ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

މާލެ އިން ނާކާމިޔާބުވީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެގެން: ރައީސް

ރައީސް ވިދާޅުވީ، މާލެއެކޭ އެއްގޮތަށް އެހެން ބައެއް އަތޮޅުތަކަށް އެމްޑީޕީގެ ކޮންޓްރޯލް ވެސް ގެއްލުނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނުދެވިގެން ކަމަށް.

ަމިއަދުގެ ޕްރެސް ބްރީފިންގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ސަރުކާރު ނުވަތަ އެމްޑީޕީ އަށް ގެއްލުނީ ކޮށްދޭންޖެހޭ ކަންތައްތައް ނުކޮށްދެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އެހެން ވިދާޅުވިއިރު، މިހާތަނަށް މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ ކޮންޓްރޯލް ދަމަހައްޓަމުން އައި އެމްޑީޕީ އަށް މި ފަހަރު އެ ކޮންޓްރޯލް ގެއްލި، އެ ކައުންސިލްގެ އަޣުލަބިއްޔަތު އިދިކޮޅު ޕީޕީއެމަށް އަނބުރާލައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން ބޭއްވި ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ނަތީޖާއާ މެދު ވިސްނާލަަންޖެހޭ ކަމަށެވެ. ހާއްސަކޮށް އެހެން ދިމާވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެ ކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އަޅުގަނޑު މިއަދު ވެސް ޔަގީންކަން މި އަރުވަނީ މާލޭ ސިޓީ އާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ދެނެގަނެ އެ ކަންތައް ހާސިލް ކޮށްދިނުމުގައި މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވި މި އިންތިހާބުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރައީސް ވިދާޅުވިގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކައުންސިލްތަކުގެ 43 ޕަސެންޓު ލިބުމެވެ. އަދި ލީ ވޯޓުގެ 49 ޕަސެންޓު ހިއްސާކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މިޑްޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލް ވެފައެއް ނެތް. އެހެންވީމާ މިޑްޓާމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބު ފާހަގަކުރުމާއެކު، އަޅުގަނޑު މި ދެންނެވި ކަންބޮޑުވުންތަކާއެކު، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކުރަންޖެހޭ ކަންތައް ކުރަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި، ރައްޔިތުންގެ ކަންބޮޑުވުންތައް:

- މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތައް.

- ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅިގެން ކެފޭ/ރެސްޓޯރަންޓް/ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ކުރި އަސަރު.

- އެމްއެމްޕީއާރުސީގެ ތަހުގީގު ނުނިމި ދިގުލައިގެން ދިއުން.

- މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް ލަސްވުން.

ރައީސް ވިދާޅުވިގޮތުގައި، އެކަންކަން މިހާތަނަށް ފާހަގަވެފައިވީ ނަމަވެސް މި އިންތިހާބުގައި ކުރިމަތިވި މައްސަލަތައް އިތުރަށް ބަލަންޖެހެ އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ބޮޑަށް ބަލަނީ މައްސަލަތަކަށް ކަމަށެވެ. އޭގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު އަދި ހިޔާލުފާޅުކުރުން ފަދަ ކަންކަމާ އެ ޕާޓީގެ މެމްބަރުން އެއްކޮޅު ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ އިސްވެ ސަރުކާރު ވަނީ ލިބިފައި. އަދި ރައްޔިތުންގެ މަޖިލީހުގެ 75 ޕަސެންޓު ގޮނޑި ވެސް ރައްޔިތުން ވަނީ ދީފައި. އެހެންވެ، މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް މި ކުރެވުނު ކަންތައްތަކުގެ ތެރޭގައި އެބަޖެހޭ ބަލައިލަން. ސަރުކާރުގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ؟ ކޮންކޮން ކަންތައްތަކެއްތޯ ބަދަލުކުރަން ޖެހެނީ. މަޖިލިސް ތެރޭގައި މައްސަލަތަކެއް ހުރިތޯ. ހުރިއްޔާ އަޅުގަނޑުމެން އެ އަށް އެޑްރެސް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލޭގެ އިތުރުން ކުރިން އެމްޑީޕީން ކައުންސިލްތައް ކޮންޓްރޯލް ކުރަމުން އައި ހއ. އިހަވަންދު އާއި ގއ. އާއި ގދ. އަތޮޅު ފަދަ ތަންތަނުން ވެސް އެމްޑީޕީ އަށް ވޯޓުތައް ގެއްލުނު ކަމަށާއި އެ ސަރަހައްދުގެ މީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ކޮށްދެއްވާނެ ކަަމަށެވެ.

