21 ޖެނުއަރީ 2021 - 11:50
ކޮވިޑްް-19އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ވެކްސިން ހޯދުމަށް، ސިންގަޕޫރު ކުންފުންޏަކާ އެކު ސޮއިކޮށްފައިވާއިރު، އުއްމީދަކީ ކުރިއަށް އޮތް ތިން މަސްތެރޭގައި އެ ވެކްސިން ލިބުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސިންގަޕޫރު ކުންފުނި، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީން ވެކްސިން ލިބޭނެ ސީދާ ތާރީޚު ބުނަން އެ ކުންފުންޏަށް ވެސް އުނދަގޫ ކަމަށާއި އެކަމަކު އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ރާއްޖެ އަށް އެ ވެކްސިން ލިބުން ކަމަށެވެ.
"ވެކްސިން ލިބޭނެ ޔަގީން ތާރީހު، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ،" ދިވެހި ސަރުކާރުގެ ހަރަދުގައި ގެންނަ ވެކްސިނާ ގުޅޭގޮތުން ނަޒްލާ ވިދާޅުވި އެވެ.
ސިންގަޕޫރު ކުންފުނިން، ހަތް ލައްކަ ޑޯޒްގެ ވެކްސިން ގެނައުމަށް ވަނީ ނިންމައިފަ އެވެ.
އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑު ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސި ވިލާތުގެ ރަސްމީ އިދާރާތަކުން މިދިޔަ މަހުގެ ފަހުކޮޅު ހުއްދަ ދީފައިވާއިރު، ބައެއް މީހުންނަށް ވަނީ ވެކްސިން ޖަހަން ފަށައިފަ އެވެ.
އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި 100،000 ޑޯޒްގެ ވެކްސިން އިއްޔެ ރާއްޖެ ގެނެސްފައިވާއިރު އެއީ އެ ގައުމުން ދިން ހިލޭ އެހީ އެކެވެ. ވެކްސިން މިހާރު ލިބުނަސް އެ ދޭން ފަށާނީ، ޑަބްލިއުއެޗްއޯއިން އެ އަށް ހުއްދަ ދޫކުރުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
ސިންގަޕޫރު ކުންފުނިން ވެކްސިން ހޯދާ އަގާއި އިތުރު ތަފުސީލުތައް އަދި ހާމައެއް ނުކުުރެ އެވެ.
ޑރ. ނަޒްލާ ވިދާޅުވިގޮތުގައި، ވެކްސިން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގައުމުތަކާ މަޝްވަރާ ކުރަނީ ވަކިވަކިންނެވެ. އެހެންވެ، ވަކި ގައުމަކަށް ދިން އަގު ހާމަ ކުރުމުން ކުންފުންޏަށް އޭގެ ދަތިކަން ފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަހުން އެ މައުލޫމާތު އާއްމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެޗްއީއޯސީން ބުނިގޮތުގައި އިންޑިއާ އާއި ސިންގަޕޫރު ކުންފުނީގެ އިތުރުން، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހޯދުމަށް ވާން ޖެހޭ ތައްޔާރީތައް ނިންމައި، އެޕްލިކޭޝަން މިހާރު ވަނީ ހުށަހަޅައިފަ އެވެ. ވެކްސިން ހޯދުމަށް، އިތުރު ގައުމުތަކާއި ކުންފުނިތަކާ ދިވެހި ސަރުކާރުން ވާހަކަ ދައްކަމުން އަންނައިރު، އެ މަޝްވަރާތަކުގެ ތެރެއިން އިތުރު އަލިމަގުތައް ފެނުމުގެ އުއްމީދު އެބައޮތް ކަމަށް އެ ސެންޓަރުން ބުންޏެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އެއްވެސް އިތުރު ފަރާތަކަށް ބަރޯސާ ނުވެ، ވެކްސިން ލިބޭނެ ސަޕްލައި ކަށަވަރު ކުރުން. ވެކްސިން ލިބޭނެ މަގުތައް މިހާރު ވެސް މި ހޯދަނީ ވަރަށް ހަނި ފުރުސަތުތަކުގެ ބޭނުންކޮށްގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓަރީކުރަން ހުޅުވާލައިފަ އެވެ. ނަމަވެސް އެ ޕްރޮގްރާމް ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައު2
21 January 2021
ފައު 2. އެއީ ޑަބްލިޔޫއެޗްއޯ އިން ހުއްދަ ދީފަވާ ވެކްސިން ދޮއްތަ . ކޮވިޑް ގެކްސިނަށް އަދި ހުއްދަ ނުލިބޭ ނޫންތޯ ހުއްދަ ލިބުނީމަ ބެލޭނީކަމުދާ އެއްޗެއްކަމަށް
ގޯސް
21 January 2021
ބަލަ އިއްޔެ ރަސްމިއްޔާތު ބޭއްވީވެސް އޮކްސްފޯޑް ވެކްސިން ނަށް ނޫންތަ?
