ޚަބަރު / ފޭސްބުކް

ރާއްޖޭގެ 86،000 މީހުން ހިމެނޭ ގޮތަށް ފޭސްބުކްގެ މައުލޫމާތުތަކެއް ލީކުކޮށްލައިފި

ފޭސްބުކްގެ އިޝްތިހާރެއް. އެ ނެޓްވޯކުގައި އުޅޭ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ބަޔަކު ވަނީ ލީކްކޮށްލާފައި.

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް ބޭނުންކުރާ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހިލޭ ލިބޭ ގޮތަށް އިންޓަނެޓްގައި ލީކްކޮށްލައިފި އެވެ.

ބައިނަލް އަގުވާމީ މީޑިއާތަކުން މިއަދު ޖެހި ހަބަރުތަކުގައިވާ ގޮތުން، ލީކް ކޮށްލާފައިވާ މައުލޫމާތުގެ ތެރޭގައި ރާއްޖޭގެ 86،000 ވުރެ ގިނަ މީހުންގެ މައުލޫމާތު ހިމެނެެ އެވެ. ލީކްކޮށްލާފައިވާ މައުލޫމާތުތަކަކީ ފޭސްބުކްގައި ކުރިން އޮތް ސަލާމަތީ ގޮތުން ބަލިކަށި ތަންކޮޅެއްގެ ބޭނުންކޮށްގެން 2019 ވަނަ އަހަރު ވަގަށް ނަގާފައިވާ މައުލޫމާތުތަކެކެވެ. އެ މައުލޫމާތު ހޯދި މީހުން ކުރިން އުޅުނީ ޓެލެގްރާމް ބޮޓެއް ބޭނުންކޮށްގެން މައުލޫމާތު ވިއްކާށެވެ. އެކަމަކު މިފަަހަރު އެ ހުރިހާ މައުލޫމާތެއް އިންޓަަނެޓަށް ދޫކޮށްލީ ބޭނުން ކޮންމެ މީހަކަށް ހިލޭ ލިބޭ ގޮތަށެވެ.

ލީކްކޮށްލި މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކްގައި މީހުން ބޭނުންކުރާ ފޯނު ނަމްބަރުތަކާއި ބައެއް ޕްރޮފައިލްތަކާ ގުޅިފައިވާ އީމެއިލް އެޑްރެސްތަކާއި އަދި މީހުން ތިބި ތަންތަނުގެ މައުލޫމާތެވެ. އޭގެ އިތުރުން މީހުންގެ އައިޑީތަކާއި ފުރިހަމަ ނަން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އިންޓަނެޓަށް ދޫކޮށްލި 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ މައުލޫމާތުގެ ތެރޭގައި 106 ގައުމެއްގެ މީހުން ހިމެނޭ އިރު، އެމެރިކާ އާއި ޔޫރަޕްގެ ގިނަ އަދަދެއްގެ މީހުން އޭގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން އެމެރިކާގެ 32 މިލިއަން މީހެއްގެ މައުލޫމާތާއި ޔޫރަޕްގެ 11 މިލިޔަން މީހުން އަދި އިންޑިއާގެ ހަ މިލިޔަން މީހުންގެ މައުލޫމާތު އޭގެ ތެރޭގައި ހިމެެނެ އެވެ.

ލީކްކޮށްލާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތުތޯ ނުވަތަ ނޫންތޯ ބަލަން ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ބިޒްނަސް އިންސައިޑާ އިން ވަނީ އެ ނޫހަށް ކާކުކަން އެނގޭ ބައެއް މީހުންގެ މައުލޫމާތު ހުރީ ރަނގަޅަށް ކަމަށް ބުނެފަ އެވެ. އެ ނޫހުން ބުނީ ލީކްކޮށްލާފައިވާ މައުލޫމާތަކީ މީހުންގެ ނަމުގައި ޕްރޮފައިލްތައް ހަދައި ޝަހުސު އޮޅުވައިލުން ފަދަ ސައިބަކްރައިމްސް ހިންގާ މީހުންނަށް އެފަދަ ކުށްތައް ކުރުމަށް ފުދޭ ވަރުގެ މައުލޫމާތުތަކެއް ކަމަށެވެ.

