އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުން ބާރުތައް ޖަމާވާނެކަމަށް--- ފޮޓޯ: މިހާރު
06 އެޕްރީލް 2021 - 11:28
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ދެކޮޅު ހައްދަވައިފި އެވެ،
އެ އޮތޯރިޓީ އުވައިލުމުގެ ބިލު މަޖިލީހަށް ހުށަޙެޅުއްވީ ސަރުކާރުގެ ފަރާތުން ވައިކަަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.
އެ ބިލުގައިވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނެވެ.
މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދިި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި ނަމަ އެ ކުރެވޭ ކަމަކީ ބާރުތައް މާލެ އަށް ޖަމާކުރުން ކަމަށެވެ. އެ އަށް ވުރެ ރަނގަޅު ގޮތަކީ އެ އޮތޯރިޓީ އޮތް ގޮތަށް ބާއްވާފައި އެތަނުން ކުރާ ބައެއް މަސައްކަތްތައް ލާމަރުކަޒުކޮށް، ކައުންސިލްތަކާ ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަށް ވަަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ކައުންސިލްތަކަށް ބާރު ދިނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލާ ބިލު ފަދަ ބިލުތަކުގެ ޒަރިއްޔާއިން، މައި ސަރުކާރަށް ބާރުތައް ޖަމާކުރިޔަ ނުދިނުމަށް ކަމަށެެވެ.
"އަޅުގަނޑު، އިއްޒަތްތެރި ރައީސް، މި ގާނޫނު އުވައިލުމާ ކަނޑައެޅިގެން ދެކޮޅު. އެހެން މި ދަންނަވާ ސަބަބަކީ އިއްޒަތްތެރި ރައީސް އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެން ދާނީ ރައީސް ޔާމީނު އެކަން ކުރެއްވި ގޮތަށް އެއް ފިޔަވަޅު ފަހަތަށް އެޅޭ ތަން، ސަރުކާރަށް މި ބާރުތައް ޖަމާކުރަން އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށް ވަންޏާ،" ހަސަން ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު އަފީފް. ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމާ އޭނާވެސް ދެކޮޅު---ފައިލް ފޮޓޯ: މިހާރު
ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމަކުން އެއްވެސް ކަމެއް ރަނގަޅުވާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެ އޮތޯރިޓީގައި ތިބި ބަޔަކު ކަމެއް ގޯސްކޮށް ކުރާ ނަމަ ކުރަން ޖެހޭނެ ކަމަކީ އެ މީހުން ވަކިކުރުން ކަަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބަދަލުގައި، އެ އިދާރާގެ ބައެއް މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުކުރެވިދާނެ އެވެ.
"އެ އޮފީހާއި އެތާނގައި ހުންނަ ގޮނޑިމޭޒެެއް ނޫން ކަންކު ރަނީ. އެތާ ތިބޭ މީހުން. އެހެންވީމާ މީހުން އިސްލާހު ވެގެން، މީހުން އިހުލާސްތެރިވެގެން ކަންތައްތައް އިސްލާހު ވާނީ،" އަފީފު ވިދާޅުވި އެވެ.
ބިލުގައިވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ދެކޮޅު ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވެސް މިއަދު ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮންޓްރޯލް މިހާރު ވެސް އޮތީ ޓްރާންސްޕޯޓް މިނިސްޓަރަށާއި ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށެވެ.
"މި އުޅެނީކީ ޓްރާންސްޕޯޓް އޮތޯރިޓީ ފެއިލްވެގެނެއް ނޫން އިއްޒަތްތެރި ރައީސް. މި އުޅެނީ ރައީސުުލްޖުމްހޫރިއްޔާ ފެއިލް ވެގެން،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބޭނުމެއް ކަަމަށް ބިލްގައި އޮތީ އެ އޮތޯރިޓީގެ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުކުރަން ނިންމާފައި ވާތީ ކަަމަށެވެ. އެ އޮތޯރިޓީގެ މަސައްކަތްތައް މިނިސްޓްރީ އަށް ބަދަލުކުރާނެ އުސޫލުތައް ކަނޑައަޅަންް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްބާބު
06 April 2021
ސައްކެއްނެތޭ އެވެރިންނަކަށް ތިޔާކަމަކަށް އެއްބަހެއްނުވޭނޭ ތިޔައީ އޮޓޯ މެސިނެކޭ މެންބަރުން ރުފިޔާ ނެރޭ. 50 ކާރަށް އެއްގަރާޖު ކުއްޔައްދޭ ގުރޫޕެކޭތީ.
