ޚަބަރު / ރައީސްގެ ލޯންޗުގެ ގޮވުން

ފިނިފެންމާ ލޯންޗްގެ މައްސަލަ: ތިހާމްގެ ޖަލު ހުކުމް ބާތިލް، އެމްއެންޑީއެފް އާއި ޕީޖީގެ އިހުމާލު އެބައޮތް

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ވަގުތު ނަގާފައިވާ ފޮޓޯއެއް: ހެކި ނައްތާލި ކަމަށް ބުނެ ސިފައިންގެ މީހަކު ޖަލަށްލި ހުކުމް ވަނީ ބާތިލް ކޮށްފައި

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގެ ހެކި ނައްތާލި ކަމަށް ބުނެ ސިފައިންގެ މީހެއްގެ ކަމަށް އަހުމަދު ތިހާމް ޖަލަށްލީ ގާނޫނާ ޚިލާފަަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ފިނިފެންމާ ލޯންޗްގައި ދަތުރު ކުރައްވަނިކޮށް ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ތަހުގީގީ އުސޫލުތަކާ ޚިލާފަށް ލޯންޗަށް އަރައި، އެތަނުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ ސ. ފޭދޫ ބުލްބުލާގޭ، ތިހާމްގެ އިތުރުން ދަފްތަރުު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް އަދި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް (ޕާޕާ) ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ޒަމީރާއި ފަޔާޒްގެ ޖަލު ހުކުމް ހައި ކޯޓުން 2019 ގައި ބާތިލް ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ. އޭރު އެ ތިން މީހުން ވެސް ތިބީ ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފަ އެވެ.

ތިހާމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހެއްކެއް ނައްތާލަން ނުވަތަ ބަދަލު ކުރަން ނުވަތަ ފޮރުވުމުގެ ގޮތުން ތިހާމް ކުރި އަމަލެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އަންގި ނުލައްވައި، ލޯންޗުގެ ތަންތަން ފާސް ކުރުމަކީ ހެކި ބަދަލުކުރުމުގެ އަމަލަކަށް ބެލިޔަސް، ކުށުގެ ނިޔަތް ދައުލަތަށް ބުނެ ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން ތިހާމް އެގޮތަށް އަމަލުކުރީ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، މީހަކު ހައްޔަރު ކުރަން ނުވަތަ މީހަކަށް ދައުވާއެއް ކުރަން ހުރަސް އެޅުމުގެ ގޮތުންކަން ދައުލަތަށް ބުނެ ދެވިފައިނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެމްއެންޑީއެފްގެ އިހުމާލު އެބައޮތް

ހުކުމުގައިވާ ގޮތުން ތިހާމް ލޯންޗަށް އެރީ އީއޯޑީ ޓީމުގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށް ވާއިރު، އެފަދަ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެމްއެންޑީއެފްގައި އޭރަކު ނެތެވެ. އައި އީއޯޑީ ޓީމުން އާންމުކޮށް ތަންތަން ފާސް ކުރާއިރު އަންގި ނުލައްވައި އެކަން ކުރާ ކަމަށް ހެކިން ބުނެފައި ވާއިރު، މިފަދަ ހާލަތްތަކުގައި ތަހުގީގީ އިދާރާތަކުގެ ދައުރާއި ސިފައިންގެ ދައުރު ބަޔާންކުރާ އުސޫލުތަކެއް އެމްއެންޑީއެފްގައި އޭރު ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، މިކަމުގައި އިހުމާލުވީ މަދު ބަޔަކު ކަމަށް ބުނެވެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"މި މައްސަލާގައި އަންޕްރޮފެޝަނަލްކޮށް އަމަލު ކޮށްފައިވަނީ އެންމެ މީހެއް ނުވަތަ ދެ މީހެއް ކަމަށް އަހަރެންނަށް ގަބޫލެއް ނުކުރެ އެވެ. ހެކިން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ބެލުމުން މިއީ މުޅި މުއައްސަސާއާ ހަމައިން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހަމަ މަގުން ކައްސާލައިގެން ހިިނގާފައިވާ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ." ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ލިޔުއްވި ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ގޮވާ ތަކެތި ފެނުމަކީ ރާއްޖޭގައި އާންމު ކަމަކަށް ނުވިޔަސް، އެފަދަ ތަންތަނުގެ ރައްކާތެރިކަން ސިފައިން ކަށަވަރުކޮށް، ހެކި ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފް އިން ވިސްނާފައިނުވާ ކަމަށެވެ. އަދި ފިނިފެންމާ ލޯންޗުން ސާމްޕަލް ނަގައިގެން ހުޅުލެއަށް ގެންދިޔައީ އެމްއެންޑީއެފްގައި އޭރު ގެންގުޅޭ އެކްސްޕްލޯސިވް ޑިޓެކްޓާ ހަލާކުވެފައި ހުރުމުން ކަމަށް ތިހާމްގެ ފަރާތުން ބުނާއިރު އެކަމަށް ދައުލަތުން އިންކާރު ނުކުރާ ކަމަށް ހުކުމުގައިވެ އެވެ.

