު އައިސް ޕީޕީއެމް ހަލާލުކޮށްލީ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިޔަސް، އަސްލު ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ކަމަށް ވިދާޅުވެ، މައުމޫނަށް އަބްދުއްރަހީމް އަބްދުﷲ މިރޭ ބަހުގެ ހަމަލާތަކެއް ފޮނުއްވާލައްވައިފި އެވެ.
"އަސްލު" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމް އުފެއްދުމުގެ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ.
"އެކަން ކުރެއްވި ހަގީގީ ބޭފުޅަކީ އަޅުގަނޑުމެންގެ މުޝްތަޝާރު ރައީސް ޔާމީން. މި ޕާޓީ އުފައްދަން އެންމެ އިސްކޮށް މަސައްކަތް ކުރީ އަޅުގަނޑުމެންނޭ. އަޅުގަނޑުމެންނަކީ ޕީއޭގެ މީހުންނޭ. އެންމެ ފުރަތަމަ ޕީޕީއެމް އުފައްދަން ފެއްޓި މަސައްކަތުގައި މިއަދާ ހަމައަށް ދެ ގޮތެއް ނުވެ ތިބީ ޕީއޭގެ މެމްބަރުންނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ހަގީގަތުގައި ރައީސް މައުމޫނަށް އޮޅުވާލައިގެން ނުބައި މަގެއް ދައްކައިގެން އުޅެނީ ދުރުން އައި ބައެކޭ. އަދިވެސް ރައީސް މައުމޫނަށް އެންމެ ހެޔޮއެދޭ ބަޔަކީ އަޅުގަނޑުމެންނޭ."
"އަސްލު" ޖަލްސާގެ ބައެއް ބައިވެރިންނާ ރައީސް ސަލާމް ކުރައްވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވީ ރައީސް މައުމޫނަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށާއި އެގޮތުގައި ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ. އަބްދުއް ރަހީމް އަދި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި މައުމޫނަށް ވާދަ ކުރެއްވުނީ ވެސް އޭރު މަޖިލީހުގައި ތިއްބެވި ޕީއޭގެ 14 މެމްބަރުން ކުރެއްވި މަސައްކަތުން ކަމަށެވެ.
"އެހެންވެ މި ދަންނަވަނީ ޕީއޭ އޭ ރައީސް މައުމޫން ދެކެ ލޯބި ވަނީ. އަދި އެ މަނިކުފާނަށް ވަފާތެރި ވާނީ ވެސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އޭރު ޕީޕީއެމް އުފައްދަން ރައީސް ޔާމީން ހުށަހެޅުއްވުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ މިހާރު ރައީސް މައުމޫންގެ ފަޅީގައި ހުންނެވި، މި ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށެވެ.
"އެހެންވީމާ ޕާޓީ ހަދަން އުޅުނު މީހުން މިހާރު ވެސް މިރޭހެ ޖަލްސާގެ އެންމެ އިސް ސަފުން ވެސް މި ފެންނަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ޕާޓީ އަށް މެމްބަރުން އިތުރު ކުރަން އަޅުގަނޑުމެން ވާނީ ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކޮށްފައި. ނާރާ އެންމެ ފަސްގަނޑެއް ވެސް މި ރާއްޖެ އަކު ނޯންނާނެ. މިހާ ހިސާބަށް މިއައީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެނެއް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ
06 November 2016
މިވަރު ކަންކަމުގައިވެސް ދޮގު ހަދާބަޔަކަށް ދެން ކޮންކަމެއްގައި ތެދުބުނެވޭނީ!!!
ަަަަަަ
06 November 2016
އަސްލުގެ ބާނީއަކީ ކަލާމް
އަލިބެ
05 November 2016
އެހެންވެ ދެއްތޯ ޕީ.ޕީ.އެމް އުފެދިގެން އައި ހަރަކާތްތަކުގެ އެއްވެސް ފޮޓޯއެއްގައި އެމަނިކުފާނު ފެންނަން ނެތީ؟ ބާނީ ބުރަކޮށް އުޅެންޖެހުމުން އެއްވެސް ހަރަކާތަކުން ފެނިފައި ނުވަނީ ދެއްތޯ؟
ބނ
05 November 2016
ހައްވާ އަދުޔަކީ ހައްދުއްމަތީ މީހެއް އެހެންވީނަ ހައްދެއްނޯންނާނެ
އަލްމާސް
05 November 2016
ޕީޕީއެމްގެ ބާނީ އަކީ ޢަބްދުއްރަޙީމް!
