އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ އަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އިބްރާހީން ޝިޔާޒް ވޯޓްލަނީ.
10 އެޕްރީލް 2021 - 11:15
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ލުން މިހާރު ކުރިއަށްދާ އިރު، އައްޑޫގައި ވެސް ވޯޓް ލުމުގެ މާ ބޮޑު ފޯރިއެއް އަދި ނެތެވެ.
ހެނދުނު 7:00 ގައި ވޯޓްލާން ފެށި ނަމަވެސް މިހާތަނަށް ވޯޓްލާން ނުކުމެފައި ވަނީ ނިސްބަތުން ވަރަށް މަދު އަދަދެކެވެ. ވޯޓް ލާން ފަށަން އޮތް ގަޑިއަކާ އެކު ހުރިހާ ފޮއްޓެއްގައި ވެސް ވޯޓް ލާން ފެށި އެވެ. އެކަމަކު އައްޑޫގެ ހުރިހާ އަވަށްތަކުގައި ވެސް ވޯޓު ލުމުގެ މާ ބޮޑު ފޯރިއެއް އާންމުންގެ ފަރާތުން އަދި ނުފެނަސް ޕާޓީތަކުގެ އޮފިޝަލުންނާއި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން އަންނަނީ އެ ޕާޓީތަކުގެ މެމްބަރުން ވީހާ ވެސް އަވަހަކަށް ވޯޓް ލާން ހިތްވަރު ދެމުންނެވެ.
އެމްޑީޕީގެ އައްޑޫގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވޯޓް ލާ މީހުން މެންދުރުގެ ކުރީގައި މަދު ނަމަވެސް މެންދުރު ފަހަށް އެޅުމުން ވޯޓް ލާން ނުކުންނަ މީހުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
"ރޯދަ މަސް ވެސް ބޯމަތިވެފައި އޮތުމާއެކު އެކަމުގެ ތައްޔާރީތައް ވެސް ވަމުން އަންނާތީ ހެނދުނު ވަރަށް ބިޒީކޮށް ގިނަ ބަޔަކު މި ދުވަސްކޮޅު އުޅޭނީ. އެހެންވެ ކަމަށް ބޮޑަށް ބެލެވެނީ ހެނދުނު ވޯޓް ލާން ނުކުންނަ މީހުން މަދީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީންގެ އައްޑޫގެ ހަރަކާތްތެރިން ބުނެފައިވާ ގޮތުގައި މެންދުރު ފަހަށް އެޅި ފިނި ޖެހުމުން ވޯޓް ލާން ނުކުންނަ މީހުން ވަރަށް ބޮޑަށް އިތުރުވާނެ އެވެ.
"މިހާރު ވެސް ވޯޓް ލާން ނުކުތް މީހުންގެ ނިސްބަތް މާ ދަށެކޭ ވެސް ނުބުނެވޭނެ. އެކަމަކު ހަވީރުއަތަށް އަޅާލީމަ މީހުން ގިނަވާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ. "އެކަމަކު އަހަރެމެން އެދެން ވީހާ ވެސް އަވަހަކަށް ގިނަ ބަޔަކު ވޯޓް ލައި ނިންމާލަން."
އައްޑޫގެ ޕީޕީއެމްގެ އޮފިޝަލަކު ވެސް ވިދާޅުވީ ވީހާ ވެސް އަވަހަކަށް ގިނަ ބަޔަކު ވޯޓް ލައި ނިންމައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ފޭދޫގައި މީހަކު ވޯޓްލަނީ.
"އަނެއްކާ ފަހެއްގެ ފަހުން ވޯޓް މި ލެވެނީ ކޮވިޑްގެ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް. އެހެންވީމަ އެ ނޫން ހުރިހާ އެންމެން ވީހާ ވެސް ކުރިއަރާލައި ވޯޓް ލާން އަހަރެމެންގެ މެމްބަރުންގެ ކިބައިން އެދެމުން މި އަންނަނީ." އޭނާ ވިދާޅުވި އެވެ.
އައްޑޫގައި 27 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެ ހުރިހާ ވޯޓްފޮށިތަކެއް ވެސް ހުރީ އައްޑޫގެ އެކިއެކި ސްކޫލްތަކުގަ އެވެ. މި ފަހަރުގެ ކައުންސިލް އިންތިހާބުގައި އައްޑޫ ކައުންސިލަށް 13 މެމްބަރަކު އިންތިހާބު ކުރާނެ އެވެ. އެކަމަކު އިންތިހާބާ ނުލައި ތިން ކެންޑިޑޭޓަކަށް ކުރިން ގޮނޑި ކަށަވަރުވެފައިވެ އެވެ. މި ފަހަރު އިންތިހާބު މި ބާއްވަނީ ކައުންސިލަށް ހޮވާ މެމްބަރުންނާ އެކު، މޭޔަރުގެ މަގާމަށް ވެސް ރައްޔިތުންނަށް ވޯޓްލެވޭ ގޮތަށެވެ. މޭޔަރު ކަމަށް އެމްޑީޕީގެ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމުން އެ މަގާމަށް ވާދަކުރައްވަނީ މުހައްމަދު ލަތީފު (ވޮލީ ލަތީފު) އެވެ. ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.
ވޯޓް ލުން ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ އިރުއޮއްސި 6:00 އާ ހަމައަށެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހުންނަށް ލިބިފައިވެ އެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސިރު.
10 April 2021
އައްޑޫ މީހުނަށް ރަނގަޅު އެއްވެސް ގޮތެއް ނޯންނާނެ. އަބަދުވެސް ވެރިކަން ބޭނުން ވެގެން އުލޭ ބައެއް. ކަލޭމެން ނަޝީދު އާއި ގުޅާލައިގެންވެސް ތިއުޅެނީ އަމިއްލަ ވެރިކަމެއް އުފެއްދޭތޯ.
އޮނަރަބްލް އަފީފު ދީދީ
10 April 2021
އިގޭ މިވާހަކަޤަބޫލުކުރާން ބައެއްފަރާތްތަކުން ބޭނުން ނުވާނެކަންވެސް. އެކަމަކު ޙަޤީގަތަކީ އޮޅުވާލަން ފަސޭހަ އެއްޗަކަށްނުވާނެ. # ސިޔާސީ ގޮތުން ހޭލުންތެރި އަދި ފާޅުކަންބޮޑު ގޮތަކަށް ނިކުމެ ރަސްކަލެއްގެ ފައިބުޑަށް ސަޖިދަ ނުކުރާނަމޭ ބުނެ "އެކަމުން ނެއްޓިގަނެ" ޑިމޮކްރަޓިކް ޕާލަމެންޓަކާއިއެކު ވެރިކަމުގެ ނިޒާމެއް މީގެ 60 އަހަރުކުރިން ހޯދައިގަތް އައްޑޫ ނުވަތަ ދެކުނު މީހުން މިކަމުގައި ބައިވެރިނުވާނީ "ސަބަބު ތަކެއް ހުރުމުން" ކަމާއިމެދު ޝައްކުކޮށްގެން ނުވާނެ.
ތެދެއް.
10 April 2021
ސަބަބަކީ ވޯޓު ހޯދަން އައްޑޫ މީހުނަށް ވިއްކި މެނިފެސްޓޯ އާއި ވައުދު ތަކަށް ސަރުކާރު އިޙްތިރާމް ނުކޮށް އެކަންކަން މުޅިން ހަދާން ނައްތާލާ ދައުރު ނިމެމުންދާއިރު އެއިން އެއްވެސް ކަމެއް ކުރާން ނޫޅުން.
ނަދީމް 18
10 April 2021
މެނދުރު ކޮޅު ވީމާ ޕިކަޕަށް ދަނޑީ އަރުވައިގެން ހަވީރު އަތަށް އަޅާލީ މާ ކީއްކުރަންތޯ ތިއުޅެނީ ؟
ޔާޤޫތު
10 April 2021
ހަވީރު އަތަށް އަޅާލީމާ ގިނަ ވާނެ ކަމަކަށް ނުފެނޭ. މެންދުރު ކޮޅު ވީމާ ނުވިކަމެއް ދެން ކިހިނެއް ވާނީ ؟ ރޯދަ އަންނާނީ ޕިކަޕަށް ދަނޑި އަރުވައިގެން މީހުން ކޮޅުކޮޅަށް ދުއްވާތީ ހެދުނު ވޯޓް ލާން ނުދެވުނީދޯ ؟
ކައްދާ.
10 April 2021
އޮހ. އޯހ. ހެހެހެ ލޮލް.
ޖާދޫ އެއްފަދަ
10 April 2021
ހެދުނު ކޮޅުވީމާ ތަންކޮޅެއް އުދަގޫ ވާނެ. މެންދުރު ދަނޑީ އަރުވައިގެން ޕިކަޕު ދުއްވާފައި ގޮސް ހަވީރު އަތަށް އަޅާލީމާ ދެން އޯކޭ ވާނެ.
ރަދީފްއޮފިޝިއަލް
10 April 2021
އަދްޝަން ތޯ ވޯޓް ލާލީ؟؟/
އާދަމުގެދަރި
10 April 2021
ރައްޔިތުންގެ މަޖިލީހުން މިހާރުން މިހާރަށް ކުރަންވީ ކަމަކީ، މި ބޭކާރު އިންތިޚާބެއްކަން ދަނެގެން ރައްޔިތުން އެދޭގޮތަށް މި އިންތިޚާބު ބޭއްވުން ހުއްޓާލުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުން. މި އިންތިޚާބަށް ހިނގާ ޚަރަދާއި ކައުންސިލަރުންނަށް ހިނގާ ޚަރަދު އެރަށަކަށް ކުރާ ގޮތަށް ބަޖެޓް އަލުން ރިވިއުކޮށް ހަމަޔަކަށް އެޅުވުން.