20 ޑިސެމްބަރ 2020 - 11:30
އެމެރިކާގެ އަސްކަރިއްޔާގެ ގޮތްޕެއްގެ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު އުފެއްދެވި "ސްޕޭސް ފޯސް" އަށް އެއް އަހަރުވުމާ ދިމާކޮށް އޭގެ މެމްބަރުންނަށް ރަސްމީކޮށް ބޭނުންކުރާނެ ނަމަކަށް "ގާޑިއަންސް" ހަމަޖައްސައިފި އެވެ.
"ސްޕޭސް ފޯސް" ގެ ފައުޖަށް "ގާޑިއަންސް" ގެ ނަން ދިނުމުގެ އަސްލަކަށް ބަލާފައި ވަނީ ކުރީގެ އެއާ ސްޕޭސް ކޮމާންޑްގައި 1983 ގައި މޮޓޯއަކަށް ބޭނުންކުރި އިބާރާތް "ގާޑިއަންސް އޮފް ދަ ހަޔާ ފްރޮންޓިއާ" ކަމަށް ސްޕޭސްގެ ފޯސްގެ ވެބްސައިޓްގައި ބުންޏެވެ.
Today, after a yearlong process that produced hundreds of submissions and research involving space professionals and members of the general public, we can finally share with you the name by which we will be known: Guardians. pic.twitter.com/Tmlff4LKW6
— United States Space Force (@SpaceForceDoD) December 18, 2020
"ސްޕޭސް ފޯސް" ގެ މެމްބަރުންނަކީ "ގާޑިއަންސް" ކަމަށް ކަނޑައެޅި އިރު، އެ ލަފުޒު އާންމުންގެ ތެރޭގައި އެންމެ މަޝްހޫރުވާނީ މާވެލް ސްޓޫޑިއޯ އާއި ޑިޒްނީ ފަދަ ހޮލީވުޑްގެ ކުންފުނިތަކުން ގެނެސްދޭ ސުޕަހީރޯ ފިލްމުތަކުގައި ދައްކުވައިދޭ ޖައްވީ ފައުޖުތަކާ ގުޅުވައިގެންނެވެ.
"ސްޕޭސް ފޯސް" ގެ ފައުޖަކީ "ގާޑިއަންސް" ކަމަށް ނިންމި އިރު، އެ ތަނުގެ ލޯގޯ ވެސް ފިލްމުތަކުން ފެންނަ ހިޔާލީ ފައުޖެއްގެ ލޯގޯއަކާ ވައްތަރެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު "ސްޕޭސް ފޯސް" ގެ ލޯގޯ އާންމުކުރި އިރު އެއީ "ސްޓާ ޓްރެކް" ފިލްމުތަކުން ފެންނަ ސްޕޭސް ސްޓާފްލިޓް ކޮމާންޑްގެ ލޯގޯ ކޮޕީކޮށްފައި ކަމަށް ބުނެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.
ޓްރަމްޕްގެ 2018 ގެ އަމުރަކަށް އުފެއްދި "ސްޕޭސް ފޯސް" އަކީ ނެޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓްގެ ދަށުން އުފެއްދި ތަނެކެވެ. މީގެ މައިގަނޑު މަގުސަދަކީ އެމެރިކާގެ އަސްކަރިއްޔާގެ ތެރޭގައި ޖައްވީ މިޝަންތައް ވަރުގަދަކޮށް ފުޅާކުރުމެވެ.
"ސްޕޭސް ފޯސް" އަކީ އެމެރިކާގެ އަސްކަރިއްޔާގެ ހިމެނޭ ހަ ގޮފީގެ ތެރެއިން އެއް ގޮތްޕެވެ. ގޮފި ރަސްމީކޮށް ވުޖޫދަށް އައީ ޑިސެމްބަރު 20، 2019 ގަ އެވެ. "ސްޕޭސް ފޯސް" ގެ ފައުޖު އެކުލެވިގެން ވަނީ 2،501 ގާޑިއަނުންނާއި 77 ސްޕޭސްކްރާފްޓާގެ ފްލީޓަކާ އެކީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޭޑް6
21 December 2020
ޑެސްޓިނީ 2 ވައިބްސް
ކެލް
20 December 2020
އެތައް އަހަރެއް ވަންދެން އެމެރިކާގެ އަސްކަރިއްޔާއިން ނުރަސްމީކޮށް ހިންގަމުން އައި ކަންކަން ނުކަތައިގެން އެންމެ ފަހުން ރަސްމީކުރަން ޓްރަމްޕް އެނިންމީ. އެމެރިކާގެ ކޮންމެ ރައީސަކު އެންމެ ބޯގޮވާ ޔޫއެފްއޯގެ މައްސަލަތަކުގައި ކަންކަން ފާޅުކުރާނެކަމަށް ވާހަކަ ދައްކައި އެކަން ކޮޅެއްގައި ނުޖެއްސޭ. އެކަމުގެ ސިއްރުވެރިކަން ބޮޑުކަމުން ސިއްރު ހިފަހައްޓަން ނުދާނެ ހައްދެއް ނޯވޭ. އެންމެ ފަހުން މިމަހު އިޒްރޭލްގެ އިއްޒަތްތެރި ޕްރޮފެސަރަކަށް އެވާހަކަ ދެކެވިއްޖެ