އިދިކޮޅު މުޒާހަރާގެ ތެރެއިން އަނިޔާވި ފުލުހެއް އުފުލާލައިގެން ގެންދަނީ. -- ފޮޓޯ: އަވަސް
12 ފެބުރުއަރީ 2021 - 22:58
އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން މާލޭގައި މިއަދު ކުރި މުޒާހަރާގެ ތެރޭގައި ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީން ބުނީ ފުލުހުންނަށް އަނިޔާވާ ވަރުގެ އެއްވެސް ކަމެއް މުޒާހަރާގައި ނުހިނގާ ކަމަށެވެ.
ސަރުކާރުން ދާދި ފަހުން ދާއިމީ ލިސްޓު އާންމު ކުރި، ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މާލޭގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އެ މުޒާހަރާ ރޫޅާލަން ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ފިޔަވަޅުތައް އެޅިއިރު ބައެއް ފުލުހުންނާއި މުޒާހަރާގެ ބައެއް ބައިވެރިންނަށް ވެސް އަނިޔާވި އެވެ.
ފުލުހުންނާ "މިހާރު" ން ސުވާލު ކުރުމުން ބުނީ މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވި ކަމަށެވެ. އެއް ފުލުހެއްގެ ބޮލުގައި ދިދަ ދަނޑިއަކުން ޖެހި ބޮލުގެ ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އިތުރު ފުލުހެއްގެ ފައިމައްޗަށް ސައިކަލެއް ވެއްޓި ފަޔަށް ތަދުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް ފުލުހަކަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ބުންޏެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ކޯލިޝަނުން ހިންގާ އެއްވެސް ހަރަކާތެއްގައި ފުލުހުންނަށް އަނިޔާއެއް ލިބިދާނެ ފަދަ އަމަލެއް ނުހިންގާނެ ކަމަށެވެ. ނަމަވެސް މިއަދުގެ މުޒާހަރައިން ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުންނަށް އަނިޔާވެ ބައެއް މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފުލުހަކަށް އަނިޔާވީ ވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ވަގުތެއްގައި ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 ގެ ކޭސްތައް މާލޭގައި ރެކޯޑް މިންވަރަކަށް އިތުރުވެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ބޭއްވި މުޒާހަރާ އިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. މިހާލަތުގައި މުޒާހަރާ ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ މުޒަހާރާ އިންތިޒާމު ކުރި ބަޔަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުހިފާ ފާނޫޒު
13 February 2021
ހާކުކުޅު ގެންގުޅެން ޖެހޭނީ ކޮށީގަ ބަންދު ކޮށްގެން
ށަވިޔަނި
13 February 2021
މިސަރުކާރުން ކުރާ ހުރިހާކަމަކަށް އަހަރުމެން ރުހެނީއެއްނޫން. އެކަމަކު އެ ނުރުހުން ފާޅުކުރުމުގެ ގޮތުން ތަންތަނަށް އެއްވެ މުޒާހަރާ ކުރުމަކީ މިވަގުތު ކުރަންޖެހޭކަމެއް ނޫން. މިކަން މަނާކުރޭ.
އާރީ
13 February 2021
ހަގިީގަތުގަ ފުލުހުން ގެ މުއަށްސަސާ ފެއިލްވެއްޖެ. މި ދަނޑިވަޅު މުޒާހަރާ ބާންވަން ފަޅި ފުރުސަތެއް ވެސް ދޭކަން ނުޖެހޭ. އެމްސީ ހަމީދު އިސްތިއުފާ. ސޭހް އިމްރާނު އިސްތިއުފާ
އަރުތަ
13 February 2021
މުޒާހަރާގައި ދެ ފުލުހަކަށް އަނިޔާވި؛ އިދިކޮޅުން ބުނީ ގޯސް ހެދީ ފުލުހުން ކަމަށް، ބިޔަބޮޑު ކޯލިޝަނުން ގޯސްހެދިވާހަކަ އެމީހުން ބުނާނެތަ، ޔާމީނު އެއްބަސްވިތަ ދައުލަތުގެ ފައިސާގަ ޖެހުނަކަމަށް ނުވޭނު، ފުރަތަމަ ގްރީން ޒޯނަށް މުޒާހަރާކުރަން ދިޔައީ ކީއްކުރަން، އެހިސާބުން އެއޮތީ ފުލުހުންނަށް ހުއްޓުވުނު ގޮތަކަށް ހުއްޓުވަން ފުރުސަތު ލިބިފަ، ދެންވެސް ހުއްޓުވާނެ ލައިން ކްރޮސްކޮށްފިއްޔާ، މިސަރުކާރުން މުޒާހަރާ ކުރަން ފުރުސަތު ދޭކަންވެސް ރަނގަޅު..
ސިރީލަންކާ
12 February 2021
އެމްޑީޕީގެ އަނިޔާވެރިކަން މިދަނީ ހައްދުން ނައްޓާވަރައް. މަކަރާ އޮޅުވާލުން ސަރުކާރުގަ އޮތީ
ޖޯޖް
13 February 2021
އެމްޑީޕީއިންޔތަ މަކަރުހަދައި އޮޅުވާލަނީ ޕީޕީއެމުން މަގުމަތީގަ މުޒާހަރާ ކުރީ އެއްވެސް ހާލަތެއްގަ ރައްޔޮތުމީހާއަށް ހެއޮއދިގެނެއްނޫން ޖަލުގަ އޮތް ގައިދީއަކު ސަލާމަތް ނުކުރެވިގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ސަންޕަ އަހަންމަދު
12 February 2021
މިމީހުން ބުނާހާއެއްޗެއް އަހަރެމެންވީ ގަބޫލުކުރާން؟؟
ހަސަންދީ
12 February 2021
ފްލެޓްތައް ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މާލޭގައި މިއަދު ކުރި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. ???
އަރުތަ
13 February 2021
އާނ، ކީއްތަވީ ތިންހާސް މީހުނަށްވުރެ މަދެއް ނުވާނެ، އަނެއްކާ މަމެން ކިހާމޮޅު ގްރީން ޒޯނުގަވެސް އޮންނާނީ މުޒާހަރާކޮށްފަ
1828
12 February 2021
ފުލުހުން ގޯސް ހަދަނީ ސިޔާސީ ގޮތުން ފުލުހުންނަށް އަމުރުކުރުރާތީ. ފުލުހުންނަކީ ހަޤީޤަތުގައި ޕްރޮފެޝަނަލް ބައެއް.