31 މާޗް 2021 - 09:35
ލ. ކައްދޫގައި މޫދަށް އެރި އުޅެނިކޮށް، ރޭ މަރުވި ސިފައިންގެ މީހާ ކޮވިޑަށް ޕޮޒިޓިވްވެ ވެއްޖެ އެވެ.
ލާންސްކޯޕްރަލް ހުސެއިން ފާރިޝް 28، މަރުވެގެން ރޭ ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކައްދޫގައި މަސައްކަތް ކުރާ އިތުރު ސިފައިންތަކެއް ވެސް ވީ ކަރަންޓީނުގައި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ފާރިޝްއާ އެކު މޫދަށް އެރި އުޅުނު ތިން ސިފައިން ހިމެނެ އެވެ.
ލ. މާބައިދޫ، ޑައިމަންޑްވިލާ ފާރިޝް، އޭނާގެ އެކުވެރި ތިން ސިފައިންނާ އެކު މޫދަށް ދިޔައީ އެ މީހުންގެ އޮފް ގަޑީގައި މަސް ބާނަން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ފާރިޝް ގެއްލިގެން ކޯސްޓް ގާޑުގެ ޑައިވަރުން ހޯދަމުން އަންނަނިކޮށް އޭނާ ފެނުނީ ކަނޑުގެ 12 މީޓަރު އަޑިން ރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެ ހާދިސާގައި ސިފައިންގެ އިތުރު މީހަކަށް ގެނބިގެން ފަރުވާ ދޭން ވެސް ޖެހުނެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
އޮކްޓޫބަރު 11، 2016 ގައި ސިފައިންގެ ޚިދުމަތާ ގުޅުނު ފާރިޝް މަރުވިއިރު ގެންދިޔައީ އެމެރިކާގެ ސިފައިންނާއެކު ކައްދޫގައި މިހާރު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވަމުންނެވެ.
އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 މަސައްކަތް ކުރަމުން އައި ފާރިޝް މަރުވިއިރު ޒަވާޖީ ހަޔާތެއް ނުފައްޓަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމް77
31 March 2021
ނޭނގި ނަމަވެސް ރާއްޖޭގެ ގިނަ މީހުން ގައިގަ އެބަހުރި ކޮވިޑު.
ނޫސަންގު
31 March 2021
އޭރުން ހުރިހާ ކަމަކުން ސަލާމަތްވީ ދޯ. އެކަމަކު ސިފައިންގެ ތަމްރީން ހަދާފައި ހުރި މީހަކު އިތުރު ތިން މީހުންވެސް ތިއްބާ ގެނބި މަރުވި ގޮތެއް ހޯދަންވާނެ ދޯ. އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި.
އަހުމަދު 1
31 March 2021
އެ ބެޗް އެއްކޮށް އެއީ ކަރަންޓީންގައި ތިބި ބައެއް ކަމަށް މަޢުލޫމާތު ލިބެނީ. އެންބިއުލަންސްގައި ބަލާ ދިޔަ މީހުންނަކަށް އެމް.އެން.ޑީ.އެފަކުން އެވާހަކައެއް ނުބުނޭ، މިހާރު އެންބއިލަންސްގައި ދިޔަ މީހުން ކަރަންޓީން އަށް ދާން ޖެހުނީ.
ނނނނނނނނނނ
31 March 2021
އެ ކަހަލަ ގަޑިއެއްގައި އެހެން ވެސް ވެދާނެ. ހިތްބަރު ނުކުރޭ
ހައިރާ
31 March 2021
މަރުވާ މެހިމާބުރާއި ކުރަފި ޓެސްޓުކުރިނަމަވެސް މިހާރު ކޮވިޑު 19ށް ޕޮޒިޓިވްނުވެނުދާނެ. ހުރިހައިއިދާރާތަކެއް ބޭނުންވަނީ ޢަދަދު. މެހިމާބުރާއި ކުރަފިފަދަތަކެތި ހިފާޓެސްޓުކޮށްބަލަ!
ޒިންދަގީ
31 March 2021
އެހެންވީމަ ގެނބުމުގެ ހާދިސާއެއްތޯ؟؟ ނޫނީ ކޮވިޑަށްވެ ނިމުނީތޯ؟؟
އަހުމަދު 1
31 March 2021
އެ ބެޗް އެއްކޮށް އެއީ ކަރަންޓީންގައި ތިބި ބައެއް ކަމަށް މަޢުލޫމާތު ލިބެނީ.
ޖިލްބާބީ އަހުމަދު
31 March 2021
އިއްޔެ މިމަރާހޭގޮތުން ކޮންމެސްނޫހެއްގާ ކޮމެންޓުކުރިފަރާތެއް އޮތް ލިޔެފާ ކޮވިޑަށް ސިފައިންގެމީހާ ޕޮޒިޓިވްނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅޭ. އެކަމަކު ކިހާދެރަ. މިއޮތީ ޕޮޒިޓިވްވެފާ.
ޗަކޮއި
31 March 2021
މިހާރު ރާއްޖެ ގެނެސްގެން އުޅޭކިޓްތަކުގަ ވަރަށް ފޯލްސް ޕޮޒިޓިވްސް ގިނަ. މިކަމަށް ހުރިހާ ރައްޔިތުން ސަމާލުވުން ރަނގަޅު.