"މީ މަގޭ ރާއްޖެ" ކެމްޕެއިން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ޕީޕީއެމް
07 މާޗް 2021 - 12:31
މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ޕްލޭނަކާއި ތަޖުރިބާ އެބަހުރި ކަމަށާއި އެއީ ސިޓީ ކައުންސިލަށް ވެސް ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ "މީ މަގޭ ރާއްޖެ" ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މާލޭގައި ކުރިޔަށް ގެންދެވެން ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވިލިމާލެ އަދި ހުޅުމާލެ ކައިރީ ހުރި އެހެން ފަޅުފަޅުގައި ހިންގޭނެ މަަޝްރޫއުތަކުގެ ޓެކްނިކަލް މައުލޫމާތާއި އެކަން ކުރާނެ ގޮތުގެ ތަޖުރިބާ އެބަހުރި ކަމަށެވެ. އަދި އެފަދަ މީހެއްގެ ހައިސިއްޔަތުން އިންތިހާބަށް ނުކުތީ އެ މައްސަލަ ހައްލު ކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ޕްލޭންތައް ސަރުކާރަށް ހުށަހަޅައިގެން ރައްޔިތުންނަށްޓަކައި އެކަން ކާމިޔާބު ކުރައްވާނެ ކަމަށާއި މާލޭ ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހާސިލްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލެ ސިޓީގައި. އެންމެ ގިނަ ރައްޔިތުން ތޮއްޖެހިފައި އޮތީ މިތަނުގައި ކަމަށްވާތީ ރައްޔިތުންނަށް، މާލެ ރަށްވެހިންނަށް މި މައްސަލަ ހައްލުކޮށްދޭން ސިޓީ ކައުންސިލުން އުޅެން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަން ޖެހޭނީ ރައްޔިތުންގެ ވިސްނުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ގުޅިފަޅާއި މާލެ ކައިރި އެހެން ފަޅުތަކަކީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އޮތް ތަނެއް ކަމުގައި އެންމެން ބުނަމުންދާއިރު އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާލޭގައި ހައްލުކުރަން ޖެހޭ އެހެންކަންކަން ވެސް އެބަހުރި ކަމަށާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގައި ވެސް މާލެ ސިޓީ ކައުންސިލްގެ ދައުރެއް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ޒުވާނުންނަށް އާމްދަނީ ހޯދައިދެވޭނެ ވަސީލަތް މާލެ ސިޓީ ކައުންސިލުން ފަހިކޮށްދޭން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އާމްދަނީ ހޯދައިދެވޭނެ ވަސީލަތްތައް މާލެ ސިޓީ ކައުންސިލަށް ހޯދައިދެވެން އެބަހުރި. މީގެ ކުރީގައި މިކަންކަމަށް ވިސްނާފައި ނެތުމަކީ އެއީ ނުވާނެ ކަމެއް ގޮތުގައި ގަބޫލު ކުރަން ޖެހޭނެ ސަބަބެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ. "އެކަން ކުރުމުގެ ޕްލޭނާއި އެކަން ކުރުމުގެ ވިސްނުން އަޅުގަނޑާއި އަޅުގަނޑާއެކީގައި މާލެ ސިޓީއަށް ނުކުމެތިބި ކެންޑިޑޭޓުންގެ އެބައޮތް، އެކަން ހާސިލްކޮށްދޭނަން،"
މުއިއްޒު ވިދާޅުވީ ސަރުކާރުގައި އެފަދަ މަސައްކަތް ކުރާ ވުޒާރާގައި ހަ އަހަރު ދުވަހު ހިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނުއިރު މިފަދަ އެތައް ތަޖުރިބާތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެގޮތުން 127 ރަށެއްގައި ބަނދަރު ހެދމުގެ މަސައްކަތް ކުރި ކަމަށާއި 97 ކިލޯމީޓަރުގެ މަގު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދިި 16 ރަށެއްގައި ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ. މާލެ އާއި އަތޮޅު ތެރޭގައި އެތަށް ހާސް ހައުސިން ޔުނިޓްތައް ވެސް އަޅާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ކައުންސިލްގެ ލެވަލްގައި މި ކަމަށް މަސައްކަތް ނުފަށައިފި ނަމަ ދެން ކޮން ދިމާލަކުންތޯ މިކަން ކުރާނީ. އެހެންވީމަ އޭޕްރިލް 10 ގައި ފާހަގަ ޖަހާއިރު ރުކަށް ފާހަގަ ޖަހާ،" މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
09 March 2021
މުއިއްޒު ގާތު ކޮންމެވެސް މީހަކު އަހާބަލަ، ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުރެގެން އޭރުއޮތް ސިޓީކައުންސިލް އަށް ނުކުރަނީ ކޮން ދުއްތުރާލެއްތޯ، ސިޓީކައުންސިލް މެމްބަރަކު ބޭނުންވީމަ އަމިއްލައަށް ފާޚާނާއަށްވެސް ދިޔަނުދޭ، އެހާވަރަށް އޭރުއޮތް މުއިއްޒުމެންގެ ގަޓު ސަރުކާރުން އޮތީ ފިއްތާލާފަ، ދެން މިހާރު މުއިއްޒު ކައުންސިލަރުގެ މޭޔަރުކަމަށް އައިސް ކީއްތޯކުރެވޭނީ، މުއިއްޒުމެންގެ ސަރުކާރެއް ނަމަ.............
