ހައި ކޯޓު: އިޓަލީ ކުއްޖަކަށް ރިސޯޓެއްގައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންދުކުރި މީހަކު ވަނީ މިނިވަން ކޮށްފައި --- ފޮޓޯ/މިހާރު
20 އެޕްރީލް 2021 - 14:22
ރާއްޖޭގައި ޗުއްޓީގައި ހޭދަކުރަން އައި އިޓަލީގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ހައި ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.
ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ އުމުރުން 17 އަހަރުގެ ކުއްޖަކަށް އެ ރިސޯޓުގެ ކޮޓަރިއެއްގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެ ތަނުގައި މަސައްކަތްކުރާ ދިވެއްސެކެވެ. އެ މީހާ ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ މިދިޔަ މަހު އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ބަންދުކުރީ ހެކިންނަށް ނުފޫޒު ފޯރުވުމާއި އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ކަމަށް ވިޔަސް، އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އޭނާއަކީ އެފަދަ ތުހުމަތެއް ނުވަތަ ރެކޯޑެއް ވެސް ކުރިން އޮތް މީހަކަށް ނުވުމުގެ އިތުރަށް ތަހުގީގުގައި ބާކީ އޮތީ ފޮރެންސިކް ހެކިތައް ތަހުލީލު ކުރުން ކަމަށް ވާތީ އެކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ނަފުސާނީ ހާލަތު އަންގައިދޭ ރިޕޯޓެއް ހުށަހަޅާފައި ނުވާތީ އަނިޔާ ލިބުނު ކުއްޖާ އަށް ލިބުނު ގެއްލުންތައް އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. ދަށު ކޯޓުން އޭނާގެ ބަންދުކުރަން އަމުރުކުރި ސަބަބުތަކަށް ބުރަވި ގޮތެއް ބަޔާންކޮށް ދީފައި ނެތުމުން އެއީ ޤާނޫނާ އެއްގޮތް އަމުރެއް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. ބަންދު ކުރުމުގެ އަމުރު ނެެރެފައިވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރު ވެސް ނެރުނު ފަނޑިޔާރު ކަމަށް ވާތީ އެއީ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ނެރުނު އަމުރު ބާތިލް ކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މިހާރު ވަނީ ރިސޯޓުގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާ މިހާރު ރާއްޖެ އިން ފުރާފައިވާ ކަމަށް ވެސްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދނ134
11 June 2021
ދެން ދުވަސް ކޮޅަކުން ފަތުރުވެރިއެއްވެސް ނާންނަ ހިސާބަށް ގޮސްދާނެ. މިހާރުވެސް އޮންލައިންކޮށް ފެނޭ ގެސްޓްހައުސްތަކަށް އައިސް އުޅޭ މީހުން އަންހެނުންނަށް ފުރައްސާރަކުރާ ވާހަކައާއި ސްކޭމް ކުރާ ވާހަކަ ލިޔެފަ. ދެން އަގު ވެއްޓި ފަތުރުވެރިއަކު ނައުމުން، މުޅި ޤައުމުގެ އިގްތިސާދު އެދިޔައީ. ދެން އަތްޖަހަން ތިބެންވީ އެންމެން.
ބާރު
20 April 2021
ބައެއް މީހުންގެ ބާރު ނޫސްތަކަށް ފޯރާވަރު މިކަހަލަ ޚަބަރުތަކުން އެނގެނީ. އެއްބައެއްގެ ވިއްޔާ ނަމެއްހާ ހިސާބުވެސް ލިއެނުލެވޭ. ފޮޓޯއެއް ނުޖެހޭ.
އިޔެ1
20 April 2021
މީ އަބަދުވެސް އަހަރެންދައްކާ ވާހަކަ. މަގުމަތީގައި ރޭޕުކުރުން، ވަޅިޖެހުން، އަދި ފޭރުން އިތުރުވުމުން ދެން މިކަހަލަ ކަންތައް ރިސޯޓުތަކުގައި އިންތިހާއަށް އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަން ހަލާކުވެ ދުނިޔޭގައި އަގުވެއްޓޭނޭ.
އައްޔަ
20 April 2021
ތީ!ހަމަތިކަން ކުރަން ޖެހޭގޮތޭ! އެއްކޯޓުން ބަންދުކުރާނީ އަނެއްކޯޓުން ދޫކޮއްލާނީ!
ބަގުޑި
20 April 2021
ދިވެހި ފުލުހުންނަށް ހަމަ ސާބަސް. މުޅި މިސަރަހައްދުގަވެސް ނެތް ފެންވަރުގެ ތަހުލީލް ލެބެއްވެސް ގެންގުޅޭ ކަމަށް ވަނީ ....
ބަގޭ
22 April 2021
ވާންޗޯ ފުލުހުންގެ މައްސަލައެއް ނޫނޭ... އިސްތިއުނާފު ކޯޓުން ބަންދުގައި ހުރި މީހާ ދޫކޮށްލީއޭ.. ދަށު ކޯޓުގައި އެއްގާޒީއަށް ވުރެ އިތުރަށް ހުރިނަމަ ހައްޔަރު އަމުރާއި ބަންދު އަމުރު ނެރެންޖެހެނީ ވަކި ދެގާޒީއެކޭ... އަދި މީހާ ބަންދުން ދޫކޮށްލިޔަސް މައްސަލާގައި ހެކި ޤަރީނާ ހުރެއްޖެނަމަ ދަޢުވާ އުފުލާނޭ... ހަމަ ކޮމެންޓެއް ކުރާތި އެއްޗެއް ފެންނައިރަށް ބުރާންތި
ގަާޒީ
20 April 2021
ގާނޫނާހިލާފު ހުކުމެން ގާޒީ ކުރީމަ ގާޒީއަށް ގާނޫނާ ހިލާފު ހުކުމް ކުރާތީވެ ގާޒީއަށް ފިއަވަޅު އަޅަންއެބަޖެހޭ. ގާނޫނާ ހިލާފު ހުކުމެން ގާޒީ ކުރީމަ ލިބުނު ގެންލުމުގެ ބަދަލް ހައިކޯޓު ރިއާއެން ނުކުރީ ކީންވެ.
މަސްލަހަތު
20 April 2021
އެތަށް އަހަރެއްވަންދެން އޭނާ ބަންދުގައި ބަހައްޓާފައި . ދައުވާ ކުރާ ފަރާތެއް ނެތުމުން މިމައްސަލަފއިލް ކުރަންޖެހޭއިރު އޮންނާނީ ހައްގު ގެއްލިފއި އެތަށްބައެއްގެ
މީރާ
20 April 2021
ޒާތީ ހަސަދަ
ޖުއްބާ
20 April 2021
އެއީ އިޓަލީ ޢައިރު މުސްލިމެއް. އޭނަގެ ހެކިބަސް ބަލައެއް ނުގަނެވޭނެ. ދިވެހި މީހާ ރާއްޖޭގަ އަމިއްލަ ފަސްގަނޑުގަ ވަޒީފާގަ ހުއްޓާ، އިޓަލީ ކުއްޖާ ރާއްޖެއައިސް އެރިސޯޓައް ދިޔައީ، ވީމާ މައްސަލައިގެ އަސްލައް ބެލިޔަސް، ތިމައްސަލައިގެ އެއްވެސް އަސާސެއް ނެތް. ފިރިހެން މީހާގެ ކުށެއް ނެތް.
ޕަޓާނީކޮއި
20 April 2021
މިއީ ސަދޫމުން އައިސް ކޮމެންޓް ކުރި މީހަކާ ވައްތަރީ ލާފަ ހުރި ޖުއްބާގެ ގޮތުން.
ޢަހުމަދުވަގާރު
20 April 2021
ޢާނ ދޯ.......
އަލް އުސްތާޒު
20 April 2021
ކޯޓުން ހުކުމްކުރާނީ ކޯޓަށް ހުށަހެޅޭ ހެކިތަކަށް ބަލައިގެން. ދައުވާކުރާ ފަރާތުގެ ޒިންމާއެއް އެއީ އެ ހުރިހާ ކަމެއް ފުރިހަމަކުރުން. ދެން މިބުނަނީ ކޯޓުން ކުރާ ހުރިހާ ހުކުމްތައް ރަނގަޅު ވާހަކައެއް ނޫން. މި ޚަބަރު ކިޔާފައި ވަރަށް ދެރަވެއްޖެ.