ޚަބަރު / ފުވައްމުލައް

ވިއްސާރައިގައި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއްވެެއްޖެ، ހާލަތު ވަރަށް ގޯސް

މިއީ 2007 ގެ ފަހުން ފުވައްމުލަކަށް މިހާ ބޮޑަށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރު.

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ފުވައްމުލަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގެތައް ފެން ވަދެ، އަދި ރުއްގަސް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކައުންސިލް އިދާރާގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ސިޓީ އަށް ދޭތެރެދޭތެރެއިން ބޯކޮށް ވާރޭ ވެހޭތާ މިހާރު ތިން ވަރަކަށް ދުވަސް ވެދާނެ ކަމަށެވެ. އެކަމަކު، ވިއްސާރައިގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނީ ރޭ ދަންވަރު 2:30 ހާއިރު ބޯކޮށް ވެހެން ފެށި ވާރެއާ އެކު ކަމަށް ވިދާޅުވި އެވެ. މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަކަށް ވެސް ގެއްލުންވެފައިވެ އެވެ. މީގެ އިތުރުން ބައެއްގެ ގެތަކުގެ މައްޗަށް ރުއްގަސް ވެއްޓިފައިވެ އެވެ.

ފުވައްމުލަކު ގެއަކަށް ފެން ވަދެފައި.

އޮފިޝަލް ވިދާޅުވި ގޮތުގައި ކައުންސިލާއި ފުލުހުންނާއި ސިފައިންނާއި އަދި ފުވައްމުލަކުގެ ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ގުޅިގެން މިހާރު އަންނަނީ ލިބުނު ގެއްލުންތަކުގެ ތަފުސީލުތައް ނަގައި، ރައްޔިތުންނަށް އެހީވުމުގެ މަސައްކަތްކުރަމުންނެވެ.

Varah vissaara varah vaa gadha. Hurihaa bayfulhunves samaaluvegen thibbevumah edhen. Libifaivaa gellumuge mauloomaathu council aa hissaa kuravvamun gendhiyun edhen

Posted by Ali Maseeh on Sunday, March 28, 2021

"މި ވަގުތު ދަންނަވަން ދަތި ފެން ވަދެ ގެއްލުންވި ގެތަކުގެ އަދަދާއި ރުއްގަސް ވެއްޓި ގެތަކަށް ލިބުނު ގެއްލުން ތަކުގެ ތަފުސީލު ދޭން. އެ ޑޭޓާތައް ނަގަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، މިއީ ނޮވެމްބަރު 2007 ގެ ފަހުން ފުވައްމުލަކަށް މިހާ ބޮޑަށް ވިއްސާރަކޮށް ގެއްލުން ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

"ހާލަތު ވަރަށް ގޯސްކޮށް އޮތީ. ޕަމްޕްތަކަށް ނުހިފަހައްޓައިގެން މަގުތަކުގައި ވަރަށް ފެން ބޮޑު. މި ރަށަކީ އަނެއްކޮޅުން މެދަށް އަޑިކޮށް ވަށައިގެން އުސްކޮށް އޮންނަ ރަށަކަށް ވުމާއެކު ގިނަ ގެތަކަށް ފެން ވަނުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކައް މިއަދު ކުރަމުންމިދާ ވިއްސާރާގެ ސަބަބުން ފެންބޮޑުވުން ފަދަހާލަތެއް މެދުވެރިވެއްޖެނަމަ ފުވައްމުލައް ފަޔާރ...

Posted by Fuvahmulah City Council on Sunday, March 28, 2021

އޮފިޝަލް ވިދާޅުވިގޮތުގައި، ވިއްސާރައިގެ ތެރޭގައި މިއަދު ހެނދުނު ކައުންސިލް އިދާރާގެ މުވައްޒަފަކަށް އަނިޔާ ވެފައިވެ އެވެ. އެއީ ސިޓީގެ ހާލަތު ބެލުމަށް ޓީމެއް ދަތުރުކުރި ޕިކަޕެއްގެ މައްޗަށް އަނބު ގަހަކުން ގޮފިގަނޑެއް ވެއްޓި އަނިޔާވެގެންނެވެ.

"އޭނާ ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނު. އެކަމަކު ނަސީބު ރަނގަޅު ކަމުން ސީރިއަސް ގެއްލުމެއް ނުލިބޭ. ވިއްސާރައާ ގުޅިގެން އިތުރު ބަޔަކަށް ވެސް މިހާތަނަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ފުވައްމުލަކުގެ އިތުރުން އައްޑު އަށް ވެސް ރެއިން ފެށިގެން ފަތިހާ ހަމައަށް ބޯކޮށް ވާރޭ ވެހި، އާންމުކޮށް ވެސް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވެ އެވެ.

Alert Yellow for torrential rain, thunderstorms and strong winds of 25-30 mph with gusts of 50 mph and rough seas.

Posted by Maldives Meteorological Service on Sunday, March 28, 2021

ރާއްޖޭގެ އެންމެ ދެކުނަށް ކުރާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ އިދާރާ އިން އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް މިއަދު ހެނދުނު 6:00-8:00 އަށް ނެރުނު ނަމަވެސް އެލާޓް މިހާރު ވަނީ ރީނދުލަށް ބަދަލުކޮށްފަ އެވެ. އެއީ ހެނދުނު 10:00 އާ ހަމައަށެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

29 March 2021

މެޓު މީހުން ވައިގަދަ ނުވާނޭ ބުނީމަވީގޮތަ. އެއްފަހަރުވެސް إن شاء الله އޭ ނުބުނާތި ދެރަވެދާނެ

The name is already taken The name is available. Register?

ހުވާ.

29 March 2021

55 މޭލު/ 88 ކިލޯމީޓަރ އަށް ވައިޖެހޭ ކަމަށް މޫސުންދައްކަނީ. އަދި 90ކމ ނާރައެއްނުދޯ.

The name is already taken The name is available. Register?

ލަފާކުރާ

29 March 2021

ހޯމަ ދުވަހަށް މެޓުން ލަފާކުރިވަރަށްވުރެ މާލެއަށް މާ ގަދަޔަށް ވައިޖެހޭކަމަށް އެބަ ދައްކާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454