އެޗްއީއޯސީން މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޑރ. ޝީނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖެއަކީ މިހާރު ހައި ރިސްކް ގައުމެއް ކަމަށް.
02 ފެބުރުއަރީ 2021 - 20:10
ކޮވިޑް-19 ފެތުރޭ ވަރަށް ބަލައިގެން ދުނިޔޭގެ ގައުމުތައް ގިންތި ކުރާ ނަމަ ރާއްޖެއަކީ މިހާރު އެންމެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީ އަށް ފެެތޭ އެއް ގައުމު ކަމަށް، އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ކޮންސަލްޓަންސީ ފޯރުކޮށްދެއްވާ ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވެ، ތިންވަނަ ރާޅު ފެށުމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ ވިދާޅުވީ ރާއްޖެއަކީ މިހާރު ރައްކާތެރިތަނަކަށް ނުވާތީ ބަލި ކޮންޓްރޯލްކުރަން ހުރިހާ އެންމެން ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑު ފެތުރެން މެދުވެރިވި ގިނަ ކަންތައްތަކެއް ތަފްސީލާ އެެކު އޭނާ ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވާ ވަރު ކުޑަވުން ހިމެނެ އެވެ.
"މިހާރު އަސްލުގައި ބައެއް ގައުމުތަކުން ބަލާ ކަހަލަ، ސޭފް ކަންޓްރީއެއްތޯ ހައި ރިސްކު ކަންޓްރީއެއްތޯ ބަލަންޏާ މިހާރު ރާއްޖެ މި އޮތީ ހައި ރިސްކު ލެވެލްގައި. ނޯ ލޯންގާ ސޭފް،" ޑރ. ޝީނާ ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މީހުން ތަބާވާ މިންވަރު ދައްކައިދޭ ސްލައިޑެއް
ރާއްޖޭގައި ބާރަށް ކޮވިޑު ފެތުރޭލެއް ހަލުވި ވުމުގެ ގިނަ ސަބަބުތަކެއް އޭނާ ވިދާޅުވިގޮތުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި އެޗްޕީއޭއިން ދިން ބައެއް ލުއިތައް ވެސް ހިމެނެ އެވެ.
ކޮވިޑްގެ އާ ވޭރިއަންޓްތަކުގެ ތެރެއިން އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށް އެޗްއީއޯސީގެ ދިރާސާއާ އަކާ ހަވާލާދެއްވައި ޑރ. ޝީނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 30 ޕަސެންޓަކީ ޔޫކޭ ވޭރިއަންޓެވެ.
"އެއްކަމަކީ މި ވޭރިއަންޓް، ތިޔަ ބޭފުޅުންނަށް ވެސް އެނގިލައްވާފައި އޮންނާނީ ޔޫކޭގައި ވެސް ވަރަށް ބާރަށް ފެތުރިގެން ދެއޭ. އެއީ އެއް ރީޒަން،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝީނާ ވިދާޅުވި ގޮތުގައި އާ ވޭރިއަންޓަކީ ކޮވިޑު ފުރަތަމަ ފެތުރުނު އިރު ވައިރަހުގައި ހުރި "އާރް ވެލިއު" [އެކަކު ގައިން އަނެކަކު ގަޔަށް އެރުމުގެ ބާރު] އަށް ވުރެ 4.4 އިތުރު ވައިރަހެކެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް ފެތުރޭނެ ކަމަށް އަންދާޒާ ކުރެވޭ ވަރު އެހާ ގިނައީ އެހެންވެ އެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ވޭރިއަންޓްތައް ގިނަވެގެން ދިޔަ އިރުގައި ރާއްޖޭގައި އެކަމަށް ރިއާޔަތްކޮށް ފިޔަވަޅު އެޅިލެއް ލަސްކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ވޭރިއަންޓްތައް ފެތުރެން ފެށުމުން ވެސް ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަން ނުފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަތުރުކުރާ މީހުން ކަރަންޓީނުކުރަން ނުޖެހި ހަމަ އެކަނި އެޑްވައިސްއެއް ގޮތަށް އެކަން ބަދަލުވެގެން ދިޔަ. މި ކަންތައްތަކާ ގުޅިގެން، ހަމަ ގާތްގަނޑަކަށް އެކު އެކީގައި ހެން ދުނިޔޭގައި ވޭރިއަންޓްތައް ގިނަވެގެން ދިޔަ ޚަބަރު ލިބިގެން ދިޔައީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ، އެއާ އެއްކޮށެއް ވެސް ޓްރެވެލާސްގެ ކަރަންޓީނު އަލުން ނުއެއް ފަށާ،" ޑރ. ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ [ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އޭރު އޮތް އޮތުމަކީ] ރާއްޖެއަށް ވޭރިއަންޓެއް ތައާރަފްވުމުގެ ފުރުސަތަކަށް ވި ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން ކޮވިޑްގެ ކޭސްތައްް އެންމެ ގިނަަވެގެން ދިޔަ އިރުގައި އެ ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުންނެވެ. އެގޮތުން ރާއްޖެ އަށް ކޮވިޑްގެ ފުރަތަމަ ރާޅު އައި އިރު އެބަލި ޖެހުނު މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ނިސްބަތަކީ 45 ޕަސެންޓެވެ. އެކަމަކު މިހާރު ކޮވިޑު ޖެހޭ މީހުންގެ ތެރެއިން 55 ޕަސެންޓް މީހުންނަކީ އަލާމާތްތައް ހުންނަ މީހުންނެވެ.
