ބަޔަކު ޓީވީ ކުރިމަތީގައި ފޯނާއި ލެޕާ ކުޅެނީ.
23 މާޗް 2021 - 07:45
އެންމެ މިނިޓަކަށް ވެސް މިހާރު ސްމާޓްފޯނާއި ޓީވީ ފަދަ ވަސީލަތަކާ ނުލައި އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު ޗެލެންޖެއްގެ ގޮތުގައި އެއް ދުވަހަށް އެ އެއްޗިއްސާ ދުރުވެވިދާނެ ހެއްޔެވެ؟ އެ ހިތްވަރު އޮތް ކަމަށްވާ ވަނަ މިއޮތީ 2،400 ޑޮލަރު ހޯދުމުގެ ފުރުސަތެކެވެ.
ރިވިއު.އޯގް އިން ހޯމް ސާވިސެސް އާއި ޕްރޮޑަކްޓްކާ ގުޅޭ ޓެސްޓަކަށް އެތަނުން ހުޅުވާލާފައި މި ވަނީ 24 ގަޑިއިރުގެ "ޑިޖިޓަލް ޑިޓޮކްސް ޗެލެންޖް" އެކެވެ. ކުރަން ޖެހޭނެ ކަމަކީ ފޯނާއި ޓީވީ އާއި ކޮމްޕިޓަރު އަދި ގޭމިން ކޮންސޯލް ފަދަ ޑިވައިސްތަކާ ނުލައި އެއް ދުވަސް ހޭދަކުރުމެވެ.
އިނާމަކަށް 2،400 ޑޮލަރާ އެކު ޓެކް-ސަވައިވަލް ކިޓެއް ލިބޭނެ އެވެ. އެއީ އެމެޒޯން ގިފްޓް ކާޑެއްގެ ގޮތުގަ އެވެ. ސްކްރީންތަކާ ނުލައި ހޭދަކުރާ ވަގުތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ޓައިޕްރައިޓަރާއި ބޯޑް ގޭމްސް އާއި ލިޔާ ސާމާނާއި އެބަކަސް އާއި ކިޔާނެ ފޮތާއި ކުރަހާ ސަމާނު ފަދަ ތަކެތި ގިފްޓް ކާޑް މެދުވެރިކޮށް ހޯދޭނެ އެވެ.
If you went tech-free for a full 24 hrs, what would be the hardest thing for you to give up?
— Reviews.org (@reviews_org) March 9, 2021
Cast your vote and don’t forget to apply for a chance to get paid $2,400 to digitally detox for 24 hrs: https://t.co/xS2KDV52fm#DigitalDetoxChallenge pic.twitter.com/eT8bYCF0Ow
"އެހެންވީމަ މިއީ ރަނގަޅު އިނާމެއް ހޯދަން ވެސް ރަނުގެ ފުރުސަތަކަށްވާނެ." ރިވިއު.އޯގްގެ ވެބްސައިޓްގައި ބުންޏެވެ.
ސައުވީސް ގަޑިއިރުގެ "ޑިޖިޓަލް ޑިޓޮކްސް ޗެލެންޖް" 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭނެ އެވެ. ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ ހުކުރު ދުވަހެވެ.
Hey you! Yeah, you, the one scrolling through social media...again!
— Reviews.org (@reviews_org) March 8, 2021
We’re teaming up with @rev_aus to pay one person in the US and one in AUS $2,400 each to complete a 24 hour #DigitalDetoxChallenge! Think you can unplug for a full day? Apply here: https://t.co/xS2KDV52fm pic.twitter.com/UtSSt6ujau
ރިވިއު-އޯގް އިން ބުނިގޮތުގައި މި ޗެލެންޖުގެ މައިގަނޑު އެއް މަގުސަދަކީ ސްކްރީނަށް ދެވިހިފައިވާ މައްސަލަ ވަރަށް ބޮޑުވެފައިވާތީ އެކަމާ ގުޅޭ ގޮތުން އިތުރު ހޯދުންތަކެއް ހޯދުމެވެ. އެތަނުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ކޮންމެ ހަތަރު މީހަކުން ތިން މީހުންނަކީ ސްކްރީން އެޑިކްޓެކެވެ. އަދި ގިނަ މީހުންނަކީ ކޮންމެ ނުވަ މިނިޓަކުން އެ މީހުންގެ ފޯނު ހާވާ ބައެކެވެ. އެއީ ދުވާލެއްގެ ނިސްބަތުން ބަލާ ނަމަ 160 ފަހަރު އެވެ.
މީގެ އިތުރުން ގިނަ މީހުންނަކީ ހަފުތާއެއްގެ ތެރޭގައި އެވްރެޖްކޮށް 56 ގަޑިއިރާއި 42 މިނިޓަށް ޓީވީ ސްކްރީންތަކުގެ ކުރިމތީގައި ވަގުތު ހޭދަކުރާ މީހުންނެވެ.
"އެހެންވީމަ މިއީ ސްކްރީން އެޑިކްޝަނުން ސަލާމަތްވުމަށް ހިތްވަރު ވެސް ލިބޭނެ ކަމަކަށް ވާނެ،" ރިވިއު.އޯގް އިން ބުންޏެވެ. "އަދި މިއީ ޓެކްނޮލޮޖީ އަށް ލޯބިކުރާ އެކަމަކު ޓެކްނޮލޮޖީ ގުރުބާން ކުރަން ޖެހިދާނެ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރުވާން އެހީއަކަށް ވާނެ."
ޗެލެންޖް ކާމިޔާބުކުރާ މީހަކަށް "2021 ޑިޖިޓަލް ޑިޓޮކްސް ޗެލެންޖާ" ގެ ސެޓްފިކެޓް ވެސް ލިބޭނެ އެވެ. ޗެލެންޖް ކާމިޔާބުކުރާ މީހަކު އިއުލާންކުރާނީ މި މަހުގެ 29 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy