އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ: ރާއްޖޭގެ އިތުރުން ފަސް ގައުމަކަށް އިންޑިއާއިން މާދަމާ ވެކްސިން ފޮނުވަން ފަށާނެ. -- ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2021 - 21:15
ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން، އަވަށްޓެރި ގައުމުތަކަށް މާދަމާ ފަށާނެ ފޮނުވަން ފަށާނެކަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ މިއަދު އިއުލާނުކުރައްވައިފި އެވެ.
މިކަން ހާމަކުރައްވައި މޯދީ ކުރެއްވި ޓްވީޓްގައިއި ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަށް ކުރާ އިތުބާރަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
"ބައެއް ގައުމުތަކަށް ވެކްސިން ފޮނުވަން މާދަމާ ފަށާނެ. އެހެން ގައުމުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ފޮނުވާނެ،" މޯދީ ވިދާޅުވި އެވެ.
India is deeply honoured to be a long-trusted partner in meeting the healthcare needs of the global community. Supplies of Covid vaccines to several countries will commence tomorrow, and more will follow in the days ahead. #VaccineMaitri https://t.co/9Czfkuk8h7
— Narendra Modi (@narendramodi) January 19, 2021
ޢިންޑިއާގެ ވެކްސިންތައް އަވައްޓެރި ގައުމުތަކަށް ފޮނުވަން ފަށާކަން ހާމަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ކުރެއްވި ޓްވީޓް
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އުފައްދާ ވެކްސިން ހޯދަން އަވަށްޓެރި ގައުމުތަކުންނާއި އިންޑިއާއާ ގާތް ގުޅުން ބާއްވާ އެހެން ގައުމުތަކުން އެދެމުން އަންނަ ކަމަށެވެ. މާދަމާ ވެކްސިން ފޮނުވަން ފަށާއިރު ރާއްޖޭގެ އިތުރުން ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، މިއަންމާ އަދި ސީޝެލްސް އަށް ވެކްސިން ފޮނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން، ސްރީ ލަންކާ އާއި އަފްޣާނިސްތާނާއި މޮރިޝަސް އަށް ވެކްސިން ފޮނުވާނީ އެ ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ލިބުމުންނެވެ.
އިންޑިއާ އިން ދެނީ ކޮން ވެކްސިނެއް ކަމެއް ބަޔާނުގައި ބުނެފައެއް ނެތެވެ. ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެއީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން ކަމަށެވެ. މުޅި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓަކީ އިންޑިއާގައި އުފައްދާ ވެކްސިނެވެ. ކޮވިޑާ ދެކޮޅަށް އިންޑިއާގެ އަމިއްލަ ވެކްސިނެއް ވެސް ވަނީ އުފައްދައިފަ އެވެ. އެއީ "ކޮވެކްސިން" އެވެ. އެ ވެކްސިނަށް ހުއްދަ ދީފައި ވިޔަސް އެއާ ބެހޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އިންޑިއާ އިން ބުނީ އެ ގައުމުގައި ވެސް ވެކްސިން ދެނީ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މަސައްކަތްތެރިންނަށް އިސްކަންދީގެން ކަމަށެވެ. އެހެންވެ، އަވަށްޓެރި ގައުމުތަކަށް ވެކްސިން ދޭއިރު އިންޑިއާ އަށް ބޭނުންވާ ވަރަށް ސަޕްލައި ކަށަވަރުކުރަމުން ގެންދާނެ ކަމަށާއި ވެކްސިން ފޮނުވާނީ ވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް ބުންޏެވެ.
ވެކްސިންތައް ފޮނުވުމުގެ ކުރިން މިކަމުގައި ބައިވެރިވާ އެންމެންނަށް ހާއްސަ ތަމްރީން ދޭނެ ކަމަށް އިންޑިއާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަައްވަ
20 January 2021
ރާއްޖޭގަ ވެކުސިނެއް ހެދި ދުވަހަކުން ނޯ ދިވެހިން ގަޔައް ޖަހާނީ، ދެން ޖެހޭނީ ކޮވިޑާ އެކު އުޅެން. ވެކުސިނެއް މިރާއްޖޭގަ އުފައްދާނެ ދުވަހަކަށް އިންތިޒާރު ކުރަން
ބޮޑުވަރު
20 January 2021
މިގައުމުގެ މިކަހަލަ މުހިއްމު ކަންކަން އެންމެ ފުރަތަމަ އިއުލާންކުރުންވެސް މިހާރު މި އޮންނަނީ އިންޑިއާއަށް. މިގައުމުގެ ވެރިކަމުގެ ބާރު އަސްލު އޮތް ދިމާ ފެންނަނީ އެކަހަލަ ކަންކަމުން.