ކޮންމެ ނަތީޖާއެއްގެ ޒިންމާ ވެސް އެ ސަރުކާރަކުން ނަގަން ވާނެ

ރައީސް މިއަދު ވިދާޅުވީ، ވެރިކަމުގައި ތިބި ބައެއްގެ ރިޔާސީ ދައުރުގައި ބާއްވާ އިންތިހާބެއްގެ ނަތީޖާ ކޮންމެ ގޮތަކަށް އެނބުރުނަސް އޭގެ ޒިންމާ އެ ސަރުކާރަކުން ނަގަން ވާނެ ކަމަށެވެ. އެ ސަރުކާރަކަށް އިންތިހާބުން ކާމިޔާބު ވިޔަސް ނުވިޔަސް އެކަން އޮންނަން ވާނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ މި ފަހަރު މާލޭ ސިޓީ ކައުންސިލުންނާއި އަދި އެހެން ދިމަދިމާލުން ވެސް އެ ލިބުނު ނަތީޖާގައި ސަރުކާރުގެ ދައުރެއް އޮންނާނެ. އެހެންވީމާ އެއީ ކޮން ކަންތައްތަކެއްތޯ ދެނެގަނެ އެކަން ހައްލު ކުރާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ މަސްވެރިކަމުގެ ސިޔާސަތައް ބަދަލުތައް ގެނެސްފައިވާއިރު، މީގެ ކުރިން އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް އިހަވަންދޫ ކައުންސިލްގެ ބާރު އިދިކޮޅަށް ގޮސްފައިވާ ކަމަށެވެ.

އިހަވަންދު އަކީ މަސްވެރިކަމަށް ރާއްޖޭގައި މަޝްހޫރު އެއް ރަށެވެ. އެކަމަކު، އެ ރަށުގެ ކައުންސިލްގެ ހަތް ގޮނޑި ވެސް މި ފަހަރު ނެގީ ޕީޕީއެމެވެ.

ރައީސް ވިދާޅުވީ، މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ކުޑަ އަގެއްގައި މަސް ގަންނަން ފެށީ ދެކޮޅު ނުޖެހި އެ ކުންފުންޏަށް ގެއްލުންވާތީ އެވެ. އެ ބަދަލު ގެނައީ އެ މަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަގްވާމީ މާކެޓަށް ރިއާޔަތް ކޮށެވެ.

ނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތަކެއް އެކަމުގައި ހުރި ކަން މި އިންތިހާބުގެ ތެރެއިން ގަބޫލުކުރެެއްވުނު ރައީސް ވިދާޅުވި އެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރަން ސަރުކާރުން ކުރާ ކަންކަމާއެކު އެ ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

63 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 3%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެހޭނެއޭ

13 April 2021

މާލޭން ނާކާމިޔާބު ވުމުން މިއަދުން މިއަަދަށް ސަރުކާރުން ނިންމަވާ ދެއްވަންވީ ވެރިކަމުގައި އިތުރަށް ތިބޭނިތޭ ވަގުތު އޮތްވާ އަަވަހަށް އިސްިތިއުފާ ދީފައި ކޮންމެވެސް ގޮތެއް އެބަޖެހޭ ސަރުކާރުން ނިންމަވަން މަޝްރަހުން ފެންނަނީ ސަރުކާރު ދަނީ ކަޅު އަނދިރިވިލާ ތަކުން ފުރިގެންވާ ތޫފާނެއްގެ ތެރެއަށް ކަމަށޭ އެތޫފާނުގައި ސަރުކާރު ޖެހިޖެއްނަމަ ސަރުކާރު ކަނޑުފެތޭނެއޭ އެކަން ސެުކާރުން ދަންނަން ޖެހޭނެއޭ ޖެހޭނެއޭ...

