މިއަދު ހަވީރު ބޭއްވި ނިއުސް ބްރީފިންގައި އީސީގެ ރައީސް ޝަރީފު ވާހަކަ ދައްކަވާއިރު، އެހެން ބައެއް މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
13 އެޕްރީލް 2021 - 19:56
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޝައްކު އުފެދޭ ބައެއް ވޯޓުފޮށިތައް، އަލުން ގުނުމުގެ މަސައްކަތް މިއަދު ކުރަނިކޮށް، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި އެމްޑީޕީ އަދި އިދިކޮޅު ފަރާތްތަކުން ވެސް ހަދަނީ ދޮގު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކައުންސިލް އިންތިހާބުގެ ވޯޓުފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އީސީގެ އިންތިހާބު މަރުކަޒު ކައިރިއަށް މިއަދު މެންދުރު އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ފާޅު ކުރަމުންދިޔަ ކަންބޮޑުވުމަކީ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށް، އީސީން ބައެއް ވޯޓުފޮށިތައް ކަނޑައިގެން އަލުން ގުނަން މަސައްކަތް ކުރުމެވެ.
އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރިއަށް އިދިކޮޅުން އެއްވެ ތިއްބައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އިސްވެރިންތަކެއް އެ ސަރަހައްދަށް ވަޑައިގަތުމާއެެކު، އިތުރަށް ހަމަޖެހުން ގޯސްވެ، ވަރަށް ބޮޑަށް މަސްލަހަތު ގޯސްވި އެވެ.
މި މައްސަލަ ހޫނުވެފައި ވަނިކޮށް، އީސީގެ މެންބަރުން ކުއްލި ގޮތަކަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ބައެއް ވޯޓުފޮށިތައް ކަނޑައި އަލުން ގުނަން ފެށީ އެއްވެސް ފަރާތަކުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ނޫން ކަމަށެވެ. އެއީ އެ ކޮމިޝަނުން ނަތީޖާ ސާފުކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބައެއް ކަންކަން ފާހަގަވުމާ ގުޅިގެން ކޮންމެހެން ބަލަންޖެހޭ ކަމަށް ނިންމައިގެން ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީގެ މެމްބަރުން މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެ ގޮތުން 18 ފޮއްޓެއްގައި ސާފު ކުރަންޖެހޭ ކަންކަން ހުރި ކަމަށާއި ނަމަވެސް މުޅި ފޮށި ހުޅުވައިގެން ފަހަރަކު ވޯޓެއް ގުނުމުގެ މަސައްކަތް ކުރާނީ ކެނޑިޑޭޓުންނާއި މަންދޫބުން އަދި އޮފިޝަލުން ކުރިމަތީގައި ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެކަން ހިނގަމުން ދިޔަ ވަގުތު ސިޔާސީ ޕާޓީތަކުގެ ވެރިން އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރިއަށް ގޮސް، ހަމަނުޖެހުންތަކެއް ވަނީ ހިންގައިފަ އެވެ. އެކަން ދިފާއުކޮށް އެ ޕާޓީތަކުން ދެއްކި ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ވަކި ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމަށްޓަކައި، ވަކި ސިޔާސީ ޕާޓީއަކަށް އަޅުގަނޑުމެން ބައްދަލުކޮށް އެ މަޝްވަރާކޮށްފައެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.
އީސީގެ ރައީސް ޝަރީފު، ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އީސީގެ މެންބަރުން އިންތިހާބުގެ މަރުކަޒަށް މިއަދު ދިޔައިރު ގިނަ މީހުންތަކެއް އެތަނުގައި އެއްވެފައިވާ ކަމަށާއި ކުރިއަށް ގެންދަނީ ޝަކުވާއާ ގުޅިގެން ވޯޓުފޮށިތައް ބެލުމުގެ މަސައްކަތްތަކެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ވެރިންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އެމްޑީޕީން އެތަނަށް އައީ ޕީޕީއެމްގެ ބޭފުޅުން ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނާތީ. ހަމައެއާއެކީ ޕީޕީއެމްގެ ބައެއް ބޭފުޅުން ވެސް އެބަ ބުނޭ އެ ބޭފުޅުން ވަޑައިގަތީ އެމްޑީޕީން ނަތީޖާ ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް. ދެ ފަރާތުން ދެއްކީ ވެސް ހަގީގަތާ ހިލާފު ވާހަކަތައް،" އީސީގެ ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެފްރީ
14 April 2021
ޝަރީފޫފޫފޫ .. އެންއަހަރުވަންދެންތައްޔާރުވީމަވެސް ފުއްގަނޑުމޮޑުންނޫންކަމެއްނުވިދޯ ؟؟
ވޯޓްބެ
14 April 2021
ވެގެން އުޅޭގޮތަކީ ބ.ގޮއިދޫ ގޮނޑިއެއް އަމިއްލަ މެމްބަރަކު 5 ވޯޓް ތަފާތުން ކާމިޔާބު ކުރީމަ އެކަން ހަޖަމް ނުވެގެން އާދިލް (ބ.އަތޮޅު ކޯޑިނޭޓަރ) އާއި ހިޝާން ބުނެގެން އެމް.ޑީ.ޕީ މެމްބަރަށް 6 ވޯޓް ލާދޭން ވެގެން ކުރާމަސައްކަތް. ހަމަނުޖެހުން ހިންގިތާހުރި އެމް.ޑީ.ޕީ 2 މީހަކު ބ.ގޮއިދޫ ވޯޓްފޮށި ހުޅުވާ ބަލިވި އެއް.ޑީ.ޕީ ކެންޑިޑޭޓް ކޮޅަށް ވޯޓް އަޅަންށޭ ބުނި އަޑު އެހި މީހުން އެތާތިބޭނެ.
