މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
25 ޖެނުއަރީ 2021 - 17:07
ޒުވާނުންގެ މެދުގައި މަގުބޫލް މޮބައިލް އެޕްލިކޭޝަން، ޓިކްޓޮކް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭނުންކުރަން ފަށައިފި އެވެ.
އެ އިދާރާގެ ކޮމިއުނިކޭޝަން އެންޑް މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޓިކްޓޮކް ބޭނުންކުރަން ފެށީ ވީހާ ވެސް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދީ މަޖިލީހުގެ މަސައްކަތްތައް ދައްކައިދޭން ކަމަށެވެ.
"މިހާރު މައުލޫމާތު ފޯރުކޮށްދިނުމުގައި ވީޑިއޯއަކީ ވަރަށް މުހިއްމު އެއްޗެއް. ޓިކްޓޮކަކީ ވީޑިއޯ ބޭސްޑް އެއްޗަކަށްވުމާ އެކު އެ ބޭނުންކުރަން ފެށީ،" ޒިޔާއު ވިދާޅުވި އެވެ.
Follow us on TikTok! 😁 pic.twitter.com/QwKU3BZhCQ
— People's Majlis (@mvpeoplesmajlis) January 25, 2021
ޓިކްޓޮކްގައި މަޖިލީހުން ބޭނުންކުރާ ނަމަކީ @ޕީޕަލްސްމަޖިލިސް އެވެ.
ފޭސްބުކާއި ޓްވިޓާގެ އިތުރުން އިންސްޓަގްރާމުގައި ވެސް މަޖިލީހުގެ އިދާރާއިން ވަރަށް ހަރަކާތްތެރި އެވެ. ޒިޔާއު ވިދާޅުވި ގޮތުގައި މަޖިލީހުގެ އެތެރޭގައި ހިނގާ ކަންތައްތައް ވެސް ކުރިއަށް އޮތް ތަނުގައި ސޯޝަލް މީޑިއާގެ އެކައުންޓުތައް މެދުވެރިކޮށް އާއްމުންނަށް ހިއްސާކުރާނެ އެވެ.
މީގެ ފަސް އަހަރު ކުރިން ލޯންޗުކުރި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް ވުރެ މައްޗަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެރެދި ބެއްޔާ
26 January 2021
ރާއްޖޭ ސިޔާސީ ބައެއް މީހުންނަކީ ތައުލީމެއް ތަޖުރިބާއެއް ނުހުނަ މީހުން. އަދި ކީއްތޯ ސިޔާސީ މީހަކަށް ވެ ސިޔާސީ ބޮޑުމަގާމެއްގައި ސަރުކާރުގައި ހުންނަށްވެސް އެއްވެސް ކޮލިފިކޭޝަނެއް ތަޖުރިބާއެއް ބޭނުމެއްނުވޭ! އެހެންވީމާ ޑްރާމާ ކުޅެލާ ޓިކްޓޮކް ކުޅެލަން އެއީ ތިޔާ މީހުނަށް އެންމެރަގަޅު ކަންތައް! އާސިމާ ނިޒާރު ތިޔާ ކުރައްވާ މަސައްކަތަށް ޝުކުރުދަންނަވަން!
ކަކުނިބޯ
26 January 2021
މޯދީީ އޯކޭތަ އެހެންވިއްޔާ އޯކޭ
ފިނރުޓޭ
26 January 2021
އަނހާ ބަލަގަ މި އުޅެނީ ޓިކްޓޮކް ނުކުޅެވިގެންހޭ! ލިންކްޑ އިން އަކު ނީނދޭ އެކަމު ޓިކްޓޮކާ އިންސްޓާ އާ ސްނެޕް ޗެޓް ގަ އުޅޭ! މީ ދެން ކިހާ ހެއްވާ ކަމެއް! މަޖްލިހުގެ ހައިބަތާ، ގަދަރާ، އިއްޒަތާއި ކަރާމާތް ކޮބާހޭ މި ބުނީ އެނގިއްޖެ!
ޕައިސް
26 January 2021
ސިދާ މޮލީވުޑް ތި ޖޮއިންވީ. ރައްޔިތުންނަށް އެންމެ ކަމުދާ އެކްޓަރުން
ފޫހި
26 January 2021
ސާބަހޭ ގަދަ މަޖިލީހެއް. ތިޔައީ ހަމަ ޓިކް ޓޮކްގެ އެންމެ ކުރީގަ އޮންނާނެ އެއްތަން. ޢެއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އެކްޓަރުން ތިބި ތަނަށްވާތީ. ސާބަސް
ބާބުލީ
25 January 2021
މަޖްލީހުން ކުރަން އެންމެ ރަނގަޅު ކަންތައް ތިޔަ ކުރީ! ވެލް ޑަން!
އަޝްރަޕް
25 January 2021
ތިޔަހާ ގިނަ އެކްޓަރުން ތިބި ތާކުން ޓިކްޓޮކާއި ގުޅުނުލެއް ވަރަށް ލަސް ކަން ފާހަގަ ކުރެވޭ!
ސިސ
25 January 2021
ޓިކްޓޮކް ތި ކުޅެނީ އަބަދުވެސް. ދެން މިލިއަން ރުފިޔާ ދުއްވާލާ އެކައުންޓު ވެރިފައިކުރަން