އުތުރާކަންދުގެ ޗީފް މިނިސްޓަރު.
19 މާޗް 2021 - 09:08
ފެޝަނަކަށް ހަދައިގެން، ވީދިފައި ހުންނަ ޖީންސް ލައިގެން އިންޑިއާ މީހުން އުޅޭތީ އުތުރާކަންދުގެ އާ ޗީފް މިނިސްޓަރު ތިރާތު ސިންގް ރަވަތު ފާޑުވިދާޅުވެއްޖެ އެވެ.
އޭނާ މިކަމަށް ފާޑު ވިދާޅުވެފައި ވަނީ އިންޑިއާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާގެ އަންހެނަކާއި އޭނާގެ ދަރިންނާ ފްލައިޓެއްގެ ތެރެއިން ދިމާވި އިރު ތަންތަންކޮޅުން ވީދިފައި އޮތް ޖީންސެއް އަންހެން މީހާ ލައިގެން އިނުމާ ގުޅިގެންނެވެ.
ޗީފް މިނިސްޓަރާއި އަންހެން މީހާ އަކީ ވެސް އުތުރާކަންދު ސްޓޭޓް ކޮމިޝަން ފޯ ޕްރޮކްޓެކްޝަން އޮފް ޗައިލް ރައިޓްސް އިން އިންތިޒާމުކޮށްގެން ދެހެރާދުންގައި ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ދެ މީހުންނެވެ. ވޯކްޝޮޕް ފެށުމުގެ ހަފުލާގައި ރާވަތު ވަނީ ޖީންސާ ގުޅުވައިގެން ވަރަށް ގިނަ ވާހަކަތައް ދައްކަވައިފަ އެވެ.
އޭނާ ވިދާޅުވީ ހައްގުތަކަށް ވަކާލާތުކުރާ މީހުން އެހެން މީހުންނާ ބައްދަލުކުރަންދާ އިރު "ގޮތެއްފޮތެއް ނެތް ގޮތަށް" ހެދުން އަޅައިގެން ދިއުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
"އެ މީހުން އެ ދެނީ މުޖުތަމައަށް ވަރަށް ނުބައި މެސެޖެއް. އަދި އެ ކުޅެވެނީ މުސްތަގުބަލުގެ ޖީލާ. އުސޫލެއް ހަމަައެއް ލަމައެއް ނެތް ގޮތަށް ހެދުން އަޅައިގެން ހައްގުތައް ހޯދަން ނުކުންނަ އިރު ތިމާމެންނަށް މި ކުރެވެނީ ކީއްކަމާ މެދު އެބަ ޖެހޭ ވިސްނާލަން،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވީދިފައި ހުންނަ ޖީންސް ލައިގެން ކަކުލާއި ފައިގެ އެތަންމިތަނާއި ފޫކޮޅުން ވެސް ތަންތަނަށް ފެންނަ ގޮތަށް ހެދުން އެޅުމަކީ ހުޅަނގުން އައިސްގެން އުޅޭ ސަގާފަތެއް ކަމަށެވެ. އަދި އެ ސަގާފަތުގެ ސަބަބުން އިންޑިއާގެ ޒުވާނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި އިމުން ބޭރުވެ، ބަރަހަނާވަމުންދާ ކަމަށް، 56 އަހަރުގެ ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
"ހާއްސަކޮށް އަންހެނުން އެފަދަ ހެދުން އެޅުން މިހާރު ފެޝަނަކަށްވެ ނިމިއްޖެ. މިއީ އަސްލު ތަރުބިއްޔަތުގެ މައްސަލައެއް. ގޭތެރެ އިން މިކަންކަން ދަސްކޮށްދެވޭ ކަމަށް ވަންޏާ މި ކުރެވެނީ ކީއްކަމާ ދޭތެރޭ އެބަ ޖެހޭ ވިސްނާލަން،" ރަވަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ހަމައެކަނި އަންހެނުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. ފިރިހެނުން ވެސް ވީދިފައި ހުންނަ ޖީންސް ފަދަ އެއްޗެހި ލުމަކީ ރީތި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މި ކުރެވެނީ ކީއްތޯ އަމިއްލަ ނަފުސާ ވެސް ސުވާލުކޮށްލަން ރަނގަޅު،" ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
Wearing “#rippedjeans” destroys our culture, it seems. It leads to substance abuse. And a societal breakdown. Women should strictly avoid this sacrilege against our pristine customs, says Uttarakhand CM.
— Sanjay Jha (@JhaSanjay) March 17, 2021
Dear BJP, this is your CM Tirath Singh Rawat: Do you endorse this? pic.twitter.com/9pGQdkxZKp
ވެރިކަންކުރާ ބީޖޭޕީގެ ޗީފް މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރެއް ކަމަށްވާ ސަންޖޭ ޖާ ޓްވިޓާގައި ފާޑު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ޗީފް މިނިސްޓަރުގެ ވާހަކަތަކުގައި، ވީދިފައި ހުންނަ ޖީންސް ލާ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށެވެ.
ޗީފް މިނިސްޓަރުގެ ވާހަކަތަކަށް އެކްޓަރު އަމީތާބް ބައްޗަންގެ ކާފަދަރި ނަވިއާ ނަވޭލީ ނަންދާ ވެސް ފާޑުކިޔައި އިންސްޓަގްރާމް ސްޓޯރީގައި ބުނީ ކުރަންވީ ކަމަކީ އެހެން މީހުންގެ ހެދުން ބަދަލުކުރަން ނޫޅެ އަމިއްލަ މީހާގެ ވިސްނުން ބަދަލުކުރުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބަސްފުޅު
23 March 2021
ޗީފުމިނިސްޓަރ ތިޔަ ވިދާޅުވީ ވަރަށް ބޮޑުތެދެއް މުޅި މިސައުތުއީސްޓު އޭސިޔާގެ ސަގާފަތް ހަލާކުކޮށްލައިފި އިންޑިޔާގެ ބޮލީވުޑުގެ ފަންނާނުން
2021
20 March 2021
އިންޑިޔާ މީހަކު ބުންޏަސް ރަނގަޅުވާނީ ރަނގަޅަށް...
އަހުމަދުބޭ
19 March 2021
ޗީފް މިނިސްޓަރ ބުންޏަސް ރަގަނޅު ވާހަކައެއްވާނީ ރަގަނޅު ޥާހަހަކައަކަށް، ހެދުން އުޅުމުގައި އަދި ތިމާ ސުޓައިން ބަހައްޓަންޖެހޭނީ ތިމާމެން އަދާކުރާ އަދި ކުރާ ކަންކަމާ ގުޅޭގޮތުން، މިސާލަކަށް ޑޮކްޓަރ އަކު ނުވަތަ ލޯޔަރަކު ނުވަތަ ޓީޗަރ އަކު އަދި މިނިސްޓަރުން ނުވަތަ އެހެން މީހުންނަށް މިސާލު ދައްކަން ޖެހޭމީހުން އެފަދަ ގޮތްގޮތަށް ހެދުން އެޅުމާ ބޯދިގުކުރުމުން މުސްތަގުބަލްގެ ޖީލަށް މިދެވެނީ ކޮންފަދަ މެސެޖެއްބައި
ޖަނާބު އަންޖާމު
19 March 2021
އަހަރެމެން ރަށުގާ މިއުޅެނީ ގޮޅިޖެހި ގޯނިގަމީސްލާތީ.....