ފިނޮޅުގައި ކޯރު ކަނޑައިގެން ގެއްލުން ދީފައި: އެ މައްސަލަ އީޕީއޭ އިން ދަނީ ބަލަމުން --- ފޮޓޯ/އީޕީއޭ
22 ޖެނުއަރީ 2021 - 17:40
ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލަ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެތަނުން ބުނެފި އެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ އެރަށާ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ތިބެގެންނެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮހެވެ.
ތިމާވެށްޓަށް ގެއްލުން ދީފި ނަމަ، 100 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް އޮވެ އެވެ.
In association with @PoliceMv, we are currently attending a reported incident where a group of people have dug a narrow channel/trench on a small sandbank located to the west of Himmafushi. pic.twitter.com/nf0dvlTpdb
— EPA Maldives (@EPAMaldives) January 22, 2021
އީޕީއޭގެ ޓްވީޓް
ނައްތާލަން އުޅުނު ފިނޮޅަކީ ހިންމަފުށި ރައްޔިތުން ވަރަށް ގިނައިން ޕިކްނިކް ގޮސް އުޅޭ ތަނެކެވެ. އެކަމާ ގުޅޭ ގޮތުން ގިލިލަންކަންފުށި ރިސޯޓުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
23 January 2021
ދެން ނޫސްތަކުގެ ސުރުޚިއަށް އަރާނީ އެ ރިޒޯޓްގެ ޖެނެރަލް މެނޭޖަރު ރާއްޖެއިން ފުރައިގެން ހިނގައްޖެއޭ އެހެންވެ އެމައްސަަލަ ބޭލޭނެ ގޮތެއް ނެތޭ.
ޕަބްލޯ
23 January 2021
ތިކަމާއި ގުޅިގެން ޖޫރިމަނާކުރަންވީ ރިސޯޓެއް ނޫން. ހިންމަފުށީ ރައްޔިތުން. އެއީ ރިސޯޓެއްގެ ޓޫރިސްޓުންގެ ޕްރައިވެސީ ގެއްލޭ ހިސާބުގައި އެއްފަޅެއްގައި ދިރިއުޅެމުންދާތީވެ. ހުޅުމާލޭގައި ކޮތަރުކޮށިތަކެއް ހަދާފައި ހިންމަފުށީ ރައްޔިތުން އެތަންތަނަށް ބަދަލުކޮށްފައި ހިންމަފުށި ވެސް ދޭންވީ އޮންގަށް. މިއީ މަހުޖަނުންގެ ރާއްޖެ. ފިނޮޅުތަކާއި ފަޅުރަށްތަކާއި މީހުން އުޅޭ ރަށްތައް ވެސް މަހުޖަނުންނަށް ދިނީމާ ރަގަޅުވާނެ.
އިއްލެ
23 January 2021
ކ. ހިންމަފުށި ފަރުދުންނަކީ ސުލްހަވެރިކަމަށް ލޯބިކުރާ މެހެމާނުންނަށް އިޙްތިރާމްކޮށް އެންމެންނާވެސް ގުޅިގެން މަސައްކަތްކުރާ ބައެއް އަދި ވަކިން ހާއްސަކޮށް އެރަށު ޖުވާނުން ނަކީ ވިސްނުން ތަރައްޤީ ބައެއް ރަށުގައި ހިނގާ ކުއްތަށް ހުއްޓުވުމަށާއި ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމުގެ ރޫޙް އިޖްތިމާއީގޮތުން ދައްކުވާ ނަމޫނާ ފަރުދެއް ދިރި އުޅެމުންދާ ރަށެއް ހިންމަފުއްޓަކީ އާއިލާ އާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލަން މޫދަށް ދިޔުމަކުން ގޯހެއްނެތް
އަލީބަލީ
23 January 2021
ތިއީ ކޮށްގެންވާނެ ކަމެއް ނޫން. އެހެން ނަމަވެސް ބޮލެއް ހުރި މީހަކަށް ވިއްޔާ އިނގޭނެ ފިނޮޅަކުން ތިގޮތަށް ކޯރެއް ކެނޑިޔަސް އެތަން ހަލާކެއް ނުވާނެކަން. ތިތަނަށް ވެލި އަރާ ކުރިން ހުރި ގޮތަށް ބަދަލުވާނެ. އެކަމަކަށް ގިނަ ދުވަހެއްވެސް ނުނަގާނެ.