އެ ސާމްޕަލްތައް ނަގައިގެން ދިޔައިރު އެކަން ސިފައިންގެ ވެރިން ހުއްޓުވާފައި ނުވާ ކަމަށާއި އެކަން މައްސަލައަކަށް ވެގެން ތިހާމްގެ ބަޔާނެއް ފުލުހުން ނެގީ އޭގެ މާ ފަހުން ޑިސެމްބަރު، 2015 ގައި ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޗެއިން އޮފް ކޮމާންޑަކީ ކުށުން ބަރީއަވާނެ ކަމެއް ނޫން

ތިހާމްގެ ފަރާތުން ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ބުނަމުން ދިޔައީ ލޯންޗުން ހެކި ގެންދިޔައީ އޭނާގެ އޭރުގެ ވެރިޔާ ފަޔާޒްގެ އަމުރަށް ކަމަށާއި އެހެންވެ، ޗެއިން އޮފް ކޮމާންޑްގެ ދިފާއުގެ ދަށުން އޭނާ ކުށްވެރި ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ސިފައިންގެ ވެރިންނަށް އަމުރު ކުރެވޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށްވާތީ އަމުރުތައް ތަންފީޒު ކުރާ ސިފައިން އަމުރަށް ތަބާވާން ޖެހޭނީ ވެސް ގާނޫނީ އިމުގެ ތެރެއިން ކުރާ އަމުރުތަކަށް ކަމަށެވެ. އަދި ޗެއިން އޮފް ކޮމާންޑްގެ ދިފާއުއަކީ ޣައިރު ގާނޫނީ އަމުރެއް ތަންފީޒުކުރާ ސިފައިން އެކަމުން ބަރީއަވާނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

"އޭނާ އެ އަމަލުކުރީ އޭނާގެ މައްޗަށް ތިބި ވެރިން އަންގައިގެން ކަމަށް ބުނުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުން ވެސް ބަލައިގަންނަ ދިފާއުއެއް ނޫނެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ޗެއިން އޮފް ކޮމާންޑްގެ ދިފާއުއަކީ ޖިނާއީ ކުށްތަކުން ބަރީއަވެވޭނެ ސަބަބެއް ކަމަށް ބަލަން ފަށައިފި ނަމަ، ސިފައިން ކުރާ ޖިނާއީ ކުށްތަކަށް އެ މީހުން ޒިންމާ ކުރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް، ހަނގުރާމައިގެ ހާލަތްތަކުގައި ސިފައިން ކުރާ ކުށްތަކަށް އެ މީހުން ޒިންމާ ކުރުވޭނެ ކަމަށާއި އަދި އެ މީހުންގެ ވެރިން ވެސް އެކަމަށް ޖަވާބުދާރީ ކުރުވޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ޕީޖީގެ ސްޓޭންޑް ބަދަލުވުމަކީ ކަންބޮޑުވާ ކަމެއް

ތިހާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓާއި ދަށު ކޯޓުގައި ދައުލަތުން ވަކާލާތު ކުރިޔަސް، ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ތިހާމްގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނެފައިވަނީ ތިހާމާ އެކު ޖަލަށްލި މޫސާ ޒަމީރު ކުށްވެރިނުވާ ކަމަށް ހައިި ކޯޓުން ނިންމާފައި އޮތުމާއި އެ ދެ މީހުންނަށް އަމުރުކުރި ފަޔާޒްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމާފައި އޮތުމުންނެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ތިހާމްގެ މައްސަލާގައި ދައުލަތުން ވިސްނުން ބަދަލުވި ގޮތް ހަމަނުޖެހޭ ކަމަށެވެ. އެގޮތުން ފަޔާޒަށް ތުހުމަތު ކުރި އަމަލާއި ތިހާމަށް ތުހުމަތު ކުރި އަމަލަކީ ތަފާތު ދެ ކަމެއް ކަމަށް ވާއިރު، ފަޔާޒްގެ މައްސަލާގައި ހައި ކޯޓުގެ ހުކުމް އައި ގޮތާއި މި މައްސަލައާ ގުޅޭ ގޮތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކި މަރުހަލާތަކުގައި ދައުލަތުގެ ވިސްނުން ބަދަލުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ނަހަމަ ގޮތުގައި ބާރުތައް ބޭނުން ކުރުމަކީ ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

"މީސްމީހުންގެ މައްޗަށް ދައުލަތުން ޖިިނާއީ ދައުވާކޮޮށް، ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރާ ފަހުން ދައުލަތުގެ ވާހަކަތައް ބަދަލުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އޭގެއިން ދޭހަވަނީ މީސްމީހުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމަނީ އެކަށީގެންވާ ވަރަށް މައްސަލަ ދިރާސާ ނުކޮށް ހައްގުތަކަށް ފަރުވާލެއް ނުބަހައްޓާ ކަމެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޒަމީރާއި ފަޔާޒްގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތަކަށް ނިންމުމަކީ ސުޕްރީމް ކޯޓުން އެ ނިންމުމާ އެއްގޮތަށް ތިހާމްގެ މައްސަލަ ނިންމަން ލާޒިމްވާނެ ސަބަބެއް ނޫނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ތިހާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

10 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާގުރެޓު

26 March 2021

ގައުމަށް ބޭރި އަރައިގެން އުޅުނު 5 އަހަރެއް ނިމިއެދިޔައީ، އެހެން ހުރެފަ އަންގިބުރިއެކޭ ކިޔާފަ އެއްބަޔަކު ހައްޔަރު، ފޯނޭކިޔާފަ އަނެއްބަޔަކު ހައްޔަރުކުރަމުން ދިޔައީ. ކިމްޖޮންއުން ހެދެން ދިމާކޮށްގެންއުޅުނީ.

The name is already taken The name is available. Register?

ތެޗަރ

26 March 2021

ރަގަޅަށް ހެދީ. ފޯނޭކިޔާފަ ހައްޔަރުކުރީ ކަމަކާ ނުލައެއް ނޫން. ހިތުގަ ޖެހިގެން އުޅުނު މަހުޖަނަށް ފައިދާކޮށްދޭތީ މިވެރިކަން އެ އޮންނަނީ.

The name is already taken The name is available. Register?

ކައްކާ

26 March 2021

ހީރޯޝީމާ މީހުން ކާރީ އަހާލަބަލަ އަންގި ލެއްވިއްޔޭ ކިޔާފަ އެރަށުން ފިންގާޕުރިންޓެއް ފެންނާނެތޯ. ބުރުސްލީ ފިލްމުތައް ބަލަބަލާފަ ޒާތްޒާތުގެ ކަރާޓީ ވާހަކަ އެންމެންވެސް މިދައްކަނީ.

