ޕީޕީއެމް ޖޫރިމަނާކުރަނީ އަޑު ކަނޑުވާލުމުގެ ބޭނުމުގައިތޯ ސުވާލު އުފެދޭ ކަމަށް އެ ޕާޓީގެ އެސްޖީ ތޮލާލް ވިދާޅުވި.
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ: އިދިކޮޅު ޕީޕީއެމް 75،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައި --- މިހާރު ފޮޓޯ: ނިޝާން އަލީ
18 މާޗް 2021 - 23:42
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު ޕީޕީއެމް އަނެއްކާވެސް 75،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ވަނީ ޕީޕީއެމާއި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީ ޖޫރިމަނާކޮށްފަ އެވެ. އެ ފަހަރު ކޮންމެ ޕާޓީއެއް ޖޫރިމަނާކުރީ 25،000ރ. އިންނެވެ. އޭގެ ކުރިން މިދިޔަ އަހަރު މާލޭގައި ބޭއްވި ވެހިކަލް ބުރަކާ ގުޅިގެން ވެސް އެ ޕާޓީ 75،000ރ. އިން ޖޫރިމަނާކުރި އެވެ.
މި ފަހަރު ޕީޕީއެމް ޖޫރިމަނާކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޖަވާބުދާރީވުމުގެ ގޮތުން ޕީޕީއެމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް އެ ކޮމިޝަނުން ބަލައިނުގަތުމަށް ނިންމައި، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވުމުން އެ ޕާޓީ 75،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލު މިރޭ ވިދާޅުވީ، އެ ޕާޓީ މި ފަހަރު ޖޫރިމަނާކުރިކަން އީސީން ރަސްމީކޮށް ނާންގާ ކަމަށެވެ.
"ޖޫރިމަނާކުރިކަން އެނގިގެން މިދިޔައީ އީސީގެ ރައީސްގެ ޓުވީޓަކުން،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބާރު ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭއިރު، އިދިކޮޅުން އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ކޮންމެ ދުވަހަކު ޖޫރިމަނާކުރާ ކަމަށެވެ. އަދި ޕީޕީއެމް ވެސް ކޮންމެ ހަފުތާއަކު ޖޫރިމަނާކުރާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
"ދައުލަތުގެ ހުރިހާ މުއައްސަސާއެއް ނުކުމެ މިތިބީ ވާދަވެރި ސިޔާސީ ފަރާތްތަކާއި ވާދަވެރި ސިޔާސީ ޕާޓީތައް ޖޫރިމަނާ ކޮށްގެން އަޑު ކަނޑުވާލުމަށް ފޫގަޅައިގެންތޯ،" ތޮލާލް ކަންބޮޑުވުމާ އެކު ސުވާލު ކުރެއްވި އެވެ.
PPM in javaabdhaaree vumuge gothun hushaelhi hushaelhun EC in gabool nukoh, siyaasee party thakuge gaanoon aa khilaaf vefai vaathee 75000 mvr in vanee jurimanaa kohfa
— Ahmed Shareef (@ShareefRangondi) March 18, 2021
އީސީ ޝަރީފްގެ ޓްވީޓް
އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފް އެއްވުންތަކެއް ކަމަށް ބުނެ އެ އެއްވުންތައް ހުއްޓުވައި، ފުލުހުން ގެންދަނީ ވަކިވަކި މީހުން ވެސް ޖޫރިމަނާ ކުރަމުންނެވެ. އަދި އެ ކޯލިޝަންގެ ބައެއް ބޭފުޅުން ހައްޔަރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާން
19 March 2021
ކަލޯމެން ގެ ޕާޓީ ނޫން އެހެން ހުރިހާ ޕާޓީއެއް އުވާލަން ވީނުން.
