ކެންޔާގެ އަންހެން މީހާ "މިހާރު"އާ ވާހަކަ ދައްކަނީ. --ފޮޓޯ/މިހާރު
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލައަކީ ކުޑަ ކަމެއްގެ ގޮތުގައި، ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދެއްކެވިއިރު، ވިކްޓިމް މަރާލާނެ ކަަމަށް ބިރުދައްކައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދަން މަސައްކަތްކުރި ކަމަށް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ މީގެ ކުރިން ވަކީލުންނާއި ފުލުހުން ވެސް ހާމަކޮށްފައިވާ ވާހަކަތަކެއް ނޫނެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވެފައި ވަނީ ސަފާރީ ކޭސް އަކީ އަޑު ފެތުރުނުހާ ބޮޑު ކަމެއް ނޫން ކަމަށެވެ. ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ، ތަހުގީގަށް ފަހު ދައުވާކުރަން ފޮނުވޭވަރަށް ކުރިއެރުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާ މައްސަލައިގައި، ޖިންސީ ގުނަވަނުގައި އަތްލައި، ގޯނާކުރަން އުޅުމުން ސަލާމަތް ހޯދަން މޫދަށް ފުންމާލި ކަމަށް ވިކްޓިމްގެ އިންޓަވިއުގައި ވެސް ބުނެފައި ވަނިކޮށެވެ.
އިމްރާންގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސްދެއްވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި، ވަކީލުން ވިދާޅުވެފައިވާ ގޮތުގައި، ކެންޔާގެ 27 އަހަރުގެ އަންހެން މީހާއަށް ސަފާރީގައި ކުރިމަތިވީ ކުޑަ ކަމެއްގެ ގޮތުގައި ވާހަކަ ދައްކާ ވަރަށް ވުރެން މާ ސީރިއަސް މައްސަލައެކެވެ.
ވަކީލުން ވިދާޅުވީ މި މައްސަލައިގައި ތަހުގީގަށް މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައި ވެސް އެ ފަރާތް މަރާލާނެ ކަމަށް ބިރު ދައްކައި އެ ފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެ ފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާ ކަން ހާމަވާން އޮތް ކަމަށެވެ.
"މި ހާދިސާއަކީ އާއްމު ޕަބްލިކް ތަނެއްގައި ހުރެފައި ވެސް ބައެއްގެ ތެރޭގައި ހުރެފައި ވެސް މީހަކު ކޮށްލެވިދާނެ ވަރުގެ ކަމެއް ކަމަށާއި އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނޭނގޭވަރުގެ ކަމެއް ހިނގާފައި އޮތީ ކަމަށް މި މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު ވިދާޅުވުމުން ހަމަ ގައިމުވެސް މިނިސްޓަ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައި އެވަނީ، މި މައްސަލައިގެ ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫން ކަން ފާހަގަކުރަމެވެ،" ވަކީލުންގެ ސިޓީގައި ވެ އެވެ.
ޖިންސީ ގޯނާގެ މައްސަލައާ ހެދި ވަޒީފާ ގެއްލި، ރާއްޖޭގައި އިތުރަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ކެންޔާއަށް ދިޔަ ވިކްޓިމްގެ ލޯޔަރުން ވިދާޅުވި ގޮތުގައި އެފަދަ ހައްސާސް މައްސަލައެއް އެއްވެސް ކަމަކަށް ނުވާ މޭރަމުން އިމްރާން ވާހަކަ ދެއްކެވީ، ކުށް މަދުކުރުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުން ކަން އެއްވެސް މިންވަރަކަށް ފެނިވަޑައިނުގަންނަވާތީ އެވެ.
ޖިންސީ ގޯނާގެ މި މައްސަލައިގައި ވިކްޓިމްގެ ބަޔާން ބަދަލުކުރަނީ ކަމުގެ ތުހުމަތާ އެކު ވަކީލުން މީގެ ކުރިން ވަނީ ވީޑިއޯއެއް އާއްމުކޮށް ފުލުހުންގެ ތަހުގީގާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ. އެ މައްސަލަ ބަލައިދޭން ފުލުހުންނާއި އިންޓަގްރިޓީ ކޮމިޝަންގައި ވެސް އެދިފައިވެ އެވެ.
