އެމްޓީސީސީގެ ސީއޯއޯ ޝާހިދު (ވ) އާއި ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްްރީ ޒީނިޔާ (ކ) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްޓީސީސީ
08 އެޕްރީލް 2021 - 12:47
ހއ. ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 71.90 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް 470 ދުވަހުން ނިންމަން ޖެހޭނެ އެވެ.
ހއ.ގެ އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާ އަދި ދާދި ފަހުން އެއާޕޯޓެއް އަޅާފައިވާ ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅާނެ އެވެ. އެގޮތުން، ސަބް ބޭސް އެޅުމުގެ މަސައްކަތާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ އިތުރުން ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ އެވެ.
މީގެ އިތުރުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރުތައް ހެދުމާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިކް
08 April 2021
އިންތިޚާބު ގާތްވީވީހެން ހާދަ ޕުރޮޖެކްޓެއްގައޭ މި ސޮއިކުރަނީ.. އެނގިދާނެތާ މިތިބީ ބަލަން