ބާރުގެ އވާ
06 April 2021
ފައްޔަގެ ބާރު ނެތްތަ އަތް ނުބޭނޭތަ އެވީ އުވާލަން ގްރޭޓާ މާލެ ކުންފުންޏަށް ވީގޮތް އިނގޭނުން
ބޮޑުމީހާ
06 April 2021
އުވާލާނެ ކަމެއް ނެތް. ހަދަންވީ އިތުރު ކޮމިޝަނެއް. ތިތާގަ ހުރި މައްސަލަތައް ހައްލުކުރަން. ގޭ ދޮށު 5 ކުދިންނަަށް ބޮޑެތި ވަޒީފާ ލިބޭނެ
މިސްޓަރ މޯޑް
06 April 2021
މިނިސްޓްރީގެ އެންމެހާ މަސައްކަތެއް ތި އޮތޯރިޓީއަށް އަޅެވާގޮތެއް ބަލާލަން ބަދަލުކޮށްލަބަލަ ވާގޮތެއް ބަލައިލަން. ތިދެތަނުގެ މައްސަލަތަކަކީ ކޮޅެއްގައި މެދެއްގައި ޖެހޭ ދެތަނެއްނޫން. ތިދެތަނަށްވުރެން ޝަކުވާބޮޑު ދެތަނެއް ނެތް.
އޮނަރަބްލް އަފީފު ދީދީ
06 April 2021
ހަސަން މެންވެސް ތިމާމެންނަކީ މާރަނގަޅު ބައެއްކަމަށް ހެދެން އަބަދު ލާމަރުކަޒޭ ކިޔައިގެން އެބަ ވާހަކަ ދައްކަވާ. # ތިބޭފުޅުން ކަރުދާހުގައި ލާމަރުކަޒުގެ ވާހަކަ ލިއުން ފިޔަވާ "ބާރުތައް ޙިއްސާކުރުމަށް" އަމަލީ ގޮތުން ކުރި އެއްވެސް ކަމެއްނެތް. ލާމަރުކަޒު ކުރެވޭނީ ފައިސާގެ މައްޗަށާއި އިޤްތިސޯދީ ޙަރަކާތް ތަކުގެ ތެރެއިން ލިބޭ ބާރު ތަކުގެ މައްޗަށް ކަމުގައިވާއިރު އެގޮތަށް ބަޖޭޓް ޑިޒައިންކޮށް ރާއްޖޭގެ އެހެން ހިސާބުތަކުން ވަޒީފާ ލިބޭނެގޮތް ހަދާދޭންވީ ނޫންތޯ؟
ޛަަaaކސsjސsj
06 April 2021
ކޮބާތެ މިސްޓަރ ނިޒާމީ ނުކުތާ؟؟
ދޮން
06 April 2021
އުވާލަށްޖެހޭ މަރުކޮމިޝަން 2.5 މިލިޔަށް މުސާރައަށް ދީފަ ވީކަމެއްނެތް ބަދަލު ހޯދަށްޖެހޭ...ރިކަވަރީ ކޮމިޝަން ،، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދޭން ހެދި އެޗް ޑީ ސީ މިހާރު ބޮޑު ވިފާރި ކުންފުނި،،.. ހުރިހާ ސިޔާސީ ޓުވިޓަރޭ ކޯޑިނޭޓަރުތައް... ދެން ގުބޯލެއް ނުހެއްދޭނެ.. ބޭނުންވަނީ އަވަސް ތަރައްޤީ .ބޯހިޔާވަހިކަން .. ޑޮލަރު އަގު ދަށްވުން... ފޮނި ބައިސާ ބެލިއްޖެ .. ކަންކޮށްފަ ވޯޓް ..
ބުރުވާލިބާގިރުގެ ސިޔާސީ މާވަހަރު
06 April 2021
މިގައުމުގާ ހުރި ހުރިހާ ކޮމިޝަންތައް އުވާލަބަލަ. އެއީ ރައްޔިތުންގެ ފައިސާއިން ވެވޭ އިސްރާފެއް.
ލަމަރުކަ
06 April 2021
ޓްރާންސްޕޯޓް އޮތޯރިޓީ ބާއްވާފަ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލަންވީ އަދި ޓްރާންސްޕޯޓް އޮތޯރިޓީ ކަންކަން ކައުންސިލް ތަކުގެ މެންޑޭޓް ތެރެއްށް ވައްދއްވީ.
ގަރާޖަކަށް 70 ވެހިކަލް
06 April 2021
އެތަނުގަ އެހިންގާ ޖަރީމާތަކާއި އެތަނުގެ ކަންކަން ނުބައި މަގުން ހިންގުމަށް މޫލާފައިތިބި މީހުން ބޭރުކޮށް އޯމޯ ޖަހާ ދޮވެ ތާހިރުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފައްކާވެފައި ތިބި ތަނަކަށް އެތަން ހަދަން އެބަޖެހޭ އެތަނަށް ރަޖިސްތަރީ ބަދަލްކުރަން އެކި ކުންފުނި ތަކުން ފޮނުވާ މެއިލްތައް ލިޔެކިޔުންތައް ޖަވާބު ނުލިބި ތޮއްޖެހިފަ ޓްރާންސް ޕޯރޓް އެއީ ދައުލަތުގެ ވުޒާރާއަކަށް ވާއިރު ޤައުމީ ދިދަ އެތަނުގަ ނަގައިތޯ ދިދައެއް ހުރޭތޯ؟ މިއީ ހަމަ ކޮށްލި ސުވާލެއް