އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ.
10 އެޕްރީލް 2021 - 18:05
ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެ ކަމަށާއި އޭގައި 60،000 ލިޓަރުގެ ޑީސަލް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި. ބޯޓުން ތެޔޮ ލީކުވާ ކަމެއް އަދި ނޭނގޭ.
މާލެ އަތޮޅު އެނބޫދޫފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓު ނިއްވުމުގެ މަސައްކަތް ކުރަނިކޮށް ދާދި ދެންމެއަކު އެ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.
އެމްޑީއެފުން ބުނީ ރޯވި ބޯޓުގައި 60،000 ލިޓަރު ޑީސަލް ހުރި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވުމާ އެކު ސަލާމަތްވާން އޭގެ ފަޅުވެރިން ވަނީ ކަނޑަށް ފުންމާލައިފަ އެވެ. އެ ހަތަރު ފަޅުވެރިން ކަނޑުން ނަގައި ސަލާމަތްކުރީ މާފުށީ ކާނި ހޮޓެލްގެ ލޯންޗަކުންނެވެ. އެއީ މާފުށިން ވޯޓު ލާން މާލެ އައި މީހުން ބަލާ ދިޔަ ލޯންޗެއް ކަމަށް ވަނީ އެނގިފަ އެވެ.
#Update: Theyo boat gai roavi alifaan nivvumumah, MNDF Fire & Rescue Services ge firefighters masakkaiy kuramun dhanikoh 18.27 haairu boat adiayah hingajje. pic.twitter.com/K0Oju8wmQ2
— Maldives National Defence Force (@MNDF_Official) April 10, 2021
އެމްއެންޑީއެފުން ބުނީ ބޯޓުގައި ތިބީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ. އެ ހަތަރު މީހުން ވެސް ސަލާމަތްކޮށް މިހާރު ރައްކާތެރިކަމާ އެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ އާއި ވީޑިއޯތަކުން އެނގޭ ގޮތުގައި އެ ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ދުން އެރި އެވެ.
ބޯޓުގައި ރޯވީ އެމްއެންޑީއެފުން ބުނި ގޮތުގައި ތެޔޮ ބަރުކޮށްގެން މާލެއިން ޅ. އަތޮޅަށް ދަތުރުކުރަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންނޭނގޭ
10 April 2021
ކޮން ތަނެއްގެ ބޯޓެއްކަމެއް ސާފެއް ނުވި
އުދުހޭ
10 April 2021
އެހާ ބައިވަރު ތެޔޮ ކަނޑަށް ލީކުވުމަކީ ތިމާވެށި ހަލާކުވެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލޮބިދާނެ ކަމެއް.
ނެވި މީހާ
10 April 2021
ނޫސްވެރިން ލިޔާއިރު ވިސްނާލަންވާނެ މާލެއިން ޅ އަތޮޅައް ދަތުރުކުރާ އުޅަނދެއް އެނބޫދޫ ފިނޮޅު ކައިރީ ނޯންނާނެކަން ވެދާނެ ލ އަތޮޅައް ކުރާދަތުރަކައް.
ގސހސޖ
11 April 2021
އަހަރެން މީ މަންޒަރު ދުށް މީހެ އް، ބޯޓު އަ އީ ލާމުން ތެޔޮ ބަރުކޮށް ގެން މާލެ
ނޫސް ކިޔާމީހާ
10 April 2021
މިވީ ގޮތުން 33 ލާރި ލީޓަރަކުން ބޮޑުވާނެ.
އަފާފުނި
10 April 2021
މީހަކަށް ގެ އްލުމެ އް ނުވީތީ އުއއފާކުރަން
އުދުހޭ
10 April 2021
ދެން ބޯޓުގަ ހުރި ތެޔޮ ކަނޑަށް ލީކުވީތަ؟
މާފުށި
10 April 2021
ކާނިވަރެއް ހަމަނެއް..
ފިނޮޅު
10 April 2021
އެނބޫދޫ ފިނޮޅު ކައިރި