އަލާމާތްތައް ހުންނަ މީހުން ގިނަވުމާ އެކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް މިހާރު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ކުރިން ކޮވިޑް ގެ ކޭސްތައް އެންމެ ގިނަވި އިރު ވެސް ދުވާލަކު އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދަކީ އެވްރެޖްކޮށް 12 އެވެ. އެކަމަކު މިހާރު އެއަދަދު ވަނީ 22 އަށް އަރައިފަަ އެވެ.
ކޮވިޑް-19 އަލާމާތްތައް ހުންނަ މީހުންގެ ނިސްބަތް އިތުރުވިގޮތް ދައްކައިދޭ ގްރާފެއް
ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެގޮތަށް އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވުމުން ސިއްހީ ނިޒާމަަށް ބާރުބޮޑުވެ، ބަލިމީހުންނަށް އެޓެންޑް ކުރެވޭ ވަރު ލަސްވާ ވަރަކަށް ބަލި ފެތުރުން އިތުރުވާނެ އެވެ.
"ރެސްޕޮންސަށް ތައްޔާރުވާން ނަގާ ވަގުތާ އެެއަށް ރެސްޕޮންޑް ކުރެވޭ ވަރު ދަށްވާ ވަރަކަށް ހައްތަހާ ވެސް އޭތި ފެތުރޭލެއް ގިނަވެގެން ދާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ވަނީ ކޮންޓެކްޓް ޓްރޭސިންްއާއި ބަލި ޖެހުނު މީހުންގެ ފަރާތުން އެހެން މީހުންނަށް ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ އެނޫން ވެސް ގިނަ ކަންތައްތައް، ކޭސްތައް ގިނަވުމުން އުނދަގޫވާތީ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖޭގައި މިއަދު ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން މާލޭގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި ހުރިހާ ރަށެއްގައި ވެސް ގެެއިން ބޭރުގައި އުޅޭ އިރު މާސްކް އަޅަން އެންގުމާއި އެހެން ބައެއް ފިޔަވަޅުތައް ވެސް އެޗްޕީއޭއިން މިއަދު އިއުލާނުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޭކިންގ
03 February 2021
ބީބީސީގަ މިހާރު އެއޮތީ އެތާ އުޅޭ އެއް ވޭރިއަންޓް މާ ނުރައްކާތެރި ގޮތަކަށް ބަދަލުވީ ވާހަކަ.
ލައިޓް
03 February 2021
ހައި ރިސްކް ބަލާ މިންގަނޑު މި އޮންނަނީ ފޮރުވާފައި. މީޑިއާ އަކާ ހިއްސާއެއް ނުކުރޭ. ހިތައްއެރީމަ، ހައި، މާދަމާ ލޯ. އިންވެސްޓަރުން މި ޖެހެނީ އިރުއަރާ ގޮތަކަށް ބަލަން ތިބެން. ޥ ކާޓޫނު.
ކޮމެންޓޭ1
03 February 2021
ސަރުކާރުގެ އިސްވެރިން ރިސޯޓު އޯނަރުންނާއި އެއްބައިވެގެން ބެލީ ސީޒންތެރޭ ވީހާވެސް ގިނަ ޓޫރިސްޓުން ގެނެވޭތޯ. އޭރު ޔޫކޭ ވޭރިއަންޓް ފެތުރުނަސް ނުބަލާ. ޑރ. ޝީނާ މިވާހަކަ ދެއްކީތީ އުފާކުރަން އެހެން ބެފުޅުން އަރާ ރަށްޔިތުން ގޯސް ކުރަނީ
ޑރ. އަލިހަންދަރޯ
03 February 2021
އެއްޗެއް ވިދާޅުވާއިރު އެ ވިދާޅުވި އެއްޗެއް ބިނަ ކުރެއްވި ސައިންޓިފިކް ހެކި ދައްކަވަންޖެހޭނެ. ރާއްޖޭގައި %30 އާ ވޭރިއަންޓު އުޅޭކަން ހޯދީ ކިހިނެއްތޯ؟ ޖެނެޓިކް ޓެސްޓު ހެދީތޯ؟ މި ކަހަލަ ސްޕެސިފިކް އެއްޗެއް ބުނާިއރު ހަމަ އެކަނި ކްލިނިކަލް ފައިންޑިންގްގެ މައްޗަށް ކޮންކްލޫޝަން އެއް ނުނެރެވޭނެ. ރާއްޖޭގައި ސެޕްޓެމްބަރު މަހު ފެތުރުނު އަދަދު މާ މަތި. އެހެންވީމާ މިއީ ކްލިނިކަލް ޑޭޓާއާވެސް ދިމާވާ ކަމެއް ނޫން.