ނިހާނު
05 November 2016
އޭ އަދުރޭ. އަބަދު ދެން ތިހެން ނުކިޔަބަލަ. މާދަމާ އަނެއްކަ ޖެހިދާނެ ޒަޢީމް ފަހަތްޕުޅުން ދުވަން. އޭރުންނޯ..ވިސްނައިގެން ވާހަކަ ދައްކަން ބުނީމަ އަރާފަ ހިތަށް އައިހާ އެއްޗެއް ގޮވީމަ ބޮޑުވަޒީރުގެ ކަންތައްވީގޮތައް ވެދާނެއޭ އެވަރަށް ބުނީމަވެސް.....
ހައްވާ
05 November 2016
އަދުރޭ ބުނަން ތިޔަދަނީ މާމައްޗަށް ދޮގުހެދުމުގެ ވެސް ހައްދެއް އޮންނަންވާނެ، ޕީޕީ އެމްގެ ބާނީ އަކަށް ދުވަހަކުވެސް ރައިސް ޔާމީނެއްނުވާނެ . ޕީއޭގެ އަސްލު ފެންވަރު މިގައުމުގެ ދަރިންނަށް ވަނީ ފެނިފައި ދެހާސް ސަޕޯޓަރުން ހަމަވިތޯ ،
އެކްސް ޕީއޭ
05 November 2016
ޕީއޭގަ ނުތިބެ ޕީޕީއެމް ހެދީ ކީއްވެ؟ ޕީއޭ މީހުން ޕީއޭ އަށް ދާންވީ އެއްނުން ތި ވިދާޅުވާ މެމްބަރުން ގޮވައިގެން.
ނިއުޝާދު
05 November 2016
ތިޖަލްސާގެ އެންމެ ކުރީ ސަފަށް ނަޒަރު ހިންގާލުމުންވެސް އަޞްލަކީ ކޮބައިކަން ވަރަށް ސާފުވެއްޖެ. ޖަލްސާއެއްގަ މީހުން އަތުރަނީވެސް އުޞޫލަކުން ހަމަޔަކުން..ދައުލަތުގެ 3 ބާރުގެ ތެރެއިން 2 ބާރުގެ އެންމެ އިސްވެރިން ތިޖަލްސާގަ ބައިވެރިވެވަޑައިގެންނެވިއިރު އެތަނުން އެއްބޭފުޅަކު އިންނަވަން ޖެހިވަޑައިގަތް ހިސާބު ފެނުމުން އަޞްލު ކިޔައިދީ ނަޞްލު ކިޔައިދިނުމުގެ އެއްވެސް ޤާބިލްކަމެއް ނެތް ބަޔެއްކަން އެންމެ ކުޑަ ކުއްޖާއަށްވެސް އެނގެވަރުވޭ...ތިފެކްޝަންގަ އަޞަލަށްވެސް ނަޞްލަށްވެސް ވާނީ ނުޙައްޤުން ބާރާ ނުފޫޒު ފޯރުވޭ ވަރުގެ މީހުން. އެހެން ނޫންނަމަ ނިހާން އެއިންނެވިތާންގަ އިންނަވާނީ މަސީޙް..ގޮތެއް ފޮތެއް ނެތީމަ ހިތަށް އައިހާ އެއްޗެއް ގޮވަމުން ނާޗަރަންގީ ކުޅުނަސް މި ތަހުޒީބު ދިވެހި މުޖުތަމަޢު ކެތްމަދުވެފައި މިވަނީ ޙަޤީޤީ އަޞްލު އޭގެ އަޞްލު ގޮތުގައި 2018 ގެ އިންތިޚާބުގައި ދައްކާލުމަށް...
ރަދީފް
05 November 2016
އަދުރޭ. ތިޔަވާހަކަ އިންޑީޔާގެ ޓެމިލްނާޑޫގެ މެދު އުމުރުގެ އަންހެނުންތަކެއް އެއްކޮއްލައިގެން ކިޔާ ، އެމީހުން ފަހަރެއްގަ ތިވާހަކަ ގަބޫލު ކޮށްފާނެ.