ވިސްނާލުމަށް އެދެމޭ
20 January 2021
މޯދީއަށް ފަޙުރެއް..އަހަރެމެންނަ ގެއްލުން...ޑަބްލިޔުއެޗްއޯގެ ހުއްދަ ކަށަވަރުނުވެއޮތް ވެކްސިންއެއް އަހަރެމެންގަޔަށް ޖެހުމުން ނަތީޖާނުކުންނަނީ ކިހިނެތްކަމެއް ސާފުނުވޭ... މެލޭރިޔާބޭސްވެސް ވަރަށް ފޮނިހުވަފެންދައްކާފަ އެތެރެކުރި. ކޮބާ އެބޭސްކޮޓައިނާއިންލިބުނު ނަތީޖާ. 0ސަރުކާރަށް ހަމަޒީރޯލިބުނީ،. މިވެކްސިންވެސް އެއްމެފަހުން ނިމޭނީ ގުދަން މުއްސަދިކުރަން ގެނާއިއެއްޗަކަށް...އިންޑިޔާމީހުންވެސް މިވެކްސިން ޖެހުމާދެކޮޅު ހަދަމުންދަނީ..
ވިސްނު
20 January 2021
މައުލޫމާތު ހޯދައި ލިބިގަތުމަކީ އަމިއްލަ ކަމެއް. މިޚަބަރުގައިވެސް އެބައޮތް ރާއްޖެއަށް ގެންނަނީ އޮކްސްފޯޑުގެ ވެކްސިންކަމަށް. އެވެކްސިން ކޮންމެ ގައުމެއްގަ އުފެއްދިޔަސް ތަފާތެއް ނުކުރެވޭނެ. ހުރިހާ ވެކްސިނެއްގެ މައުލޫމާތުތައް މަސްހުނިކޮށްގެން ދައްކަންވެއްޖެނަމަ އަދި މިއަށްވުރެ ވާހަކަ ގޯސްވެދާނެ.
ހޯރަބޭ
20 January 2021
އަދުރޭ އަކީ ހައިރިސްކު ލީޑަރެއް. އަދުރޭއަށް ފުރަތަމަ ބުރު ވެކުސިން ޖެހުން މުހިންމް
ހަމައެހެން
20 January 2021
އަދުރޭއަށްވުރެ ހައިރިސްކް ކޯލިޝަންގެ މައުމޫނާ، މިގައުމުގެ ޑަބަލް ރައީސުންނާ ޖޭޕީގެ ލީޑަރު. ހުސް ބޮޑެތި ބަލިތަކުގަ އުޅުއްވާ ބޭފުޅުން.
ގެރިބޯ
20 January 2021
ތިޔަ ޖަހާ އަންނި އާއި އިބޫ....ދިވެހި ރައްޔތުންގެ އިތުބާރެއް ނެތް ތިޔަކަށް............
ބައިރޯ
20 January 2021
ކެކެނީ ދޯ
ގުލްސަނޫބަރު
20 January 2021
ބޮހޮތު ބަޅާ ސުކްރިޔާ ހޭ މޯދީ ޖީ! ތުމްހާރާ ބޮހޮތު ބަޅާ އައްޗާ އާދަމީ ހޭ!
ދަރުސް
20 January 2021
ކުރިންޓެސްޓުކުރަން އެމްޑީޕީގެ އެކުޓިވިސްޓުންނާ ޕާޓީކުދިންކޮޅުގަޔައްޖަހާ!
ށަވިޔަނި
20 January 2021
ތިވެކްސިން ވެސް ދުނިޔޭގެ ފަގީރުންނަށް ލިބޭނީ އިންޑި އާ އިންނެވެ. ބަޔަކު ކޮންމެ އެ އްޗެކޭ ކިޔަސް. އިންޑި އާ އަކީ މެޑިސިންގެ ރޮނގުން ކުރި އަރާފަ އިވާ ގަ އުމެކެވެ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
20 January 2021
އިންޑިއާ ކަނޑާއި އެ ކަޑުގައި ވި ގައުމުތަކާއި އެތަނުގައި ވި އިންސާނުން ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމުގެ އަލި ގަދަ ރަމްޒެއް.
ތިލަދުންމަތި
20 January 2021
މާލެ ދޫކޮށް ދެން އެންމެ އާބާދީ ބޮޑީ އައްޑު ގަ. ބޮޑުތިލަދުންމަތީގަ 80 ހާސް މީހުން އުޅޭ. ކޮން ސުވައިދީއެއް އެހެންދީ އެއްތަ. ފުރަތަމަ އަމިއްލަގައުމުގެ ސުޓެޓިސްޓިކްސް ދަސްކުރިއްޔާ މާ ރީތިވާނެ