ސްޓިލް
03 February 2021
ސެޕްޓެމްބަރުން ފެށިގެން ޔޫކޭ ވޭރިއަންޓް އުޅޭ. އެއާ ބެހޭ މައުލޫމާތު އެތައް ސައިންސްވެރިންނަކަށް އެނގޭތާ އެތައް މަހެއް ފަހުން އޭގެ ވާހަކަ ބޮޑަށް ދެކެވެން ފެށީ. ވައިރަސްއާ ބެހޭ ގޮތުން އެކި ސައިންޓިފިކް ފަރާތްތަކުން އެކި އާ މައުލޫމާތު އަބަދުވެސް ނެރެމުން ދޭ. އެކަންކަމަށް އަޕްޑޭޓްވެ ކުރިއާލާ ފިޔަވަޅުތައް ހަރުދަނާނުކުރާކަން ވަރަށް ފާހަގަކުރެވޭ. ކޮވިޑް އަދިވެސް ދަސްނުވާތީ މިގައުމުގެ ކަންކަން މިހިސާބަށް ބޮއްސުންލައިގެންދަނީ. ލުއިތައް ދިނީ އެންމެ ނާޒުކު
ނަން
03 February 2021
ބަލަ ހައި ރިސްކް މީހުން ފާހަގަ ކޮއްފައި ދެން ހުރި މީހުން ހާޑް އިމުނިޓީއަަށް ދޫކޮއްބަލަ. ތި ވެކްސިން ޖެހިޔަސް ނުޖެހޭނެ ކަމުގެ ގެރެންޓީ އެއް އެއްވެކްސިން އަކުން ވެސް ނުދޭ. ވެކްސިން މާސް ކޮއް ޖަހަން ފެށިޔަސް އަދިވެސް އެއޮތީ ޓެސްޓިންގ، ޕުރޫވަން އިއްޗެއް ނޫން. ވެކްސިން ދެ ޑޯޒް ނަގައިގެން ބޭރުގަ އުޅެގެން ރަގަޅު ވާނެ ކަމެއް ނޭގެ. ހަމަ ބޭރުގައި އުޅެފަ ހާޑް އިމުނިޓީއަށް ދިއުން ބުއްދިވެރި. ޤައުމުގައި އެހާ ހަަކަތައެއް ނެތް.
ގަމާރުސޯ
03 February 2021
ބަލަގަ ހާޑް އިމިއުނިޓީއަށް ދޫކުރެވޭނީ ދެވަނަ ފަހަރަށްވެސް ނުޖެހޭނަމައެއްނު. ދެން ހާޑް އިމިއުނިޓީއަށް ދޫކުރީމަ އެއީ ގާތްގަނޑަކަށް 50،000 މީހުންނަށްވުރެން މަތިން ދާނެ އަދަދެއް. ކޮސް ގޮވާބަލަ.
އަލީރާޖާ
03 February 2021
މާފު ކުރައްވާ. ތިއީ އެއްގޮތަކަށްވެސް ހަމަޖެހޭ ވާހައެއް ނޫން. މުޅި ރާއްޖޭގައި ކޮވިޑް ނުފެތުރޭ. އަދި މިހާރުވެސް ފެތުރެނީ މިދިޔަ އޮގަސްޓު މަހާ އެއްވަރަކަށް ނޫން. މިހާރު އޮންލައިންގެ ގްރާފަތަކުން މިހާރުވެސް ފެންނަން އެހެރީ. ދެން ހަމަ ކުއްލިއަކަށް ރާއްޖެ މިވީ ހައިރިސްކް ގައުމަކަށް؟ އެމެރިކާ ޔޫރަޕް ގެ ގައުމުތަށް ރާއްޖެއަށްވުރެ މާ ހައިރިސްކް.
