މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
11 މާޗް 2021 - 20:01
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ހިޔާނާތްތެރިއެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް ވެރިން ފާޑުވިދާޅުވިޔަސް މިހާރު ފެންނަނީ އޭނާގެ ބޭނުން ހިފައިގެން، މި ސަރުކާރުގެ މަގުސަދު ހާސިލްކުރަން މަސައްކަތްކުރާ ތަން ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ވާޗުއަލްކޮށް ބޭއްވި ޕްރެސް ބްރީފިންގައި ރައީސް ވިދާޅުވީ، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގޭބަންދަށް ބަދަލު ނުކުރައްވަނީ އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ބަހައްޓަން ޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިޔުމެއް ޔާމީންގެ ނެތުމުން ކަމަށެވެ.
އެކަމާ ގުޅިގެން އަބްދުއްރަހީމް މިއަދު ވިދާޅުވީ، އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ޔާމީނަށް ހުކުމް ކުރިތާ ހަފުތާއެއްގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތުމުން އެއީ ސިޔާސީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމުން ވެސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ހުކުމެއްގެ ދަށުންކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގަކަށް ފަހު، އަނބުރާ މާފުށީ ޖަލަށް ގެންދިއުމުގެ ކުރިން ޔާމީން، ސަޕޯޓަރުންނަށް އަތް ހިއްލާލައްވައި ސަލާމް ކުރައްވަނީ.
"ޔާމީނަށް ޑޮކްޓަރުން ލިޔުން ދެއްވާފައި އެބައިން އެ މަނިކުފާނު އޮންނަވަން ޖެހޭނީ ސްޓްރެސް ފްރީ މާހައުލެއްގައޭ. އެ ލިޔެކިޔުންތައް ވެސް އޮންނާނެ ހުށަހަޅާފައި. ޖަލަކީ ކޮންމެ ގޮތަކަށް ހަދާފައި ހުރި ތަނަކަށް ވިޔަސް ގަބޫލެއް ނުކުރަން އެކަނި އެ ތަނުގައި އޮންނަން ވީމާ ސްޓްރެސް ފްރީވާނެ ކަމަކަށް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
"ޑޮކްޓަރު ލިޔުން ދެއްވާފައި އެބައިން ހިތުގެ ޓެސްޓުތަކެއް ހަދަން. މީގެ އެއްވެސް ކަމަކަށް މަގުފަހިކޮށްދެއްވާފައި ނުވޭ."
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނޫސްވެރިން ގާތު ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅު އެދިވަޑައިގެންނެވި ކަމެއް ވިއްޔާ މި ސަރުކާރުން ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޔާމީން ބޭނުންފުޅުނުވާ ކަމަށެވެ. އެކަމަކު އެ މަނިކުފާނު ފުރުވާލައި، މީގެ ކުރިން ވެސް ސިޔާސީ ބައެއް ބޭފުޅުން ކަންތައް ކުރެއްވި ގޮތަށް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވިކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މި ސަރުކާރުގެ ބޭނުމަކަށް ވެދާނެ ކަމަށް ވިދާޅުވެ ބައެއް މިސާލުތައް ވެސް ދެއްކެވި އެވެ.
"ޔާމީނަށް ޑޮކްޓަރުން ލިޔުން ދެއްވާފައި އެބައިން އެ މަނިކުފާނު އޮންނަވަން ޖެހޭނީ ސްޓްރެސް ފްރީ މާހައުލެއްގައޭ. އެ ލިޔެކިޔުންތައް ވެސް އޮންނާނެ ހުށަހަޅާފައި: އަބްދުއްރަހީމް
ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް އަދި ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"އެހެން ނަމަވެސް، ރައީސް ޔާމީން ދޮޅު އަހަރުވާން ދާއިރު، ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިނުގަންނަވާ، ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫނޭ. ރައްޔިތުން ދޫކުރައްވައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ސާބިތުކަން ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ. މި ސަރުކާރުން ކިތަންމެ ވަރަކަށް ބޭނުންވިޔަސް ރައްޔިތުން ދޫކުރައްވައި ރައީސް ޔާމީން ވަޑައިނުގަންނަވާނެ."
އިދިކޮޅު ކޯލިޝަނުން ބުނީ ޔާމީން ބޭނުންފުޅުވަނީ އެ މަނިކުފާނަށް އިއްވާފައިވަނީ ބޭއިންސާފު ހުކުމެއް ކަން ސާބިތުކޮށްދެއްވާށެވެ.
"މި މައްސަލައިގައި ރައީސް ޔާމީނާ ގުޅޭގޮތުން ކަނޑައެޅިގެން ރައީސް ސޯލިހު ހައްދަވާފައިވަނީ އިތުރުފުޅެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ހައި ކޯޓުގައި އޮތް ޝަރީއަތަކަށް އަދީބު ވަޑައިގަންނަވަނީ.
ޕީޕީއެމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުން މެއި 1، 2015 ގައި ބޭއްވި މުޒާހަރާގައި އަދީބަށް ވަރަށް ފާޑުކިޔައި އެއީ ދައުލަތަށް ހިޔާނަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވިއަސް މިހާރު ފެންނަނީ އަދީބު ބޭނުން ކުރައްވައިގެން މި ސަރުކާރުން ބޭނުންވާ މަގުސަދު ހާސިލްކުރަން މަސައްކަތްކުރަމުން ގެންދާތަން ކަމަށް ވިދާޅުވި އެވެ.
އިގުތިސޯދާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވިގޮތުގައި، އެއީ ވެސް ހަމަނުޖެހޭ ވާހަކަތަކެކެވެ. މި ސަރުކާރުން 2018 ގައި ވެރިކަމަށް އައިރު ގައުމުގެ އިގުތިސޯދު އޮތީ އަނދަވަޅެއްގެ ތެރޭގައޭ ރައީސް ވިދާޅުވިއިރު އިގުތިސޯދަކީ ކޯއްޗެއްކަން ރައީސަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީންގެ ސަރުކާރު ނިމުނުއިރު ރިޒާވްގައި 900 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ.
ސޮވެރެން ފަންޑަކީ ވެސް ޔާމީން ނެންގެވި ލޯނުތައް ފަސޭހަކަމާއެކު ދެއްކުމަށް ހެދި ފަންޑެއް ކަމަށާއި ވެރިކަން ނިމުނުއިރު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީން ގެންގުޅުއްވި ސިޔާސަތާ އެއްގޮތަށް އެކަން ގެންދިޔަ ނަމަ ލޯނު ދައްކަން އުނދަގުލެއް ނުވާނެ ކަމަށެވެ. އެކަމަކު އިގުތިސޯދު ނުދަންނަ، ގައުމެއް ހިންގަން ނޭނގޭ ބަޔަކަށް ވެރިކަން ދިނުމުން "ހުރިހާ އެއްޗެއް ކައި ހުސްކޮށްލީ" ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑުއްވަރި
23 March 2021
އަދީބުގެ އެހީތެރިކަން ހޯދި މީހަކުވެސް ވާނީ ހަލާކު އެދެން ޗަރުކޭސް ކުލޭ މީހެއް
ޚިޔާލުން
14 March 2021
ޖަލަށް ކުށްވެރިންލަނީކީ ސްޓްރެސް ފިލުވާކަށެއް ނޫން. ކުށެއްގެ އަދަބެއްގެ ގޮތުން. އެއަދަބަކީ ނަމެއްގައި ދެވޭ އެއްޗަކަށްވެއްޖެނަމަ ކުށްވެރިޔަކު ނުހުންނާނެ. ދެން އަދީބާއި ގުޅިގެން ކުރާމަސައްކަތަކީވެސް ދައުލަތުން ވައްކަންކުރި ކުށްވެރިން ހޯދުމުގެ މަސައްކަތް. ވީއިރު އޭގައިވެސް ގޯހެއްނެތް. އެކަމަކު ކުށްވެރިންނާއި ގުޅުންއޮތް މީހުންނަށް އެއީ މައްސަލައަކަށް ވެދާނެ. ސަބަބަކީ ހަގީގަތް ހާމަވެދާނެތީ ގަންނަ ބިރު.
ބޮކި
12 March 2021
ބަލަ ކަލޭމެން ވޭތުވެދިޔަ ފަސްއަހަރު އުޅުނީ އަދީބް ބުރޯ ތައްޕާހުގައި އެލިގެން
ނެކްސްޓް
12 March 2021
އަދީބަކީ ވަރަށް އެހީތެރިވެދޭ މީހެކޭ 2013 އިން ފެށިގެން މުޅިންވެސް އެހީވުމުގަ
އައްޔަ ބޮޑޭ
12 March 2021
އިދިކޮޅައް އަދީބަކީ ޚާލިދު ބުނު ވަލީދު ކަމައް ވިޔަސް ސަރުކާރައް އަދީބަކީ ޚިޔާނާތް ތެރިއެއް! އޭނަ ގޭގަ ހުންންނީ ޑޮކްޓަރު ގެ ސިޓީ އަކައް, އެހެންނޫން ނަމަ އޭނާއޮންނާނީ ޖަލުގަ!
މޮޔަނުގޮވާ
12 March 2021
ޑަކުޓަރުގެ ސިޓީ ލިބެނީ ހަމައެކަނި އަދީބަށްތޯ؟ ކިތައް މުސްކުޅިން ޖަލުގައި ހާލުގައި އެބައުޅޭ؟ އަދީބު އެކަނިތޯ ޖަލުން ބޭރުގައި ލަކްސަރީގައި އުޅެން ޖެހެނީ؟؟؟؟؟؟؟؟؟ ކޮން ޑަކުޓަރުގެ ސިޓީ އެކޭ ކިޔާކަށް. މިސަރުކާރުގެ ޕާޓްނަރެއް އަދީބަކީ.ކޮން ޚާލިދު ބުނު ވަލީދުއެއް ކިޔާކަށް؟ އަދީބަކީ ސީދާ ޤާރޫނު. ޕީޕީ ސަރުކާރުގެ ގަމާރުކަމުން ނޭގުނީ އެކަން.
