ޚަބަރު / ދިވެހި ބަސް

"މިހާރު"ގެ ރިޕޯޓާ އެކު ތިކިޖެހި ތާނައިގެ ބަހުސް މުޅި ރާއްޖޭގައި!

ދިވެހި ބަހުގެ މާދަރީ ބަހުސް ސްކޫލެއްގައި ފާހަގަކުރަނީ: ދިވެހި ބަހުގެ މައްސަލައެއްގައި ފަހަކަށް އައިސް ނުހިނގާވަރުގެ ބޮޑު ބަހުސެއް ތިކިޖެހި ތާނައިގެ މައްސަލައިގައި ވަނީ ހިނގަން ފަށައިފައި -- ފައިލް ފޮޓޯ: މިހާރު

25 މާޗް 2021 - 09:18

91 comments

ތިކިޖެހި ތާނައާ ބެހޭ ގޮތުން "މިހާރު" ނޫހުގައި އާދިއްތަ ދުވަހު ޝާއިއުކުރި ރިޕޯޓް މުޅި ރާއްޖޭގައި ވަރަށް ބަހުސަކަށްވެ، އާންމުންގެ އެތައް ބަޔަކު ހިޔާލުފާޅުކޮށްފި އެވެ.

"ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟" ސުރުހީގެ ދަށުން "މިހާރު"ގައި ޝާއިއުކުރި ރިޕޯޓަށް އައި އެތައް ސަތޭކަ ކޮމެންޓުގެ ތެރެއިން 200 އަށް ވުރެ ގިނަ ކޮމެންޓް ވަނީ ޖަހައިފަ އެވެ. ޓްވިޓާ އާއި ފޭސްބުކްގައި ވެސް އެތައް ބަޔަކު އެ ރިޕޯޓް ޝެއާކޮށް އެތައް ސަތޭކަ ބަޔަކު ވަނީ ކޮމެންޓްކޮށްފަ އެވެ. އަދި ހަމައެހެންމެ، ދިވެހި ބަހާ ބެހޭ ގޮތުން އެންމެ ބޮޑު ބަހުސެއް ހިނގާ ސޯޝަލް މީޑިއާ ގްރޫޕެއް ކަމަށް ވާ "ބަސް ޖަގަހަ"ގައި އެކަން ވަރަށް ބޮޑު މައުލޫއަކަށްވެ، 500 އަށް ވުރެ ގިނަ ކޮމެންޓް އެ ރިޕޯޓަށް ލިބުނެވެ.

"މިހާރު"ގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު ލިއުއްވި ރިޕޯޓް ބިނާކުރެއްވީ ވެސް "ބަސް ޖަގަހަ"އިގައި ފުރަތަމަ އުފެދުނު ބަހުސަށެވެ.

Thiki jehi thaana uvaalan thaaeedhu tha?

Thiki jehi thaana uvaalan thaaeedhu tha?

The most trusted news source in the Maldives

Mihaaru

ތިކިޖެހި ތާނައާ ބެހޭ ގޮތުން "މިހާރު" ގައި ޖެހި އާޓިކަލް

"މި ޕޭޖް އުފަންވިތާ މިހާރު މިވީ ހަ އަހަރު. ތިކި ޖެހި ތާނައިގެ ބަހުސަކީ މި ޕޭޖްގެ ތާރީހުގައި ވެސް ނުހިނގާވަރުގެ ފުޅާ ބަހުސެއް. އަޅުގަނޑު އުފާކުރާ ކަމަކީ އަޅުގަނޑުމެން ހީވެސް ނުކުރާ ބޭފުޅުން މި ބަހުސްގައި ބައިވެރިވެވަޑައިގެން ޚިޔާލު ފާޅުކުރެއްވިކަން،" ގާތްގަނޑަކަށް 17،000 މީހުން ހިމެނޭ އެ ޕޭޖްގެ އެޑްމިންގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"ތިކިޖެހި ތާނައިގެ ބަހުސް އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިނގާ. އެކަން އެހެން އޮއްވާ ވަރަށް ފަހުން މިކަން ވަރަށް ހޫނު ބަހުސަކަށް ވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ވަކި ގޮތަކަށް ބައެއްގެ ވިސްނުން ހިންގުވަން ކުރާ ކަމެއް ނޫން. ބޭނުމަކީ މިކަމާ ދޭތެރޭ ވެސް ވިސްނާލުން. ބަހުސް ކުރުން."

