ރޭޕްއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާއެއްގައި މީހަކު އިހުތިޖާޖުކުރަނީ. ފައިލް ފޮޓޯ: އޭއެފްޕީ
24 މާޗް 2021 - 21:20
އުތުރުގެ ރަށެއްގައި ގްރޫޕު ހަދައިގެން ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ރަށުގެ ޕޮލިސް ސްޓޭޝަން ދޮށުގައި އާއްމުން މުޒާހަރާކުރަމުން އެބަގެންދެ އެވެ.
ރަށު މީހުން ނުރުހުން ފާޅުކުރަމުންދަނީ ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރާ ކަމަށް ބުނެ އެވެ. ފުލުހަކަށާއި ޓީޗަރަކަށް ވެސް ރަށު މީހުން އެ ތުހުމަތުކުރެ އެވެ.
ނ، ރ، ބ، އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާކަން ފުލުހުން ކަށަވަރުކޮށްދިނެވެ. ފުލުހުން ބުނިގޮތުގައި މި މަހު 3ގައި އެކަން ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހު 11ގަ އެވެ.
އެ ރަށުގެ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އާއްމުން ހިތްހަމަނުޖެހިގެން އުޅެނީ މައްސަލައިގެ ތަހުގީގު ލަސްވާތީ އާއި ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރާތީ އެވެ.
ފުލުހުން ބުނީ ޕޮލިސް ސްޓޭޝަން ކައިރި އަށް އެއްވެ އިހުތިޖާޖުކުރަމުންދާ މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
25 March 2021
ރޯޔަލް ރޭޕް ސަރުކާރަކުން ތިކަމަށް މާ ބޮޑު އެއްބާރުލުމެއް ނުލިބޭނެ
އަލމަނިކުގެ މުހައްމަދު
25 March 2021
ކީއްވެތަ އައްޑޫ ހައިސްކޫލްގެ ގްރޭޑް 11ގައި ކިޔަވަމުން ދިޔަ ދަރިވަރަކު ރޭޕްކުރި މީހާ މިނިސްޓްރި އޮފް އެޑީޔުކޭޝަންގެ ޕީއެސްގެ މަގާމުގައި ހުންނަންވީ!
މާލަސްވެއްޖެ!
25 March 2021
ކަން ހިނގިތާ 11 ދުވަސް ފަހުން ފުލުހަށް ރިޕޯރޓް ކުރުމަކީ ދެރަ ކަމެކެވެ. ފަހަރެއްގައި ރިޕޯރޓް ކުރުން ލަސްވީ ބެލެނިވެރިންނަށް ވެސް ލަހުން އެނގުނީމަ ކަމަށްވެދާނެ އެވެ. ނަމަވެސް ރޭޕްގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރުމުގެ ކުރިން ރޭޕްވި ކުއްޖާގެ މެޑިކަލް ހަދަންޖެހޭނެއެވެ. 11 ދުވަސްފަހުން ހެދޭ އެފަދަ މެޑިކަލް ރިޕޯރޓެއްގެ ނަތީޖާ އިން ބަޔަކު ހައްޔަރު ކުރެވޭނީ، ރޭޕްވި ކުއްޖާއަށް ވަރަށް ބޮޑެތި އަނިޔާ ލިބިފައި ވާނަމައެވެ. ތިއީ އުނދަގޫ ކަމަކަށް ވާނެއެވެ.
ފުރުޤާން ޢަލީ
25 March 2021
ތީ ރޭޕެއްނޫން، ތިއީ އިޖްތިމާއީ މައްސަލައެއް
މަޑުވައްރީ ކުއްޖާ
25 March 2021
އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕީޑް، މިކިހާ ދުވަހެއް ތިކަމެއް ރިޕޯޓް ކޮށްގެން އުޅޭތާ، ތިވަރުން ކިހިނެއް އިންސާފު ލިބެނީ، ހާދަ ލަހޭ ސަރުކާރުގެ ކަންތަތް ހިނގާ ގޮތް، ތިކަންވެސް ކަމަކަށް ވިއްްޔާ އޮންނާނީ އެޗް.ޕީ.އޭގެ ގައިޑު ލައިނުގެ ތެރެއިން ކޮށްފަ، އެހެންވީމަ ލުރާނެ ކަމެއް ނޯންނާނެ
ެިރާއްޖެތެރޭމީހާ
25 March 2021
ތިހުރިހާވެސް މައްސަލައަކީގާނޫނު އޮތްގޮތް 18 ނުވަންނާ ކޮންމެގޮތަކަސްއުޅުނަސް އެއީ ކުޑަަކުއްޖެއް 2 މީހުން ރައްޓެހި ވެގެން 2މީހުން ބޭނުންވެގެން ކުރާއިރު އޯކޭ އެކަމަކު މައްސަލަހަމަ ޖެހޭއިރަށް ވާނީރޭޕް އަކަށް މީމިރާއްޖޭގަ އާންމުކޮށް ހިގާފަހުރިކަންކަން އަދި މިހާރުވެސް ހިގަމުންދާކަންކަން
1234
25 March 2021
ކުޑަކުދިންނަށް ގޯނާކުރުމަކީވެސް ގޯހެއް، މުދަލާ ތަކެއްޗަށް ގެއްލުންދިނުމަކީވެސް ގޯކެއް؟
ނައިބު ތުއްތު
25 March 2021
ތިހުރިހައި ރަށެއްގެ ނަންނުލިޔެ ޖަހަންވީނު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ހިނގި ރޭޕެކޭ ....
ގިރާފް
25 March 2021
ހޯރައިއްބެއާއި ހަމައިން ސަރުކާރުގެ ސިޔާސަތު ބަދަލުވެއްޖެ..އަލީވަހީދުއަށްވެސް ލުއިދިނީ ގުޅިގެން.
ޝާމް
24 March 2021
ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތަކުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުން ސަލާމަތްކުރުމަށް ކޯޓުތަކާއި ޕޮލިހުންނަށް ނުފޫޒު ފޯރުވައިތޯ ބަލަން ސަރުކާރަށް ގޮވައިލަން. ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކަށް ސީދާ ސަރުކާރުން އެބަޖެހޭ ސިޓީ ފޮނުވައިގެން އެމީހުން ހިމާޔަތްކުރަން މަސައްކަތްކުރާ މުއައްސަސާތަކާއި މީހުން ހޯދައި ވަގުތުން އެމީހުން ހައްޔަރުކޮށް ފިޔަވަޅުއަޅަން. ކުދިންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކުރޭ!