ޖަލްސާއެއްްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ކުށް ކުރުމުން އަދަބު ދިނުމުގެ ބަދަލުގައި ކުށް ނުކުރާ ގޮތަށް ކަންކަން މަގުފަހި ކުރަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް
12 ނޮވެމްބަރ 2016 - 23:35
ދުނިޔެ މިހާރު ކުރިއަރަމުންދާ އުސޫލަށް ބަލާ ނަމަ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ލަސް ކުރެވެން ނެތް ކަމަށާއި މަޝްރޫއުތައް ލަސްވެއްޖެ ނަމަ ރާއްޖެ ބާކީވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ކުރިން އަހަރުތަކެއް ހޭދަވެގެން ނިންމަމުން އައި މަޝްރޫއުތައްް މަދު ހަފުތާތަކެއްގެ ތެރޭގައި މިހާރު ނިންމަމުން ގެންދެވެ އެވެ. މިހާރު މަޝްރޫއުތައް ހިނގަމުންދާ ގޮތް އަވަސް ކަމުން ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ ޝަކުވާއަކީ އެ ހުރިހާ ކަމަކަށް "ވަގުތު ނެތޭ، ވަގުތު ނެތޭ" ބުނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ދުނިޔެ ހިނގަމުންދާ އުސޫލަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނެތް ދުވަސްވެފައި އޮތް ސާރިދޯޅެއްގެ ލަސްކަން މަތީގައި ތިބެވޭކަށް ޖާގައެއް. އަޅުގަނޑުމެން ޖާގަ ހޯދަން މިޖެހެނީ ޅަނދޮޅު ފުއްލާގެ ބާރުން. މި ޖާގަ ނުހޯދޭ ކަމަށް ވަންޏާ ބަޖެޓްގެ ބުރަހެލިކަމާ އެކީ ސަރުކާރުގެ ވިސްނުމަކަށް އަދި ރައްޔިތުންގެ އުއްމީދަކަށް ފުރުސަތެއް ނެތް. އަދި ކުރިއަރަމުންދާ ގައުމުތަކުގެ ތަރައްގީއާ އަރާ ހަމަ ނުކުރެވޭތީ ސަފުން ބާކީވެގެން މިދަނީ. ޝިކާރަވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުމެއް ނުވޭ ޝިކާރަ ވާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެހެން ތަންތަނުގެ ފަހަތުން ގޮސް ޝިކާރަ ކުރަން."
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާ މިދަނޑިވަޅުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ބަޖެޓަކީ މަޝްރޫއުތައް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭ ފަދަ ބަޖެޓަކަށް ވާންޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ބޭނުންވާ ތަރައްގީ ބޭނުންވާ ހަލުވިމިނުގައި ނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމަށް ވުރެ ބޮޑަށް ކުށް ކުރަން ފުރުސަތު ނުލިބޭ ގޮތަށް ކަންކަން ބަދަލު ކުރުން ކަމަށެވެ. ޒުވާނުން ގެދޮރުވެރި ކުރުވުމުގެ ސިިޔާސަތަކީ އޭގެ އެއް ސިޔާސަތު ކަމަށާއި ގެދޮރުގެ ދަތިކަމަކީ ކުށް ކުރުމާއި އިޖްތިމާއީ މައްސަލަތަކަށް ވަރަށް ބޮޑަށް މަގުފަހި ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންމެ ނުވަތަ ދެ ކޮޓަރި އެޕާޓްމެންޓެއްގައި ދެ ފެމިލީ ނުވަތަ ތިން ފެމިލީ އުޅޭއިރު ޒުވާނުންގެ އިހުސާސްތައް ހުންނާނެ ގޮތް ވިސްނަވާ. ތުއްތު ކުދިންގެ އިހުސާސް ހުންނާނެ ގޮތް ވިސްނަވާ. މިހާ ދަތި ހާލުގައި އުޅޭ ކަމަށް ވަންޏާ އެކިއެކި ކުށްތަކަށް އަރައިގަތުމުގެ ވިސްނުން އަންނާނެ. އަދި މި ކުދިންގެ ނާޖާއިޒް ފައިދާ ނަގާނެ ބަޔަކު އަބަދުވެސް އުޅޭނެ،" ރައީސް ވިދާޅުވި އެވެ.
މާލޭގައި ޕާކުތަކާއި މައިޒާންތައް ސަރުކާރުން އިތުރު ކުރުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި ވަނީ އަލަށް އެ ޕާޓީއާ ގުޅުނު މީހުންގެ ފޯމްތައް ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން ނުހޮވޭނެ
20 September 2018
ދެން ފުދިއްޖެ ތަރައްގީ ނަމުގަ މަކަރާ ހީލަތާ އަނިޔާވެރިކަމާ ޚިޔާނާތުން އަންބޮނޑި ބޮޑުކުރުން
ޕޭޕަލް
20 September 2018
މަށަށް ތި މެނިފެސްޓޯއިން އެންމެ ސަޅީ ޕޭޕަލް އެކްސެޕްޓް ކުރެވޭ ގޮތަށް ހަދައިދޭނެ ވާހަކަ އޮތީމަ.
ރައްޔިތުންގެ ޝުޢޫރު
28 November 2016
އިއްޒަތްރެރި ރައީސް! ޤައުމު ތަރައްޤީކުރަން ތިނަންގަވާ ލޯނުތަކަށް ޒިންމާވާނީ ތިޔަ ބޭފުޅާތޯ؟ މާދަމާވެސް ތިޔަބޭފުޅާގެ އަޖަލު ހަމަވެދާނެ! ދެން އެދަރަނިތައް އެޅޭނީ މިނިކަމެތި ރައްޔިތުންގެ ބޮލުގައި. ލޯނުތައް ނަންގަވާއިރު ތަންކޮޅެއް ބައްލަވާލައްވަން އެބަޖެހޭ! އެހެން ނޫނީ މި ކުޑަކުޑަ ޤައުމު އިނދަޖެހިދާނެ! އެދުވަހުން މަނިކުފާނު ދުނިޔޭގައި ހުންނެވި ނަމަ ފިއްލަވާ ވަޑައިގަންނަވާނެ! އެކަމަކު މި ރައްޔިތުން ކޮންތާކަށްތޯ ދާނީ؟
ދެކޭ މީހާ!
13 November 2016
އަހަރެންނަށް ހީވަން ފަށައިފި މިހާރު މެޑިކަލް ޗެކަޕެއް ވަރަށް އަވަހަށް ހަދަން ވެއްޖެހެން، އެހެނީ މީގެ ދުވަސްތަކެއް ކުރިން ގޮވަމުން ގެންދެވީ މީހުން މަދުރަށްރަށުގެ ހުރިހައި މީހުން ހުޅުމާލޭ ކުދި ގޮޅިތަކަށް އައުމަށެވެ. މިހާރު އެގޮވައި ނަގަނީ އެހެން ގޮވެލި ފައްޗެކެވެ. ކުދި ގޮޅިތަކެއްގައި އުޅެގެން ޒުވާނުން ހަލާކު ވާ ވާހަކައެވެ. މީ އަނެއްކާ ކޮންކަހަލަ އަރަތައެއްބާ؟
ހަމަޖެހޭ
28 November 2016
ދެކޭ މީހާ ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދައްކަބަލަ!
އަލީ
13 November 2016
ގައުމުގެ ހަރުމުދަލާއި ބިންތައްވިއްކާލައިގެން އޭގެމައްޗަށް ބިލޔަނުން ލޯނުނަގައިގެން، ދައުލަތުގެ ބިލިޔަން ރުފިޔާގެ ވައްކަންކުރަން ފުރުސަތުދީގެން ދިވެހިރައްޔިތުންގެ ބޮލުގައި އެތައްޖީލުގެ ދަރަނިއަޅުވާފައި ކުރާ ތަރައްގީ ބޭނުމެއްނޫން.
ޗިކުސް
13 November 2016
ކޮބާ ރ. އަތޮޅުގަ އަޅަން ބުނި ދެވަން އެއާރ ޕޯރޓް؟ . އެވާހަކަ ހަދާނެއް ދެއްތޯ. މަމެންގެ ވޯޓް ހޯދަން އާދެވޭ.
ދޮންދީނި
13 November 2016
ލަދުފުޅު ގަންނަނަމަ މިހާރު އިސްތިއުފާ ދީފައިގޭގައި ހުންނާނީ...ވީ ޑޯންޓް ލައިކް ޔޫ، ޑިއަރ ޕްރެސިޑެންޓް!
ހުސޭނު
13 November 2016
ތަރައްގީ ލަސްވެއްޖެ ނަމަ ބާކީވާނީ ގައުމުތަ ނޫނީ ގައުމު ތި ވިދާޅުވަނީ ކޮން މާނައެއްގަތޯ؟ ކޮންބައެއްގެ ތަރައްގީތޯ ؟
ބާކީ ޅަހުއްތު
13 November 2016
ބާކީވާނީ ގައުމެއްނޫން، ގައުމު ހިންގަންހުރި މީހާ. މިހާރު ބާކީ ވެއްޖެ. ވާކަށް ނެތް.
އިބިރިހިންބެއްޔާ
13 November 2016
"ލިބޭމިންވަރު ނިކަން ދަނެގެން ވިބޭނުންތައް ބަހާލައިގެން - ތިބޭނަމަހީ ފިކުރު ކޮއްގެން މިބޭޒާރެއް ނުވެސްވާނޭ" މަ އަޖާއިބުވަނީ މަރުޙޫމު ސަލާޙުއްދީންއަށް މިއަދުގެ ރާއްޖޭގެ ޙާލަތު އެޒަމާނުގައި އަންދާޒާ ކުރެވުނީމައި.
އަލީީ
20 September 2018
ކަލޯ ވާޏުވާގައި ދޯ؟ އެއްކޮށް ތިޅެން ކިޔާލީމަ އެނގޭނެ ކޮން ވާހަކައެއްކަން އެދައްކަނީ.
ހަސަނު
13 November 2016
މިއަދު ދުވަސްވެފައި އޮތް ސާރިދޯޅެއްގެ ލެގަބު ދެވިދާނެ.. އެކަމަކު ހަނދާން ނެތިގެން އެއުޅެނީ އެ ސާރިދޯޅު ކަން ފުއްލާ މިއަދު އެ ހުރި މަގާމަށް ގެނެސްދިނީ.. އަދި ސާރިދޯޅު ދުވަސްގަނޑެއް ވަންދެން ހައިބަނޭޓް ކުރިއަސް މިހާރު އެވަނީ ފިސާރި ރަނގަޅަށް ހޭލާފަ...