ފިރާޝްގެ ހަށިގަނޑު ކޯސްޓް ގާޑުގެ ޑައިވަރުންނަށް ފެނުނީ މިރޭ ނުވައެއް ޖަހަން އުޅެނިކޮށް.
ހުސެއިން ފާރިޝް
30 މާޗް 2021 - 20:14
ލ. މާބައިދޫ ޑައިމަންޑްވިލާ، އުމުރުން 28 އަހަރުގެ ފާރިޝް ސިފައިންގެ ޚިދުމަތާ ގުޅުނީ އޮކްޓޫބަރު 11، 2016 ގައި. އޭނާ މަރުވިއިރު، ގެންދިޔައީ އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައި ތިން ހަފުތާގެ އަސްކަރީ ތަމްރީނު ކޯހެއް ފުރިހަމަ ކުރަމުން. ލާންސްކޯޕްރަލް ފާރިޝް މަސައްކަތް ކުރަމުން އައީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައި. އޭނާ މަރުވިއިރު ޒަވާޖީ ހަޔާތެއް ނުފައްޓާ.
އެމްއެންޑީއެފުން ބުނިގޮތުގައި، ފާރިޝް އާއި ސިފައިންގެ އިތުރު ތިން މީހަކު މޫދަށް ފޭބީ ޑިއުޓީ އޮފް ގަޑީގައި މަސް ހިފަން ކަމަށް.
މިއީ ވަރަށް ފަހުން ކައްދޫގައި ބޭއްވި ތަމްރީނެއްގެ ތެރެއިން ފިރާޝް ނަގާފައިވާ ފޮޓޯއެއް.
އެމްއެންޑީއެފުން ބުނީ، ފާރިޝްގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ މިރޭ 8:50 ހާއިރު ކަމަށް. އޭނާގެ ހަށިގަނޑު ފެނުނީ ކަނޑުގެ 12 މީޓަރުގެ އަޑިން ކަމަށް އެމްއެންޑީއެފުން ބުނި. ފާރިޝްގެ ހަށިގަނޑު އެމްއެންޑީއެފްގެ ލޯންޗަށް ނަގައިގެން ކައްދު އަށް މިހާރު ގެންދަނީ ކަމަށް އެމްއެންޑީއެފުން ބުނޭ.
ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވައި މީގެ އިރުކޮޅެއް ކުރިން ފެނިއްޖެ.
ލ. ކައްދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް ސިފައިންގެ އެކަކު ގެއްލި، ސިފައިންގެ އެހެން މީހަކު ގެނބިގެން ފަރުވާ ދެމުން އެބަ ގެންދެ އެވެ.
ކައްދޫގައި މަސައްކަތް ކުރާ ސިފައިންގެ ހަތަރު މީހަކު މޫދަށް އެރުނީ މިއަދު ހަވީރުގެ ވަގުތެއްގައި އެ މީހުންގެ އޮފް ޑިއުޓީގަ އެވެ. ގެއްލިގެން ހޯދަނީ ލާންސްކޯޕްރަލް ހުސެއިން ފާރިޝް އެވެ.
އެމްއެންޑީއެފުން ބުނީ، ފާރިޝް ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. ގެނބިގެން ލ. ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ސިފައިންގެ މީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
"އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި،" އެމްއެންޑީއެފުން ބުންޏެވެ.
ރީޖަނަލް ހޮސްޕިޓަލުން ބުނީ ގެނބުނު ސިފައިންގެ މީހާ މިހާރު ހޭ އަރާފައިވާ ކަމަށާއި އެތަނަށް ގެންދިޔަ އިރު ވަރަށް ގިނައިން އޭނާ އަށް ލޮނު ބޮވިފައިވާ ކަމަށެވެ.
މިއީ، މުޅި ރާއްޖެ އަށް ވެސް ކަނޑު ގަދަވެ، މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
31 March 2021
ވަރަށް ހިތާމަވެރި ހާދިސާއެއް. اللهم اغفر له وارحمه وادخله في الجنة
ޑިރާސާ
31 March 2021
މެރިން ޑިޕްލޯއިމަންޓް ޔުނިޓުގައި އުޅެނީ.. ކަނޑާއި ގުޅުންހުރި މަތީ ފަންތީގެ ތަމްރީނު ފުރިހަމަ ކޮށްފައިވާ ސިފައިންގެ މީހުން.. އެކުގައި ހަތަރު މީހުން ތިބިތަނަކުން އެކަކު އޮއާދިޔުން.. ހަތަރު މީހުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރިނަމަ ސަލާމަތް ކުރެވުނީސް.. ތަޙްޤީޤް ކުރުމަށް ގޮވާލަން.. ހަތަރު
258889
31 March 2021
އަސްލު ވެރިން ޑިޕްލޯއިމަންޓްގަ އުޅުނަސް، ރަނގަޅަށް ތައްޔާރުނުވެ، މިބުނީ ޑައިވްގިއާ ފަދަ އެއްޗެހި ނާޅާ ފޭބީމާ، ގަދަ އޮއިގަ މިފަދަ ކަމެއް ދިމާ ވެދާނެ.. މިއީ ހޮލީވުޑްގެ ފިލްމެއްނޫން... މޫދަކީ ވަރަށް ތަފާތު ތަނެއް.. ނުރައްކާ ތަނެއް.. ހާލަތު ދިމާވާ ގޮތުން ކޮންމެފަދަ ކަމެއްވެސް ވެދާނެ.. އަހަރެންވެސް މިފަދަ ކަމެއް ތަޖުރިބާ ކުރެވުނީމަ މިކަން މިއެނގުނީ..މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި....
