ޚަބަރު / ކިޔަވާކުދިން

ގްރޭޑް އެކެއްގެ ގިނަ ދަރިވަރުންނަށް ދިމާވަނީ އަނގައިގެ މައްސަލަތައް

ކަލާފާނު ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގައި ތުއްތު ކުދިންތަކެއް ބައިވެރިވަނީ. ގްރޭޑް އެކެއްގެ ދަރިވަރުންގެ މެދުގައި ދަތުގެ މައްސަލަތައް ބޮޑު. -- ފޮޓޯ: ހުސެން ޝަޔާހު/މިހާރު

މި އަހަރު ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންނަށް ސިއްހީ ގޮތުން ދިމާވަނީ އަނގައިގެ މައްސަލަތައް ކަމަށް، އެ ދަރިވަރުންގެ ސިއްހަތު ދެނެގަތުމަށް ހެދި ސާވޭ ރިޕޯޓުން ދައްކައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހެލްތް މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން ހެދި މި ސާވޭގެ ރިޕޯޓު މިއަދު ނެރެފައި ވެ އެވެ. އެ ރިޕޯޓުގައި ދަރިވަރުންނަށް ސިއްހީގޮތުން އެންމެ ގިނައިން ދިމާވާ މައްސަލަތަކާއި ދަރިވަރުންގެ ސިއްހީ ހާލަތު ހުރިގޮތް ބަޔާންކޮށްފައި ވެ އެވެ.

މިއަހަރުގެ ކުރީކޮޅު ހެދި ސާވޭގައި ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ 7488 ދަރިވަރުންގެ ތެރެއިން 6884 ދަރިވަރުން ސާވޭގައި ބައިވެރިވެފައިވެ އެވެ. އެއީ މާލޭގެ ސްކޫލުތަކުން 2151 ދަރިވަރުންނާއި ރަށްރަށުގެ ސްކޫލުތަކުން 4733 ދަރިވަރުންނެވެ.

އެ ސާވޭގައި ބުނެފައިވަނީ އަނގައިގެ މައްސަލަތަކުގެ ތެރެއިން ވެސް ދަތްތަކަށް ދިމާވާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ދަތް ފަނިކެއުމުގެ މައްސަލަ ހުންނަކަން ފާހަގަ ކުރެވެނީ 34 ޕަސެންޓު ދަރިވަރުންނެވެ. އެއީ 2344 ދަރިވަރުންނެވެ.

ހަށިގަނޑުގައި ހުންނަންޖެހޭ ބަރުދަން އެންމެ ރަނގަޅަށް ހުރީ ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 62 ޕަސެންޓުގެ ދަރިވަރުންނެވެ. ބަރުދަން މާ ބަރުކަމަށް ބުނެފައިވަނީ 10 ޕަސެންޓުގެ ދަރިވަރުންނަށެވެ. އަދި ބަރުދަން ލުއިކަމަށް ބުނެފައިވަނީ މި ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 16 ޕަސެންޓުގެ ދަރިވަރުންނެވެ.

ދަރިވަރުންގެ ހެލްތް ސްކްރީނިން ރިޕޯޓު ނެރެން މިއަދު ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން މި ސާވޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ލޭ މައްޗަށް ދިއުމާއި އެސްމާ އަދި ހަކުރުބަލީގެ މައްސަލަ އެވެ. ސާވޭގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 43 ޕަސެންޓު ދަރިވަރުންނަށް ލޭ މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ އިރު 36.5 ޕަސެންޓުގެ ދަރިވަރުންގެ ހަކުރުބަލި ހުންނަކަމަށް ފާހަގަ ކުރެވެ އެވެ. އެސްމާގެ މައްސަލަ ދިމާވަނީ މި ސާވޭގައި ބައިވެރިވި 22.9 ޕަސެންޓުގެ ދަރިވަރުންނަށެވެ.

ސާވޭ ހެދިއިރު ލޮލުގެ މައްސަލަ ހުންނަކަން 399 ދަރިވަރުންނަށް ވަނީ އަލަށް ފާހަގަކުރެވިފަ އެވެ. އެއީ މާލެއިން 223 ދަރިވަރުންނާއި ރަށްރަށުގެ 176 ދަރިވަރުންނެވެ.

މި ސާވޭގައި ބެލެނިވެރިންނާ ވެސް ސުވާލުތަކެއް ކޮށްފައި ވެ އެވެ. އެގޮތުން ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ބެލެނިވެރިންގެ 45.7 ޕަސެންޓަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންކަން ސާވޭގައި ފާހަގަކޮށްފަައި ވެ އެވެ.