The name is already taken The name is available. Register?

އިބްރ

13 April 2021

ތިޔަބޭފުޅުންނަށް ކޮން ބާރެއް ނެތިގެންތޯ މާލޭ ރައްޔިތުން ކަންބޮޑުވާންޖެހުނީ. އިސްތިއުފާ ދެއްވާ. ޕާފޯމަންސެއް ނުދެއްކުނޭ. ދީނަށް ފުރައްސާރަކުރުން ބަލައިނުގަނެވޭނެ.

The name is already taken The name is available. Register?

ޓެކްސީ ޑްރައިވަރ

13 April 2021

މަމީ އެމްޑިޕީ މީހެއް އެކަމަކު ޕީޕީއެމަށް ވޯޓްލާން ޖެހުނީ އަހަރުމެން ރެޔާ ދުވާލު ކާންބޯން ކުރާ މަސައްކަތަށް ޓްރާންސްޕޯޓުން ކުރާ ދުއްތުރާކޮއް ތަފާތުކުރުން އިންތިހާއަށް ގެންގުޅޭތީ މިސާލަކަށް ބޮޑުލޮރީއަށް 1000ރ އަށް އިންޑަސްޓްރިއަލް ވިލެޖުން ސްލޮޓް ވިއްކާފަ ކާރަށް 3000ރ އަށް ސްލޮޓް ވިއްކުން. ޓެކްސީ ހުއްދަ ޕޮލިހުންދިން ކަޅު ބިއްލޫރި ހުއްޓާ އެތެރެ ފެންނާތީ. އެކަމަކު މިއަދު އެބަޖެހޭ އެބަދަލު ކުރަން މި މާލެއަކުނެތް ބިއްލޫރިއެއް .

The name is already taken The name is available. Register?

ބޭއިންސާފު

13 April 2021

ރަނގަޅަށް ތި ކަންތަށްކުރީ.. މީ ހަމަ ޖަރީމާ ކޮން އުސޫލަކުން ބޮޑު ލޮރީއަށް 1000ރ އަށް ދެވެންވީ؟ 2 ކާރުގެ ޖާގަ ދާނެ ބޮޑު ލޮރީއަކަށް އެކަމަކު ކާރަށް 3000ރ. ޓެކްސީ ގެ ގޮތުން ބެލިއަސް ބޮޑު ލޮރީއަށް ލިބޭނެ ކާރަށްވުރެ ގިނަ ލާރި

The name is already taken The name is available. Register?

އިސްތިެުފާދޭންވީއޭ

13 April 2021

ރާއްޖޭގައި ވެރިކަން ކުރާ ރަށަކީ އެއީ ފުރަމާލެ ފުރަމާލޭގެ ރައްޔިތުންގެ ތާއީދު ނެތް ސަރުކާރެއް އެދެން ޖެހޭނީ ސްޓެޕް ޑައުންވާން އޭ އެއީއޭ މޮޑަރން ލީޑަރޝިޕްގެ އުސޫލަކީ އެކަންނުކޮށް ރައީސް އިބޫ އާއި އަދި ރައީސް އިބޫ ވަޒީރު ކަން ދީފައިވާ ދެއުއިޅި އެއް ނުވާ ކެބިނެޓް މެމްބަރުން އެކަން ދިފާއު ކުރަން އުޅޭނެ ކަމެއް ނެތޭ ރައީސް އިބޫގެ ސަރުކާރުން ރައީސް އޮފީހަށް ނޭގުނީއޭ ޕޮލިސީސް ތައް ތައްޔާރު ކުރަން ދެން ރައީސް އޮފީހުގެ މަތީލޭޔަރ އެއްކޮށް އިސްތިއުފާ

The name is already taken The name is available. Register?

