މަބްރޫކް ވިދާޅުވީ، ތަނަވަސް ފްލެޓްތަކަކަށް ބަދަލުވާން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
01 އެޕްރީލް 2021 - 12:12
ހުޅުމާލޭގެ ހިޔާ ފްލްޓް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން [ޑޮކްޓަރުން، ޓީޗަރުން، ނަރުހުން] ބޭނުން ނަމަ ސަރުކާރުން ހިންގާ އެ އަށް ވުރެ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7،000 ފްލެޓުގެ މަޝްރޫގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ވެސް ހާއްސަ ކެޓަގަރީތައް ވަނީ ހިމަނައިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ކުރި ދިރާސާ އަށް ފަހު، ސަރުކާރަށް ހުށަހަޅާފައި ވަނީ ވަކި ފަންނެއް، ވަޒީފާއެއް ނުވަތަ ހާއްސަ މަގާމެއްގައި ހުރި މީހުންނަކީ ސޯޝަލް ހައުސިން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައެޅުމުގެ ބަދަލުގައި އާމްދަނީގެ ހާލަތަށް ބަލައި އެންމެ ހައްގުވެރިންނަށް ސޯޝަލް ހައުސިން ދިނުމަށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ފަންނީ މީހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީތަކުން ދާއިމީ ލިސްޓުގައި ހިމެނުނު މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ އެހެން މަޝްރޫއުތަކުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވާން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ދާއިމީ ލިސްޓުން އުނި ކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރޭތީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަން ސާފުކޮށްދީފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ހިޔާ ފްލެޓް ލިބުނު ފަންނީ މީހުންގެ އަތުން ފްލެޓެއް އަތެއް ނުލާނެ އެވެ. ނަމަވެސް އެދޭ ނަމަ އެ ފަރާތްތަކުގެ އާމްދަނީއާ ބައްދަލު ގެދޮރުވެރިކަމުގެ ޕްރޮގްރާމަކުން ފުރުސަތު ހަމަޖައްސައި ދިނުމަށް މަޖިލީހުން ހުށަހަޅާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ސަރުކާރުން އާންމު ކުރި ނަމަވެސް އަދިވެސް އިތުރު ބަދަލުތަކެއް ގެންނަން ޖެހިއްޖެ ނަމަ ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިބުރުވެރި އެމްބީބީއެސް
06 April 2021
ނުޖެހޭ ޑޮކްޓަރުންނަށް ފްލެޓް ދޭކަށް. ސަރުކާރުން ހަރަދުކޮށް ކިޔާވާދީފަ ހަމަ އަންނަ ތަނުން ޑޮކްޓަރ ކަމުގެ ސަނަދަށް ބަލާފަ ނުޖެހޭ ދޭކަށް. ސިއްހީދާއިރާގަ 20 އަހަރުވަންދެން މަސައްކަތް ކުރި އެހެނިހެން ވަޒީފާ އަދާ ކުރަމުންދާ މުވަޒަފުން ކަޓުވާލާފަ ބޮޑާވެރިކަމުން ފުރިގެންވާ ސަނަދަށް ބަލާފަ ފްލެޓްދިނުން މީ އިންސާފްތޯ؟ މި މުވަޒަފުން ގެ ޙިދުމަތުގެ އަގުކޮބާތޯ ؟
އިސްލާހު
02 April 2021
އަޑިން ފަޅައިގެން ހެދޭ އެއްޗެއްތަ ތަނަވަސް ފްލެޓަކީ......
މަގޭ ކޮމެންޓް
02 April 2021
ފްލެޓް ކޮމިޓީއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ނަމުގައި އަސްލު ގޭގެޔަށް ގޮސް ބެލީ މާލޭ މީހުން ގޭގޭ ހަދާފައި ހުންނަގޮތް. - ސީލިންގުގައި ރެނދު ލާފައި ހުރިތޯ. - ވާރޭ ވެހޭއިރު ފެން ބޮޑުވޭތޯ. - ފާހާނާ ދަށުން ފެން އަރާތޯ.
ނަމަނަމަ
02 April 2021
ނަމަނަމަ ލިބިފައި އޮތް އެއްޗެއް ދޫކޮށްނުލާތި. ތިއުޅެނީ ޕާޓީގައި ތިބި މަގުމަތީ ކުދިންކޮޅަށް ދޭނެ ފްލެޓެއް ނެތިގެން އެކުދިން ރުއްސަން ބައެއްގެ އަތުން ފްލެޓްތައް ދަމައިގަންނަން. އެކުދިންނަށް ފްލެޓް އަޅައިނުދެވުނީމާ ކޮންމެވެސް ނަމެއްގައި ކޮންމެވެސް ބަހަނާއެއް ދައްކާފައި އެ ކުދިން ރުއްސަން ފްލެޓްކޮޅެއް ހޯދާނެ މަކަރުވެރި މަޅިއެއް ތިއޮތީ ޖަހާފައި.
ކޮރަލް
02 April 2021
ފުރަތަމަ މަސްވެރީންނާ ދަނޑުވެރީންނަށް ކެޓަގަރީ ހަދާ އެމީހުންނަށް ފްލެޓް ދޭން ވީ އެވެ. ފްލެޓް އަކީ ބޯހިޔާ ވަހިކަން ނެތް މީހުންނަށް ދޭ އެއްޗެކެވެ. މަހަކަު 50 ހާސް ރުފިޔާ ލިބޭމީހުންނަށް ހާއްސަ ކެޓަގަރީ ހަދާފަ ދޭން ޖެހޭ އެއްޗެއް ނޫނެވެ.
މުޅޯ
02 April 2021
ވެގެން މިއުޅޭގޮތަކީ ވޯޓުހޯދަން މާލޭގޭގެއަށ މި ބައިގަޑު ދިޔައީމާ ފަހައިގަތީ. ތަޅާބޭރުކޮށްލީ. އ ެރިންނަށް ފުލެޓުނުލިބުނީމާ. ދެންބުނީ އަތުލާފަވެސް ދޭނަމޯ. ތިމަންމެންނަށް ފުލެޓު ނޭޅުނުނަމވެސް ގަދަކަމަށް އސތުލާފަވެސް ދޭނަމޯ. ވޯޓު ދޭން ވާނެޔޯ. ކިޔާފަ އެމީހުންނަށް ދޭން ގަދަކަމަށް މިއަތުލަނީ.
މުލި
02 April 2021
ފުލެޓު ދޭނަމޭ ކިޔައިގެން ދައްކާ ވާހަކަޔަށް އިތބާރުނުކުރެވޭ. ގުޅީފަޅުގެ ފުލެޓުތަކަށް ފައިސާ ދެއކީމަ ޗޮކުން ދިޔައީ. ހިޔާފުލެޓުތަކށް ސަރުކާރުން ދިން ލިޔުން ބަލައި ނުގައި. ހިޔާފުލެޓުގެ ފައިނަލްލިސއޓޭކިޔާފަ ނިންމި ނިންމުން މިޙާރު އހިފަނީ ބަދަލުކުރަން. ވެރިމަށް އިތޔބޜެއް ނުކުރެވޭ. ވެރިކަމުގައި ތިބެވޭނެކަމުގެ ބާރެއް ނެތްބަޔަކު ދައްކާވާހަކައެއް ކިހިނެއް ގަބޫލުކުރާނީވެސް. ލިޔެކިޔމަށް އިތުބާރު ުކުރުން ބޮޑުމައްސަލައެއް.
ތަކުރޭ
02 April 2021
ޕްޮރފެޝަނަލް ކެޓަގަރީއަށް ފްލެޓް ލިބެން ޖެހޭ ސަބަބެއް ނުވިސްނުނު. މަ ހީކުރީ އެއީ ބޯހިޔާވަހިކަން ދަތު މީހުނަށް ލިބޭ އެއްޗެއް ކަމަށް. ސިވިލްސާވިސް ގަ އުޅޭތީ ލިބެން ޖެހޭތަ ފްލެޓެއް؟
ބިންތު ޢަލީ
01 April 2021
ނަމަނަމަ ، އިށީންނާނެ ގަލެއް ނުބަލާ އުދުއްސައި ނުގަންނާތި!!!!. މި ސަރުކާރު ނިމޭއިރު ވެސް އެ ބުނާ މަޝްރޫޢު އެއް ނުފެށޭނެ. އަދި އެ އުޅެނީ ، ޔާމީން އަޅައިދިން ފުލެޓްތައް ލިބުނު ފަރާތްތަކަށް ޙަވާލު ނުކުރެވިގެން. ވެރިކަމަށް އަންނަން ވެގެން ، ވީ، ހުވަޔާއި ވަޢުދުތައް ، ފާޚާނާތަށިތެރެއިން ނަރުދަމާ ހޮޅިން ލާފައި މޫދަށް ގިރިގެން ހިނގައްޖެ. މި ވެރިންގެ ވެރިކަމުގައި ތަރައްގީ އެއް ނުފެނުނު އިރު ، ރަޙައެއްވެސް ރައްޔިތުންނަށް ނުލިބުނު.
އެމެރިކާ
01 April 2021
މިހާރު މިވާގޮތުން ސަރުކާރައް އެއްވެސް ފްލެޓެއް ނޭޅޭނެ.