ސާވޭގެ ނަތީޖާތަކުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވެސް ހިމަނާފައި ވެ އެވެ. އޭގެ ތެރޭގައި ސިއްހަތު ރަނގަޅުކުރަން ދަރިވަރުން ކުރަންޖެހޭ ކަންތައްތައް އިތުރުކުރަންޖެހޭކަމަށާއި އަދި ސިއްހަތު ރަނގަޅުކުރަން ހިންގާ އެކި ޕްރޮގްރާމްތަކުގައި ޓީޗަރުންގެ ހަރަކާތްތައް އިތުރުކުރަންޖެހިފައިވާ ކަމަށް ބުނެފައި ވެ އެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން ބަބުރު ސޮރު

14 November 2016

ތިއަ ދިރާ ހެދުމުގެ މާ ކުރީންވެސް ދަންނަ މަދު މީހުނަށް އެގޭ، މިގައޮމުގެ ޒުވާނުންނާއި ކުޑަކުދީންނަކީ އާދަޔާ ޚިލާފަތް ގިނައިން ކެއުމުގެ ސަބަބުން ސިއްޙީ ބޮޑެތި މަސްސަލަ ހުރި، ނުވަތަ 10 ވަރަކަށް އަހަރު ފަހުން ހުންނާނެ ބައެއްކަން، ސަބަތައް މިދިރާސާގައި ބުނެފައި ވީ ނަމަވެސް މިކަން ހައްލު ކުރުމަށް އެކަށޭނެ ފިޔަވަޅު އެޅުމަށް މިގައޮމު ވަނީ ނުކުޅެދިފަ، މަތީގައި ބުނެފައިވާ މަސްލަތަކަކީ ކެއުން ބުއިމުގެ ނުރަގަޅު އާދާ ކާދާއިގެ ސަބަބުން ދިމާވާ މަސްސަލަތައް ކަމަށްވީ ހިނދު، ސިއްހީ މަސްސަލަތައް ޢާންމުންގެ ސަމާލުކަމަށް ގެނައުމަށް އެއްމެ ފުރަތަމަ ވާހަކަ ދައްކަވާނީ ހެލްތުމިނިސްޓަރު، ޑޮކްޓަރުން ނުވަތަ ދީނީ ޢިލްމުވެރީން، މިބޭފުޅުންގެ ކިބާގައި މިސިފަތަށް ހުރުމުގެ ސަބަބުން މިވާހަކަތަށް ޢާއްމުންނާއި ހަމައަށް ގެނައުމަކީ އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެން ލަދުވެތި، ހަމަ އެހާމެ އުނދަގޫކަމެއް

The name is already taken The name is available. Register?

ވޮޗްޑޯގް

13 November 2016

"43 ޕަސެންޓު ދަރިވަރުންނަށް ލޭ މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ އިރު 36.5 ޕަސެންޓުގެ ދަރިވަރުންގެ ހަކުރުބަލި ހުންނަކަމަށް ފާހަގަ ކުރެވެ އެވެ. އެސްމާގެ މައްސަލަ ދިމާވަނީ މި ސާވޭގައި ބައިވެރިވި 22.9 ޕަސެންޓުގެ ދަރިވަރުންނަށެވެ." މަ ހަމަ ހައިރާންވެ އަންތަރީސްވެއްޖެ... މީ ރަނގަޅު ސާވޭއެއް ކަމަށް ވެއްޖެއްޔާ ގައުމުގެ މުސްތަގުބަލުގެ ދަރިންގެ ސިއްހަތާ މެދު އިންތިހާއަށް ކަންބޮޑުވާން ޖެހޭ. ސާވޭކުރަނީ ކަންކަން އިސްލާހުކުރަން އެހެންވީމާ އަވަހަށް އިސްލާހުކުރަން ސިއްހީ ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން މަސައްކަތްކުރަންވެއްޖެ.

The name is already taken The name is available. Register?

ދުކްތޫރު

13 November 2016

މިކަންކަން އިސްލާހު ކުރެވޭނީ މައިން ބަފައިންނަށް. ޚާއްޞޮކޮށް މުއްސަނދިންނަށް. ކުދިންގެ އިންތޯލަށްވެސް ދެނީ އެނަޖީޑްރިންކާއި ލުއިކާނާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454