17 ޖެނުއަރީ 2021 - 07:46
އިންޑިއާގެ އެންޑީޓީވީ އެންމެ ވަރުގަދަ އެއް ޕްރޮގްރާމް ކަމަށްވާ "ލެފްޓް، ރައިޓް އެންޑް ސެންޓާ" ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހޯސްޓްކުރި ކުޅަދާނަ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ނިދީ ރާޒްދާން އަށް ހާވަޑް ޔުނިވަސިޓީގެ ނަމުގައި ބަޔަކު ފޮނުވި ފޭކް މެއިލްތަކަކަށް ހެއްލުމުން ބޮޑު ގެއްލުމެއް ވެއްޖެ އެވެ.
އެންޑީޓީވީގައި 21 އަހަރު ހޭދަކުރުމަށް ފަހު ނިދީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެތަނުން ވަކިވީ އެމެރިކާގެ ހާވަޑް ޔުނިވަސިޓީން ލިބުނު ކަމަށް ބުނާ ވަޒީފާއަކާ ގުޅިގެންނެވެ. އެއީ އެތަނުގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ މަގާމެވެ. މައިގަނޑު ޒިންމާ އަކީ ނޫސްވެރިކަން ކިޔަވައި ދިނުމެވެ.
މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ލިބުނު ރަނުގެ ފުރުސަތާ އެކު ނިދީ ފުރައިގެން އެމެރިކާ އަށް ދިޔަ އެވެ. އޭގެ ފަހުން ވެސް އެންޑިޓީވީ ގެނެސްދޭ އެކި ޕްރޮގްރާމްތަކުގައި ޕެނަލިސްޓެއްގެ ގޮތުގައި ނިދީ ބައިވެރިވަމުން ދިޔަ އެވެ. އޭނާގެ ފޮޓޯ އާއި ނަން ޓީވީ ސްކްރީނަށް އަރުވަނީ ހާވާޑް ޔުނިވަސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ ނަމާ އެކީގަ އެވެ.
I have been the victim of a very serious phishing attack. I’m putting this statement out to set the record straight about what I’ve been through. I will not be addressing this issue any further on social media. pic.twitter.com/bttnnlLjuh
— Nidhi Razdan (@Nidhi) January 15, 2021
އެކަމަކު މި ހުރިހާ ކަމަކީ ބައެއްގެ ބޮޑު އޮޅުވާލުމެއްކަން އެނގި އެކަން ވީ ގޮތް ނިދީ، 43، ވަނީ ދިގު ބަޔާނެއްގައި ޓްވިޓާގައި އާންމުކޮށްފަ އެވެ.
ހާވަޑުން ބޮޑު މަގާމެއް ލިބުނު ކަމަށް ބުނެ ނިދީ އަށް ބަޔަކު މުއާމަލާތްކުރި ނަމަވެސް މިއީ ހާވަޑުން ދެނަހުރި ކަމެއް ވެސް ނޫނެވެ. ނިދީ އަށް ފުރުސަތު ދިން ކަމަށްވާ ބުނާ ހާވާޑް ޔުނިވަސިޓީ ފެކަލްޓީ އޮފް އާޓްސް އެންޑް ސައިންސްގެ ދަށުން ޖާނަޒަލިމްގެ ޑިޕާޓްމަންޓެއް އަދި އަމުދުން އެ ޔުނިވަސިޓީގައި ޕްރޮފެޝަނަލް ޖާނަލިޒަމް ކިޔަވައިދޭ ތަނެއް ނުވެސް ނެތެވެ.
ވެގެން އުޅޭ އޮތް އެނގުނީ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވޭނެ ދުވަހެއް ނޭނގި އެކަން ދިގުލައިގެން ދާން ފެށުމުން ޔުނިވަސިޓީ އަށް ގޮސް މައުލޫމާތު ހޯދުމުންނެވެ. ޖޫން މަހު ނިދީ ފުރައިގެން ގޮސް އެތައް ދުވަހެއްވީ އިރު ޔުނިވަސިޓީ އަށް ދާންޖެހޭ ދުވަހެއް ނޭނގިގެން، އޭނާއާ މުއާމަލާތްކުރި މީހުންނަށް މެއިލްކުރުމުން ބުނީ މަސައްކަތް ފަށާނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކަމަށެވެ. އެކަމަކު އަހަރު ނިމިގެން ދިޔަ އިރު ވެސް ނިދީ އަށް ފުރުސަތެއް ނުލިބެ އެވެ. އެހެންވެ އަލުން އަނެއްކާ ސުވާލު ފެންމަތިކުރުމުން ދިން ޖަވާބަކީ މި މަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އެކަމަކު މަސް ނިމުނުއިރު ވެސް ފުރުސަތެއް ނުލިބެ އެވެ.
I’ve been overwhelmed by the calls & messages of support including the DMs here. I apologise for not writing back immediately. I’m taking a well earned break from social media for a few days & will return refreshed and as good as new. In the mean time keep safe everyone.
— Nidhi Razdan (@Nidhi) January 15, 2021
އަސްލު މައްސަލަ ސާފުވި އިރު، މިއީ ބަޔަކު ހާވަޑް ޔުނިވަސިޓީގެ ލެޓަހެޑް ފޯޖްކޮށްގެން އެތަނުގެ ވެރިންތަކެއް ނަމާއި ސޮއި ވެސް ބޭނުންކޮށްގެން އޮޅުވާލައިގެން ކުޅެފައިވާ ބޮޑު ކުޅިގަނޑެކެވެ.
