27 މާޗް 2021 - 20:07
ސަރުކާރުން ވައްކަން ކުރާ ކަމަށް ބުނެ އެމްޑީޕީ އަށް އެކަމުން ނުރެކެވޭނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަންކުރާ ސަރުކާރަކާ އެކީ އޮންނަން އެ ޕާޓީ ނޭދޭނެ ކަމަށެވެ. އެކަން ބަދަލުކުރަން ޖެހޭނެ ކަމަށާއި ރައްޔިތުންނާ އެކީ އެ މަނިކުފާނު ވެސް ހުންނެވީ ދޫދެއްވާކަށް ނޫންކަމަށް ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވީ، ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަންމާ ގުޅިގެން ދައުވާ ނުކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވުމުންނެވެ.
ނަަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި، އިދިކޮޅު ޕީޕީއެމްގެ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގައި [ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި] ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމުގެ އިތުބާރު ނެތްކަމަށް ކަނޑަައަޅާނެ ހިތްވަރެއް އެމްޑީޕީގެ ނުހުންނާނެ ކަމަށެވެ.
ނަޝީދުގެ އެ އާދަޔާ ހިލާފު ވާހަކަފުޅާ ބެހޭ ގޮތުން ސައީދު މިރޭ "މިހާރު" އަށް ވިދާޅުވީ އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ގާތްގަނޑަކަށް 14 ދުވަހަށް ވުމުން އެމްޑީޕީން އަރުވާ "ސައިބޯނި ބޮކި" ކަމަށެވެ. އޭނާ ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ގެންދަން ވެސް ނަޝީދަށް ކެރިވަޑައިނުގެންނެވި ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށެވެ.
"ކޯލިޝަނުގެ މައި ޕާޓީ އަކީ އެމްޑީޕީ. އެމްޑީޕީގެ ސަރުކާރެއް މިއީ. އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީން ވައްކަން ކޮށްފައި ސަރުކާރު ވައްކަން ކުރާ ވާހަކަ ދައްކާފައި އެމްޑީޕީން އެއިން ސަލާމަތްވެވޭވެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވިގޮތުގައި ހައުސިން މަޝްރޫއުތައް ފެއިލްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޕާޓީގެ ބޭފުޅަކަށް ވުމުން [އައިމިނަތު އާތިފާ] ކަމަށް އެމްޑީޕީން ކުރިން ބުނި ކަމަށާއި އެ ވާހަކައިގެ ހަގީގަތް އެނގޭނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅުްނ ވޯޓުދޭއިރު ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒަހާއާ ދެކޮޅަށް ވޯޓުދޭން އެމްޑީޕީ އަށް ނުކެރޭނެ ކަމަށެވެ.
ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ވެސް ނެތެވެ.
އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް މައްސަލަ ފޮނުވުމުން ޕީޖީ ޝަމީމް ނިންމެވީ ދައުވާކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވެސް އެ މަނިކުފާނުގެ ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ޕީޖީ ޝަމީމާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެ ގްރޫޕްގައި ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ވަޓްސެޕް ގްރޫޕުގައި ބައެއް މެންބަރުން ތާއީދު ވެސް ކުރެއްވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްދުންމަތި
28 March 2021
ބަލަގަ ވައްކަންކުރިކަމަށް ބުނާމީހުން އެތިބީ ސަރުކާރުން ވަކިކޮށްފަ. ދެން ހިތުން ތިޔައުޅެނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކޯލިޝަން ބައިބައިކުރާނަމޭ ހިތާ. އިތުބާރުނެތްކަމަށް ފާސްކުރަން ނުކެރޭނެޔޭ ބުނީމަ އެގޮތަށް ހަދާނެކަމަށް ހީކުރެވެނީތަ؟ ތިގޮތަށް މުސްލިމުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ބައިބައިކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގެނީތަ؟ ނޫނީ މަރަށް ތެޅެނީތަ؟
ހައްޤުބަސް
28 March 2021
ވޭތުވެ ދިޔަ ސަރުކާރުގައި ހުޅުމާލޭގެ ކޮންޓްރެކްޓްތަކުން ނާޖާއިޒް ފައިދާ ލިބުނު މީހުން މުއްސަނދިވި ވާހަކަ ވަރަށްގިނަ މީހުންނަށް އެނގޭކަމަށްވެއެވެ.
ޗާލުފިނިފެންމާ
28 March 2021
ސައީދޫ އެވެ މިތާމިއުޅޭ ސިޔާސީ މީހުންގެ %90 މީހުންނަކީ ވެރިކަމަށް އައިސް މަގާމު ލިބުމުން ފޫގަޅައިފައި ސަރުކާރުން ވައްކަންކުރާ މީހުންނެވެ ޕޕޕ ބޭފުޅުންނަކީ އެކަމުގައިވެސް މާކުރީސަފުގައި އުޅުއްވާ ބައެކެވެ. ސައީދުވެސް ޕިއްޒާ ހަޓާ ކޭ.އެފް.ސީ އާ ޗިކިންއާ އަގުބޮޑު ރެސްޓޯތަންޓުތައް ހުޅުވީ ސަރުކާރުން ވަގަށްނެގި ފައިސާއިންނެވެ. އޭރު އޮތީ ވައްކަން ފީސަބީލިއްލާހިއަށް ދޫކޮށްލައިފައެވެ. ޔާމީނުއޮތީ އޭރުގެ ވައްކަންބެލުން އޮތީ މަނާކޮށްފައެވެ.
