ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު (މ)، އިދިކޮޅުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
17 ޑިސެމްބަރ 2020 - 17:15
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގުޅިގެން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.
މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރީ ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ. އެހެންވެ، އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް އީސީ އިން މީގެ ކުރިން ބުނެފައި ވެ އެވެ.
ނަމަވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރާއި އީސީ ގުޅިގެން މަސައްކަތްކުރަނީ މާޗު މަހު ވެސް އިންތިޚާބު ނުބޭއްވޭނެ ގޮތަށް ކަންތައްތައް ކުރަން ކަމަށެވެ.
"ސަރުކާރާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން މަސައްކަތް ކުރަނީ ލޯކަލް ކައުންސިލް އިންތިހާބު މާޗު 2021 ގައި ނުބާއްވައި، އިންތިހާބު ފަސްކުރަން. އެ އީ ސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާތީ،" އީސީ ޓެގް ކުރައްވަމުން އާދަމް ޝަރީފް ޓްވީޓް ކުރެއްވި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވިދާޅުވީ މާޗު މަހު އިންތިހާބު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެކަށީގެންވާ ބަޖެޓެއް ނެތް ވާހަކަ އާއި މިހާރު ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީމް ބުނެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައިވާ ހިނދަކު އިންތިހާބެއް ނުބޭއްވޭނެ [ކަމަށް އީސީ އިން ބުނި]. މިއަދު ދާދި ދެންމެއަކު އަޅުގަނޑުމެންނަށް ނޫހަކުން ފެނުނު ގޮތުގައި ޖެނުއަރީ މަހުގެ ތެރޭގައި ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަކަމަށް އެޗްޕީއޭ އަކުން ވިދާޅެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެންނަށް އަދި ހަމަ ނޭނގޭ އިންތިހާބު ބޭއްވޭނެ ކަމެއް،" ހީނާ ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކިއެކި ކަންކަމުގައި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސް އޮފިޝަލުން އަންނަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ. ނަމަވެސް ކެމްޕެއިން ކުރަން ރަށްރަށަށް ދަތުރުކުރަން އިދިކޮޅުން ހުއްދަ އަށް އެދުމުން ހުއްދަ ނުދޭ ކަމަށާއި އެކަމާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
ހީނާ ވިދާޅުވިގޮތުގައި، ފުވައްމުލަކުގައި މިރޭ ބާއްވަން އޮތް ޖަލްސާއަކަށް ކޯލިޝަނުގެ އިސްވެރިން ބައިވެރިވުމަށްޓަކައި ހުއްދަ ހޯދަން އެދުނެވެ. އެކަމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނުދޭ ކަމަށާއި އެހެންވެ އެ ޖަލްސާގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހެނީ ފުވައްމުލަކާއި އިދިކޮޅު ކޯލިޝަނުގެ މައި އޮފީސް ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި ތަކުރާރުކޮށް އަޅުގަނޑުމެން އެޗްޕީއޭ އާއި ސަރުކާރުގެ އެހެން އިދާރާތަކަށް ލިޔުމުން ފޮނުވައިގެން، ބައްދަލުކޮށްގެން ވެސް ތަފާތު އެކި ގޮތްގޮތުން ހުއްދަ ހޯދަން މަސައްކަތް ކުރުމުން ވެސް، އަޅުގަނޑުމެންނަށް މާލެ އިން ބޭރަށް ދިއުމުގެ ހުއްދައެއް މިހާތަނަށް ދީފައި ނުވާތީ މިއީ އިންސާފުތޯ އަޅުގަނޑުމެން ހަމަ ސުވާލުކޮށްލަން ބޭނުންވޭ،" ހީނާ ވިދާޅުވި އެވެ.
އިންތިހާބު ކުރުމުގެ ކުރިން ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބިއްޖެ ނަމަ މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
"ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބާއްވައިފި ނަމަ ޕީޕީއެމް/ޕީއެންސީން މި މައްސަލަ ކޯޓަށް ހުށަހަޅާނަން،" ހީނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
18 December 2020
ބޭކާރު ވާހަކަ ނުދައްކާ ގޮޑިއެއްލިބޭތޯ ބަލަންވީނު؟
ހީނާ ވަލުދީ
18 December 2020
އިންތިޙާބާ ހަމަހަމަކަމާއި, ކޯޓުތަކަކީ ކޮބައިކަން ކުރިން ނޭނގިގެން އުޅުނުކަމަށް ރަށުތެރޭ އޭރުކީ. މިއަދުގެ ސަރުކާރަކުން އިލެކްޝަންސް ކޮމިޝަނަކަށް ނާންގާނެ އިންތިޙާބު ބާންވަންވީ ގޮތެއް. މިނިވަން މުއައްސަސާތައް މިހާރު މިނިވަންކަން މިވެރިންގެ ދުލުން ނުސީދާކޮށް ނަމަވެސް ބުނެދޭ ބުނެދިނުމަކީ ކަންކަން ރަނގަޅަށްދާކަމުގެ އަލިގަދަ ދަލީލެއް. ގައިމުވެސް ކޯޓު ފުރާޅު ޓިނު ނުނަގާނެ.
