ފުވައްމުލަކު މޭޔަރު ކަމަށް ހޮވިވަޑައިގަތް އިސްމާއިލް ރަފީގް: އެރަށު ކައުންސިލްގެ އަޣުުލަބިއްޔަތު ވެސް އެމްޑީޕީއަށް ވަނީ ލިބިފައި
10 އެޕްރީލް 2021 - 23:51
ފުވައްމުލަކު ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގު ކާމިޔާބުކޮށް، އެރަށު ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީން ނަގައިފި އެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވީ އިސްމާއިލް ރަފީގުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ތޯރިގާއި ޖުުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޒިޔާދު ޒަކަރިއްޔާ ހުސައިނެވެ.
ފުވައްމުލަކު މޭޔަރުގެ ގޮނޑީގެ އިތުރުން ސިޓީ ކައުންސިލްގެ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާއެއް ވެސް އެމްޑީޕީން ކާމިޔާބުކޮށް، ކައުންސިލްގެ އަޣުލަބިއްޔަތު ވަނީ ހޯދައިފަ އެވެ. ޕީޕީއެމް އަށް ކާމިޔާބުވީ ފުވައްމުލަކު މެދު ދެކުނު ދާއިރާ އާއި ހުޅަނގު އުތުރު ދާއިރާ އެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރުކަން ވެސް އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރުކަން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފަ އެވެ. އެކަމަކު މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ފުރަތަމަ ގެއްލުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފަ އެވެ. މާލޭ ސިޓީގައި ކުރީގައި އުޅުއްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލުވަގު
11 April 2021
މާލޭގަތިބީ ހުސްގަމާރުން. އެހެންވެ މާލެ މެޖޯރިޓީތިލިބުނީ.
ރަދީފްއޮފިޝިއަލް
11 April 2021
ފުވައްމުލަކު މިގޮނޑި އެއީ ވޯޓް ކާސްޓް ކުރުމުގެ ކުރިން ވެސް 100 ޕަސެންޓް ޔަގީން ގޮނޑިއެއް.މަރުހަބާ އައިބޭ.
ުހައްވަ
11 April 2021
އެންމެގިނައިން ބޯހަމަނުޖެހޭމީހުންތިބިރަށަކީ ފުވައްމުލައްކަމުގާ އިއުލާންކުރީމެވެ އހުތިރާމްގަބޫލުކުރުންއެދެމެވެ. ހައްވާއަލީ
އައްސިދަ
11 April 2021
ފުވައްމުލަކުގާ މިހާރުވެސްއޮތީ ވަރަށް ޚުދުމުޚުތާރު ކައުންސިލެއް!! މީހުންގެގޯތިތައް މިމީހުންގެ މައިންބަފައިންގެ ތަރިކަމުދާކަމަށްހީކޮށް ހިތުހުރިގޮތަކަށްހަދަމުންދިޔަކައުންސިލަށް ހަލާކުހުރި!! މިއަދުފުއްޕާލާފައުޅުނަސް މާދަމާވެސް ސައިޒަށްކެނޑިދާނެ!! މިފަހަރުގެކައުންސިލަށް ކިހާވަރެއްވާނެބާ ؟؟؟
ޑާރކްނެޓް
11 April 2021
ކަލޯ ކިހިނެއްތަ ތިހަދަނީ ޑާރކްނެޓް
ބަޑިއެދުރުކަލޭގެފާނު
11 April 2021
ފުވައްމުލަކު މޭޔަރުކަން ޕީޕީއެމް އަށް ކާމިޔާބުކުރުމަށް އޮތް އެންމެ ރަނގަޅު ފޯރމިއުލާ، މެދު ދާއިރާގެ ކުރީގެ މެމްބަރު، ޕާރޓީގެ ބޮޑުންގެ ނުފޫޒުން ކަޓުވާލި ހިސާބުން ފުވައްމުލަކުގެ މޭޔަރުކަން ޕީޕީއެމް އަށް ވަނީ ގެއްލިފައެވެ. ޢަދި ބޭބެ ޕީޕީއެމް ގެ ޓިކެޓްގައި ނެރެ އެ ދާއިރާގެ ސިޓީ ކައުންސިލް ގޮނޑި ކާމިޔާބު ކުރުމުން މެދު ދާއިރާގެ ކުރީގެ މެމްބަރަކީ ސިޔާސީގޮތުން ވަރުގަދަ ފަރާތެއްކަން އެވަނީ ސާބިތުކޮށްދީފައެވެ.
ހުތަގެ ހުތާ
11 April 2021
ގދ. ގެ އަތޮޅުވެރިކަމަށް އެމްޑީޕީއަށް ނާދެވުނީ މިހާރު ތިނަދޫ ކައުންސިލްގަ ތިބި ނުދިއްލޭ ބިގަރުތަކަކާހުރެކަން ޔަގީނެވެ. މީހުންނާ މުއާމަލާތްކިރަން ނޭގުމާއި ހިސާބަށްވުރެ ފޮނި ބޮޑުވުމަކީ އެމްޑީޕީއަށް ތިނަދޫއިން ގޮނޑިތަކެއް ގެއްލުމުގެ އަސްލެވެ. އަދި ތިނަދޫ އެމްޑީޕީ ލީޑަރޝިޕްގަ ތިބި މަދު ބަޔަކު ތިނަދޫ އެމްޑީޕީ ގްރާސްރޫޓުގަ ތިބި މައުސޫމު ކުދިންތަކެއް ލަދު ގަންނުވާލުމަކީވެސް އެއްސަބަބެވެ. މިކަން ގަބޫލުރިޔަސް ނުކުރިޔަސް މިއީ ހަގީގަތެވެ