ލުތުފީ
28 March 2021
ބަލަގަ ސައީދޫ... ޖޭޕީ ގެ ފަރާތުން މިނިސްޓަރުކަމުގަ ހުރި އަމީން ކިޔާމީހަކު ބެލުމުގެ ދަށުން ކުރިކަމަކުން 30މިލިޔަން ރުފިޔާ ދައުލަތަށް ގެއްލިގެންދޯ މި އުޅެނީ.
ޢަސްލުމީހާ
28 March 2021
ސައީދޫ ޖޭޕީގަ ހުރެފަ އަދީބު އެމްއެމްޕީއާރުސީން ނެގިލާރިން 70 މިލިއަން ރުފިޔާ ދިނީމަ ޕީޕީޢެމްއަށް ސޮއިކުރިމީހާ ގުދޯގުދޯ ކީމާ މާރީއްޗެއްނޫން.
އުނބުށޭމު
28 March 2021
ސަރުކާރުން ވައްކަން ކުރިކަމަށްވާނީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަންކޮށްގެން އެންމެމަތިން ރުހުންދީ ބާރުއަޅައި މަގުފަހިށޮށްދީގެން ވައްކަން ކުރުވީމައެވެ. އެގޮތަށް ކަންކުރި ސަރުކާރެއް މިވަނީ ބަދަލުކޮށްފައެވެ. މިއަދު ވައްކަމޭ މިކިޔާ ކަންކަމަކީ އެންމެ ކުރީންސުރެވެސް ދައުލަތުގެ ކަންކަން ހަވާލުކުރެވޭ ވަކިވަކި މީހުން އެމީހުންގެ އަމިއްލަ އެދުން އިސްކޮށްގެން ހިންގާ އެކިވަރުގެ ޚިޔާނާތްތަކެވެ. މިދެގޮތުގައި ހުރިތަފާތު ކޮންމެ މީހަކަށްވެސް އެނގެންޖެހެއެވެ.
ރަކީދޫ އިއްބެ
28 March 2021
ހުރިހާ ވައްކަމުން ރެކެން އެއުޅެނީ..ކޮބާ ސަރުކާރަކީ؟މިހާރު މިއޮތީ %100 އެމްޑީޕީ ސަރުކާރެއް.އެބުނާހެން ރެކެން އުޅޭނެކަމެއްނެތް.ޔާމީނުއެއްނުން ވައްކަންކުރީ.ފާޅުގަ މިހާރުވެސް ވައްކަންކުރޭ.ބަލާނެ މުއައްސަސާއެއްނެތް.
އަރުތަ
28 March 2021
ސަރުކާރުގެ ވައްކަމުން އެމްޑީޕީއަކަށް ސަލާމަތެއް ނުވެެވޭނެ: ސައީދު، އެކަމަކު ސަރުކާރުގެ ވައްކަމުން ޕީޕީއެމް އަށް ސަލާމަތް ވެވޭނެ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
28 March 2021
ރެކޭ ނެ ނަމަ ޔާމީން ސަރުކާރުގައި ޔާމީން ބުނިހެން ބިނާނީ އެއީ ޚާލިދް އިބިން ވަލީދުއޭ. ސަރުކާރުން މިނިވަން މުއަށްސަސާތަށް މެސުވެެރިކޮށް ކުރަނީ ތަހުގީގް ފޮނުވަނީ ޝަރީއަތަށް. ސަރުކާރުން ވަޒީރެއްގެ ވިއަސް މޫނަކަށް ކަންދިރާ އަކަށް ނުބަލަ ނިވެސް ބަލާނެ. ރައީސް އިބޫގެ ނަގޫ އެއްކަމެއްގައިވެސް ތާށިވެފަކާނުބާނެ ބަލާނެ ބަލަމުންދަނީ ބަލާފަ އޮތީވެސް ވަށްކަމާއި ޚޮޔާނަތް.
ދޮންބެއަލީ
27 March 2021
ނަމުން ޑިމޮކްރެޓިކް ޕާޓީ... ތިލަފަޅު އެއްބަސްވުން ސިއްރު....ވެކްސިން ގަންނަން ދިން ފައިސާ ސިއްރު...އޮކްސިޖިން ސިލިންޑަރ މައްސަލަ ސިއްރު....އަލީ ވަޙީދު ފުރި ތާރީޙް ސިއްރު...ހަނިމާދޫ އެއަރ ޕޯޓް ދިނުން ސިއްރު....
1828
28 March 2021
އިންޑިއާއާއެކު ހަދާ ހުރިހާ އެއްބަސްވުމެއް ސިއްރު. އެވާހަކަ ދައްކައިފިއްޔަ އެއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް.