ކޮފީ ތައްޓެއް.
14 ފެބުރުއަރީ 2021 - 07:43
ކޮފީ އަކީ ހިތުގެ މައްސަލަތަކާ ދުރުކޮށްދޭ އެއްޗެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ކޮފީއާ ބެހޭ ގޮތުން 10 އަހަރުގެ މުއްދަތަކަށް ހަދާފައިވާ ބޮޑު ތިން ދިރާސާއެއްގެ މައުލޫމާތުތައް ބިނާކޮށް އެމެރިކަން ހާޓް އެސޯސިއޭޝަނު (އޭއެޗްއޭ) އިންޖާނަލް ސާކިއުލޭޝަން: ހާޓް ފެއިލިއާގައި އާންމުކުރި އާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލަކު މަދުގެން އެއް ތަށިި ނުވަތަ އެއަށް ވުރެ އިތުރަށް ކަޅުކޮފީ ބުއިމަކީ ދިގު މުއްދަތަކަށް ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށް ދޭން ބާރުއަޅާ ކަމެކެވެ.
"ތިން ދިރާސާ އިން ވެސް ފާހަގަކުރެވުނު މައިގަނޑު ކަމަކީ ކޮފީ އާއި ހިތުގެ މައްސަލަ ކުޑަކޮށް ދިނުމާ ގުޅުން ހުރިކަން،" ރިޕޯޓްގައި ބުންޏެވެ.
އޭގައި ބުނި ގޮތުގައި ކޮފީ އަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފި ނަމަ ދުޅަހެޔޮ ޑައިޓަކަށް މަގުފަހިވާނެ އެއްޗެއް ކަމަށެވެ.
Association Between Coffee Intake and Incident Heart Failure Risk | #GraphicalAbstract by #CircHFWaveforms @DoctorSadaf & @ChuziSarah | Full article: https://t.co/qQ5uvhypeZ pic.twitter.com/gbThixwqXq
— Circ: Heart Failure (@CircHF) February 9, 2021
"އެގޮތުން ހަކުރާއި ކިރު ނާޅައި ކޮފީ ބުއިމަކީ ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ ކަމެއް،" އެމެރިކަން ހާޓް އެސޯސިއޭޝަންގެ ލައިފްސްޓައިލް އެންޑް ކާޑިއޮމެޓަބޮލިކް ހެލްތު ކައުންސިލް ލީޑަޝިޕް ކޮމިޓީގެ ކުރީގެ ޗެއާޕާސަން އަދި ޑައިޓީޝަން ޕެނީ ކްރިސް-އެތާޓަން ވިދާޅުވި އެވެ.
ކަޅުކޮފީ އާއި ހިތުގެ މައްސަލަތަކާ އޮތް ގުޅުން ހާމަކޮށްދިން މި ދިރާސާގެ އަސްލަށް ބެލި ކުރީގެ ތިން ދިސާރާ އަށް ބަލާއިރު ދިރާސާގައި ބައިވެރިވި 21،000 މީހުންގެ ތެރެއިން އާދަކޮށް ކޮފީ ބުއި މީހުންނާއި ކޮފީ ނުބޯންނާ މީހުންނާ ހުރި ތަފާތުތައް ދެނެގެންފައިވެ އެވެ.
އެގޮތުން ފާހަގަކުރެވުނީ ކޮންމެ ދުވަހަކު އެއް ތަށި ކޮފީ ބޯ މީހުންނަށް ހާޓް ފެއިލިއާ ކުރިމަތިވުމުގެ ފުރުސަތު 5-12 ޕަސެންޓަށް ދަށްކޮށްދޭ ކަމަށެވެ. މީގެ އިތުރަށް ދުވާލަކު ދެ ތަށި ނުވަތަ އެއަށް ވުރެ ގިނައިން ކޮފީ ބޯ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 30 ޕަސެންޓަށް ދަށްކޮށްދޭ ކަމަށް ވެސް ފާހަގަކުރެވިފައިވެ އެވެ.
"ކެފެއިން އާއި ހިތުގެ މައްސަލަތައް ކުޑަކޮށް ދިނުމާ އޮތް ގުޅުމަކީ ހަގީގަތުގައި ވެސް ސަޕްރައިޒެއް،" ކޮލޮރާޑޯ ސްކޫލް އޮފް މެޑިސިން ޔުނިވަސިޓީގެ މެޑިކަލް ޑިރެކްޓަރު ޑރ. ޑޭވިޑް ކާއޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުނބޯ
24 February 2021
ކަޅު ކޮފީ އާއި އެއްކޮށް ފެގް ބޮނީ ގިނަ ދިވެހިން. ދޭތި މިކްސް ވީމަ ވާނެ ވަރަށް ފާއިދާ.
ލުއިލުއިއަދުނާން
15 February 2021
ވަރަށް އުފާވެރި ޚަބަރެއް .