ބަހުސްގެ މައިގަނޑަކީ ތިކި ޖެހިތާނަ އުވާލަންވީތޯ އާއި ނުވަތަ ނޫންތޯ އެވެ. ތިކި ޖެހި ތާނަ އުވާލަން ބައެއް މީހުން ތާއީދުކުރާއިރު، އަނެއް ބަޔަކު އެކަމަކަށް ތާއީދެއް ނުކުރެ އެވެ. ގިނަ މީހުން ފާޅުކުރަނީ ތާއީދު ކުރާ ސަބަބާއި ތާއީދު ނުކުރާ ސަބަބެވެ.

"މިހާރު"ގެ ރިޕޯޓަށް ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ވަރަށް އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ބައެއް ބޭފުޅުން ވަނީ ސޯޝަލް މީޑިއާގައި މިކަމާ ބެހޭ ގޮތުން ތަފާތު ސްޓޭޓަސްތައް ވެސް ލިޔުއްވައިފަ އެވެ.

"މިހާރު"ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވީ ތިކިޖެހި ތާނައަކީ އޭނާގެ ނޫސްވެރިކަން މީގެ 30 އަހަރު ކުރިން ފެށި އިރު ވެސް ބައެއް މީހުންގެ މެދުގައި އޮތް މައުލޫއެއް ކަމަށެވެ. އަދި އޭރުގެ "ހަވީރު"ގައި މަސައްކަތްކުރި ޒުވާން ނޫސްވެރިން ބައެއް އަކުރުތަކުގައި ތިކި ނުޖަހާ ގޮތަށް ލިއުންތައް ބައްޓަން ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތަށް އޭރު އަޅުގަނޑުމެން ހެދީ، މިސާލަކަށް ދިވެހި ބަހުގެ ލަފުޒަކަށް އަރަބި ލަޒުފެއް ވީމާ އެ ދެން ނުޖެހެއޭ ކޮންމެހެން އަރަބިން ކިޔާ ގޮތަށް އޮންނާކަށް. ދިވެހިން ކިޔެން ޖެހޭނެއޭ އެކަމަށް ވަކި ހާއްސަ އަކުރުތަކެއް ނުހަދައި،" މޫސަ ވިދާޅުވި އެވެ.

އޭނާ އޭގެ އަނެއް މިސާލު ދައްކަވަމުން ނެންގެވީ "ގައުމު" މި ލަފުޒެވެ. ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް "ގައުމު" ކިޔާނީ އަަރަބީގައި އޮންނަ "ޤ"ގެ އަޑު ނެތި ސީދާ ދިވެހީގެ "ގ"ގެ އަޑުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު ވެސް އެކަން ކުރީ ހިނގާށޭ ދިވެހި ބަސް ދިވެހިކުރަން. ދިވެހި ބަސް އަރަބިކުރާކަށް، އުރުދޫ ކުރާކަށް، ނޫނީ ފާރިސީކުރާކަށް ނުޖެހެއޭ، އޭރު އަޅުގަނޑުމެން ކަހަލަ ޒުވާން ލިއުންތެރިން ވިސްނީ،" މޫސަ ވިދާޅުވި އެވެ.

"މިހާރު"ގެ ރިޕޯޓާ މެދު އޭނާ ވިދާޅުވީ "އެއީ ވަރަށް މުހިންމު ބަހުސެއް" ކަމަށެވެ. ދިވެހިވަންތަކަމާ ގުޅޭ، ދިވެހި ބަސް ކަހަލަ ބޮޑު ކަމެއްގައި އާންމު ރައްޔިތުން ތަފާތު ހިޔާލުތައް ފާޅުކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރަައްވަ އެވެ.

"މިކަހަލަ ބަހުސްތަކަކަކީ އެއްވެސް މީހަކު ރުޅިއަންނަން ޖެހޭ ކަމެއް ނޫން. ޒަމާން ބަދަލުވެއްޖެ. ކިޔަވާކުދިންގެ ވިސްނުން ބަދަލުވެއްޖެ. ހީނުކުރާ ކަންކަން އެބަ ތައާރަފުވޭ. އެހެންވީމާ ބަހަށް ވެސް ބަދަލު އަންނާނެ،" މޫސަ ވިދާޅުވި އެވެ.

