ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

އެމްޑީޕީގެ ބާރު އޮތް އިހަވަންދޫ ވެސް ޕީޕީއެމަށް

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ގަޑި ހަމަވުމުން ވޯޓުލާ މަރުކަޒެއްގައި ހުރި ވޯޓު ފޮއްޓެއް ބަންދުކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މިހާތަނަށް އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ހއ. އިހަވަންދޫ ކައުންސިލްގެ ސުޕާ މެޖޯރިޓީ އިދިކޮޅު ޕީޕީއެމުން ނަގައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރު ދައްކަމުން އައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނަގާފައި ވަނީ ވެސް ޕީޕީއެމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން، މާލޭގެ މޭޔަރުކަމުގެ ގޮނޑި ހިމެނޭ ގޮތަށް މިހާތަނަށް 12 ގޮނޑިއެއް ނަގާފައި ވަނީ އެ ޕާޓީންނެވެ.

އިހަވަންދޫ ކައުންސިލްގައި އެމްޑީޕީގެ ފަސް މެމްބަރުން ކުރިން ތިއްބެވި ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓުންނެވެ.

އިހަަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބު ކުރަން ފެށީއްސުރެ އެ ރަށުގައި އެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ހޮވިއްޖެ ނަމަ އޭގެ ފަހުގެ އިންތިހާބެއްގައި ހޮވިފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ކައުންސިލަށް ލިބުނުއިރު ދެން އޮތް އިންތިހާބުގައި ސުޕަ މެޖޯރިޓީ ލިބުނީ ޕީޕީއެމަށެވެ. އަދި ތިން ވަނަ އިންތިހާބުގައި އެމްޑީޕީއަށް އެ ކާމިޔާބީ ލިބުނުއިރު މިފަހަރު އިންތިހާބު ކާމިޔާބުވީ ޕީޕީއެމަށެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން ގޮތް ނިންމަނީ އެގޮތަށެވެ. ނަމަވެސް ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީ އެވެ.

އިހަވަންދޫގެ އިތުރުން އެމްޑީޕީ އަށް މިހާތަނަށް ބޮޑު ތާއީދެއް އޮންނަ ރ. ހުޅުދުއްފާރު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް ނެގީ ޕީޕީއެމުންނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ ހއ. އަތޮޅުގެ ޖުމުލަ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެމްޑީޕީ ވަރަށް ވަރުގަދަކޮށް އޮތް އިހަވަންދޫގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން ތިން ގޮނޑިއެއް ވެސް ނެގީ ޕީޕީއެމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ގއ. އަތޮޅާއި ގދ. އަތޮޅުން ވެސް ކުރީގައި އުޅެނީ ޕީޕީއެމެވެ. ބޮޑެތި ސަރަހައްދުތަކުން އެމްޑީޕީއަށް ނޫނެކޭ ބުނެފައި ވަނީ މި ސަރުކާރަށް ދެ އަހަރާއި ބައިވިއިރު ވެސް ރައްޔިތުންނަށްވި ވައުދުތައް ފުއްދާފައި ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ނަތީޖާ އިން ސާފުވާ އަނެއް ކަމަކީ ރައީސް އަބްދުﷲ ޔާމީނަށް ދެމުން ގެންދާ އަނިޔާގެ ސަބަބުން މި ސަރުކާރާ މީހުން ދެކޮޅުވުން ކަމަށެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހީ

11 April 2021

އެވެެްްްްްްްްްްްްްްްްްްްްްްްްސް ޔާމީން ފެއްޓެވި މަސައްކަތެއް ކުރެޑިޓް މިސަރުކާރށް

The name is already taken The name is available. Register?

11 April 2021

އިހަވަންދޫ ރައްޔިތުން ގުނބޯ ހައްދަން ކުރި މަސަކަތް، އައްޑޫ ރައްޔިތުން މިސަރުކާރަށް އެއްމެ ގިނަ ވޯޓް ދިނީމާ ދިން ދޯކާ މިހާރު އިބޫ އަށް ފެންނާނެ! މުޅި ހުވަދޫ އުތުރު ދެކުނު އެއްކުރީމައި އެމްޑީޕީ އަށް ލިބުނު ވޯޓަށްވުރެންގިނަ ވޯޓް އައްޑޫއިން މިސަރުކާރަށް ދިނެވެ. ނަމަވެސް ވަޒީރުންގެ މަޖިލީހުގައިވެސް އަދި ކުންފުންޏެއްގައި ވެސް އައްޑޫ މީހަކު ނެތެވެ. އިބޫއަކަށް އަދި އިބޫގެ ވަޒީރުންގެ މަޖިލީހަށް އެމްޑީޕީ މެމްބަރުންގެ އެކްސްޕެކްޓޭޝަން ނޭގެއެވެ.

The name is already taken The name is available. Register?

ނެތީމޭނެތީމޭ

11 April 2021

އެމްޑީޕީގެ ބާރު އޮތް އިހަވަންދޫގެ ތާއީދު ވެސް ޕީޕީއެމަށް ލިބިއްޖެނަމަ ތަމެން އެންމެ ރުޅި އަންނަ ވަގުތު ނޫހުގެ ދިރާސާ މިހާރު ތަމެންނަށް ގަބޫލު ކުރެވޭނެ ކަމަށް މަމެން ހީކުރަމޭ ބުނަން މަމެން ނެތީމޭ...