ވޮޗްޑޯގް
31 March 2021
ތިކި ޖެހި ތާނަ އުވާލުމަށް ވުރެ ގައުމީ ބޮޑު މައްސަލައެއް “މަރުވުން، ނިޔާވުން، އަވަހާރަވުން” މި ބަހުގެ ދަރަޖަ. އަޅުގަނޑަށް ފެންނަނީ “މަރުވެއްޖެ” ހަމައެކަނި ބޭނުންކޮށް އަނެއް ދެ ބަސް އެއްކޮށް ބޭނުންކުރުން ހުއްޓާލަން. އަދި ނޫސްތަކުން ބަހުގެ ދަރަޖަ ބޭނުން ކުރުމުގެ އުސޫލެއް ވެސް ކަނޑައަޅަންޖެހޭ މިސާލަކަށް ކުރީގެ ރައީސް އަދި ނާއިބު ރައީސް ބޮޑެތި މުޖުރިމުންނަށް ވާ ހިސާބުން މާތް ދަރަޖަ ބޭނުން ނުކުރެވޭނެ. ހިޓްލަރުވެސް ވިދާޅުވީތޯ، އަވަހާރަވީތޯ؟
ތިންކު
31 March 2021
ކުލާސްލެސް ނުވަތަ ހައިރާކީލެސް ސޮސައިޓީއެއް އުފެއްދުމުގެ ނަތީޖާ އަކީ ސޮސައިޓީ އެނަރކީ އަށް ސޮއްސުވާލުން. އިންސާނުން ދުނިޔޭގައި އުޅެން ފެށީސުރެ އިންސާނުންގެ މެދުގައި އުސޫލުތަކެއް ޤާއިމުވެގެން ދިޔަ އެއުސޫލުތަކުގެ ތެރޭގައި ބޮޑަކަށް ހުންނަ މީހާއަށް އިހްތިރާމު ކުރުމުގެ ގޮތުން އެމީހާއާއާ މުއާމަލާތް ކުރާއިރު ބަހުން ވެސް އަމަލުން ވެސް ތަފާތުތަކެއް ބެހެއްޓުނު. މުޖުތަމަޢުތަކުގައި ބަހުގެ ވެސް އަދި އަމަލުގެ ވެސް ތަފާތުތަކެއް ހުރުން ބޭނުން.
ވޮޗްޑޯގް
31 March 2021
އެނާރކީ އަކީ ކޮބާތޯ؟ ވެރިންންނާއި މުއްސަންދިން ނިކަމެތިންގެ ހައްގު ނިގުޅައިގެން ތިބުންތޯ؟
ފޮނިޓައްޕު ހަސަނު
30 March 2021
ހާދަ ދެރަ ޚަބަރެކޭ. އިންނާ ލިއްލާއި ވައިންނާ އިލައިހި ރާޖިއޫން.
ކަލީމް
30 March 2021
މިއަދު އިރުއޮއްސުން ވަގުތު ދިމާވީ މިއަދުގެ އެންމެ ނުބައި ސާއަތަށް މިފަދަ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދީ މީހުން ކަންކަން ރާވާތީ ދިމާވާ ހިތާމަވެރިކަންކަން... މަރުހޫމަށް ެަހުމަތް ލައައްވައި ފާފަ ފުއްސެވުން އަދި އާއިލާއަށް ކެއްތެރިކަން ދެއްވުން
ޖަމީލުބެ
31 March 2021
ތިޔަކަމާއި ސާއަތާ ނުގުޅުވާ.. މަރު އަންނާނެ ސާއަތެއް ނޭންގޭނެ.
ސަލިކުރ
30 March 2021
އޮއިގަނޑުގަ ޖެހިގެން އަޑިއައް ދަމައިގަންނަ އޮއި މިރާއްޖެ މޫދުގަ ނުހުރޭ! އެކަކު ތިވަރައް ލޮނުބޮއި އަނެކަމު މަރުވީމަ އެހެންގޮތަކައް ބެލުމުގެ ޖާގަވެސް އެބައޮތް
ކަނޑުރަސްގެފާނުގެއަމާ
31 March 2021
ތަނެއްދޮރެއްނޭގުނަސްކޮންމެސްއެއްޗެކޭބުނެލާތި.
އުމަރުބެ
30 March 2021
ވަރަށް ހިތާމަވެރި ޚަބަރެއް. މޫދައް އެރޭއިރު ތަންކޮޅެއް ސަމާލްވާންޖެހޭ.