އޮވިޑް
03 February 2021
ކޮވިޑަކީ އެއިރަކު އެ ދައްކާ އަދަދަށްވުރެ މާ ގިނައިން ރެކޯޑްތަކަށް ނާރާ އޮންނަ އެއްޗެއް. އެކަން ދަސްނުކޮށް ބަލިން އަރައިނުގަނެވޭނެ. ރިއަލްޓައިމްގަ ފެތުރޭ އަދަދު ނުބެލޭނެ ބައްޔަކާމެދު ފިޔަވަޅުތައް މިގައުމުގައި އަޅަމުން ދާ ގޮތާމެދު ހަމަ ހައިރާންވޭ.
ފަތުރުވެރިޔާ
03 February 2021
ގައުމު ހަލާކު މިކުރަނީ ގައުމުގެ ވެރިން ކޮވިޑް ރާއްޖޭގައި ފަތުރަނީވެސް ހަމަ ގައުމުގެ ވެރިން
ސުވާސްތި
03 February 2021
ޑޮލަރުކޮޅެއް ހޯދަން ސްޓަންޓް ޖަހަނީ
ކުރަފި ސިކުނޑި
03 February 2021
ނޫނޭ އަދިވެސް ރާއްޖެ މީ ކޮވިޑް ސޭފް ގައުމެކޭ ކިޔާ ބޭރުގައުމު ތަކުގަ އިސްތިހާރުކޮއް ފަތުރުވެރިން ގެނެވޭތޯބަލާ އެޗްޕީއޭ ތިގޮވީ އަތައް މިއަހަރުވެސް ތިގޮތުގަ ހިފަހައްޓާލާ ނިކަމެތިން ހަލާކުމިވަނީ ވެރިންގެ ޖީބު ބޮޑުވެ ބަންޑުންދަނީ
އޮނަރަބްލް އަފީފު ދީދީ
02 February 2021
ތިއުޅެނީ ވަރަށްބޮޑަށް އޮޅިގެން. ދިވެހިރާއްޖެއަކީ "ކ.އަތޮޅު މާލެއެއްނޫން" އިގޭތޯ. # ދިވެހިރާއްޖެ ކިޔާއުޅެނީ ތުރާކުނުން އައްޑޫސިޓީ އަށް ކަމުގައިވާނަމަ ތިޔަ ބުނާ "ހައި ރިސްކް ޤައުމަކަށް" ރާއްޖެ ނުވާނެ. އެހެނެއްނޫން އިންސާނުން ދިރިއުޅެން ކަމުނުދާވަރަށް މީހުން ތޮއްޖެހިފައިވާ ބޮޑު ސްލަމްއެއްފަދަ ކ.އަތޮޅު މާލެއަކީ ކޮރޯނާ ވައިރެސްގެ ބޮޑް ސްޕްރެޑެއް ކަމުގައިވާތީ ކ.އަތޮޅު މާލެ ތިޔަބުނާ މިންގަނޑަށް ފެތޭތީ "ރާއްޖެއޭ" ކިޔައިގެން ވާހަކަ ނުފަތުރާ.
މާކުން
03 February 2021
މާލެއަކީ ކ.އަތޮޅު ރަށެއްނޫން.
ބޯގޯސް އަފީފު ދީދީ
03 February 2021
ރާއްޖޭޣެ އާބާދީގެ %40 އުޅެނީ މާލޭސަރަހައްދުގައި. އެހެންވީމައި މާލެ ގޯހިއްޔާ ރާއްޖެ ގޯސްވީ ކަމަށް ބަލަނީ. އިނގިރޭސި ވިލާތުގެ %33 އާބާދީ އުޅެނީ ލަންޑަނާއި އިންވެގެންވާ ސައުތް އީސްޓް ސަރަހައްދުތަކުގައި. ލަންޑަން ގޯހިއްޔާ އިނގިރޭސިވިލާތް ގޯހޭ ބުނާނީ. އައްޑޫގައި ފެތުރުނުނަމަ ކަލޭ ކިޔާނީ އެހެން ލަވައެއް: މައިސަރުކާރުން އަޅާނުލައި އައްޑޫ ރައްޔިތުން ހާލުގައި ޖައްސާފައި މާލޭ މީޙޫން އަރާމުގައި އުޅެނިއްޔޭ.. ތީ ހަމަ ކަލޭގެ ވައްތަރު.
ބޮޑު މާކުން.
03 February 2021
އެހެންވެއްޖިއްޔާ ކ. އަތޮޅުގައި ގުޅިފަޅުކިޔާތަނެއް އޮވޭތަ؟ އަދި އެނބޫދޫ ފަޅަކީ ކ. އަތޮޅު ތަނެއްތަ ؟ ކ. އަތޮޅުގައި އޮތް ތަނެއްތޯ ތިލަފުއްޓަކީ ؟ ތިހެން ނަމުގެ ފަހަތަށް މާލެ ލަމުންގޮސް ތުރާކުނަށް ތުރަމާލެ ވެސް ކަލޭމެން ކިޔާނެ.