އަލްޖިބްރާ
18 December 2020
ކަލޭމެން ހުށައަޅާ މައްސަލަތަށް ބަލާނެ ކޯޓެއް މިހާރު މިރާއްޖެއަކުނެތް ! ކަލޭމެން ވެރިކަމުގައި ތިބިއިރު ކަންކުރިގޮތް ހަދާން ނެތުނީތަ ؟
އިސްތިއުފާ
18 December 2020
އިލެކްޝަންސް ކަމިޝަންގެ ރައީސް އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ވޮންޑަރ
17 December 2020
ކައުންސިލް އިންތިޚާބު ފަސްކުރަނީ ސަރުކާރާއި އީސީ ގުޅިގެން ކަމަށްވާނަމަ އެ ބެލެވޭނީ އެއީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭން މިސަރުކާރުން ކުރާ ކަމަށޭ ރައްޔިތުން ދަނެގަންނަންވީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން އިންތިޚާބު ބޯމަތި ވުމުން ދޮގު ހަދައިގެން ރައްޔިތުންގެ ވޯޓް ހޯދަން އުޅޭނެ ކަމަށޭ ރައްޔިތުން ތެދުވެ ބުނަންވީ މަކަރާއި ހީލަތުން އުޅޭ ސަރުކާރަށް ތިމަންމެން ވޯޓް ނުދޭނަމޭ ވަޓް އެވަރ އިޓް ޓޭކްސް ޓޭކް ޔުއަރ ރައިޓް ސްޓޭންޑް އައި
ައަބްދުﷲނާފިޒު
17 December 2020
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާ ކޯޓުގަ ޝަރީޢަތްތައް ފެށެންދެން އިންތިޚާބު ފަސްކުރުމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް އިންތިޚާބުގަ ގޮތެއް ނިންމަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ........
ބަކޫރުބޭ
17 December 2020
"ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބާއްވައިފި ނަމަ ޕީޕީއެމް/ޕީއެންސީން މި މައްސަލަ ކޯޓަށް ހުށަހަޅާނަން،" ހީނާ ވިދާޅުވި އެވެ. ތިބުނާ ގޮތަށް ތިކަންކުރެވޭނެ ހާލަތަކަށް އަންނަންދެން އިންތިޚާބު ފަސްކުރީމަ ރަނގަނޫންތޯ، އިދިކޮޅު ކޯލިޝަންއޯ، އެއީ ކިތައްޕާޓީތޯ، ތީ އެއްމެ ޕާޓީއެއް ދެ ނަންބޯޑެއް ޖަހައިގެން އުޅުނަސް، ސަޕޯޓުކުރާ ކުދިންކޮޅަށް ކޯލިޝަނޭ ކިޔައިގެން ވަރަށް ހައިބަތު ބޮޑުކަން ދަންކަން ކުރިކަމެއްތީ...
ދުރޫސުލް އަޚްލާގު
17 December 2020
މީ ކިހިނެއްވެގެންއުޅޭ ބައެއް؟
ސަމްސުންނިސާ
17 December 2020
ހީނައްތަމެން ދެން އުޅޭ ފާޑެއް.
ޔެލޯލާރި
17 December 2020
އިންތިހާބު ބާއްވަން ބަޖެޓްގައި ލާރިއެއްނެތޯ ކޮވިޑްގެ ހަރަދުތަކަށް ޕާޓީ ކުދިންލައްވާ ހަރަދު ކުރުވާފަ ލާރި ނުދީ 300 މިލިއަން ރުފިޔާގެ ބިލް އެބަހުއްޓޯ ފުރަތަ އެލާރި ދީފަ ދެނޯ އިލެކްޝަން ބޭއްވޭނީ އޭރުންތާ ރަގަޅަށް ކެމްޕޭންކުރަން ލާރި ހުންނާނީ