ޚަބަރު / ބިދޭސީން

ހިއުމަން ޓްރެފިކިންގެ މައްސަލައިގައި ރިޒްއަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް

ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު ރިޒާ.-- ފޮޓޯ: މަޖިލިސް

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މިދިޔަ މަހުގެ 16 ވަނަ އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް ދައުވާކުރަން އަދި ނުފޮނުވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރު ރިޒާއަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން އޭނާ ފުލުހަށް ވެސް ހާޒިރުކުރި އެވެ.

އެ ރަށުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެ، މިދިޔަ އަހަރުގެ ޖުލައި 1 ގައި ބޮޑުފިނޮޅުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެ، ހާލަތު ވަރަށް ބޮޑަށް ސީރިއަސްވި އެވެ. އެހެންވެ އެ ރަށަށް އަރަން ދިޔަ ފުރަތަމަ ފުލުހުންނަށް އެކަން ނުވުމުން ހާލަތު ކޮންޓްރޯލްކުރީ މާލެއިން ފުލުހުންގެ ބޮޑު ފައުޖެއް ފޮނުވައިގެންނެވެ.

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކުގައި 19 ބިދޭސީއަކު ވެސް ހައްޔަރުކުރި އެވެ. އެ ތަނުގައި 190 ބިދޭސީން އަދި ފަސް ދިވެހިން މަސައްކަތްކުރި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ރިޒް ކުންފުންޏަށް ސީރިއަސް ތުހުމަތުތަކެއް ކުރި އެވެ. ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރި އެވެ.

"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީންނާ ހަވާލުވެ، އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި މުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާ" ކަމަށް ވެސް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

12 January 2021

10 ދުވަސް ތެރޭ ޝަރީޢަތަށް މައްސަލަ ފޮނުވާކަމަށް ޕީޖީ އިން ކުރިން ބުނެފައިވޭ. މިދިޔަމަހު 03 ގައި ފޮނުވި މައްސަލަ 17 ގައި ބަލައިގަނެ ޕާކް ކޮށްފައި އޮތީ. ތިޔަކަމެއް ނުވާނެ. ސަރުކާރު ހިންގާ ޕާޓީގެ ޢިއްޒަތްތެރި މެންބަރެއް. އަދިވެސް އެ ބިދޭސީންނަށް މުސާރަ ނުދޭ. އެ ބިދޭސީން ސަރުކާރު ބޮލަށްޖަހާފައި. ސަރުކާރުން ކާންދީ ބަލަހައްޓަނީ. ކިހާ އިންސާފުވެރި. އިންސާފު އޮތީ ގާއިމްވެފައި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 January 2021

ޑްރަޤް، ވައްކަމާއި މާރާމާރީގެއިތުރުން މީހުންމެރުމާއި މިފަދަ އިންސާނީއްޔަތާއި ޙިލާފު ޖަރީމާތައްހޯދާ އަތުލައިގަނެ ޝަރީއަތަށް ފޮނުވަން ތަޙްޤީގުކުރާ ފުލުހުން މައްސަލަތައް ތަޙްޤީގު ކުރުމާއި ހެކިހޯދުމުގައި ފަރުވާކުޑަކޮށް ނުވަތަ "ގަސްތުގައި އެފަދަ ގޮތަކަށް އަމަލު ކޮށްފިނަމަ" އެ ފުލުހުންނާއި މެދު ފިޔަވަޅު އަޅާންޖެހޭ. # މިދެންނެވިފަދަގޮތަށް ކަންކުރާ ފުލުހުންޑިމޯޓްކޮށް އެހެން ދާއިރާއަކަށް ބަދަލުކުރުން ފަދަ ގޮތަކަށް އަމަލުކޮށްގެންވެސް މިކަން ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454