ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި މައްސަލައިގައި ހައްޔަރުކުރި ސަމަދު
20 ފެބުރުއަރީ 2021 - 21:56
ފުލުހުންނަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރު ދޫކޮށްލައިފި އެވެ.
ޗެނަލް13 އިން ގެނެސްދިން އިންޓަވިއުއެއްގައި ދޮގު ހެކިބަސް ދޭ ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ގ. ރަންރިހި، އަބްދުއްސަމަދެވެ. އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މީހުން ޖަލުގައި ބަންދުކުރަން ދޮގު ހެކިބަސް ދިން ފުލުހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އަދި ދެން އަންނަ ވެެރިކަމެއްގައި އެ މީހުން ޖަލަށްލާނެ ކަމަށާއި އަދި ކޮށާލާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޭނާ އިއްޔެ ހައްޔަރު ކުރިޔަސް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެޅި ހިޔާ މަޝްރޫއުގެ ފްލެޓްތައް މި ސަރުކާރުން އޮޅުވާލައިގެން އަތުލާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
21 February 2021
ޑިމޮކުރަސީ ގަ އިދިކޮޅެއް އޮށްނަށް ޖެހޭ. މުޒާހަރާ ވެސް ކުރަށް ޖެހޭ. ހައްގުތައް ހޯދަށް ވެސް ޖެހޭ. ހައްދު ފަހަނައަޅައި ދާކަށް ނުޖެހޭ.
ގެދާނޯމޮސް
20 February 2021
ފުލުހުންނާ ދިމާލަށް އެއްޗެއް ބުނި ފުރަތަމަ މީހާ ހައްޔަރު ކުރަން ގަތްބިރު ހަދުމަވީ ކަންނޭންގެއެވެ.
ޑިލޫޝަނަލް
20 February 2021
ރާއްޖޭގެ އޮރިޖިނަލް ދިވެހި ޑީއެންއޭ ހުރި ދިވެހިންގެ ހައްގުގައި އެމެންނަށް ދޭން ޖެހޭ ހުރިހާ ހައްގުތައް ކަށަަވަރު ކަމާއި އެކު ދިނުމަށް ޓަކައި ޕީޕީއެމް އިން ވަމުންދާ ބޮޑެތި ގުރުބާނީ ތަކަކީ އެއީ ގައުމީ ޖިހާދެއް ކަމަށޭ މަމެން މިދެކެނީ ހުރިހާ ކުދިން ވެސް މިކަން ފާހަގަ ކުރަން ޖެހޭނެއޭ އެމެންގެ ވެރިކަމުގައި ރާއްޖެ މިވަނީ އިލޫޝަނަލް ގެ ތެރޭން ޑިލޫޝަނަލް ގެ ތެރެއަށް ވައްޓާލާފައޭ އިޓްސް ޑިލޫޝަނަލް ޑިލޫޝަނަލް ޑިލޫޝަނަލް...
އިބްރާ1
20 February 2021
އެމްޑީޕީ ސަރުކާރު ވެއްޓުމުގެ ފަހަތުގަ އަބަދުވެސް ފަނޑިޔާރުގެ އޮވޭ. ފުރަތަމަ ފެނުނީ އަބަދުﷲ ގާޒީ ކިޔާމީހަކު ނެރެމުން ދިޔަ ހުކުމް ތައް. މިހާރު މިފެންނަނީ ފަޑިޔާރުގޭގެ މަތީގަ ތިބި ބަޔަކު އެތަނުން ބޭރު ކުރީމަ ކުރިން ކުރި ހުރިހާ ހުކުމް ތައް މިހާރު ނުކުރެވަެނެޔޭ ބުނެ ސޯޝަލް މީޑިޔާގަ ގޮވާއަޑު. މުޒާހަރާ ކޮއްގެން ހައްޔަރުކޮށް ޖަލުގެ ތޭރީ ގެ ފަހަރުގަ ތިބެގެން މަރުވި މީހުންނަށް އަދަބުދިން ގާނޫނޫ އުގޫބާތުގަ މިހާރު އަދަބެއް ނޯންނާނެ ކަމަށް ގޮވާ އަޑު. މަ ހީހީ
1828
20 February 2021
ހައްޔަރު ކުރުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނުކުޅެދުންތެރިކަން ޝުކުރިއްޔާ މޯލްޑްވިސް ޕޮލިސް ސަރވިސް.
ބުރުހާނުއްދީން ރައްބާނީ
20 February 2021
މަރުހަބާ ޞަމަދުބޭ. ދެންވެސް ބަސްއަހައިގެން އުޅޭތި. މާގިނައިން ބޭރަށްނުކުމެނޫނޭތި.