The name is already taken The name is available. Register?

ދޮން ސަންފަ

25 March 2021

ތިހާމް މިއަދު ސަލާމަތް ވެވިދާނެ، މީތިހާމް މެންގެ ވެރިކަން ވިއްޔާ ،އެކަމަކު މަހުޝަރު ބިމުގަ ވަނެ ގޮތެއް ނޭގެ. ﷲ މޮޅަށް ދެނެވޮޑިގެން ވާނީ

The name is already taken The name is available. Register?

ފފފފފފދާތުން

26 March 2021

ﷲ ނަން ފުޅު ބޭނުންކުރާއިރު ހަގީގަތް ނޭގޭ ވާހަކަ ނުދެއްކުން ރަގަޅުވާނެ. ތިބޭ ފުޅާއަށް ޔަގީންތީ ތިހާމް ގެ ޕާރޓީ

The name is already taken The name is available. Register?

ގަނޑުފެންމާ

25 March 2021

މިގައުމުގެ ރައީސަކު މަރާލަން ރޭވި އެންމެ ބޮޑު އެސޭސިނޭޝަން އެޓެމްޕްޓް ދެން ނުބެލޭނެ ކަމަށްތަ އެވަނީ؟ އެސްއޯޕީއެއް ނުހެދި އޮވެގެން ހެކިތައް ނެތިގެން މިފަދަ މުހިއްމު މައްސަލައެއް އިތުރަށް ނުބެލުމަކީ ނަފްރަތުކުރެވޭ ވަކި މީހެއް ކަމަށްވީތީ ވެގެންދާނެ ކަމެއް. އެކަމު އެއީ ގައުމެއްގެ ރައީސަކަށް ދިން ހަމަލާއެއްގެ ތަހުގީގު ރަގަޅަށް ހިންގައި ނުބެލުމުގެ ހަޑިހުތުރު ނަން އަބަދަށް އޮންނާނެ ކަމެއް. އެކަމުގެ މާސްޓަރމައިންޑް ގޭގަ ޗޮކްލެޓް ކާން ބަހައްޓާފަ އެހުރީ.

The name is already taken The name is available. Register?

ހިންދުކޮޅު

25 March 2021

ސުޕުރިމްކޯޓްގައިތިބީ މަތިންފޭބިބައެއްތަ ؟ ތިހާވަރައް ތަންދޮރުއެގޭ އެކަކުވެސްތިތާކުނެއް

The name is already taken The name is available. Register?

މެޖާރ މަޖީދު ނިލަންފޫ

25 March 2021

ތިކަމުގަ ކިތައް ކުދިންގެ ހަައްގުތޯ ކާލާގެން ތިއްބެވީ.އެއްވެސް ހައްގުން ކަމަކާ ނުލާ 17 18 އަަހަރު ހިދުމައް ކުރި ސިފާންނައް އަނިޔާކުރީ.ޥެރިން ތިއްބެވީ އައްޖައްސަވަން.

The name is already taken The name is available. Register?

މަންޑޭލާ

25 March 2021

އެމްޑީޕީން ރާވައިގެން ހިންގާ ޖަރީމާތައް ދިފެންނަނީ

The name is already taken The name is available. Register?

އަލީ ވަހީދު

25 March 2021

ސަތޭކައެތައްއަހަރެއްވީ މުއައްސަސާއެކެބުނެ މޭފުއްޕާފަތިބެނީ ދައުލަތައްނުކަތާވަރުގެ މުސާރަހިއްޕަވައިގެން ބޮމުގެހާދިސާތަކުގަ އަމަލުކުރާނެ އެސް އޯ ޕީގަނޑެއް2015 ވީއިރުހަދާނުލެވުނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454