ވިކްޓިމްގެ ވަކީލުން ކަމަށްވާ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީގެ ސިޓީގައި ވިދާޅުވި ގޮތުގައި ފުލުހުންގެ އިހުމާލު ބަލައިދޭން ހުށަހަޅައިފައިވާ ދަނޑިވަޅެއްގައި އިމްރާން ވާހަކަ ދެއްކެވީ އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް އަދި ތުހުމަތުކުރެވޭ މީހުން ކުށުގެ ޒިންމާއިން ބަރީއަވާގޮތަށެވެ. މިއީ، ހޯމް މިނިސްޓަރުގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ އަދި މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމާ މެދު ވެސް ޔަގީންކަން ގެއްލުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ އިމްރާން ވާހަކަ ދެއްކި ގޮތުން އެ މައްސަލަ އަދުލުވެރިކަމާ އެކު ތަހުގީގުކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރަކު ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ސަފާރީގައި އޭނަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމުގެ ތުހުމަތު ކުރެ އެވެ. ފުލުހުން މި ތުހުމަތު ވެސް ދޮގުކުރެ އެވެ.
ކެންޔާގެ އަންހެންމީހާ "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ "ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމާލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުނެފައިވެ އެވެ.
ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީ އަށް ދިޔައީ ޕާޓީކުރަން ކަމަށާއި ބަނގުރާ ބޭނުންކުރި ކަމަށް ވިކްޓިމް ބުނާއިރު، ސަފާރީގައި ތިބި މީހުން ބަނގުރަލަށް ޓެސްޓް ނުކުރީ ކީއްވެތޯ އެހުމުން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައި ވަނީ އެ މީހުން ތިބީ ބަނގުރާ ބޭނުންކޮށްގެން ކަމަށް އެ ސީނަށް ދިޔަ ފުލުހުންނަށް ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ފުލުހުންނަށް ހާދިސާ ރިޕޯޓްކުރިއިރު ވިކްޓިމްގެ ފަރާތުން ވެސް އެފަދަ ތުހުމަތެއް ނެތުމުން އެކަން ނުކުރީ ކަމަށް ވިދާޅުވި އެވެ. ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ސަފާރީ ކޭސްގެ ތަހުގީގުގައި ބަނގުރަލާ ގުޅުން ހުރި މައްސަލައެއް ފުލުހުން ނުބަލަ އެވެ.
ފުލުހުން ބުނެފައި ވަނީ ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ. މި މައްސަލައިގައި ފުލުހުން މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހުނެވެ. އެންއައިސީން ވެސް މައްސަލަ ބެލި ނަމަވެސް ފަހުން ތަފްސީލެއް އާއްމެއް ނުކުރެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފަލާ
26 October 2020
ޝޭޚް އިމްރާނޭ މިހާރަކު ނުކިޔޭނެ. ޝޭޚަކު ބުނަންވާ ކަހަލަ ވާހަކައެއް ނޫން އެ ބުނަނީކީ.
ޙިނި
25 October 2020
ތިމާގެ މީހެއްވީމަ މިއޮތީ އެބުނާ އެމޑީޕީ ތިލަފަތް ނުއަތައް ގޮއްސަ. ހޯރަ އިބެ ދޫކޮއްލުމުންވެސް ރައްރިތުންނައް މިކަން ވިސްނެންޖެހޭ
ސޭހު
25 October 2020
ސިޔާސީ ސޭހު ބުނީ ރިލުވާނު މައްސަލާގެ ހެކި އޭނައަތުގަ ހުރިވާހަކަ. ފަހުންބުނީ އެ ހެކިތައްވީ ފުލުހުން ގެންގޮސްފައޭ. ދެން މަރުކޮމިސަނުން އެކަން ބަލަންވީނުން. ސެހު އެދައްކާ ވާހަކަ އެއީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއްތޯ. ސިޔާސީ ސޭހު ކިޔަން ޖެހެނީ އޭނާ ޕޯޑިއަމް ތަކުގަ އެފަދަ ދިއުޅިއެއް ނުވާ ސިޔާސީ ވާހަކަ ދައްކާތީ..ތީ ދީނީ ސޭހެއްތަ.ނޫނީ ސިޔާސީ ސޭހެއްތަ.ރައްޔިތުން ގޮތެއް ނިންމާނީ.