The name is already taken The name is available. Register?

ގަދަވަންވާން

11 April 2021

ޕޕޕ އަށް ލިބުނުކާމިޔާބާ ޔާމީނުގެ ޖަލު ހުކުމާ އެއްވެސް ގުޅުމެއް ނެތް އޭނާ ޖަލުހައިހުރީ ވައްކަންކޮށް އެކަން ސާބިތުވެގެން

The name is already taken The name is available. Register?

ނުވާނެ

11 April 2021

އަދީބާ ޒިޔަތު ގޭގައި އަދި ޔާމީނު ޖަލުގަ އެހެން ބެހެއްޓުމަކީ އެމްޑީޕީއަށް މައިނަސް ހަމަ އިތުރުވަމުންދާނެ ކަމެއް. އެމްޑީޕީން އެ ކުޅޭ ފީކަޅާ ގޭމް އެއްކޮށް ތިލަވާން މާގިނަ ދުވަހެއް ނުނަގާނެ ޔާމީން ދިގުމުއްދަތަށް އެހެން ޖަލުގަ ބަހައްޓާނަމަ.

The name is already taken The name is available. Register?

ޙަމް77

11 April 2021

އެއަރޕޯޓު އިހަވަންދޫ ބޮޑުމަގުގަ ނާޅަދީގެން. ވަރައް ފާޑެއްގެ ބަޔެއް އުޅޭ ރަށެއް. ބައިތިއްބާ. ދެންވެސް މުހަންމާ ކަލޯ ހޮވާ މަޖިލީހައް. އައިކިއު 0 އްގެ ބަޔެއް ދިރިއުޅޭ ރަށެއް. ވަރިހަމަ ރަނުން ގަނޑުވަރު އަޅައިދިނަސް އެއްޗެއް ނުވިސްނޭނެ.

The name is already taken The name is available. Register?

ޖސބ

11 April 2021

ތިކަހަލަ އައިކިއު މާ ހައި މީހުންނާއި ހުރެެއޭ ތަންތަން ފަނާވަނީ

The name is already taken The name is available. Register?

ހަހަ

11 April 2021

މާލެއިން އުތުރުގަ އޮތް އެންމެ މަސައްކަތްތެރި، އުފެންދުންތެރި އަދި ވިޔަފާރި ރަނގަޅު ރަށް އިހަވަންދޫ އަކީ، އިހަވަންދޫ އަށް އައިސް ގޮސްވެވޭނެ އެއަރޕޯޓް ނެތަސް މުޅި ހުވަރަފުށި އަދި އިހަވަންދޫ އެތެރެވަރި އެންމެންނަށް އެވަރަށް އެރަށައް ދަތުރު ކުރާނެ. ހުވަރަފުށި އަދި ދިއްދޫ ފަދަ ރަށްރަށުގައި ސަރުކާރުން ކޮށްފަ ހުރި އިމާރާތްތައް ފިޔަވައި ކޮންސްޓްރަކްޝަން ނުވަތަ އިމާރާތް ކުރުންވެސް އެންމެ ކުރިއަރާފައިވާނީ އިހަވަންދޫގައި

The name is already taken The name is available. Register?

ހިހި

11 April 2021

ކުށްކުރުންވެސް އެންމެ މަދުވާނީ އިހަވަންދޫގައި، އައި ކިއު ހައި ކުދިން އުޅޭ ރަށްރަށުގަ ބޮޑު ކަމެއްކަންނޭގެ މިއީ ކިޔަވައި ދިނުމާއި ކިޔަވައިގެން ތިބި މީހުންވެސް އުތުރުން ނިސްބަތުން އެންމެ ގިނަ ވާނީ އިހަވަންދޫގައި. ސޯ އައި ކިއު އޮޅާލާ ޖޭ ވިޔަސް، ހަޖަމު ކޮށްލާ ބަލިވީމަ ބަލި ގަބޫލު ކުރަން ދަސްކުރޭ

The name is already taken The name is available. Register?

ނަދީމާ

11 April 2021

އެބައެއްގެ ޙައްގު ހޯދަން މަސައްކަތް ކުރުމަކީ ވަކި ހޯރަފުށި ރައްުޔިތުންނަށް އެކަނި ލިބިފަވާ ޙައްގެއް ނޫން. އިހަވަންދޫަ އަކީ މުޅި އަތޮޅުގަ ވެސް އޮތް ތަޢުލީމީ މީހުން އެންމެގިނަ ރަށް. ދާއިރާ މެންބަރުގެ ބާރުގެ ބޭނުން ކޮށްގެން ޖަންގަލީގެ އުސޫލު ނުގެންގުޅުމަކީ އިހަވަންދޫ މީހުންގެ ރަނގަޅުކަން. މުޅި ދިވެހިރާއްޖޭގަ އެއަރޕޯރޓެއް މިލްކުވެގެން އުޅެނި އެންމެ ބަޔަކު އަދި!!

The name is already taken The name is available. Register?

ޢަހްމަދު007

11 April 2021

ރަގަޅެއްނު ހުވަރަފުށީގައި އެއާޕޯޓް އަޅައިގެން އެރަށު ހުރިހާ ގޮޑިއެއް ކަހައި ލެވިއްޖެނު.

The name is already taken The name is available. Register?

ރާއްޖޭ ޓީވީ

12 April 2021

މިހާރު ރަނގަޅަ ޖެޓީ ފެންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454