"ވަރަށް ހިތްހަމަޖެހޭ އިސްމާއިލް ކަހަލަ އިސް ލިއުންތެރިޔަކު ކިއުންތެރިންނާ ހަމައަށް އެ މައުލޫއު ގެނެސްދިނީމާ. މިހާ ވަރަށް ކޮމެންޓް ލިބުނު ރިޕޯޓެއް އަދި ނުދެކެން، މި ދެންނެވީ އަޅުގަނޑުމެންގެ ނޫހަށް އައި ކޮމެންޓްތައް އެކަންޏެއް ނޫން، މުޅި ސޯޝަލް މީޑިއާގައި ފާޅުކުރި ކޮމެންޓްތައް ލައިގެން."

91 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 9%
icon angry icon angry 52%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު

26 October 2023

ތިކިޖެހި ތާނަ އުވާލުމަށް ތިޔަ ކިޔަނީ އެހެންވެއްޖެނަމަ ގުރޭޑް 1 އިން 10 އަށް ދިވެހި ކިޔަވައިދޭ އިރު ތިކިޖެހި ތާނައިގެ ބަދަލުގައި ޢަރަބި އަކުރުތައް ބޭނުންކޮށްގެން ކިޔަވައިދީ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި އަރަބި ބަހުން ދިވެހި ބަހަށް ވަދެފައި ވާ ލަފުޒުތައް އަރަބި އަކުރުން ލިޔެގެން ނެރޭ.

The name is already taken The name is available. Register?

އުންސުރު ޝަމީމު

28 March 2021

ވާހަކަ މައިތިރިވެއްޖެހެން ހީވީމަ އަލުންބަލުން އާ ސުރުޚީއެއް އެޅީ؟ ނޫނޭވާ ފޯރިހުރި ނޫހެއް މީ.

The name is already taken The name is available. Register?

ބޭހޮއްކޮ

25 March 2021

ގަމާރުންނަށް ބުނެދިނަސް ނޭނގޭނެއެވެ. ހިސާބަށްވުރެ ގަމާރުކަމުން ވާނުވާ ނޭނގޭތީ ތިއްކަކާހެދި މަރުދަންޖެހިގެން ދުވާލަކު އާގޮތަކަށް ލިޔަނީއެވެ. ލިޔަންކިޔަން ނުދަން މީހުންނަށް އޮތީ ދަސްކުރުންކަންވެސް ގަމާރުންނަށް ނޭނގެނީއެވެ.

The name is already taken The name is available. Register?

ހށނ

25 March 2021

ފލވސ ނޖހވ! ފސހ ގތ ފސހ!

The name is already taken The name is available. Register?

ސަންޖޫ ބާއީ

25 March 2021

ވަރަށް މޮޅު ކޮމެންޓެއް.

The name is already taken The name is available. Register?

ޢރބ

25 March 2021

ނޭންގެ ކިޔާކަށް. އެހެން މާނައެއްވެސް ކިއިދާނެ.

The name is already taken The name is available. Register?

ފިލި

26 March 2021

ފިލިވެސް ނާޖިހެވެ. ފަސޭހަ ގިތި ފަސޭހަ! އެހެން ނޫންނަަމަ ފިލިވެސް ނަޖިހެވެ. ފަސޭހަ ގޯތި ފަސޭހަ! އެހެން ނޫންނަމަ ފިލާވެސް ނަޖިހެވެ. ފަސޭހަ ގޮތް ފަސޭހަ!

The name is already taken The name is available. Register?

ކޮންކަމެއް

25 March 2021

ޚަބަރުލިޔެފަ ޚަބަރުލިޔުނު ކަމުގެ ޚަބަރުވެސް ލިޔަނީތަ. ނޫސްވެރިން އަބަދުވެސް މިއޮންނަނީ މަމޮޅުހެދިގެން ތިމާމެންވަރު ބައެއް ނެތްކަން ދެއްކުން. މާވަރުގަދަ ރިޕޯރޓެއް ލިޔެވިގެން ކްރެޑިޓުނަގަން ޚަބަރު ނުލިޔެ މިބަހުސްއާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް އިތުރު ލިޔުމެއް ގެނައިނަމަ ނޫސްކިޔާ މީހުންނަށް މާފައިދާކުރީސް

The name is already taken The name is available. Register?