ނިދީ ބުނި ގޮތުގައި އޭނާ އަށް މި ވަރުގެ ލަނޑެއް ބަޔަކު ދިނީ އަމިއްލަ އީމެއިލާއި އޭނާގެ ޕްރޮފައިލާއި ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބެން ހުރި މައުލޫމާތުތައް ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަން ކުރިލެއް "ޕްރޮފެޝަނަލްކަމުން" މިއީ އޮޅުވާލުމެއްކަން އެއްގޮތަކަށް ވެސް ނޭނގުނު ކަމަށް ބުނެފައިވެ އެވެ.
“If after all this the only thing I can be accused of is being stupid, then I'll take it on the chin, learn from it and move on.”
— Nidhi Razdan (@Nidhi) January 16, 2021
https://t.co/qoDgpTJ6w7
މި މައްސަލަ ބަލައިދީ، ލަނޑު ދިން މީހުންނަށް އަބަދު ދިނުމަށް ނިދީ މިހާރު ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ވެސް ހުށަހަޅައިފަ އެވެ. އަދި ހާވަޑް ޔުނިވަސިޓީން ވެސް މި މައްސަލަ ބަލައިދޭން އެދި ނިދީ ވަނީ އެތަނަށް ސިޓީއެއް ފޮނުވައިފަ އެވެ.
އިންޓަނެޓް މެދުވެރިކޮށް މިފަދަ މަކަރުވެރި ރޭވުންތައް ރާވައި މީހުންނަށް ލަނޑު ދިނުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު ގިނަ ބަޔަކަށް ނިދީގެ މައްސަލާގައި ހައިރާން ކުރުވަނިވި ކަމަކަށްވީ ނިދީ ކަހަލަ މޮޅު ނޫސްވެރިޔަކު ހައްދައިލެވުނީތީ އެވެ.
ނިދީ އަށް ދިމާވި ހާދިސާއާ ގުޅިގެން އޭނާ އަށް ހިތްވަރު ދިން މީހުންނަށް ޓްވިޓާގައި ޝުކުރު ވެސް އަަދާކޮށްފައިވެ އެވެ. ކަޝްމީރަށް އުފަން ނިދީ އަކީ އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގައި ރޭޑިއޯ އެންޑް ޓީވީ ޖާނަލިޒަމް އިން ޕޯސްޓް-ގްރެޖްއޭޓް ޑިޕްލޮމާ ހާސިލުކޮށްފައިވާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޮާއޯނޯ
10 April 2021
ކަށަވަރު ވަރަށް ފައިސާ ވެސް އަތުލާފަ ހުންނާނެކަން އޭނަ ނުބުންޏަސް. އެއީ އެފަދަ ސްކޭމަރުން އަސްލު ބޭނުންވާނީ ފައިސާ ހަމަ އެކަނި ލަނޑެއް ދިނުމެއްނޫން.
ނިދާ
18 January 2021
ތިއީ ހަމަ ހިނގާފާނެކަމެެއް. ހަމަ އޮޅިދާނެ. ނިދީއާ ހާވާޑު ސްކޫލުން އިންޓަވިއުވެސް ކުރި. އިންޓަވިއުކުރީ އޭނާ އެ މަގާމަށް އެޕްލައިވެސް ކުރުމުން. ދެން ބަޔަކު ނިދީއަށް ލަނޑެއް ދިނީ ޑޮކިއުމަންޓްތައް ފޯޖުކޮށްގެން.
ތުއްތުނާ 1
18 January 2021
ނިދީ ހުރީ ގަދަ ނިދީގައި ކަމުން ނިދީ ނިދިން ހޭލެވުނުއިރު ވަޒީފާ ގެއްލިއްޖެ...... ނިދީގައި ވެސް ނުދެކެން ތިވަރު......
ދަ ހައިޓް އޮފް ސްޓްޕިޑިޓީ
17 January 2021
ޗީޑި. ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރުވިއިރު އިންޓަނެޓާގަ ހީލަތްތެރިންނާ މަކަރުވެރިން އުޅޭކަން ނޭގުނު. ތިވީގޮތުން ކަމަނާއަށް އެންޑީޓީވީގަ އަދާކުރި ކުރީގެ ވަޒީފާވެސް ދެން ނުލިބޭނެ ކަންނޭގޭ.
ލޮލްސް
17 January 2021
އަންހެނުންނަކީ ވަރަށް ފަސޭހައިން ހައްދާލެވޭ ބައެއް ލޮލްސް.
ޞުމަަަން
17 January 2021
ޓުރޫ
ަހީލަތް
17 January 2021
އޯކޭ އަންހެނުންނަކީ ފަސޭހައިން ހައްދާލެވޭ ބައެއް. ބައެއް ފިރިހެނުން އުމުރު ދުވަހު ދާއޮހޮރުވައިގެން މަސައްކަތް ކޮށް ކޮޅަށް ޖަހާ ވިޔަފާރި އާއި ގެދޮރު ހަމަ އެހެން ފިރިހެނަކު މަކަރާ ހީލަތުން ޖަހައިގެން ދާ ފަހަރު ވަކި މަދުތޯ
ސަރީފު
17 January 2021
އަންހެނެއް ފިރިހެނެއް އޮވޭތަ؟ ސިޔާސީ މީހުން ބުނާއެއްޗެހިން ހެދިފަ ރައްޔިތު އެންމެން މި ތިބެނީ.