އަރުތަ
09 March 2021
ޕްލޭނެއް އެބައޮތް، ބޯހިޔާވަހިކަމުގެ މައްސަލަ ކައުންސިލަށް ހައްލު ކުރެވޭނެ: މުއިއްޒު، އެހެންވެދޯ މިނިސްޓަރުކަމުގަ ހުރިއިރު މުޅިސިޓީކައުންސިލްގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ބޯހިޔާވަހިކަމުގެ ހުރިހާ މައްސަލައެއް ހަލުކޮށް ނިންމާފަ ތިހިރީ، ދައްކާވަހަކަ، ވޯޓުދޯ............
4500 އަށް ނަމަ އެމްޑީޕީއަށް ވޯޓު
07 March 2021
އެމްޑީޕީން ފިނިޝިންގ ނުނިންމާ ވިއްކަން ތިއުޅޭ ފްލެޓުތަކުގެ އަގު 4500ރ އަށްވުރެ ބޮޑުނަމަ، މަގޭ ވޯޓު ރުކަށް. މުއިއްޒު 3 ކޮޓަރި ފިނިޝްކޮއްފަ ދިން 7000ރ އަށް. އެހެންވީމަ އެަގުގަ ފިނިޝްނުކޮށް 2 ކޮޓާރި ދޭނަމޭ މި ސަރުކާރުން ބުނަން ލަދުގަންނަނަވާނެ. އިލެކްޝަންގެ ކުރިން ފްޮލެޓުގެ އަގު ނުބުނެފިނަމަވެސް މަގޭ ވޯޓު ރުކަށް.
އަރުތަ
09 March 2021
މުއިއްޒުމެން ވެރިކަމުގަ ތިބިއިރު ބިންގާއަޅާ އިމާރާތްކޮށް ފިނިޝިން ހަދާފަ ރައްޔިތަކަށް ދިން ފްލެޓަކީ ކޮބައިބާ!؟
ހޯރަފުށީ ޗާލުނަޔާ
07 March 2021
އޭރެއްގެ އޮށްނަ ސަރުކާރެއްގެ މޭޔަރެއް ނުލާ ސިޓީ ކައުންސިލަކަށް ވެސް އަދި ރަށުކައުންސިލުގެ މެންބަރަކަށް ވެސް ރަށްއިތުންނަށް އަދި ރަށަށް ވެސް ކަމެއް ނުކޮށްދެވޭނެ ކަން ކަށަވަރު. ބޭކާރު މީހަކު ހޮވައިފަ މުސާރަ ދީފަ ބެހެންޓިދާނެ. މުއިޒަށް މިކަން ރަގަޅަށް އެގޭ އިރު ކީއްކުރަށްހޭ ކުރިމަތިލައިގެން ތި އުޅެނި.
ޖޯޖް
07 March 2021
މުއިއްޒު ނޫން މީހަކު ތިވާހަކަ ދެއްކިނަމަ ގަބޫލު ކުރަން ތަންކޮޅެއް ފަސޭހަވީހެވެ. މުއިއްޒު އިންތިހާބަކާ ނުލާ 7 އަހަރު "މޭޔަރު" ކަމުގައި ހޭދަކުރިއިރު ޕްލޭން ކޮބާތޯއެވެ.
ވަހީދު
07 March 2021
ކޮމެންޓްތަކުން ފެންނަނީ ސިޔާސީ ރުޅިވެރިކަން. އެއްބަޔަކު ކޮށްފައި ހުރި ކޮމެންޓްތަކެއް. މުއިއްޒު އާއި ވާދަކުރާ މީހާއަށް ބަލާފައި ވޯޓް ދޭން އެންމެ ރަނގަޅު މީހަކު ކަނޑައެޅުން ރަނގަޅީ.
މުދިމު
07 March 2021
ޔާމީން ދައުރުގައި ތަންތަން އަޅާ ބޮރިޖް ހަދާ ކަންކަން ކުރީ ހަމަ މުއިއްޒު. މުއިއްޒާ ނުލައި 7000 ފުލެޓެއްވެސް ނޭޅޭނެ!
ނަޖްވާ
07 March 2021
އަޑު އިވޭ ގޮތުން މި މުއިޒު އުޅެނީ މާލެ އަށް ކުރިމަތިލައިގެން ވިޔާފާރިވެރިން އަތުން ލާރި ނަގައިގެން މީނާ މާފަންނު ކޮޅުގަ އަޅަން ފައްޓާފަ ހުރި ގެޔަށް ނިންމަން ވެގެންނޯ އަސްލު! މި ކަމާ ދޭތެރޭ ވިސްނާތި މީނާ ކެމްޕޭނަށް ޚަރަދު ކުރާ މީހުން!
އަލީރާޖާ
07 March 2021
އެއީ ތެދެއް! ހައްލުކުރަންވެގެން މީނާގެ މިނިސްޓަރު ކަމުގައި ކައުންސިލްތައް ސަސްޕެންޑުކޮށް، މާލޭ ސިޓީ ކައުންސިލްގެ އޮފީސް އަތުލާ ބަޖެޓު ނުދީ ބޭތިއްބީ.
ހށނރބ
07 March 2021
މުއީޒް ކަލެއް ވާނެ ކަމެއް ހަރާމް. އެއޮތީ ކަލޭ ހެދި މަޖީދީ މަގު ފެންނަން.