ދޫކުރުންބާއްވާފައޭ

13 April 2021

ރައީސް އިބޫ އަކީ އެއީ މިހާރު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި މާލޭގެ ވަޒަންވެރިންގެ މެދުގައި ވަރަށް ނުބައި ލޭބަލެއް ޖެހިފައިވާ ރައީސެކޭ ސަބަަބަކީ ކެމްޕެއިން ނިންމަން އޮތްރޭ ވެސް ބުނީ މިއުޅެނީ ގައިންތާހިރު ނުވެގެންނޭ ކިޔާ މިހާރުދެން ވަރަށް ޕެޓީ ކަންކަމަށް މާލެ މީހުްނ ދެކޭ ރަށްފުށުގެ ފާޚާނާ ނިޒާމްގެ ވާހަކަ ދައްކަނީ ހަގީގީ މައްސަލަ ކަމުގައިވާ ރާއްޖޭގެ ހުރިހާ ރައްޔިތުން ބިން ބޭނުންވާ މާލެ ސަރަހައްދުގެ ފަޅުތައް ހިއްކާ ބިންތައް

The name is already taken The name is available. Register?

ފުނޑާލުމުންނޭ

13 April 2021

މާލޭން އެމްޑީޕީ އަށް ނާކާމިޔާބުވީ މާލެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ މީހުންނާއި އަދި ފުރަ މާލޭ މީހުން ނަކީ ކަމުގެ ތަޖްރިބާ ލިބި އަދި ރާއްޖޭގެ އިގްތިސާދުގެ ހަގީގަތް ދަންނަ ބަޔަކަށްވާއިރު އެމެން ބާކީ ކުރުމަށް ފަހު މިނިސްޓަރު ކަމާއި އަދި ރައީސް އޮފީހުގެ މިނިސްޓަރުން ނާއި އެޑްވައިޒަރުންނަށް ތާކުން ތާކު ނުޖެހޭ މާލޭ މީހުންގެ މެދުގައި އެއްވެސް އަގެއް ނެތް ދެއުއިޅި އެއް ނުވާ މީހުންނަށް އެފަދަ މަގާމް ތައް ދީގެން މާލޭގެ އިގްތިސާދާއި ވިޔަފާރި

The name is already taken The name is available. Register?

އެމެންޖެލަސްވީއޭ

13 April 2021

މިފަހަރު އެމްޑީޕީ އަށް މާލޭން ނާކާމިޔާބުވީ އެއީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން މާލޭގެ ތަރައްގީ އަށް ހުރަސް އަޅާ ގޮތަށް ރައީސް އޮފީހުގެ ޕޮލިސީސް ތައް ޑްރައިވް ކުރުމުންނޭ އެކަން ކުރީ އެއީ ފާޅުގައޭ އެއީ ދުވަހަކު ވެސް ރާއްޖޭގެ ތާރީޚް ގައި ވެސް ރައީސް އޮފީހުން ކުރާ ކަމެއް ނޫނޭ އަނެއް ކޮޅުން ސަރުކާރުގެ އެއްވެސް ތަޖްރިބާ އެއް ނެތް މާލޭގެ ގަދަރުވެރިން ނުދަންނަ މީހަކު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަކަށް ލުން މިހާތަނުން މާލެ ދެކެ

The name is already taken The name is available. Register?

ޢަޅީ

13 April 2021

އެ ކަންބޮދުވުން ތަކަކީ ރައީސް ގެ ހިންގުންތެރިކަން ނަޝީދު ކޮރަޕްޝަން

The name is already taken The name is available. Register?

ބަރާބަރު

13 April 2021

ނޫސް ކޮންފަރަންސް ދޭއިރު ހުންނާނީ ވަރަށް ހަމަޖެހިލައިގެން. ކޮންމެ ފަހަރަކުވެސް ބަރާބަރަށް ޔަޤީންކަންދޭ ... ވާކަމެއް ހަރާން. ވެންޓިލޭޓަރު މައްސަލައިގަވެސް އަދީބު ގެ ފްރެންޑް ސަމީމު އާއި އސސ ޕިންޕޮންގް ކުޅެލަ ކުޅަލް އެތިބެނީ. މިބޭފުޅާގެ ބޭނުމަކީ މިފަސްއަހަރު މިގޮތުގައި ދުއްވާލާފަ ، ބޮޑު އިނާޔަތަކާއެކީ ކެރިޔަރު ނިންމާލަން.

The name is already taken The name is available. Register?

އިޚްލާޞް

13 April 2021

ކުރިމަގަށް ކުރިމަތިވަމުން އަންނަ ނާކާބީތައް އަދި މާބޮޑުވާނެކަން ހަނދާން ކުރައްވާށެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454