ޑައިވީނަށް ގޮސް އުޅޭ މީހެއް މިޔަރެއް ކައިރީ--
14 މާޗް 2021 - 18:18
ފަހަކަށް އައިސް ރާއްޖޭގައި މިޔަރަށް ކާންދިނުން އާއްމުވަމުން ދާތީ އެއީ މަނާކަމެއް ކަމަށް ޓޫރިޒަަމް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގަައި ބުނެފައި ވަނީ މިޔަރަށް ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނާއި ޑައިވިން ފެސިލިޓީސްތަކާއި އެކްސްކާޝަންތައް ރާވާ ފަރާތްތަކުން ވެސް މިޔަރަށް ކާން ދިނުމަކީ މަނާ ކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިހެން ބުނެފައިވާ އިރު ވަރަށް ގިނައިން މިޔަރަށް ކާންދިނުމާއި މިޔަރުތަކުގެ ތެރޭގައި އޮވެ ޑްރޯން ފޮޓޯ ނެގުމުގެ ހަރަކާތްތައް ގެސްޓްހައުސްތަކުން އަންނަނީ ކުރަމުންނެވެ. މިގޮތަށް ހިންގާ ހަރަކާތްތަކުގެ ތެރޭ ޓޫރިސްޓުންނަށް މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. މިޔަރު ހަމަލާތަކުގެ ސަބަބުން ފުރާނަ ގެއްލި ނުވަތަ ގުނަވަންތައް ގެއްލުމުގެ އެތަށް ހާދިސާއެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސަނު
14 March 2021
މިހާރުގެ މިނިސްޓަރ ޑރ.މަޢުސޫމު ކުރިން ހުންނެވި ސަން އައިލެންޑްގައި ހަމަ ހެސް ކިޔާފައި މިޔަރަށް ކާންދޭ. އޭރު މަޢުސޫމު ހުރި އިރުވެސް އަދި މިހާރުވެސް. ދެން މަށަކަށް ނުވިސްނުނު
މިޔަރުދެކެލޯބިވަން
14 March 2021
މިޔަރު އިންސާނުންނަށް ހަމަލަ ދޭނީ އެއެއްޗަށް އަހަރުމެން ގޯނާއެއް ދީފި ނަމަ. މިޔރަށް ވުރެ އަޖައިބުކުރުވަނިވި ރީތި އެއްޗެއް ކަނޑު އަޑިއަކުން ނުފެންނާނެ.
މަޒް
14 March 2021
ކަލެއަށް ދެން މާ ބޮޑަށް އިނގެނީއޭ ބުނެވޭނީ.. ތި ބުނީ ޖެހީމައޭ ޖަހާނީ.. މުޅިން ނުބައި.. ރަނގަޅަށް ދިރާސާކުރޭ.. ދެން ބުނޭ ތިމަންނާ މީ ކަނޑު ރަސްގެފާނޭ