ސޯރޭ
12 March 2021
މައްސަލައަކީ، ސިޔާސީ މީހުން އެއްބަޔަކު އަނެއްބަޔަކާ ކޯޅިކޯޅިފަ އެތެރެއިން ޑީލްތައް ހަދައި ކޮންމެ ބަޔަކަށްވެސް ވެރިކަމަށް އާދެވުނީމަ، ކެވުނު ވަރަކަށް ކައިގެންދަނީ، އަނެއް ބަޔަކުއައިސްވެސް ކުރާކަމަކީ ކަނީ. ދެން އެއްބަޔަކު އަނެއްބަޔަކަށް ހިފަނީ ބަދަލު. ތިޔަތަނުގައި ނެތް ސަހަލު އެއްބަޔަކުވެސް. އިސްލާހުގެ ނަމުގައި އައިމީހުންނަކީވެސް ގައުމަށް ޖެހިފައި އޮތް މުސީބާތެއް.
ކަކުނިބޯ
12 March 2021
ޑޮކްޓަރުގެ ލިޔުމުގައި ހުންނަންޖެހޭ ގޭގެނަމާ އެއްކޮށް ލިޔުނީމަނު އެކަންވާނި ސްޓްރެސް ފުރީއޯ އަޅެ އަހަރެމެން މިއުޅެނީ ސްޓްރެސް ފްރީމަހައުލެއްގަތަ އެމާހައުލު ނުލިބޭނެ ކައްވަޅަށްދާއިރުވެސް
ސިމްޕަލް
11 March 2021
ފޮޓޯއިން ފެންނަ 3 ބޭފުޅުން ނިސްބަތްވާ ޕާޓީ ގެ ވެރިކަމުގައި ސަރުކާރުގެ މަގުސަދު ހާސިލުކުރަން އަދީބުގެ އެހީތެރިކަން ނުހޯދާތަ؟ ގައިމު ޚާލިދް ބިން ވަލީދު ގެ ލަގަބުދިީގެން ވެސް އުޅުނީ ހަމަ އެޕާޓީ.
ޕިމްޕަލް
12 March 2021
އަސްލު އެހީ ހޯދިނަމަ އަދީބު އެއިރު ޖަލަށްލާފަ ނުބޭއްވޭނެ. އަދީބަކީ ވިކްޓިމެއްނޫން އެއިރު ޖަލުގަ މަޑުން އޮންނަން. ޚާލިދު ބިން ވަލީދުގެ ލަގަބު ދީފަ އޮއްވާ ކަމެއްކުރިކަން އެނގުމުން ޖަލަށްވެސް ލެވޭނެކަން ޔާމީން ދެއްކީ. ނުފެންނަ ބަޔަކަށް ނުފެންނާނެ.
މަދަނީ އަބުޅޯ
11 March 2021
އަދީބުގެ ނަރުވައިތައް ހުރީ ހުރިހާދިމާއަކާވެސް ގުޅިފާ. ދެން އަދުރޭމެން މާނޫންކަމަށް ހެދޭނެކަމެއްނެތް.
އަރުތަ
11 March 2021
"މިހާރު ފެންނަނީ އަދީބު ބޭނުން ކުރައްވައިގެން މި ސަރުކާރުން ބޭނުންވާ މަގުސަދު ހާސިލްކުރަން މަސައްކަތްކުރަމުން ގެންދާތަން ކަމަށް ވިދާޅުވި އެވެ". ޕްރޮފެސަރު އަދުރޭ މިހެން ބުނުން ނޫން އެހެން އެއްވެސް ތަފްސީލެއް މިޕްރޮފެސަރު ނުދޭ، ދެން މިވަރުގެ މީހުން ދައްކާ ވާހަކަވެސް އަޅެ ގަބޫލުކުރާނީ ކިހިނެއް، އަނެއްކާ މިއަދު އަވަގުރާނަ ނުގޮވާބާ!
ޖޯރޭއާރު
12 March 2021
އޭނަ ބުނަންޖެހޭވަރު ކަމެއް ނޫން އެއީކީ. އެންމެނަށް އެނގޭ އަމީން އެވެނިއުގަކަން ދިރިއުޅެނީ. އާދައިގެ ކުށްކުށުގައި ޖަލުގައި ތިބޭމީހުން، ތިބީ ޕެރޯލް ލިބެންޖެހޭ މީހުންވެސް ބޯޑު މީޓިން ނުބޭވިގެން ގޮތެއް ނުނިމިފަ. އެކަމަކު އަދީބު ޓަސްޓަސް.
ބަރުތަ
12 March 2021
މިސަރުކާރުން އެތިކޮޅެއް ލިބުނީމަ ތިހެން ކޮމެންޓްކުރަން ތިބޭ މީހުންނަށް ދައްކާނެ އެއްޗެއް ނޯންނާނެ. ދެއްކިއަސް ނުފެންނާނެތީ.