ފަނޑިޔާރު ހަސަން ސައީދު: އޭނާގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން މިއަދު ނިންމި
17 ފެބުރުއަރީ 2021 - 16:57
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކޮށް ހަތް ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ. އަލީ ވަހީދުގެ ނަން ނުޖަަހައި އެ ބަޔާނުގައި ބުނެފައި ވަނީ އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަމަލުކޮށްްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
"...އަދި އަދި އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ބެލުމަށް، މިކޮމިޝަނުގައި އޮންނަ މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވެ އެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.
އެމައްސަލަ ބަލަަން ނިންމީ ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޓްރެވަލް ޑޮކިއުމެންޓެއްގައި ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދޭން ދައުލަތުން އެދުމުން ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކުރި މައްސަލަ ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ބޭނުން ގައުމަކަށް ދެވޭ ގޮތަށް ހަތަރު މަހަށް ކޯޓުން ދޫކޮށްލީ އޭނާ ދުބާއީ އަށް ނުވަތަ ޖަރުމަނަށް ދާން އެދި ހުށަހެޅުއްވުމުންނެވެ. ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ކަމަށް ދައުލަތުން ކޯޓުގައި ބުނުމުން ވެސް އެހާ ބޮޑު މިނިވަންކަމެއް އޭނާއަށް ދިން ސަބަބާ މެދު އާއްމުން ދަނީ ކޯޓަށް ފާޑުކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
18 February 2021
މައްސަލަބަލާ ނިންމާފަ އޭނަ ސްޕްރީމްކޯޓުގެ ބެންޗަށް ނުލާފިއްޔާ ރަގަޅު. އެތައް މައްސަލަތަކެއް ހުށަހެޅިފައިވާ ގާޒީއަކު މަދަނީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުވުމަކީ ޖޭއެސްސީގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭކަމެއް!
ޓޫރިޒަމް ވަޒީރު
17 February 2021
މައްސަލަ ބެލުމުގައި ޖޭއެސްސީގައި ވެސް ތަފާތުކުރުން. އަދީބުގެ މައްސަލަ ބޭރުކޮށްލި ޤާޟީ ވަގުތުން ސަސްޕެންޑްކޮށްފަ ތަހްޤީޤްފެށީވެސް. މިބޭފުޅާއާޖެހުނީމާ ކުރު ބަޔާނެއް ނެރެލާފަ މައްސަލަ ބަލަނިއްޔޭ ބުނެލަނީ. ޕީޖީވެސް ލަދުން އުޅޭހެން ހީވަނީ. އެންމެން ގުޅިގެން ކުރާކަންކަންވީމަތަ؟؟
ކުޑައަލީ
17 February 2021
މި ސަރުކާރުން މުޅިން ވެސް މިކުޅެނީ ފިލްމު މިބަލާ އަޑު އަހާ މީހުން ވަރަށް މަދު ވެއޖެ ގިނަމީހުން ގަބޫލެއް ނުކުރޭ މިދައްކާ ވާހަކަ އެއް
އޮޅުވާލުމުގެ ހައްދު
17 February 2021
ދެން ތި ޑްރާމާ ހުއްޓާލާ، ޖޭއެސްސީ އަކީ އެމްޑީޕީގެ ގޮތްޕެއް މިހާރު، ކެމްޕޭނުގަ ޖެއެސްސީގެ ކޮމްޕިސިޝަން ބަދަލުކުރަން ވައުދުވެފައި ވެރިކަން ލިބުނީމާ ބާރުތައް މުށްކުރަން އަންނިވެސް ބޭނުންވީ. ތި ފަނދިޔާރަކީ ކުރިންވެސް މައްސަލަބަލާ ޕްރޮމޯޓްކޮށްފައިހުރި މީހެއް. މިފަހަރު މައްސަލަ ބަލާފަ ލާނީ ހައިކޯޓަށް. އަލީ ވަހީދު ގެންނަން ބޭނުންނަމަ ޕީޖީ އަށް އަދި ފުލުހަށް އިނގިރޭސި ސަރުކާރުގަ އެދެވޭނެ، އަދި އިންޓަޕޯލް ނޯޓިސްވެސް ނެރެވޭނެ،
ވާލުސޮރު ހައްޕު
17 February 2021
ޢަވަހަށް ހައިކޯޓަށް ޕްރަމޯޓު ކޮށްދެއްވާ
އަންތަރީސްވެއްޖެ
17 February 2021
އިންތިޚާބެކޭ އެބަކިޔާ ދޯ! އިތުބާރު ގެއްލިފައި އޮތީ ތިޔަ ޖޭއެސްސީ ގެ ވެސް. ހުރިހާ ކަމެއް ކޮށްފައި ދެން ކޮންމެ ކަމެއް ކުރިޔަސް އަލީވަހީދު ނުފިލުވާކަމަކަށް ނުވާނެ. އުފަލެއްނުވޭ ތިހެން ސުރުޚީއެއް އަޅާލިއަސް.
ފުއާދު
17 February 2021
ޑްރާމާއެއް ކުޅެފައި، ދެބޯގެރި ދުއްވާފައި ކަންބަޅިއެއް ކަތިލީ ދޯ
ޕީޖީ އާއި ގާޒީ
17 February 2021
ކޯޓުތަކުން ބަލަމުންގެންދަވާ މައްސަލަތަކުގައި ގާޒީ ނިންމަވާގޮތަކީ ޕީޖީ އެދޭގޮތާއި ހިލާފަށް ނިންމަވާ ނިންމެވުމެއް ނަމަ، ކޮންމެ ފަހަރަކު ގާޒީންގެ ސުލޫކީ މައްސަލަ ޕީޖީ އިން ޖޭއެސްސީއަށް ހުށަހާޅާ ގާޒީންނަށް ތުހުމަތުކުރުން ނޫންގޮތެއް ނެތީތޯ؟ އެހެންކަމުން ކޯޓުތަކުގައި ގާޒީންގެ ދައުރަކީ ކޮބާތޯ؟ގާޒީންނަކީ ޕީޖީ ވިދާޅުވާކޮންމެ ގޮތަކަށް ކަަންކަންކުރަން ތިއްބަވާ ބައެއްތޯ؟ އަދުލު އިންސާފުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަނީ ގާޒީތޯ ނުވަތަ ހަގީގަތުގައި ޕިޖީތޯ؟
ކުނބު
17 February 2021
މީނޫސްވެރިންގެ މަސަތްކަތް ... 👍