މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޕުލްކިތު.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފަށައި ބޮޑު ބައި ނިންމާފައި އޮތް ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް" ގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ޖައިސަލްމާރަށް ހިނގައްޖެ އެވެ.

ކުރިން ދަރަމްޝާގައި ފިލްމުގެ މަންޒަރުތައް ނެގި އިރު އެތަނުގައި ވަނީ ފިލްމުގެ 75 ޕަސެންޓް ޝޫޓްކޮށްފަ އެވެ. "ބޫތު ޕޮލިސް" ގެ ކާސްޓުންނަކީ ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒާއި އަރުޖުން ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ. މިއީ މި ހުރިހާ ތަރިން ވެސް ބިރުވެރި ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

"ރޭސް" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރަކީ ޕަވަން ކިރްޕަލާނީ އެވެ.

މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު މިދިޔަ އަހަރު ދައްކާލާފައިވެ އެވެ.

"ކޭޖީއެފް: ޗެޕްޓާ 2" ގެ ޓީޒާއެއް

ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވާ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ރިލީޒްކުރާނެ ތާރީހެއް އަދިވެސް އިއުލާން ނުކުރާ މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ވަރަށް ތަފާތު ގޮތަކަށް ފިލްމުގެ ވިލަންގެ ރޯލުންނެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ގައި ގެނެސްދިން "ކޭޖީއެފް: ޗެފްޓާ 1" ގެ ދެވަނަ ބައެވެ. ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ޔާޝް ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ރާޖާއި ސްރިނިދީ ޝެޓީ ހިމެނެ އެވެ.

ޕްރަޝާންތު ނީލް ޑައިރެކްޓްކޮށްފައިވާ "ކޭޖީއެފް: ޗެޕްޓާ 2" އަކީ 100 ކްރޯޑް ރުޕީސް (13.63 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

"ހާތީ މޭރޭ ސާތީ" މާޗް 26 ގައި

މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި މި އަހަރަށް ފަސްކުރި ރާނާ ދަގޫބަތީގެ އެޑްވެންޗާ ފިލްމު "ހާތީ މޭރޭ ސާތީ" އަންނަ މާޗް މަހުގެ 26 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ޕްރަބޫ ސޮލޮމަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތެލެގޫ، ހިންދީ އަދި ތަމަޅަ ބަހުން ގެނެސްދޭނެ ފިލްމެކެވެ.

"ހާތީ މޭރޭ ސާތީ" ގެ ކާސްޓްގައި ޕުލްކިތު ސަމްރާޓާއި ޒޯޔާ ހުސައިނާއި ޝްރިޔާ ޕިލްގާއޯންކަރް ހިމެނެ އެވެ.

ޕުލްކިތު އެންމެ ފަހުން ފެނިފައި ވަނީ ނޮވެމްބަރުގައި ޒީ5 އިން ޕްރިމިއާކުރި "ތައިޝް" އިންނެވެ. ރާނާ އަކީ "ބާހްބަލީ" ގެ ފިލްމުތަކުގައި ބައްލާދޭވްގެ ރޯލް ކުޅުނު އެކްޓަރެވެ.

ޑައިރެކްޓަރު އަލީ ކައިވެނިކޮށްފި

ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކައިވެނިކޮށްފި އެވެ.

އަންހެނުން އެލީޝިއާ އާއި އަލީ މިދިޔަ ހަފުތާގައި ކައިވެނިކުރިކަން އިންސްޓަގްރާމްގައި ވެސް ކަށަވަރުކޮށް ދީފައިވާ ކައިވެނީގެ ހަފުލާގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައިވެ އެވެ. އަލީ އަކީ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ބާރަތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނާ ކައިވެނިކޮށްފައި މި ވަނީ އަލަށް ހެދި ވެބް ސީރީޒް "ތަންޑަވް" މި މަހުގެ 15 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައި ވަނިކޮށެވެ. އަދި އަލީ އަންނަނީ ކެޓްރީނާ ކައިފާ އެކު ސުޕަހީރޯ ފިލްމެއް ހެދުމުގެ ތައްޔައްތާރީތައް ވެސް ވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ފިލްމުގެ ނަމަކީ "ސުޕަ ސޯލްޖާ" އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454