އީސީ ބޯއީ
14 April 2021
ތެދެއް ތިޔަ ބުނީ ޝަރީފު. އީސީން ވަކި މީހަކަށް މޮޅުކޮށްދޭން ނޫޅޭކަން ވަގުތީ ނަތީޖާތަކުންވެސް ހާމަވޭ. ދެން ކޮންމެހެން ދޮގުހެދުމުގެ ބޭނުމެއް ނެތް އެކަކުވެސް.
ކަންނެއްރާޖާ
14 April 2021
ބަލަ ރިއާސީ އިންތިހާބްގެ ވޯޓް ތައް އަންދާލިހެން ކީއްވެގެންތޯ ވޯޓް ކަރުދާސް ތައް މިފަހަރު އަންދާ ނުލެވުނީ ބޭނުން ވާ ބަޔަކު ނުހޮވުނީތޯ ވީއެއްޗެއް އަންގަންޖެހޭ
މިއަދު
13 April 2021
އިންތިހާބަށް ވަރަށް ހެޔޮއެދޭމީހެއްކަން ދައްކަން ތިކުރާމަސައްކަތް މިއަދު ގަބޫލެއްނުކުރެވެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މައްސަލަ ހުށައަޅާފަ އޮއްވަނޫންތޯ ކަރުދާސްތައް ނައްތާލެއްވީ
ޝަފީރު
13 April 2021
މަނިކުފާ ތިޔަ ފާޅު ކުރައްވަނީ ތެދުކަމަށް ގޮނޑުދޮށުގައި އުޅޭ ކަކުނިވެސް މިހާރު ޤަބޫލު ނުކުރޭ. ކަކުނީގަ ބޯނެތަކަސް އެސޮރުމެންވެސް މިހާރު އީސީ ޝަރީފު ވަރަށް ރަނގަޅަށް ދަސްކޮށްފި.
ޝަފީރު
13 April 2021
އެ ގޮތުން 18 ފޮއްޓެއްގައި ސާފު ކުރަންޖެހޭ ކަންކަން ހުރި ކަމަށާއި ނަމަވެސް މުޅި ފޮށި ހުޅުވައިގެން ފަހަރަކު ވޯޓެއް ގުނުމުގެ މަސައްކަތް ކުރާނީ ކެނޑިޑޭޓުންނާއި މަންދޫބުން އަދި އޮފިޝަލުން ކުރިމަތީގައި ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޝަރީފު ވިދާޅުވި އެވެ.** ޥަރަށް ބޮޑުގޯހެއް. ނުއިން ނުބަޔަށް. ޝަރީފުމެން އަމިއްލައަށް ފޮށިތަށް ކަނޑައިގެން ހަދާނެހައިއެއްޗެއް ހަދާފައި ގުނީމާ ވޯޓު ގުނިމީހުން ގޯސްވާނީ. މިހާރު ދިވެހިން ދެލޯ ހުޅުވާފަތިބެނީ
ސިފްރާ
13 April 2021
ވޯޓްފޮށިތައް ކައިރިއަށް އަދި މިއަދު ނަޝީދު ދިޔައީ ގާނޫނު ހިމާޔަތްކުރަން.މަޖލީސް ރައީސް އަމިއްލަޔަށް ނުކުމެ ގާނޫނު ހިމާޔަތްކުރަނީ..
ފުރަތަމަ ރައތްޔިތުންނަށް ކިޔާދީ
13 April 2021
މިފަހަރު ކިހިނެއްތަ ތިހަދަނީ. ވާނުވާނޭނގޭ ތިތަނަށްވެސް. ވޯޓޮފޮށިތަކުގަ މައްސަލަ އުޅޭންޏާ ފުރަތަމަ އެނގެންޖެހޭނީ ވޯޓުލީ ރައްތޔިތުންނަށް. ރައތްޔިތުންނަށް އަނގާވެސް ނުލާ އީސީގެ ބަޔަކު ވެގެން ވަކި ފޮށިތަކެކޭ ކީމަ ަމަކުނުދޭ. ވެގެން ތިޔަ އުޅޭގޮތެއް ރައްޔިތުންނަށް ފުރަތަމަ ކިޔާދީ. އޭގެ ފަހުން ރަނގަޅުކުރާނެގޮތެއް ބުނެދީފަ ތިކަންކުރަން އުޅޭ.
1235
13 April 2021
ކިޔައި ދިނިއްޔާ އެނގޭނެތަ؟ ގަމާރުވާންވެސް އޮންނާނެ ހައްދެއް
ގަދަހަސަނު
13 April 2021
ޕާޓީތައް ދޮގުހެދި ކުޑަބޮޑުމިނަށް ބަލާފައި އަދަބުދޭންޖެހޭ. އަދި ޚާއްސަކޮށް މުލަރޯދަދުވަހު ދޮގުހެދީތީވެ އަދަބު ދެގުނަ ބޮޑުވެސްކުރާންޖެހޭ.