އަހުމަދުބޭ
19 March 2021
ތިހެން ކޮއްްލައި 75 ރުފިޔާއަކުން ތިޔަނެރެން ބޭނުންވާ ނަތީޖައި އެއްނުލިބޭނެ، މިލިއަނުން ޖުރިމަނާ ކޮއްގެންވެސް މިދުވަސްކޮޅު މުޒާހަރާތަށް އެބަޖެހޭ ހުއްޓުވަން، މިބަލިމަދުކަމުގައި އަބަދަކު ނުރިބެވޭ ނިކަން ކެރިގެން ނޭވައި ނުލެވޭވަރަށް ޖޫރިމަނާކޮށް އަދި ޖުރިމަނާ ނުދައްކަނީސް އިސީ އެއްވެސް ކަމެއް ނުކުރެވޭގޮތް ހަދާބަލަ އޭރުން ތިމާމެން އޭރު ހެދިގާނޫނުން ތިމާމެން ކަރަށް މަޅި ފެތޭނީ
އައްޔަ ބޮޑޭ
19 March 2021
އަމިއްލަ އައް ޖެހިމަޅި މިހާރު ތިފެތެނީ ބޮލައް! ސާބަހޭ ޝަރީފު !ސަރީފަކީ ވަކިކޮޅަކައް ނުޖެހި ބަރާބަރައް ހުންނަ މީހެއް ކުރަންޖެހިއްޖިއްޔަ މަންމަ ވެސްޖޫރިމަނާކުރާނެ!
ނެކްސްޓް
19 March 2021
ހެޗްޕީއޭ ގެ ގައިޑްލަންއާ ޚިލާފުވިކަމަށް ބުނެ މިހެން ލިޔެފަ މިއޮތީ ޚިލަފުނިވަނީސްތަ؟
ކަންވަޅު
19 March 2021
ކޯލިޝަން ޕާޓީތޯ ނުވަތަ ބައިވެރިޔަކު ނުވާނެތީ ޕާޓީ ދެފަޅިކޮށް ކުދިކޮށް އުފެންތި ޕާޓީ ތޯ މިކަމުންވެސް އެނގެނީ ޕީ ޕީ އެމް ގެ ނާޤާބިލުކަމާއި ދޯހަޅިކަމާއި ފިޑިކަމާއި މަކަރުވެރިކަށް.
ޢަންދުން÷ޕެޑުމޭން
19 March 2021
ޢީސީ ޝަރީފް ޖޫރީމަނާ ކުރާދުވެހެއްވެސް އޮންނާނެ އެދުވަހުބުނާނީ މައެމީހުން ޖޫރީމަނާ ކުރީ އަންނިބުނެގެންނޭ ނުހިގާނެ އެދުވަހަކުން
އަރުތަ
19 March 2021
"ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބާރު ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭއިރު، އިދިކޮޅުން އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ކޮންމެ ދުވަހަކު ޖޫރިމަނާކުރާ ކަމަށެވެ". ސިޔާސީ ހަރަކާތްތައް ހިންގަން ހުއްދަ އޮތީ ހަމަ އެކަނި ކާނިވާ ސަރަހައްދުގަ، މަގުތަކުގަ މުޒާހަރާކުރީމަ އާއްމުރައްޔިތުންނަށް އުނދަގޫވާތީ އެގޮތަށް އެއްވެއުޅުމުގެ ޤާނޫނަށް އިސްލާހު ގެނައީ ތަމެންގެ ވެރިކަމުގަ ނޫންބާ! ދެން މިހާރު ތިގޮވަނީކޮސް.
އަހުމަދުއާ
19 March 2021
އަދުރޭމެން މާލެއިން ބޮޑެތި ގޯތި އެބަހުރި. ތީ ކޯޗެއް
އީސީސުމެއް
19 March 2021
ޝަރީފްމެން އިސްތިއުފާދޭން ވެއްޖެނޫންތޯ....އިންތިހާޔައް ކޮރަޕްޓްކަމަށް ރައްޔިތުންދެކެނީ....ދައްކަވަންހުރި ތަނެއް ދައްކަވާނެ.
އަލީ2
19 March 2021
ފައިސާ އޮންނާނެ ވާވަރަށް އެވެރިން އަތުގައި. މިކަހަލަ ގޮތަކަށް ހޯދޭނީ..