އަހައްމަދަ

25 March 2021

މައުލޫއު - މި ލަފުޒުގެ ފަހަތަށް ކީއްކުރަން ގެނައި ބޭކާރު އަލިފެއް ހެއްޔެ؟ ސޯޝަލް މީޑިއާ - ދިވެހިކޮށްލަން ސޯސަލް މީޑިއާ ނުލިޔުނީ ކީއްވެބާ؟ ނޫނީ ކިޔައިލަން ފަސޭހަ ދިވެހި ބަހެއް ހަދައި އާއްމުވެފައި ވަނިކޮށް "ސޯޝަލް މީޑީއާ" ލިޔުނީ ކީއްވެބާ؟

The name is already taken The name is available. Register?

އުޅޭގޮތެއް

25 March 2021

ބަހަކީ ކޮން އެއްޗެއްކަން ނޭނގޭ ޖާހިލުން ބުނާނެ އުވައިލަން. ދައްކަނީވެސް ތާކުން ތާކުން ނުޖެހޭ މިސާލު.

The name is already taken The name is available. Register?

ސައްދާމު

25 March 2021

ތިކިޖެހި ތާނަ އުވާލަން ވަރަށް ފެނޭ! އަދި ދިވެހި ލިއުމުގައި ބޭނުންކުރާ އަލިފު ސުކުން "އް" ވެސް އުވާލަންވީ! އަލިފު ސުކުނުގެ ބަދަލުގައި އަރަބި އަކުރުގައި ބޭނުންކުރާ ތަސްޖީދު ބޭނުން ކުރަން ފަށަންވީ. އޭރުން ނޫސް ތަކުގައި ލިޔާ އާޓިކަލް ތަކުގެ ބައެއް ސަލާމަތް ކުރެވުނީނޫންތޯ؟ "މައްޔާ، ހައްޓި، ދުއްރަ" ފަދަ ނަން ތަކުގެ އަލިފު ސުކުން ކަނޑާލުމަށްފަހު، މައްޔާ ގެ ޔާ އާއި ފިއްޔާއި ދޭތެރޭގައި ތަސްޖީދު ޖަހާގޮތަށް ބަދަލު ކޮށްލަންވީ.

The name is already taken The name is available. Register?

މޮޑަފްް

25 March 2021

ތިކިޖެހި ތާނައޭ ކިޔާފަ ހަޅޭއްލަވާ ގިނަ މީހުންނަކަށް ނޭނގޭ އެއީ ކިހިނެއްވާ އެއްޗެއް ކަމެއްވެސް. މިހުރިހާ ދުވަހު ތިކިޔާ މިހާރު ނޫހާ ހަވީރު ނޫސްވެސް ތިކީ ތިބުނާ ތިކިޖެހި ތާނަޔާ ނުލާ. ޢޭގެ މާނައަކީ ހުރިހާ އަކުރެއްނޫން. މިސާލަކަށް ޝީލާއަށް ސީލާއެކޭ ނުލިޔޭ. ޚަބަރަށް ހަބަރެކޭ ނުލިޔޭ. އެހެނެއްނޫން. ގާނުނު ނުވަތަ ގައުމު ލިޔާއިރު ޤ ނުލިޔޭ. އެހެން ލިޔުނަސަ ކިޔާ މީހާ ނުކިޔާނެ އަރަބި މަޚްރަޖުން ޤައުމެކޭ. އަނެއްކޮޅުން މިފަދަ ބަސްތަކަކީ ދިވެހިވެފަ ހުރި ބަސްތައް

The name is already taken The name is available. Register?

ޑިޑިން

25 March 2021

އުވާލަންޔާމުން ދިވެހި ބަސް އެކީގައި އުވާލުން އަސްލު މައްސަލައެއްނެތް. އެކަމަކު ތިކިޖެހި ތާނަ އުވާލައިފިނަމަ ބައެއްބަސްބަސް ދޭހައެއްނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454