މޯލްޑިވިއަންގެ ކައުންޓަރުތަކެއްގައި ކުންފުނީގެ މުވައްޒަފުންތަކެއް އިށީންދެގެން--ފޮޓޯ:މިހާރު
15 ޑިސެމްބަރ 2020 - 21:23
ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި އެވޯޑް ހަފްލާގައި އެވޯޑާ ހަަވާލުވެ، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ދެއްވި މެސެޖްގައި މި އަހަރަކީ މި އިންޑަސްޓްރީއަށް ގޮންޖެހުންތައް ކުރިމަތިވި އަހަރެއްކަން ފާހަގަ ކުރެއްވި އެވެ.
ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމުގެ ސަބަބުން އެހެން އެއާލައިންތަކޭ އެއްގޮތަށް މޯލްޑިވިއަން އަށް ވެސް ވަނީ މާލީ ދަތިތަކައި ކުރިމަތިވެފަ އެވެ. އެހެންވެ ދަތުރުފަތުރުގެ މި އެވޯޑް ވެގެންދާނީ އަނެއްކާ ވެސް ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރަކަށެވެ.
ވައިގެ މަގުން ގުޅުވައިދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ. އަދި ޓޫރިޒަމާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވައި، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަން އަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ޖެނިފާ ވިދާޅުވި އެވެ.
މި ކެޓަގަރީން މީގެ ކުރިން ދެ ފަހަރެއްގައި މޯލްޑިވިއަން އަށް ވަނީ ސާޓާ އެވޯޑް ލިބިފަ އެވެ. މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ސަރަހައްދުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ބަންގްލަދޭޝް އާއި އިންޑިޔާ އާއި ތައިލެންޑަށް ދަތުރުތައް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސުނޑި
15 December 2020
މިގޮތަށް މި ހަބަރު ނުލުޔު ނަމަވެސް މާރަނގަޅު، ހެޑުލައިން ކިޔާލީމަ މޯލްޑިވިއަން ވަރަށް ދައްކޮލާފަވާކަން ފާހަގަ ކުރެވޭ
އެހެންތާ ؟
16 December 2020
ޤަތަރު ބްރިޓީޝް އެމިރޭޓްސް ސިންގަޕޯރ އެއަރލައިންސް ތަކާއި ވާދަކޮށް ރިޒްވީން އާއި ޖެނިފާގެ މެނޭޖްމަންޓްގެ ދަށުން ހިންގަމުން އައި މޯލްޑީވިޔަން ދުނިޔޭގެ އެންމެ ޝަރަފުވެރި އެއަރލައިން އެވޯޑް ކާމިޔާބު ކޮށްފި. މިގޮތް ރަނގަޅުތޯ ؟
ޒީރޯޓޮލަރެންސް
15 December 2020
ދެންއެންމެއަވަހަށް އެވޯޑެއްލިބޭނީ މޫކޭކޮމްޕެނީ ރޯޑްކޮންސްޓަރަކުޝަން އަށް
ހުސައިންވަލީދުއަހުމަދު
15 December 2020
ފެނަކަ ސައިދު އަދި ސްޓެލްކޯ އެމްޑީ މުގުނީވެސް ވަނީ މިއަހަރުތެރަޭގަ ބައިނަލްއަގުވާމީ އެވޯޑްސްތައް ހާސިލުކޮށްފަ އަދި ފެނަކަ ސްޓެލްކޯވެސްވަނީ ބެސްޓް އެވޯޑުސްތަކެއް ހޯއްދަވާފަ މިއެވޯޑްސް މިއީވަރަށް އެހެންކަހަލަކަމެއް. ÷ޕެރަޑައިސްގަ ބޭއްވި އެވޯޑް ސެރަމަނީއެއްގަ ޕެރަޑައިސް ލިބުނު ބެސްޓް ވޯޓަރބަގަލޯރވެސް މިކަހަލަގޮތަކަށްދާކަމެއްމިއީ