20 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 38%
icon angry icon angry 23%
icon wow icon wow 15%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރޯން ޝްވާޓްޒް ގެ ބޭބެ

04 April 2021

ތި ބުނާ ލީކްސް ނުފެންނަ ކުދިންކޮޅަށް ބުނެލަން... މައިގަނޑުކޮށް ހުރީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އޭގައި! ދެން ކޮންމެވެސް ވަރަކަށް އުޅޭ ދިވެހިންގެ މައުލޫމާތު ވެސް، އެކަމު ޖުމްލަކޮށް ބެލީމަ އިނގޭ އޭގައި ހުރީ 2019 ގެ ނިޔަލަށް ހުރި މައުލޫމާތު، މާނައަކީ މި މައުލޫމާތު ނެގިބަޔަކު ވަނީ ވަރަށް ދުވަސް ވަންދެން މި ނަގާ ހިފަހައްޓާފައި...

The name is already taken The name is available. Register?

ފޭކްބުކް

04 April 2021

އަހަންނަށް ވަރިހަމަ އަހަރެންގެ މަޢުލޫމާތު ލީކުކުރިޔަސް. އޭގެއިން އެއްވެސް މީހަކަށް ފައިދާއެއް އަދި ގެއްލުމެއްވެސް ނުލިބޭނެ.

The name is already taken The name is available. Register?

މަންމަ

04 April 2021

ވަގު އައިޑީ ގެންގުޅުނު މީހުންގެ ލިސްޓު އެބަހުރި ނަންބަރާއި އެކީ.

The name is already taken The name is available. Register?

ސަލިކުރ

04 April 2021

ގިނަ ދިވެހިނަކީ އެބަޔެއްގެ މައުލޫމާތު ހޯދައިގެން ބަޔަކައް ފައިދާނެގޭބަޔެއްނޫން ލިކުވެފަ އޮވެދާނެތާ

The name is already taken The name is available. Register?

އަހުމަދުބޭ

04 April 2021

ފޭސްބުކުގައި މިހާރު ސިއްރުކުރަންޖެހޭ އެއްޗެއް ނުހުންނާނެ، ފޭސްބުކު މިހާރު ބޭނުން ކުރަނީ އާއިލާ އެކަކު އަނެކަކާ ގުޅުން ބަދަހި ކޮށް ހާލް އަހުވާލް ބަލައިލަން، އެކަން ނޭގޭ ބަޔަކު ޜައްޓެހިންގެ ތެރޭގައި ނޫޅޭނެ، މީގަ މައްސަލައަލައަކަށް ވާނީ ގިނަކުދީންނަށް ވަޓްސްއަޕް އަދި ވައިބަރ ނޫނީ ޓެލެގުރާމް އަށް އެކްސެސް ވެވިއްޖިޔާ؟

The name is already taken The name is available. Register?

ޒަކަބާކުވައިފް

04 April 2021

މަށް ވަރިހަމަ މަގޭ މައުލޫމާތު ލިބިގެން މީހަކަށް ވާނެ އެއްވެސް ފައިދާ އެއްނޯންނާނެ ނުވިތާކަށް މީޙަކަށް ވާނެ ގެއްލުމެއްވެސް ނޯނާނެ މަށް ކޮންކަމެއް

The name is already taken The name is available. Register?

ޚކޖޖ

04 April 2021

ޒަކަބަކާޒް އިސްތިއުފާ

The name is already taken The name is available. Register?

ކަބބާ

04 April 2021

ޒަކަބަރގް މަޖިލީހައް ހާޒިރު ކުރަން ވާނެ ދޯ؟

The name is already taken The name is available. Register?

ގިނަ

04 April 2021

ތިޔަ ލީކްކޮށްލި އެއްޗެހި ފެންނާނެ ތަނެއް ގިނަ ބަޔަކަށް ނޭނގޭނަމަ ލީކްވިއަސް އެ ނުފެންނަ މީހުން ގިނަވާނީ. ސޯ ވަޓް.

The name is already taken The name is available. Register?

ހަސަނު

04 April 2021

މަށަށް ވަރިހަމަ.. ނުހުންނާނެ ތެދު އެއްވެސް މައުލޫމާތެއް ދީފައެއް ފޯނު ނަމްބަރު ނޫނީ...

The name is already taken The name is available. Register?

ހޖހހ

04 April 2021

ހަސަނު އެބުނީ ތެދެއް. ހުސްފޭކު ހުންނާނީ އެގިއްޖެތާ

The name is already taken The name is available. Register?

ޔަންކަޓޭ

04 April 2021

މީ ޓޫ......ހިހިހި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454