އެމްޑީޕީން ބުނީ އިދިކޮޅު ޕާޓީން ގެންދަނީ ވޯޓު ގުނަން ހުރަސް އަޅަމުން ކަމަށާއި ގަޔަށް އަތްލައި މާރާމާރީ ވެސް ހިންގި ކަމަށް
އީސީ ތެރެއަށް ނަޝީދު ވަދެވަޑައިގަތުމުން އިދިކޮޅުގެ އިހުތިޖާޖު ހޫނުވެއްޖެ-- ފޮޓޯ: ޑރ. އަބްދުﷲ ހަލީލް/ޓްވީޓާ
13 އެޕްރީލް 2021 - 15:09
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލތަކުގެ އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބު މަރުކަޒު ދޮށަށް މިއަދު އެއްވެ، އަޑުގަދަކުރަމުން ދަނިކޮށް އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ އިސްވެރިން ވަޑައިގަތުމުން، އެ ސަރަހައްދުގެ މަސްރަހު ހޫނުވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުންްނަވައި، "މިހާރު" އަށް މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ހުށަހަޅާ ޝަކުވާތަކަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވޯޓު އަލުން ގުނަނީ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކަމަށެވެ. އެކަމަކު، ގާތްގާތުން ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވަނިކޮށް، މިފަހަރު ވޯޓު އަލުން ގުނަން މަސައްކަތް ކުރަނީ ވަގުތީ ނަތީޖާ އިއުލާންނުކޮށް ކަމަށް ސައީދު ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރީގައި މިއަދު ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން އާންމުންގެ ތެރެއަަށް ޕެޕާސްޕްރޭ ޖަހަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެކަމުގެ ކަންބޮޑުވުން ފާޅުކުރަން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ކައިރިއަށް އިދިކޮޅުން މިއަދު އެއްވާން ގަޑި ކިޔައިފައިވަނިކޮށް، ނަޝީދާއި އެމްޑީޕީގެ އިސްވެރިން އެ ސަަރަހައްދަށް ވަޑައިގަތުމަކީ މަސްލަހަތު ގެއްލުވައިލަން ކުރެއްވި ކަމެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.
އިންތިހާބީ މަރުކަޒަށް ނަޝީދު ވަޑައިގެންނެވިއިރު އެ މަނިކުފާނާ އެކު ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ހުންނެވި އެވެ.
މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު އެތަނަށް ވަޑައިގަތީ ޓީ4 ގެ ވޯޓުފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީގެ އިދާރާ ތެރެއަށް ވަދެގަނެ ބައިގަޑިއިރު ވީ އިރު ވެސް ނުނުކުންނެވުމުން ކަމަށެވެ.
"އީސީގެ އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާ އަށް ވަދެވިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވާގޮތުން އެ މަނިކުފާނު ހުންނެވީ އިންތިހާބާ ބެހޭ މަރުކަޒުގެ ބޭރުގައި މަޑުކޮށްލައްވައިގެންނެވެ.
Alhugandu EC ge idhaara dhoshah dhaanjehunee T4 ge vote foshi alun gunumah thayyaaru vefavanikoh PPM ge Leader aai isverin EC idhaara ah vadhevadaigane 30 minute veeiruves nunukunneveema. Officialun noon evves meehakah EC idaaraa ah vadhevigen nuvaane. Alhugandu huree beyruga.
— Mohamed Nasheed (@MohamedNasheed) April 13, 2021
ހަމަނުޖެހުމަށް ފަހު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ވެސް ބުނެފައިވެ އެވެ.
"އެއީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ. އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް މިޕާޓީން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރީގައި މިއަދު ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް އީސީން ވޯޓު އޮޅުވައިލިކަމުގެ ތުހުމަތު އިދިކޮޅުން ކުރަނިކޮށް، އެ ސަރަހައްދަށް ނަޝީދު ވަޑައިގަތުމާ އެކު އިދިކޮޅުގެ ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެއް ކުރިމަތިވި އެވެ. އެ ސަރަހައްދު ހޫނުވުމާއެކު ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައި ކަމަށް އެނގިފައިވެ އެވެ. އެސްއޯ ފުލުހުން ތިބީ އިންތިހާބީ މަރުކަޒުގެ ތެރެއަށް މީހުންނަށް ނުވަދެވޭ ގޮތަށް ގޭޓް ކައިރީ ސަފު އަތުރާލައިފަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ކުރިން ތާއީދު އޮތް ބައެއް ދާއިރާތަކުގެ ގޮނޑިތައް ވެސް މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވަނީ ގެއްލިފަ އެވެ. ހާއްސަކޮށް މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނީ ޕީޕީއެމަށެވެ. މީގެ ކުރިން އެއީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކައުންސިލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާވެރިޔާ
14 April 2021
2012 ފެބުރުއަރީ 6 ވަނަ ދުވަހުރޭގައި އާރޓިފިޝަލް ބީޗުގައިވެސް ހިނގީ ތިކަހަލަ ކަމެއް، އެރޭ ސަލާމަތީ ބާރުތަކުގެ ލަފާ އަޑުނޭހީ ސިޔާސީ މީހުން.. ނަސީބަކުން މިޔަދު ބަސްއަަހައިގެން ގޮއްސި.. އިދިކޮޅުން ހިންގާ ކަންތަކުގެ ތެރެއަށް އެމް. ޑީ ޕީ އިން ވަންނަ ކޮންމެ ފަހަރަކު ގެއްލުންވަނީ އެމް. ޑި. ޕީ އަށް.
ޑިމޮކްރަސީ
14 April 2021
ބަލިވީމަ ދެން ބަލި ޤަބޫލުކޮށްގެން މަޑުންހުރެބަލަ ދެންވެސް ތިހެން ގަދަ ބާރު ދައްކަން އުޅެންހަދައިން ހުރިހާ އެއްޗެއްވެސް ގެއްލިގެންތިދަނީ ރައްޔިތުންގެ އިޙްސާސްތައްނުދަންންޏާ ދެންވެސް ވަނި ހަމަ ތިހެން
ސޯބު
13 April 2021
އެބުނާހެން އެހެންޏާ ވޯޓުފޮށި އަލުންގުނަނީ ގިނަ ކަންތައްތަކަކަށްފަހު. ސިއްރު ސިއްރުން ކުރާކަމެއްނޫން.
ސީޒަން ޖެކުހަން
13 April 2021
ޑިމޮކުރަސީގެ އައްޕަ އުޅޭފާޑެއް. ބަލިވީމާ ބަލިގަބޫލުކުރާކަށް ނޭންގޭ. އެކަމަކު މޮޅެތި އެއްޗެހިބުނެލާނެ. "ނާކާމިޔާބުގާ ހިތްވަރުކޮށްފާ ކާމިޔާބީގާ ހިތްތިރިކުރާށޭ"ކިޔާ ނިކަން ފޮނިކަނޑާނެ. މިހިރީ ބަލިވީމާވާގޮތް. ދެން ދިމާކުރަނީ އިދިކޮޅުކުޅުންތެރިންނާ. ނޫނީ ގޯސްވަނީ ރެފްރީއާ ލައިންސްމަން. ކޮންމެ ބައްޔަކާއެކު މިމީހުން ކޮންމެސް ޖަގަޑާއެއް ހިންގާލައޭ. މީ ދެން މިހާރު ކިހާ ބޮޑުވެއްޖެކަމެއް.
ޝިނަމާ
13 April 2021
ޢަދުރޭ އަށް ދެވެން ޏާ އަންނި އަށް ދެވޭނެ ، އަދުރޭ އަށް ހީވަނީ އަދުރޭ އަށް އެކަނި ކަމަށް އަޑުގަދަކުރެވޭނީ
އަލި
13 April 2021
ހަމަ ހުރިހާ ނުބަޔަކީ ހަމަ ނަޝީދު. ބޮޑު އުނދަގުލަކަށް ވެއްޖެ.
ޒުހުރާ
13 April 2021
ނަޝީދު ތެދެއްނުހަދާނެ. ހުރިހާ ހާޖާނެއްގެ ވެރިޔާ.
ސޭސަރު
13 April 2021
މި ނަޝީދަކީ މިގައުމަށް ފާވެފައިވާ ވަބާއެއް. މާތް ﷲ މިކަމުން އަޅަމެން މިންޖުކުރައްވާށި.
ބިލް ކުލިންޓަން
13 April 2021
އާމީން
ބަނަހަފުސާ
13 April 2021
އަސްލު ވާގޮތަކީ ޕީޕީއެމްއާ އަދުރޭމެންނަށް ހީވަނީ އަދިވެސް އަޑުގަދަ މީހާއޭ ރުއް ގިނަވާނީ... މިމީހުން އަޑުގަދަ ކޮށްގެން ކަންކަން ކުރަން އުޅެނިކޮށް އެހެން ބަޔަކު އަޑުގަދަ ކުރީމަ މިހާރު އެތިބީ ސައިޒް ވެފަ
ޙައިދަރުބެ
13 April 2021
ދެލޯފުޅާ އަޑުގަދަކުރުމާއި ފެލުމާއި މަގުމަތީން ނުލަފާކަން ދެއްކުމަށްވެސް ރެކޯޑް މީހަކީ ތި އަންނި. މާރީ ލައްވާ ތަޅާ ކުދިންކޮޅެއް ހޯދީވެސް ތިކަލޭގެ.
ނަޝީދުގެ
13 April 2021
އަޑުގަދައީ ނަޝީދެއް ނޫންތަ؟
އައްޔަ
13 April 2021
ރަހިމްބެ އައްދެވެންޏާ ނަސީދު އައްވެސްދެވޭނެ! ހުކުރު ވެސްހައްޖު ވާހެން އެއްމެފަހަރަކު ދެގޮނޑި ބައި ލިބުނީމަ މާބޮޑުކާމިޔާބެއް ލިބިއްޖެ ކަމައްހީވެގެންގޮސް ތެޅިބާލަނީ!