ބޮލައްތުރާ
23 January 2021
އެހެންވެދޯ ރާއްޖޭގެ ފިނޮޅުތައް މިހާރު ނެތިދަނީ.
ކުޅުދުއްމޭން
23 January 2021
ދަށު ކޯޓުގައި ދިހަ އަހަރު ހައިކޯޓުހައި ފަނަރަ އަހަރު ސުޕުރީމް ކޯޓުގައި ވިހި އަހަރު ކޮއްފަ މައްސަލާގައި ގޮތެއް ނިންމާ ފަނޑިޔާރުން މަހުޖަނުންނަށް ނުވިއްޔާ ރާއްޖޭގެ ނަންބަދަލު ކުރަންޖެހޭވަރު ކަމަކަށް އެކަން ވާނީ.
އޮންގް
22 January 2021
ގިލިލަންކަން ފުއްޓަކީ ސިޔާސީ ޕާޓީތަކައް ފަންޑް ކުރާ ސިންގަޕޫރުގެ އޮންގުގެ ތަނެއް. ތިކަން ވާނެ ހެނެއް ހިޔެއްނުވޭ.
އެލެކުސ ދިއްދޫ
22 January 2021
އީޕީއޭ އަކަށް އަޅުގަނޑު އިތުބާރެއް ނުކުރަން، ނ. އަތޮޅުގައި 2016 ހިސާބުގަ ތަރައްގީ ކުރަމުން ދިޔަ ރިސޯރޓަކުން ގާ އެޅުމަށް ގޮނޑު ދޮށުން ހައިމާކުން ވެލި ނަގާތީ އަތޮޅު ކައުންސިލުގެ ނައިބު ރައީސާއި އީޕީއޭގެ ސަމާލުކަމަށް ގެނައުމުން ބޭޒާރުވެ ގިނަވީ އަޅުގަނޑުގެ ފޯނު ނަންބަރ، އީޕީއޭގެ ޑިރެކުޓަރެކޭ ކިޔާފަ ގުޅީ ރިސޯރޓް ހަދާ ރަށުގެ ސުޕަވައިޒަރަކަށް އުޅުނު ނައިފަރު މީހެއް، މީ ވަރަށް ވާހަކަ
އަރުތަ
22 January 2021
"ނައްތާލަން އުޅުނު ފިނޮޅަކީ ހިންމަފުށި ރައްޔިތުން ވަރަށް ގިނައިން ޕިކްނިކް ގޮސް އުޅޭ ތަނެކެވެ". ހިންމަފުށި ރައްޔިތުން ފިނޮޅަށް ދަތުރުދާތިވެ އެކަމާ ރުންކުރުވާނަމަ، އެކަން ހުއްޓުވަން ފިނޮޅު ނައްތާނުލާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ތިކަމަށް ހައްލެއް ހޯދިނަމަ މާތާހިރުވީސް، މިހާރު ހުންނާނީ ރާކަނި މަސްކެވިފަ.
އޮނަރަބްލް އަފީފު ދީދީ
22 January 2021
ރާއްޖޭގައި ރިސޯޓެއް އޮތުމަކީ ދައުލަތުގެ މައްޗަށް އަމުރު މައުރޫފު ހިންގޭނެ ކަމެއްކަމުގައިވެ އަދި މިފަދަ "ރިސޯޓް އޯނަރުންނަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށްވުރެން މަތީގައި ތިބޭބައެއް" ކަމުގެ އިޙްސާސް މިޖީލުގެ ރައްޔިތުން ޤަބޫލު ކުރާކަށް ބޭނުމެއްނުން. # ދައުލަތުން އަސާސީ ހިދުމަތެއްނުދޭ ކުޑަކުޑަރަށެއްގައި ދިރިއުޅޭމީހާ އޭނާގެ ޖިފުޓިގަނޑު ފާރުން ވެއްޓިފައިވާ ތަންކޮޅު މަރާމާތު ކުރާން އަތިރިމަތިން ވެލިބަސްތާއެއް ނެގުމުން ޖަލުހުކުމްކޮށްފަ ރިސޯޓްވީމަ އޯކޭ؟!
ޖަންބު ހަސަންބެ
22 January 2021
ބަލާބަލާ ލޯއަނދިރިވާއިރުވެސް އެއްޗެއް ފެންނަކަމަކަށްނުވޭވިއްޔަ!