ގެދޮރު ނެތް މާލޭމީހާ
25 October 2020
ލާރިޔާ ޖެހުނީމަ ވާނެ ހަ އެތި އިމްރާނަށްވެސް ވެ ނިމުނީ ތިޔަ. އިމްރާނުވެސް ފަހުން ބުނާނެ ތިމަންނަ ކަންތައް ކުރަންޖެހެނީ އަންގަވާ ގޮތަށޭ. އެއްވެސް އިޚްތިޔާރެއް ނެތޭ. ތިޔަފަަދަ ތަނެއްގަ ބޮޑުވެފަ ތިޔަ ހުންނަނީ ޞިރާތު މަގު އަމާން ކުރައްވަންތޯ?
ލިލޫ
25 October 2020
މަރުގެ އިންޒާރުދިނުމަކީ މާބޮޑު މަަައްސަލައެއް ކަމަށް ގަބޫލު ނުކުރާ ސަރކާރެއް ކަމަށް ވެދާނެ ދޯ...
ހިހޫ
26 October 2020
ޔާމީނު ސަރުކާރުގައި މަރުގެ އިންޒާރު މީހުންނަށް ލިބިގެން ކަމެއްނުކުރި ވާހަކަ ދެއްކި މީހުންނަށް މިހާރު އެކަން ހިނގީމަ ވަނީ އާދައިގެ ކަމަކަށް. އޭރު ޔާމީނު އެކަމާހުރެ ގޯސްވީ. އެކަމު މިހާރުގެ ވެރިން ހަމަ އެކަމާ ޖެހުނީމަ ރަގަޅު. މިއީ އެއްބަޔަކަށް ކަންކަން ފެންނަ ގޮތަކީ.
ކޮސްގޮވާ
25 October 2020
ވިކްޓިމްއަށް ބޭނުންވާ ފައިސާލިބުނީމާ އޭނާ ރާއްޖެދޫކޮށް ދިޔައީ. މިހާރު ދައްކަނީ ހަގީގަތާއި ހިލާފްވާހަކަ. އަދިވެސް ފައިސާހޯދަން. މިމައްސަލަ ބޮޑުކުރަނީ ނޫސްތަކުން. ތިނޫންކމަެއްގެ ވާހަކަ ދައްކަބަލަ.
ޖޮސްގޮވާ
26 October 2020
ކިހާ ފައިސާއެއްތަ އެ އަންހެން މީހާއަށް ދެން އިތުރަށް ލިބެނީ. އަޅެ ބުނެބަލަ. އޭނާއަށް އެވާހަކަ އެ ދެއްކެނީ ރާއްޖެ ދޫކޮށް ދިއައިމަ. އެހެންނޫންނަމަ އެވަރަށްވެސް އެވާހަކަ ނުދެއްކޭނެ.
ޙައްގު ތެދު
25 October 2020
މަރުގެ އިންޒާރަކީ ފުލުހުންނަށް އެއްވެސް އެއްޗެއް ނޫން. ޢަނިޔާ ލިބޭފަރާތައް އެއްވެސް ހި މާޔަތެއް ނެތް ތަނެއް. ޢަދުލު އިންސާފްނެތް ތަނެއް.
މުލޭ
25 October 2020
މީހުން ވެސް މަރަނީ ޢާންމުންގެ ތެރޭގައި. އެހެންވީމަ އެއީވެސް އާދައިގެ ކަމެއްތޯ؟
ޖީހާން
25 October 2020
މިހާރު ޖީހާނޭ ކިޔާތަ
މުލޭ
25 October 2020
ޖީހާނުގެ އަޑެއް ބަޑެއް ނީވޭ މިހާރު. ކުރިން ވަރަށް ހިއުމަންރައިޓްސް ވެގެން އުޅުއްވި ކަނބަލެއް. ކަމަކާ ޖެހުމުން ހަނުހުންނެވީ.
އީދުބެ
25 October 2020
ޖިންސީ އަނިޔާ ލިބުނީމަ އިންސާފު ހޯދަން ދާން ހުރި މީހާގެ ހާލަތު.