ނައު22
21 January 2021
ޙަމަ ހައިރާން. ޑަބްލިއު އެޗްއޯއިން ކޮން ހުއްްދަ އެއްދީގެންތޯ މިހާރު ތިވެކްސިން ހަމަ ޔޫކޭގެ މިލިއަން މީހުނަށް އެޖަހަނީ. ޢެގައުމުގެ ސިއްހީމީހުން ހުއްދަދީގެން. ޢެމެރިކާގަ ޖަހާ ފައިޒާ އާއި މޮޑާރނާ އައް ހުއްދަދިނީވެސް އެފްޑީއެއިން. ވެކްސިން ނުދެން މިއުޅެނީ އަމިއްލަ މަސްލަހަތު އޮވެގެން. މާބޮޑެތި ބާރުތަކެއް މިގުރޫޕައް ދީގެން މިއުޅެނީ. ސަރުކާރުން އެބަޖެހޭ ގޮތް ނިންމަން.
އަރުވާލި ބާގިރުގެ ސިޔާސީ ކޮސް
21 January 2021
ތިޔަވެކްސިންގެ ފުރަތަމަ ޝޮޓުފޮނުވާލަންޖެހޭނީ އިބޫގަޔަށް. ދެވަނަ ޝޮޓު އަންނިގަޔަށް. ތިންވަނަ ޝޮޓު މޭޔަރު ޝިފާގަޔަށް. ހަތަރުވަނަ ޝޮޓު އަދުރޭގަޔަށް.
މިރިޔސހ
21 January 2021
ދެން އިންޑިޔާއިން މިގެނައީ ކީއްކުރާ އެއްޗެއް. ދިވެހިން ބޭނުން ކޮށްގެން ވެކުސިން ޓެސްޓްކޮށްލަން އުތަ.....އަހަރެމެންމީ އިންޑިޔާގެ ލެބްތަކުގަ ގެންގުޅޭ ގިނީޕިގުސް އައް މިހަދަނީ....
އިރާކް
21 January 2021
މިހާރު ރަޖިސްޓްރީވާ މީހުނަށް ޖަހާނީ އިންޑިއާއިން ހިލޭ ދިން ވެކްސިންތޯ؟؟އިންޑިއާ ވެކްސިން ރަސްމީކޮން ހުއްދަ ނުދޭއިރު ކީއްވެބާ ގެނައީ؟ރާއްޖޭގެ ނޫސްތަކުން އިންޑިއާ ވެކްސިން ޖެހުމުން ކަންކަންވާގޮތް ލިޔެފައިވޭ..އިންޑިއާގެ ނޫސްތަކުންވެސް ވެކްސިންގެ ވާހަކަތައް ދައްކައިފި..
ރަންނަބަނޑރި
21 January 2021
މިހާރު މިވާނުވާއެއް ނޭންގެ.. އިއްޔެ މިގެނައީވެސް އޮކްސްފޯރޑް ވެކްސިންގެ އެއްލައްކަ ޑޯޒޯ.. އަނެއްކާ މިއަދު އެޗްއޯއީސީ އިން މިބުނަނީ އޮކްސްފޯރޑް ވެކްސިން ގެންނަން އިތުރު ތިންމަސް ނަގާނޭ.. މިސުވާލު ނޫސްވެރިން ނުކުރަންތޯ ނަޒްލާ އާ؟؟ ނޫސްވެރިން ޒިންމާ ފުރިހަމައަށް އަދާކުރައްވާ، ރައްޔިތުން ވާވައްދަން މަސައްކަތް ނުކުރައްވާ..
ސައު8
21 January 2021
ވާގޮތަކީ ކޮވިޑް ހާލަތު ދިޔައިމަ ބަޔެއްގެ ރިލެވެންސާ ލިބޭ މަންފާ ނުލިބޭތީ ހަމަ ލަސްކުރަނީ. މި ވެކްސިން އެފިކެސީ ރިޕޯޓުގަ ބަލިން ބޮޑުވަރުވުން 90% ކުޑަ ކުރާކަމަށް އެބައޮތް. ޥެކްސިން ގުދަންކޮށްފަ ހުއްޓާ މީހުން ނިޔާވެގެން ދިޔުމަކީ ދެވޭ އަނިޔާއެއް.
ލާލުޕަރީ
21 January 2021
އިންޑިޔާ ވެކްސިން ޖަހާ ވެރިން ގަޔަށާ ފުރަންޓް ލައިން ގަ އުޅުން މީހުންނައް.އެވަރައް ލާރިކައިފަ ތިތިބީ
އަލީ
21 January 2021
އިންޑިޔާ ވެކްސިން އައުޓު.
ފައު2
21 January 2021
ކޮއްކޯ ކުޑައިރު ޖެހި ބީސީޖީ އާ ޕޯލިޔޯ އާ ގިނަ ވެކްސިން އައީވެސް އިންޑިއާއިން. ކާބޭހުގެ 90% އަންނަނީވެސް އިންޑިޔާއިން. މައިތިރިވޭ.